loading ...
loading ...
އައްޑޫ ސިޓީއިން މޫދައްއެރި އުޅެނިކޮށް ގެއްލުނު ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީން މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ 18 އަހަރުގެ ޒުވާނާ--- ފޮޓޯ/ވަގުތު

އައްޑޫ ސިޓީއިން މޫދައްއެރި އުޅެނިކޮށް ގެއްލުނު ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެ

0 comment

އައްޑޫ ސިޓީ ހިތަދޫގެ ހަންކެޑެ ބުރިޖު ކައިރިއަށް މޫދަށް އެރިއުޅެނިކޮށް ގެއްލުނު ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. އެ ޒުވާނާ ގެއްލިގެން ރިޕޯޓްކުރި ވަގުތުން ފެށިގެން ފުލުހުންނާއި ސިފައިން އެ ޒުވާނާ ފެނޭތޯ މަސައްކަތް ދިޔައީ ކުރައްވަމުން ނެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މަރަދޫއާއި ހިތަދޫއާ ދެމެދު އޮންނަ ހަންކެޑެ ބްރިޖު ސަރަހައްދައް މޫދަށް އެރި އުޅުނު ތިން ކުދިންގެ ތެރެއިން 18 އަހަރުގެ ޒުވާނަކު ގެއްލިގެން މިއަދު މެންދުރު 14:43ގައި ރިޕޯޓުކޮށްފައިވާކަމުގަ އެވެ.

ފެންވަރަށް މައުލޫމާތު ލިބިފައިވާގޮތުގައި ހަންކެޑެ ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ނިޔާވެފައިވަނީ އައްޑޫ ހައި ސްކޫލްގައި ތައުލީމް ހާޞިލްކުރަމުންދާ ޖައިޝަމް ނަމަކަށް ކިޔާ ޒުވާނެކެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ އެކުއްޖާ ހޮސްޕިޓަލަށް ގެނައިރުވެސް ނިޔާވެފައިވާކަމުގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިފައިފަނީ 15:45 ހާއިރު ހަންކެޑެ މޫދު އަޑިން ކަމަށާއި މައްޗަށް ނެގިއިރު އެއްވެސް ހަރަކާތެއް ނެތް ކަމުގަ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެ ޒުވާނާ މޫދަށް ދިޔައީ އިތުރު ދެ ކުއްޖަކާއި އެކު ހަންކެޑެ ބުރިޖު ސަރަަހައްދަށް ކަމުގަ އެވެ.  އަދި އެ ގެއްލުނު ޒުވާނާ މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަތީ ކަމަށާއި، އޭނާ ހޯދުމަށް އެވަގުތުން ފެށިގެން ކޯސްޓް ގާޑުން ހަރަކާތްތެރިވަމުން ދިޔަކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވި އެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު