loading ...
loading ...
ލޯބި ވެވުމުން...26

ލޯބި ވެވުމުން...26

9 comments

"މަށަކީ މިގެއަށް މަސައްކަތް ކުރަން ގެނެއްސަ ހުރި މީހެއް ކަމައްތަ ހީކުރީ..... އޭނ..... މަ މީ މިގޭ ނޯކަރެއް ނޫން..... މަ ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން އެނގޭނީ މަށަށް..... ލިމްޔާ އަކަށް ނޫން..... ސޯ ގެޓް ލޮސްޓް...." ޔަލްވީ ހުރީ ވަރަށް ރުޅި އައިސްފައެވެ. ލިމްޔާ ފެނުނަސް އޭނައަށް ވަރަށް ރުޅި އާދެވެއެވެ. ކުރިން ދެއްކުނު ވާހަކަ އެހިސާބުން ހުއްޓާލުމަށްފަހު ހަގީގީ މައްސަލަ އާއި އޭނަ ކުރިމަތިލިއެވެ.

********

"ޔަލްވީ....." ފެންކަޅިވެފައި ހުރެ ލިމްޔާ އަށް ގޮވާލެވުނެވެ. ހިތުގައި ޖެހުނުވަރުން އޭނައަށް ހުރެވުނީ މޭގައި އަތްއަޅާލައިގެންނެވެ. އޭނަ އެހުރިހާ ކަމެއް ކޮށްދެނީ ރަޔާން އޭނައަށް ލިބޭނެ ކަމަކަށް ނޫނެވެ. އޭނައަށް ރަޔާން ދެކެ ވެވޭ ލޯތްބެއްގެ މަތިވެރި ކަމުންނެވެ. އެނަ ރަޔާން ބޭނުމެވެ. ހަޔާތް އެކީ ހޭދަކޮށްލަން ބޭނުންވާ ހަމައެކަނި އިންސާނަކީ ވެސް ރަޔާން އެވެ. ނަމަވެސް ދެމަފިރިއެއްގެ ދިރިއުޅުން ހަލާކުކޮށްލައިގެން އޭނަގެ ދިރިއުޅުން އާބާދުކުރާކަށް އޭނަ ފަހަރެއްގައިވެސް ވިސްނާފައެއް ނެތެވެ. މިހުރިހާ ކަމެއް އޭނަ މިކޮށްދެނީ ޔަލްވީ އާއި ރަޔާންގެ ދިރިއުޅުން ބަރުބާދުކޮށްލާކަށް ނޫނެވެ. އަދި ބަދަލުގައި ރަޔާންގެ ފަރާތުން އެއްޗެއް ލިބޭނެ ކަމަކަށްވެސް ނޫނެވެ. ނަމަވެސް ޔަލްވީގެ ބަސްތައް ރުވާފައި ދޫކޮށްލި ތީރެއް ހެން އައިސް އޭނަގެ ހިތް ޒަހަމްކޮށްލައިފިއެވެ.

ޔަލްވީގެ މަގްސަދާއި މެދު ލިމްޔާގެ ހިތުގައި ސުވާލު އުފެދުނެވެ. ރަޔާންގެ ކައިރިން ސަލާމަތް ނުވެގެން ވެސް އުޅުނީ ހަމަ ޔަލްވީ އެއް ނޫންހެއްޔެވެ؟ ވީއިރު އޭނަ އާއި ރަޔާން އެކީގައި ފެނުމުން ޔަލްވީގެ ހިތަށް އަސަރު ކުރަންވީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ރަޔާންދެކެ ޔަލްވީއަށް ލޯބި ވެވުނީ ހެއްޔެވެ؟ އެކަމަކު ލޯތްބަކީ އެހާ ފަސޭހައިން ވެވޭ އެއްޗެއް ހެއްޔެވެ؟

ލިމްޔާ އެހެން ހުއްޓައި އެތަނުން ދިޔުމަށް ޔަލްވީ ހިނގައިގަތެވެ. އޭނަ ގޮވާލި ނަމަވެސް އަޑުއިވުނު ކަމަކަށް ޔަލްވީ ނުހެދިއެވެ. ބާރު ހިނގުމުގައި ކޮޓަރިއަށް ވަތް ޔަލްވީ މަޑުކޮށްލުމެއްވެސް ނެތި ގޮސް ވަނީ ފާހާނާއަށެވެ. އޭނަގެ ވިސްނުމާއި ފިކުރު އޭރުވެސް ގުޅިފައިވަނީ ދެންމެ ލިމްޔާ އާއި ދެއްކުނު ވާހަކަ އަށެވެ. ފާޚާނާއަށް ވަދެ ދޮރުލައްޕާލުމާއިއެކު އިވިގެންދިޔައީ ޔަލްވީގެ ބާރު ހަޅޭކުގެ އަޑެވެ.

