loading ...
loading ...
އިމްރާންގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒްކުރުން ފަސްްކުރުމަށް ސްޕްްރީމް ކޯޓުން އަމުރުކޮށްފި

އިމްރާންގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒްކުރުން ފަސްްކުރުމަށް ސްޕްްރީމް ކޯޓުން އަމުރުކޮށްފި

0 comment

އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ވަގުތީ ގޮތުން ފަސްކުރުމަށް  މިއަދު ސްޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން އެހުކުމާ މެދު ގޮތެއް ނިންމަންދެން ފިޔަވަޅެއް ނޭޅުމަށް އެކޯޓުން ވަނީ ނިންމައިފައެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ އެ މައްސަލައަކީ ސުޕްރީމް ކޯޓުން 22 ނޮވެމްބަރުގައި ބަލައިނުގަތުމަށް ނިންމި މައްސަލައެއް ކަމަށެވެ. އޭރު ނިންމި ނިންމުން މުރާޖައާ ކުރުމަށް އެދި އެކި ސަބަބު ބަޔާންކޮށް އިމްރާން އަބްދުﷲ ގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅިގެން އެމައްސަލައިގެ މައުޟޫގެ މައްޗަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އިމްރާނުގެ ފަރާތުން ހުށަހެޅި ކަމަށެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ  2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މޭޑޭ މުޒާހަރާގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެ މައްސަލައިގާ ކުށް ސާބިތުވެ 12 އަހަރަށް ޖަލަަށްލުމަށް ހުކުމްކޮށްފައިވަނީ  2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

އިމްރާން މިވަގުތު ހުންނެވީ ގޭބަންދުގައެވެ. އެހެންނަމަވެސް ސްްޕްްރީމް ކޯޓުން މިއަދު މިގޮތަށް އަމުރުކުރެއްވުމާއި ގުޅިގެން ގޭބަންްދުން އެމަިކުފާނު މިނިވަންްވެގެންް ދާނެއެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު