loading ...
loading ...
ސިނަމާލެ ބުރިޖާއި ލިންކު ރޯޑުތަކުން "ޖިންނި" ފެނިދާނެތަ؟

ސިނަމާލެ ބުރިޖާއި ލިންކު ރޯޑުތަކުން "ޖިންނި" ފެނިދާނެތަ؟

3 comments

ފަހަކަށް އައިސް ސިނަމާލެ ބުރިޖް މަތީގައި ހިނގާ އެކްސިޑެންޓުތައް އަންނަނީ ޢާއްމު ވަމުންނެވެ. މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުގައިވެސް ނުރައްކައުތެރި އެކުސިޑެންޓްތައް ހިނގާލެއް މަދެއް ނޫނެވެ.  ނަމަވެސް ސިނަމާލެ ބުރިޖުގައި އެކްސިޑެންޓު ހިނގަން ދިމާވާ ސަބަބެއްކަމުގައި މީސް މީޑީއާއާއި ބައެއް މަސްދަރުތަކުން ބުނަމުންދަނީ ސިނަމާލެ ބުރިޖުން ޖިންނި ފެންނަ ވާހަކަ އެވެ.

އެއީ ޤަބޫލު ކުރަން ދަތި ވާހަކައެއް ނޫނެވެ. ޖިންނީންނަކީވެސް ﷲ ޚަލްޤު ކުރައްވާފައި މަޚްލޫޤް އެކެވެ. އެހެން ވީއިރު ޖިންނި ވެސް ފެނުމަކީ ދުރުގައިވާކަމެއް ނޫނެވެ. ޖިންނީންނަކީ އިންސާނުން އުފެއްދެވުމުގެ މާކުރިން ﷲ ޚަލްޤުކުރައްވާފައިވާ މަޚްލޫޤް އެކެވެ. ޖިންނީންނާއި އިންސީންވެސް ﷲ ޚަލްޤުކުރައްވާފައިވަނީ އެކަލާންގެއަށް އަޅުކަން ކުރުމަށެވެ. ޖިންނީންނަކީ ލެއްވި އެއްޗެއްކަން ބުއްދީގެ ހަމަތަކުންނާއި، ޤުރުއާނާއި ސުއްނަތުގެ ދަލީލުތަކުގެ އަލީގައިވެސް އެނގެން ހުރިއިރު، ހިތާމައަކީ ބައެއްމީހުން މިއަދު ޖިންނިއާއި ޖިންނީގެ ފަރާތުން ޖެހޭ އުނދަގޫތަކާއި ބަލިތައް ދޮގުކުރާކަމެވެ. މިއީ ހިތާމަ ހުރި ކަމެކެވެ.

އަސްލު ވާހަކައަށް ރުޖޫޢަ ވަމާހެވެ. ދާދި ފަހުންވެސް ސިނަމާލެ ބުރިޖުގައި ވަނީ ކާރެއް ފޮރޮޅާލާ ފައެވެ. އަދި ހަމަ މިދާކަށް ދުވަހު ޕިކަޕަކުންޖެހި ހައިވޭގެ ޑިވައިޑާވެސްވަނީ ފުނޑުފުނޑުވެފަ އެވެ. ބައެއް މީހުން މިކަމުގެ ޒިންމާ ޑްރައިވަރުންގެ އިހުމާލާ ގުޅުވާއިރު އަނެއްބަޔަކު ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުގެ ބޮލުގައި އަޅުވައެވެ. ނަމަވެސް ކަމުގެ ޙަގީގަތް އެނގުނީ މިފަދަ އެކްސިޑެންޓެއް ތަޖުރިބާ ކޮށްފައިވާ ޑްރައިވަރަކާއި ސުވާލުކޮށްލުމުން ނެވެ.

"އެބޭފުޅާގެ ވާހަކަތަކުން ގައިގާ ހީބިހި ނަގައިގެން ދާވަރުވެއެވެ. މިގޮތުން އެބޭފުޅާ ހައިވޭ މައްޗަށް އެރޭ އެރީ ކާރުގައި އެކަނިމާ އެކަނި އެރޭ ދަންވަރު 2 ޖަހާ ހާއިރެވެ. އެވަގުތަކީ ދުއްވާ އެއްޗިހި ވަރަށް މަދު ވަގުތަކަށްވުމާއެކު ދުއްވަމުން ގެންދިޔައީ ހެޔޮވަރު ދުވެއްޔެއްގަ އެވެ. މިގޮތަށް ބުރިޖުން ފައިބާ ހައިވޭއާ ހިސާބަށް އެރިތަނާހެން ވަރަށް ގަދަޔަށް ފަރުހަކިވަސް ދުވަން ފެށިއެވެ. މާ ބޮޑު ސަމާލުކަމެއް ނުދީ ކުރިއަށް ދަނިކޮށް ކާރުގެ ކުރިމަތިން ފެނުނީ އަންހެނަކާއި ކުޑަކުއްޖެކެވެ. ލިބުނު ސިހުމާއެކު ފަހަތު ބުރަތްކާއި ހޭންޑް ބުރަކި އެއްފަހަރާ ޖައްސާ ހުންގާނު އަނބުރާލި އެވެ. ހަމަ އެއާއެކު ކާރު ފުރޮޅިގެންދިޔަ އެވެ. އޭގެ ފަހުން ވީގޮތެއް ކިޔައިދޭން ނޭންގޭކަމަށް އޭނާ ބުންޏެވެ."ފުރޮޅާލި ކާރުގެ ޑްރައިވަރާ ޙަވާލާދެއްވައި ބުކްގޭޓްސްގައި ރިޕޯޓްކޮށްފައި ވެއެވެ.

ދަންނަވަން ތޯއެވެ. ޖިންނީންގެ ފަރާތުން އުނދަގޫތަކާއި ކުރިމަތިވަމުންދާ ވާހަކައަކީ ދިވެހިންނާއި ވަރަށް ދޯޅު ވާހަކަތަކެކެވެ. ބައެއް ފަރާތްތަކުން ޖިންނިއަކީ ވާއެއްޗެއް ކަމަށް ގަބޫލު ކުރެއެވެ. ނަމަވެސް އަނެއްބައި މީހުން އެފަދަ ވާހަކަތައް ދައްކަނީ ބޮޑޫ ޖޯކަކަށް ހަދައިގެން ބޮޑުކޮށްގެންނެވެ.

ޖިންނީންގެ ވާހަކަ ދައްކާއިރު މިހާރު މީސް މީޑިއާގައި އެންމެ ބޮޑަށް ތިލަވެފައިވަނީ ހުޅުލެއާއި ހުޅުމާލެ ގުޅާލާ ހައިވޭގެ އިތުރުން މާލެއާއި ހުޅުލެ، އަދި ހުޅުމާލެ ގުޅާލެވިގެންދާ ސިނަމާލެ ބުރިޖުމަތިން "ޖިންނި" ފެންނަ ވާހަކަ އެވެ.

މާލެއާއި ހުޅުލެ އެއްގަމު މަގުން ގުޅާ ނުލާއިރު، ހުޅުލެއިން ހުޅުމާލެ ދިޔުމަށް އޮންނަ ބޮޑު މަގުން ކުޑަ ކުއްޖެއް ފެންނަ ވާހަކައާއި ދިގު ހިޔަންޏެއް ފެންނަ ވާހަކައަކީ ދިވެހިންގެ ތެރޭގައި މަގުބޫލު ވާހަކައެކެވެ. އެކިއެކި ނާމާން ހާދިސާތައް އެ މަގުން ބައެއް މީހުންނަށް ކުރިމަތިވެފައިވާ ކަމަށް ދިވެހިން ގަބޫލުކުރެ އެވެ. އެހެންކަމުން އެ މަގުން ކުރިމަތިވާ ނާމާންކަމާއި ސިނަމާލެ ބުރިޖުން ކުރިމަތިވާ ނާމާން ހާދިސާތަކާއި ގުޅުމެއް ވެދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

"ފެންވަރު އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މީގެ 34 އަހަރު ކުރިން ހުޅުލެ އެއަރޕޯޓުގައި ވަޒީފާ އަދާކުރެއްވި ބޭފުޅަކު ކިޔައިދެއްވި ވާހަކަ އެބޭފުޅާ ކިޔައިދެއްވި ގޮތައް ތިޔަ ބޭފުޅުންނަށް ޙިއްޞާ ކޮށްލާނަމެވެ.

"އެއީ މީގެ ތިރީސް ހަތަރު އަހަރު ކުރި. އަހަރެން ވަޒީފާ އަދާކުރީ ހުޅުލެ އެއަރޕޯޓުގަ. ބައެއް ރޭރޭ ޑިއުޓީ ނިންމާލާފަ ނިދަން ދެވޭއިރު ހުންނާނީ ދޭއް ތިނެއް ޖަހާފަ. ބައެއް ރޭރޭ ކޮޓަރިއަށް ދަނީ އެންމެން އެކީގަ. އަނެއްބައި ރޭރޭ އެކަނިވެސް ކޮޓަރިއަށް ދާން ޖެހޭ. އަހަރެމެން ނިދާ ކޮޓަރިތައް ހުންނާނީ ހުޅުލޭ ބީޗް ރެސްޓް ކުރިމަތިން ކަހަލަ ގޮތަކަށް. އެތަނުގަ ހުންނާނެ ވަރަށް ގިނަ ކޮޓަރި އެއްބަރިއަކަށް ހުންނާނީ. އެއްރޭ ޑިއުޓީ ނިންމާލާފަ ކޮޓަރިއަށް ދިޔައީ އެންމެން އެކީގަ. އޭރު ގާތްގަނޑަކަށް ދެގަޑި ބައިވެދާނެ. ނިދި އައިސްގެން ހުރީ ހަމަ ހަލާކުވާވަރުވެފަ. އެނދުގަ ޖައްސައިލި ތަނާ އެންމެ އަޑޫބާރު ކުރީ ޒަމާނުގެ ފަހާފޮއްޓަކުން ފަހާ އަޑު އިވެން ފަށައިފި. އެކަކަށް ވެސް ބޭރު ބަލައިލާކަށް ނުކެރުން. ގާތްގަނޑަކަށް ބައިގަޑިއެއްހާއި އިރު ފަހާ އަޑު އިވިފައި އެ އަޑު ކަނޑައިގެން ހިނގައްޖެ. ބިރު ކެނޑި ހަމަ ނިދިލާއިރަށް އަނެއްކާއިވެސް ހަމަ ކުރިން އިވުނު (ފަހާފޮށި އަނބުރާ)އަޑު އިވެން ފަށައިފި. އެރޭ އަހަރެމެން އުޅުނީ ވަރަށް ބިރުވެރި ކަމެއްގެ ތެރޭގަ. ހަމަ ޔަގީން އެހިސާބުގަ ވެސް ފަހާފޮއްޓެއް ނުހުންނާނެ. އޭގެ ފަހުން އަނެއްހާ ހަމަ އެއްރެއެއްގެ ދަންވަރު ފަލައިޓް ނިންމާލާފަ އަހަންނާ އަދި އެހެން ކުއްޖަކާ ދެމީހުން ކޮޓަރިއާ ދިމާއަށް ދަނިކޮށް ފަރުކޮޅު ފުއްޓާއި ދިމާލުން ހުޅުލެ ބީޗުރެސްޓުގެ ފުރަގަހަށް ވާގޮތަށް ވަރަށް ދިގު ކަޅޫ ހިޔަންޏެއް ހުރިތަން ފެނުން. އެ ހިޔަނި ފެނުމުން ހަމަ އެންމެ ފިޔަވަޅެއްވެސް ކުރިޔަށް އަޅާކަށް ނުކެރުން. އަވަސް އަވަހަށް ދުވެފައި ގޮސް ޓާމިނަލް އަށް ވަދެ އެތަނުގައިނ ތިބި މީހުންކައިރީގަ އެވާހަކަ ބުނިން. ދެން އެންމެން އެކީ ބޭރަށް ނިކުތްއިރު އެހިޔަނި ޖެހުންތާ ލަކުނުވެސް ނެތް. މިބުނި ހިޔަނި ދެތިންރޭ ފެނުން. އެއްވެސް ކަމެއް ނުކުރޭ. އެ ހިޔަނި ފެނުނީމަ އަހަރެމެން ބިރުން ދުވެފައި ދަނީ. ގޮސް ބަޔަކު ގޮވައިގެން އަންނައިރު އެ ހިޔަންޏެއް ނުހުރޭ. ހަމަ އެ ދުވަސްކޮޅު ދަންވަރު ޑިއުޓީ ނިންމާލާފަ ކޮޓަރިއަށް ދާއިރު ދެރެއަކު ދެކުނިން އަންހެން ކުއްޖެއް. ބޯ ހާވައިލައިގެން ހުންނަނީ. ލައިގެން ހުންނަ ހެނދުމެއްގެ ކުލައެއް ބާވަތެއް އެނގޭވަރަށްވުރެ އަނދިރިން އެކުއްޖާ ފެންނަނީ. ދެރޭ ދެކުނިން. އޭގެ ފަހުން އެކުއްޖާއެއް ވެސް ނުފެނޭ. މިއީ އަހަންނަށް ދިމާވި ހާދިސާ. މިކަން ދިމާވާން ފެށުމުން ބޭރަށް ނިކުންނަނީ ދަންނަ ހުރިހައި ހެޔޮއެއްޗެއް ކިޔައިން. ޤުރުއާން ކިޔަވަމުން. ޓާމިނަލް އިން ފެށީގެން ކޮޓަރިއާއިހަމައަށް ދެވެން ދެން ގުރުއާން ކިޔަވަމުން ދަނީ. އޭގެ ފަހުން އެއްވެސް ކަމަކާ ދިމައެއްނުވެ." ނަންނުޖެހުމަށް ޝަރުޠުކޮށް ފެންވަރަށް މައުލޫމާތު ދިން މީހަކު ކިޔައި ދިނެވެ.