ޔަލްވީގެ ހަޅޭކުގެ އަޑަށް ފެންވަރަން ހުރި ރަޔާން ދިޔައީ ސިއްސައިގެންނެވެ. ފަސް އެނބުރި ބަލާލުމާއިއެކު ރަޔާން އަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނަ ފެންވަރަން ހުރެވުނީ ތަޅު ނުލައި ހެއްޔެވެ؟ އެކަމަކު ޔަލްވީ އަށްވެސް އައިސް ފާހާނާއަށް ވަންނަން އެނގުނީ ހަމަ މިގަޑީގައި ހެއްޔެވެ؟ ރަޔާން ކޮރަމުން ކަހަލަ ގޮތަކަށް ގޮސް ތުވާލި ނަގައި ހަށިގަނޑު ނިވާކޮށްލިއެވެ. އޭނައަށް ޔަލްވީ އާއި ދިމާއަށް ބަލާލެވުނެވެ. އޭރު ޔަލްވީ ހުރީ ދެލޯ މަރާ ބާރުކޮށްލައިގެންނެވެ.

"ޝިޓް...." އިސްތަށިގަނޑުގެ ތެރެއަށް އަތްމަހާލަމުން ރަޔާން އަށް ބުނެވުނެވެ. ދެން ކަންތައް ކުރަންވީ ގޮތެއް ނޭނގިފައި އޭނައަށް ހުރެވުނީ ޔަލްވީ އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. މިކަހަލަ ގޮތަކަށް ޔަލްވީގެ ކުރިމަތީގައި އޭނަ ލަދުގަންނަން ޖެހިދާނެ ކަމަކަށް ރަޔާން ފަހަރެއްގައިވެސް ހިޔެއް ނުކުރެއެވެ. ކައިވެނި ކޮށްގެން އުޅުނު ނަމަވެސް ދެމީހުންގެ ދޭތެރޭގައި ލެވިފައިވަނީ ބޯ ފާރެކެވެ. އެފާރު ތަޅައި ފުނޑުފުނޑުކޮށްލެވޭނެ ކަމުގެ އުއްމީދެއް އޭނަގެ ނެތެވެ.

ކުޑަކޮށް ލޯ ހުޅުވާލުމަށްފަހު ރަޔާން އާއި ދިމާއަށް ޔަލްވީ ބަލާލިއެވެ. ރަޔާންގެ ނަޒަރު އޭނައަށް އަމާޒުވެފައިވާ ތަން ފެނި ޔަލްވީ ހާސްވިއެވެ. އޭނަ ހުރީ ފެނުނު މަންޒަރުން ވަރަށް ބޮޑަށް ލަދުގަނެފައެވެ. އަނެއްކޮޅުން ޖެހިލުންވެސް ވެފައެވެ. ރަޔާން ކޮށްފާނެ ކަމެއް ނޭނގޭތީއެވެ. އަވަހަށް އެތަނުން ދާން ވެސް އޭނަ ބޭނުމެވެ. ނަމަވެސް ރަޔާންގެ ކުރިމަތީގައި ޖެހިލުންވާކަން ދައްކައިފިނަމަ ކަންތައް ގޯސްވާނެކަން އޭނައަށް އެނގެއެވެ.

"ތަޅުނުލާ ބަހައްޓަނީ ކީއްކުރަންތަ..... މީ ހަމައެކަނި ރަޔާންގެ ކޮޓަރިއެއް ނޫނެއްނު..... މަށަށްވެސް މިކޮޓަރިއަށް ވަނުމުގެ ހައްގު އޮންނާނެ..... އެހެންވީމަ ދެންވެސް ތަޅުލައިގެން އުޅޭތި....." ޔަލްވީ އަމުރުކޮށްލިއެވެ. އަދި އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ރަޔާން ބަލަހައްޓައިގެން ހުންނަން ފެށުމުން އޭނައަށް އުނދަގޫވިއެވެ. ރަޔާން ހީވަނީ އޭނަގެ މޫނު ތަރުޖަމާކުރަން އުޅޭ ހެންނެވެ. މާގިނައިރު އެހެން ހުންނަންވެއްޖެނަމަ ރަޔާންގެ ކުރިމަތީގައި އޭނަ ބޭޒާރުވެގެންދާކަށް ގިނައިރެއް ނުނަގާނެއެވެ.

ފާޚާނާއިން ނުކުތުމަށް ޔަލްވީ ހިނގައިގަތެވެ. ތަޅާއި ދިމާއަށް ދެމީހުންނަށް ވެސް އަތްދިއްކޮށްލެވުނީ އެކުއެކީގައެވެ. ފުރަތަމަ ތަޅުގައި ހިފުނީ ރަޔާން އަށެވެ. އެހެންކަމުން ޔަލްވީއަށް ހިފުނީ ރަޔާންގެ އަތުގައެވެ. އެވަގުތު ޔަލްވީއަށް ރަޔާން އާއި ދިމާއަށް ބަލާލެވުނެވެ. ރަޔާންގެ ގައިން ދުވަމުންދިޔަ ޝަވަރޖެލްގެ މީރުވަހުން ދުވަހުގެ ފެށުން އުޖާލާވެގެން ދިޔަހެން ހީވިއެވެ. ޔަލްވީ އަށް އަތް ދަމައިގަނެވުނެވެ. ހޫނު އެއްޗެއްގައި އަތްލެވުމުން އަތްދަމައިގަންނަ ފަދައިންނެވެ. ލަދުގަތްވަރުން އޭނައަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. މިވީގޮތުން ރަޔާން ހީކުރާނީ އެއީ އޭނަ ގަސްތުގައި ކުރި ކަމެއް ކަމަށެވެ. ޔަލްވީއަށް އަމިއްލަ ނަފުސަށް އަޑުލެވުނެވެ. އޭރު އޭނަ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދިޔައީ ރަޔާން ދޮރުހުޅުވާލާނެ ވަގުތަކަށެވެ.

ރަޔާން ދޮރު ހުޅުވާލުމާއިއެކު ފުރަތަމަ ވެސް ނުކުތީ ޔަލްވީއެވެ. ޔަލްވީގެ ފަހަތުން ރަޔާން ވެސް ނުކުތެވެ. ޔަލްވީ އެދިޔަ ބާރުމިނުގައި ގޮސް އައީ ތުވާއްޔަކާއި ޓީޝާޓެއް ހިފައިގެންނެވެ. އޭނަގެ މިސްރާބު ހުރީ ފާހާނާ އާއި ދިމާއަށެވެ. ނަމަވެސް ފާހާނާއަށް ވަނުމުގެ ކުރިން ރަޔާން އޭނަ ހުއްޓުވިއެވެ. އަދި އަތުގައި ހިފައި ދަމައިގަތް ގޮތުން ޔަލްވީއަށް އޭނަގެ ހަށިގަނޑު ބެލެންސްކޮށްލެވުނީ ކިރިޔާއެވެ.

"ރޭގަ ނިދާކަށް ނާންނަން ދޯ....." ހަރުކަށި ރާގަކަށް ރަޔާން ސުވާލުކޮށްލިއެވެ. ޔަލްވީ ޖެހިލުންވިއެވެ. ރަޔާންއަށް ވެގެން އުޅޭ ގޮތަކާއިމެދު ހިތުގައި ސުވާލު އުފެދުނެވެ. މީގެ ކުރިން ރަޔާންއަކީ އެގޮތަށް އުޅުނު މީހެއް ނޫނެވެ. ކައިވެނީގެ ރޭގައި ވެސް ރަޔާންގެ ފަރާތުން އެސިފަ އޭނައަށް ފެނިފައެއް ނުވެއެވެ. ވީއިރު ރަޔާންއަށް އެހާ ބޮޑު ބަދަލެއް އެއައީ ކީއްވެބާއޭ ޔަލްވީގެ ހިތަށް އެރިއެވެ.

"މަ ނިދަން ނަޔަސް ރަޔާން އަށް ކޮންކަމެއްތަ..." ޖެހިލުންވި ނަމަވެސް ބުނަން ބޭނުންވި އެއްޗެހި ޔަލްވީ ބުނެލިއެވެ. އޭރު އޭނަ މަސައްކަތް ކުރަމުން ދިޔައީ ރަޔާން އާއި ދިމާއަށް ނުބެލުމަށެވެ. ކުރީދުވަހު ކަންތައް ވީގޮތުން ރަޔާން ކައިރިވެލައިފިނަމަ އޭނަ ހުންނަނީ ސިހޭގޮތް ވެފައެވެ.

"ތީ އަހަރެންގެ އަނބިމީހާ..... އަނބިމީހާ ކުރާ ކަމަކާއި ނުކުރާ ކަމެއް ބެލުމަކީ ފިރިމީހާގެ ވާޖިބެއް..... ނޫންތަ..." ޔަލްވީ ގެންގޮސް ފާރުގައި ޖައްސާލަމުން ރަޔާން ބުނެލިއެވެ. އޭރު އޭނަ ހުރީ ދެލޯ ހަނިކޮށްލައިގެންނެވެ. ޔަލްވީ އިސްޖަހައިގެން ހުރުމުން ރަޔާންއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ.