ސިނަމާލެ ބުރިޖުގައި އެކްސިޑެންޓްތައް ގިނަވެފައިވާއިރު އެކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން އަޅުވަމުން ދަނީ ޖިންނީންގެ ބޮލުގަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ދުއްވަ ދުއްވާ ހުށްޓާ ހުދު ހެދުމެއްގައި ހުންނަ އަންހެނެއް ކުރިމަައްޗަށް އަރަނީ އެވެ. އަދި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ދުއްވަމުންދާއިރު ފަހަތުން އެކި ޒާތްޒާތުގެ ބިރުވެރި އަޑުއިވެނީ އެވެ. މިފަދަ ރޫހާނީ ކަންކަން ސިނަމާލެ ބުރިޖު މަތިން ކުރިމަތިވާކަމަށް ބުނާއިރު މިވާހަކަތަކީ ފަހަރުގައި ގަބޫލުކުރަން ދަތި ވާހަކަތަކަށް ވެދާނެއެވެ.

ނަމަވެސް ގަބޫލުކުރަން ޖެހޭ ހަޤީގަތަކީ ސިނަމާލެ ބުރިޖާއި ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ފަދައިން ރާއްޖޭގެ އެހެން ސަރަހައްދުގެ ބޮޑެތި މަގުތަކުން މީގެ ކުރިންވެސް ތަފާތު ރޫހާނީ އެއްޗެހި ފެނިފައިވާ ކަމެކެވެ. އެގޮތުން ލާމު އަތޮޅުގައި އޮންނަ ލިންކް ރޯޑުންނާއި އައްޑޫ ސިޓީގައި އޮންނަ ލިންކް ރޯޑުން ފާޑު ފާޑުގެ އަޑުތައް އިވުމާއި ކުޑަކުއްޖަކު ފެންނަ ވާހަކައަކީ ވަރަށް ގިނައިން ދެކެވޭ ވާހަކަތަކެވެ.