"އަނބިމީހާ އަކަސް....." ޔަލްވީއަށް ބުނެވުނީ އެހިސާބަށެވެ. އޭނައަށް ހިންދިރުވާލެވުނެވެ. ރަޔާން އޭނަ އާއި އިތުރަށް ގާތްވެލުމުންނެވެ. އަދި އޭނަގެ ދަތްދޮޅީގައި ހިފައި އުފުލާލުމުންނެވެ. ރަޔާންގެ އެބީހިލުމުން ޔަލްވީގެ ހަރަކާތްތައް ހުއްޓުނެވެ. ދެލޯ ބޮޑުކޮށްލައިގެން އޭނައަށް ބެލެމުން ދިޔައީ ރަޔާންގެ ކަސްރަތީ ހަށިގަނޑަށެވެ. އެސްފިޔަ ޖަހާލަންވެސް ނޭނގިފައި އޭނައަށް ހުރެވުނެވެ.

"ކުރިމަތީގަ ޖަދަލުކުރުމުގެ އާދަ ޔަލްވީ އެބަޖެހޭ ދޫކޮށްލަން......" ރަޔާން ޔަލްވީ އާއި އިތުރަށް ގާތްވެލިއެވެ. އެއާއިއެކު ދުރަށްޖެހިލުމަށް ޔަލްވީ މަސައްކަތް ކުރިއެވެ. އޭރު އޭނަ ވަނީ ފާރާއި ރަޔާން އާއި ދޭތެރޭ ރަނގަޅަށްވެސް ހައްޔަރުވެފައެވެ.

"ޔަލްވީ އަކީ މިހާރު ކުޑަކުއްޖެއް ނޫން.... ކުރިމަތީ ބަސް ބުނުމަކީ އަހަރެން ވަރަށް ހިތްހަމަ ނުޖެހޭކަމެއް..... އެކަން އެނގެއެއްނު ދޯ....." ސިއްރެއް ބުނާހެން އެޖުމުލަތައް ރަޔާން ބުނެލީ ޔަލްވީގެ ކަންފަތް ދަށުގައެވެ. އަދި ޔަލްވީގެ ދެއަތް ގެންގޮސް ފުރަގަހަށްލައި ހައްޔަރުކޮށްލިއެވެ.

ރަޔާންގެ އެސުވާލަށް ބޯޖަހާލުން ފިޔަވައި އިތުރު ކަމެއް ޔަލްވީއަކަށް ނުކުރެވުނެވެ. އިތުރު އެއްޗެއް ބުނާކަށްވެސް ނުކެރުނެވެ. އިތުރު އެއްޗެއް ބުނެއްޖެނަމަ ސަލާމަތް ނުވާނެކަން ޔަގީންވާތީއެވެ. އޭރު އޭނަ ހުރީ ފެންވަރާލަންވެސް ނުހަނު ބޭނުންވެފައެވެ.

"ވަރަށް ބަނޑުހައިވެއްޖެ..... ދެން ދޭ އަވަހަށް ފެންވަރަން..... ނުބައި ވަސްދުވާ އެބަ މިހާރު...." ޔަލްވީ އާއި ދުރަށް ޖެހިލަމުން ރަޔާން ބުނެލިއެވެ. ޔަލްވީ ރޯން ފަށާފާނެތީ އޭނަ ޖެހިލުންވީއެވެ. ކިތަންމެ ހަރުކަށިކަން ދައްކައިގެން އުޅުނަސް އޭނަގެ ހިތެކޭ މަޑުކަފަކޮޅެކޭ ތަފާތެއް ނެތެވެ. ރަޔާން އަވަސްއަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. އޭނަ ބުނި އެއްޗަކުން ޔަލްވީގެ މޫނުމަތި ބަނަވެގެންދާނެ ކަން އެނގޭތީއެވެ. އޭނަ އެހެން ބުނީވެސް ޔަލްވީ ރުޅި އަރުވާލުމުގެ މަގުސަދުގައެވެ.

ޔަލްވީގެ މޫނުމަތި ބަނަވެގެންދިޔައެވެ. ދެބުމަ ގޮށްޖެހުނެވެ. ރަޔާން އޭނައަށް މަލާމާތްކުރަނީ ހެއްޔެވެ؟ އަތް މައްޗަށް ހިއްލާލައި ގައިގައި ގޯސް ވަހެއް ދުވާތޯ ޔަލްވީ ބަލާލިއެވެ. ނަމަވެސް ރަޔާން އެބުނި ކަހަލަ ނުބައި ވަހެއް އޭނަގެ ގަޔަކުން ނުދުވައެވެ. ރަޔާން އެހެން އެބުނީ އޭނަ ރުޅި އަރުވާލުމުގެ މަގުސަދުގައި ކަން ޔަލްވީއަށް އެނގުނެވެ. އައި ރުޅީގައި ފުރަގަހުން ގޮސް ރަޔާންގެ ގައިގައި ވަކި އަޅައި ނޮޅާލަން ހިތަށް އެރިއެވެ. ނަމަވެސް އެކަން ކުރާކަށް ނުކެރުނެވެ. ރަޔާން އާއި ދިމާއަށް ވައްތަރެއް ޖައްސާލުމަށްފަހު ޔަލްވީ ގޮސް ފާހާއަށް ވަނެވެ.

********

ފުރުމުގެ ކުރިން މަންމަމެން ބައްދަލުކޮށްލަން އައުމުންވެސް ޔަލްވީ ކޮޓަރިން ނުނުކުތެވެ. ނަފީސާ އައިސް އެވަރަށް ގޮވުމުންވެސް އަޑުއިވޭ ކަމަށްވެސް ހަދާނުލިއެވެ. ނަފީސާ ދެރަވިއެވެ. ހިތުގައި ޖެހުނެވެ. ދިޔުމުގެ ކުރިން ދަރިފުޅު ދެކެލަން ބޭނުންވި ނަމަވެސް އެފުރުސަތުވެސް ނުލިބުމުންނެވެ.

ޔަލްވީ ކަންތައް ކުރިގޮތުން ކިތަންމެ ދެރަވިނަމަވެސް ނިމާލު ޚިޔާރުކުރީ ހިމޭންކަމެވެ. ރަޔާން އާއި ވާހަކަ ދައްކާލެވުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ހިތަށް ލިބުނެވެ. ކޮންމެ ކަހަލަ ހާލަތެއް މެދުވެރިވެގެން ވިޔަސް ޔަލްވީ ދޫކޮށްނުލުމަށް ރަޔާންގެ ކިބައިން ނިމާލު އެދުނެވެ. ރަޔާންއަށް އިތުބާރު ނުކުރާތީކީ ނޫނެވެ. ނަމަވެސް އެއީ އޭނަގެ ހުރި ހަމައެކަނި ދަރިފުޅަށްވެފައި އެދަރިފުޅަށް ދެރަގޮތެއް ވާން ނޭދޭތީއެވެ.

ނިމާލު އާއި ނަފީސާ ފުރުވާލާފައި ރަޔާން ގެއަށް އަންނަން ހިނގައިގަތެވެ. ކޮރަމުން ކަހަލަ ގޮތަކަށް ހިނގަމުންދިޔަ ރަޔާންގެ ފިޔަވަޅުތައް މަޑުޖެހުނީ މީހަކު ލިމްޔާ އޭ ބުނި އަޑުއިވުމުންނެވެ. ރަޔާން އެހުރިގޮތަށް ހުރެ އެއަޑުތަކަށް ސަމާލުކަން ދިނެވެ. އެވަގުތު ރަޔާންގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. ލިމްޔާ އޭ ކިޔައިގެން އެމީހުން ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން އޭނައަށް އުނދަގޫވިއެވެ.

"އެ އަމީރާގެ ލިމްޔާތަ.... އެކަމަކު ހީވެސް ނުވޭ ތިކަހަލަ ކަމެއް ކޮށްފާނެހެން...." އެކަކު ސުވާލުކޮށްލިއެވެ.