ކޮންމެއަކަސް މިކަހަލަ އެތައް ޙާދިސާއެއް ބުރިޖު މަތީ ހިނގާކަމަށްވެއެވެ. ބައެއް ފަހަރު ސައިކަލުގައި ދާއިރު ފަހަތުން ގޮވާ އަޑު އިވުމާއި ވަކި ހިސާބަކުން އަންހެންކުއްޖަކު ސައިކަލު ފަހަތަށް އަރާ އިންނަތަން ލޯގަނޑުން ފެންނަކަމަށްވެސް ބައެއް ފަރާތްތަކުން ރިޕޯޓްކުރެ އެވެ. ކޮންމެއަކަސް ޖިންނި ޝައިތާނުންނަކީ ދުނިޔެމަތީ ލައްވާފައިވާ އެއްޗެކެވެ. ހަމައެއާއެކު އެތަކެތީގެ އުނދަގުލުން ސަލާމަތްވާނެ ގޮތްތައްވެސް އިންސާނުންނަށް އަންގަވައި ދެއްވާފައި ވެއެ. އެގޮތުން ގިނަގިނައިން ޤުރުއާން ކިޔެވުމާއި އަޅުކަމުގައި މަސްޢޫލުވުން ހިމެނެ އެވެ.

މަސްދަރު: ޖަޒީރާ - ބުކްގޭޓްސް

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

3 ޚިޔާލު

  1. Ahmed

    Jinneen (saithanun) dheke insaanun birugathumakee alhugandumennah neygi kurevey shirukeh.. sababakee saithanunnakeeves allah swt ah alhukankurumah allah hahdhavaafaivaa baeh kamah vefaivumaa eku saithaanunnah vure allah swt insaanun mathikurahvaafaivun.. shirukeh kamah vaa enme bodu eh sababakee islam dheenuge furathama rukun kamugaivaa ehkauvanthakurun allah swt fiyavai hahguvegen alhukan vevey ehen faraatheh nuvaakamah hekivumuge maanaige thereygaa allah swt ah fiyavai alhugandumennah biruvethi veveyne ehves faraatheh nuvaakamahves gaboolu kuran
    eba jehey..alhugandumen Allah swt fiyavai ehenfaraathakah biruvethi vegen nuvaane..Allah swt fiyavai eii
    Soohpeh viyas jinni ehviyas janavaareh viyas meeheh viyas biruvethivaanama ekurevenee neygi shiruk.. jinni saithaanun ge thereygaives muslim jinneen naai kaafiru jinneen vey.. hageegathugai jinneen maa bodah insanundheke biruganey.. jinnee ge kibian salaamai veveyne maguves allah swt vanee alhugandumen insaanunnah dhakavaafai..(quran) namaves saithaanaage nubai kamun mihaaru mi vaneee alhugandumen insaanun saithaanundheke birugannavaafai.. mihen vaanjehey sababakee kaafirun ufahdhaa film thakaai foithakaai dhahkkaa vaahaka thakah alhugandumen muslimunnah maa bodah samaalukan dhevun adhi neygumehge thereygai gaboolukurevun..(muslim ahunney visnaa

  2. ބޯބުޅި

    ރޫހާނީ އެއްޗަހީގެ ފޮޓޯނެގޭތަ ހާދަމޮޅު ކެމަރާއެކޭ
    އެކުސިރެއްޓުގާ ލިބޭގެއްލުމުގެބަދަލުނަގައްޖެހޭ އައްހެންކުއްޖައޭކިޔާ
    ސަލާމަތެއްނުވޭނެ ހަރުކަށިފިޔަވަޅުއަޅާ
    ސަރުކާރައްވުރެ ގަދަނުވާނެ އެކަންދައްަނަވާނެ
    ތިހުރިހާ އެއްޗެއްށަކީ މުޅިރައްއިތުގެލާރި

  3. ކާފު

    ކޮއްކޮމެން މޮޔަވީމައި ޖިންނި ފެންނަނީ