"އާން.... ހީނުކުރާ މީހުންނޭ ގިނަފަހަރަށް އެކަހަލަ ކަންތައް ކުރާނީ..... އެލިމްޔާ އެއުޅެނީ ބޮނޑިއެއް ނުބޮވިގެން ކަން ޔަގީން..... އަންބަކު ގެންގުޅެލާހެން ރަޔާން އޭނަ އެގެންގުޅެލަނީ..... ހިލޭ އަންހެނަކަސް ކޮންކަމެއްދޯ ބޭނުން ހުރިހާ ކަމެއް ވަންޏާ... އަނެއްކޮޅުން އެ އަމީރާވެސް އެހުންނަނީ އަމިއްލަ ދަރި ކުރާ ކަންތައް ރީތިވެފަ...... ވަރިހަމައެއްނު ހިލޭ ފިރެހެނަކަށް ދައްކައިގެން ވިޔަސް ބޯކޮށް ލާރި ލިބެންޏާ..... މިހާރުދެން ކިހާ ވަރަކަށް ލިބޭނެ..... އެމުއްސަނދި ނިމާލުގެ ދަރިއާއޭ އިނދެގެން އެއުޅެނީ..... އެވައްތަރަށް އުޅެން ލަދެއްވެސް ނުގަނެއޭ..... ޗީ ޗީ މަލަދުން މަރުވާވަރުވޭ..... މަގޭ ދަރިއެއްނަމަ ލާހިކެއް ނޫން އެވައްތަރަށް އުޅޭކަށް..... އެކަމަކަ އެވެސް އަހަރެމެންގެ ދަރިއަކު ކުރާކަމެއްނަމަ މުޅި ރަށުގަ އޮންނާނި އެވާހަކަ.... ކާޅުގޮވާހެން އެއްއަޑަކަށް އިވޭނީ އެއަޑު...... މަގެއްގެ މައްޗަށް ނުކުތަ ނުދިނީސް....." އިވިގެންދިޔައީ ސާމިޔާގެ އަޑެވެ.

ރަޔާންގެ ދެއަތް މުށްކެވިގެން ދިޔައެވެ. އެމީހުން އެދައްކަނީ އޭނަ އާއި ލިމްޔާގެ ވާހަކަ ކަން އެނގުމުންނެވެ. އޭނަ އޭ ކިޔައިގެން ކޮންމެ ވާހަކަ އެއް ދެއްކި ނަމަވެސް ލިމްޔާ އޭ ކިޔައިގެން އެވާހަކަތައް ދެއްކުމުން އަޑުއަހަން އުނދަގޫވިއެވެ. ރަޔާން ފަސް އެނބުރި ބަލާލިއެވެ. އޭރު އެރިހާ އަންހެނުންގެ މެދުގައި ސާމިޔާ ހުއްޓެވެ. އެވާހަކަތައް ފެށުމުގެ އަސްލަކީ ސާމިޔާކަމަށް ރަޔާން އަށް ގަބޫލުކުރެވުނެވެ. ބަޔެއްގެ އަމިއްލަ ދިރިއުޅުމުގެ ތެރެއަށް ސާމިޔާ ވަނުމުން ރަޔާން ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އޭނައަކީ މީހުންނާއި ޒުވާބުކޮށް އުޅޭމީހަކަށް ނުވާތީ އިހުތިޔާރުކުރީ ހިމޭންކަމެވެ.

"އެ ރަޔާން އުޅެނީ މީހަކާއި އިނދެގެންތަ......" އަނެއްކާވެސް މީހަކު ސުވާލުކޮށްލިއެވެ.

"މީހަކާ އިނދެގެންހޭ..... މަދީހާއަކަށް އެކަމެއް ނޭނގޭތަ.... މަދީހާމެން ހާދަ އަޕުޑޭޓު ނޫނޭ ދޯ..... އާން އޭނަ އުޅެނީ އެނިމާލުގެ ދަރިއާ އިނދެގެންނޭ....... މާލޭ ބައެކޭ އެއީ..... މުއްސަނދިވީމަ އެނިމުނީނު..... އެވަރިހަމަ އެއްކަމެއް ކުރަން ނޭނގުނަސް..... އަންހެނުން ނިދަން ބާއްވާފަ އެލިމްޔާ ލައްވާ ހުރިހާ ކަމެއް އެކުރުވަނީ..... މަށަށް ހީވަނީ ދުވަސްކޮޅަކުން އިވޭނީ ލިމްޔާ ރަށްމެދަށް ބަލިވެ އިން ޚަބަރު ހެން..... އެވައްތަރަށް އުޅޭ މީހުންނަށް ރަނގަޅުވާނީވެސް އެކަހަލަ ބޮނޑިއެއް ލިބުނިއްޔާ..... އެހެން ނޫނީ މައިތިރި އެއް ނުވާނެ....." ސާމިޔާ ހިނިގަނޑެއް ޖަހާލިއެވެ. އޭނަގެ ވާހަކައަށް މީހުން ޝައުގުވެރިވެފައި ތިބުމުން ނޭނގޭ އުފަލެއް ލިބިގެން ދިޔައެވެ. އެވާހަކަ ކުރިޔަށް ގެންދަން އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ.

ރަޔާން އަށް އިތުރަށް އެތާ އެންމެ ވަގުތުކޮޅަކުވެސް މަޑެއް ނުކުރެވުނެވެ. ބާރު ހިނގުމުގައި އޭނަ މިސްރާބުޖެހީ ލިމްޔާގެ ގެއަށް ދިޔުމަށެވެ. ހިތްހަމަ ނުޖެހުނު ވަރުން ފަޔަށް ވެސް ބަލާލުމެއް ނެތި ރަޔާން ހިނގަމުންދިޔައެވެ. ކިތަންމެ ވޭނެއް އަޅަމުން ދިޔަ ނަމަވެސް އޭނަގެ ފަރުވާލެއް ނެތެވެ. އެއަށްވުރެ އޭނަގެ ހިތަށް ލިބިފައިވާ ވޭން ބޮޑުވެއްޖެއެވެ. ތޫނު ހަންޖަރެއް ހަރާލުމުން ޒަހަމްވާ ވަރަށްވުރެވެސް ބޮޑަށް އެހިތް ވަނީ ޒަހަމްވެފައެވެ. އޭނަގެ ސަބަބުން ލިމްޔާގެ ބޮލުގައި އެފަދަ އިލްޒާމެއް އެޅުނީތީ ދެރަވިއެވެ. އެއީ އޭނަ ފަހަރެއްގައިވެސް ބޭނުންވާ ގޮތެއް ނޫނެވެ. ލިމްޔާ ފަދަ އަހުލާގު ރަގަޅު ކުއްޖެއްގެ ހަޔާތް އެގޮތުގައި ބަރުބާދުވެގެން ދާކަށް އޭނަ ނޭދެއެވެ. އޭނައަށް ވެގެންވާނަމަ އެންމެންގެ އަނގައިގައި ހިފައި ހުއްޓުވާނަމެވެ. ނަމަވެސް އެމީހަކު ކީ އެއްޗެއްގެ ސަޒާ ލިބޭނީ އެމީހަކަށެވެ. ނުހައްގުން މީހަކާއި ދިމާއަށް އެއްޗެއް ބުނެފިނަމަ އެކަމުގެ ސަޒާ މިދުނިޔެމަތިން ނުލިބުނަސް ލިބޭނެ ދުވަހެއް އަންނާނެކަން އެމީހުންނަށް ވިސްނޭނެ ނަމައޭ ރަޔާންގެ ހިތަށް އެރިއެވެ.

ރަޔާން ގޮސް އެގެއަށް ވަތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ރަޔާން ސަލާމް ގޮވާލިއެވެ. ނަމަވެސް އެއްވެސް މީހެއްގެ ޚަބަރެއް ނުވިއެވެ.

"ލިމްޔާ...." ލިމްޔާގެ ކޮޓަރި ދޮރުމަތީގައި ހުއްޓި ރަޔާން ލިމްޔާއަށް ގޮވާލިއެވެ. ފަޔަށް ބަލާލުމެއް ނެތި ހިނގުމުގެ ސަބަބުން އޭނަގެ ދެފައި އޭރު ތުރުތުރު އަޅަމުން ދިޔައެވެ. ކޮޅަށް ހުރުމަށް ދަތިވި ނަމަވެސް އޭނަ ކެތްތެރިވިއެވެ.

ރަޔާން ގޮވާލިލެއް ބާރުކަމުން ކޮޓަރީގައި ނަމާދުކުރަން ހުރި ލިމްޔާ ދިޔައީ ސިއްސައިގެންނެވެ. ބޮޑުކަމެއް ނުވަންޏާ ރަޔާން އެގޮތަށް އައިސް ނުގޮވާނެކަން އޭނައަށް އެނގެއެވެ. އެހާލުގައި ރަޔާން އެގެއަށް އައުމުން ލިމްޔާ ހާސްވިއެވެ. ނަމާދުކޮށް ނިންމާލި ގޮތަށް އަވަސްއަރުވާލާފައި ލިމްޔާ ނުކުތީ ނަމާދުދޮޅި އާއި ވެސް އެކީގައެވެ. އޭރު އަމީރާވެސް އޭނަގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ނުކުންނަނީއެވެ. ލިމްޔާ އެކޭ އެއްގޮތަށް އަމީރާގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރެވެ.

"ރަޔާން.... އަނެއްކާ ކަމެއް ގޯސްވީތަ....." ލިމްޔާ އަށްވުރެ ކުރިން ރަޔާން އާއި ސުވާލުކޮށްލީ އަމީރާއެވެ.

"އާނ.... ކަންތައް ވަރަށް ގޯސްވެއްޖެ..... މާ ބޮޑަށްވެސް ގޯސްވެއްޖެ..... އެހެންވެ އެހުރިހާ ކަމެއް ހައްލުކުރަން މިއައީ....." ރަޔާންގެ އަޑުގައި ވަނީ ނުތަނަވަސްކަމެވެ.

ލިމްޔާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. އަނެއްކާ ރަޔާން އެއައީ ޔަލްވީ އެއްޗެކޭ ކިޔައިގެންބާއެވެ. އެހެން ވެއްޖެނަމަ އޭނަ އާއި ރަޔާންގެ އެކުވެރިކަމަށް ނިމުމެއް އަތުވެދާނެއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ރަޔާން އަށް މިހާރު މުހިއްމު ވާނީ ޔަލްވީއެއް ނޫންހެއްޔެވެ. ލިމްޔާއަށް ހިންދިރުވާލެވުނެވެ. ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. ބޭއިޚްތިޔާރުގައި މަންމަ އާއި ދިމާއަށް އޭނައަށް ބަލާލެވުނެވެ. އެވަގުތު ދެލޯ ފެންކަޅިވަމުން ދިޔައެވެ. އަމީރާ އޭނައާއި ދިމާއަށް ބަލާލުމާއިއެކު ކުށްވެރިއަކު ފަދައިން ލިމްޔާއަށް އިސްޖަހާލެވުނެވެ.

"ރެން..... އައިމް ސޯ ސޮރީ.... އަހަރެން އެއްވެސް ކަމެއް ގޯސްކުރާކަށް ބޭނުމެއް ނޫން..... އެކަމަކު އަމިއްލަ ހިތަށް ބާރު ނުފޯރުވޭތީ ރެންގެ ކުރިމައްޗަށް ދެވެނީ..... މިހިތަށް ކެތްނުވާތީ..... އެނގޭ ތީ މީހެއްގެ ފިރިއެއް ކަންވެސް..... އެކަމަކު އަހަރެން އެކަން ހަނދާން ނައްތައެއް ނުލަން..... ރެން ޕްލީޒް.... ރެންގެ ލައިފުން އަހަރެން ބޭރުކޮށްނުލާ...... ރެން ބެހެއްޓި ހިސާބެއްގައި އަހަރެން ހުރެދާނަން..... އެކަމަކު ރެންގެ ނަފުރަތަކަށް އަހަންނަކަށް ކެތެއް ނުކުރެވޭނެ...... ޕްލީޒް...." އެބަސްތައް ވީ ލިމްޔާގެ ހިތުގައެވެ. ދުލާއި ހަމައަށް ގެންނަން ބޭނުންވި ނަމަވެސް އެކަމެއް ނުކުރެވުނެވެ. އޭނަގެ އެހާ ހިތްވަރެއް ނެތެވެ. ހިތްވަރު ކުރަކަށްވެސް އޭނަ ބޭނުމެއް ނޫނެވެ. އޭނަ ބޭނުންވަނީ އެތަނުން ދުވެ ފިލާށެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

9 ޚިޔާލު

  1. ❤❤❤

    Ummy

    • އޭޝް

      Thank u so much dear ❤❤❤❤❤❤?

  2. NAJU

    Eysh dhooni ???? alhey haadha reehchey dhw mi story mihaaru naju vvvvvvv bodah interesting vehje mihaaru..??? Ur my favourite writer .. ????I love your storys n miss u alot ???????❤❤❤❤❤❤ lysm my dear eysh ???????

    • އޭޝް

      Naju dear thank u so much ??❤❤❤?
      Vvvvv happy vehje favrt writer ey buneema ???❤❤❤
      Story kamudhiyaeema v v happy ?❤❤❤
      So sweeet of u my dear ???❤❤❤ mi cmnt kiyaalaafa vvvv bodah happy vehje ?❤❤❤

  3. ލިމްޔާ

    ޔަލްވީވީވީވީ. ކިހިނެތް ވެގެންތަ ތިއުޅެނީ. ކިތައް ފަހަރު ބުނާނީ ރެން އާ ދުރުގަ ހުންނާށޭ. އަޑެއް ނީވޭތަ. ރެން އަކީ އަހަރެންގެ ހައްގެއް. ހަމައެކަނި އަހަރެންގެ ހައްގެއް. މިހާރު އަހަރެންގެ ރުޅި ކޮންޓްރޯލުން ނައްޓާފި.

    2
    2
  4. މަރީ

    އަޅޭ ހާަދަހާ ރީއްޗޭ……އަނެއް ބާ އަވަސް……ލަވް ޔޫ

    • އޭޝް

      Thank u so much dear ??❤❤
      Varah happy mi part ves kamudhiyaeema ??❤❤❤

  5. Ummy

    ?New part up vaanee konitakun

    • އޭޝް

      Ummy dear new part Insha Allaah today ?❤❤❤ thank u dear ??❤❤❤❤