loading ...
loading ...
މިފަހަރުވެސް ބިގޭ- އަލިފުށީ ދާއިރާ ރައްޔިތުންގެ އުންމީދު

މިފަހަރުވެސް ބިގޭ- އަލިފުށީ ދާއިރާ ރައްޔިތުންގެ އުންމީދު

13 comments

ވިސްނައި ފިކުރު ކުރަންވީ އެވެ. އަހަރެމެންނާއި އަހަރެމެންގެ ދަރިންނާއި އަދި އެ ދަރިންގެ ދަރިންގެ ޙައްޤުގަ އެވެ. ޤައުމާއި ވަޠަނުގެ ޙައްޤުގަ އެވެ. މައިން ބަފައިންނާއި އާޢިލާގެ ޙައްޤުގަ އެވެ. ކީއްވެތޯ އެވެ؟ އަނެއްކާއިވެސް ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޯމަތިވަމުން އަންނާތީ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް މުޅި ރާއްޖެ ތައްޔާރު ވަނީއެވެ. ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރައްޔިތުންނަށް ރައްޔިތުންގެ އަޑު އުފުލައިދެއިވާނެ މަންދޫބުން ހޮވުމުގެ ފުރުޞަތު އަނެއްކާއިވެސް ރައްޔިތުންނަށް ލިބިގެންދަނީ އެވެ. މިފަހަރު ރައްޔިތުން އެންމެ އިސްކަމެއް ދޭންވާނީ އެމީހަކު ނިސްބަތްވާ ދާއިރާއެއްގެ ރައްޔިތުންނާއި ގާތްކަން ބާއްވާ އަދި ދާއިރާގެ އިހުސާސްތައް އެންމެ ރަނގަޅަށް ދަންނަ، ދާއިރާއަށާއި ޤައުމަށް އިޚްލާޞްތެރި ކެންޑިޑޭޓަކު ހޮވުމަށެވެ. ރައްޔިތުންނަށް އޮތް ޒިންމާއަކީވެސް ހަމަ މިއީ އެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މިހާރުވެސް މެމްބަރުކަން ކުރައްވާ އެތައް ބޭފުޅުންނެއް އެކި ދާއިރާތަކަށް ވާދަކުރައްވާނެ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ އިހުސާސްތައް ނުދަންނަ، އިހުލާޞްތެރިކަމެއް ނެތް ބޭފުޅުންނާއި، ރައްޔިތުންނަށް އިޚްލާޞްތެރި، އަދި ރައްޔިތުންގެ އިހްސާސްތައް ދަންނަ ކޮރަޕްޝަންގެ އެއްވެސް ކުލައެއް ވަހެއް ރަހައެއް ނުވަތަ ލައްގަނޑެއް ޖެހިފައިނުވާ ބޭފުޅުންވެސް މި ލިސްޓުގައި ހިމެނިވަޑައިގަންނަވާނެ އެވެ.

ދަންނަވަން ތޯއެވެ! ބޯމަތިވަމުން އަންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް މެމްބަރުކަން ކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ އިޚުލާޞްތެރި، ރައްޔިތުންނާ ގުޅޭ އަދި ދާއިރާގެ ރައްޔިތުންނާ ގާތްގުޅުން ބާއްވާ މަދު ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާ ތަމްސީލުކުރައްވާ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ގިނަ ބަޔަކު މިކަމަށް ހެކިވާނެ އެވެ.

މިފަހަރުވެސް ބިގޭ- އަލިފުށީ ދާއިރާ ރައްޔިތުންގެ އުންމީދު

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު ބިގޭ ފާހަގަވެފައިވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރެއްގެ ގޮތުގައެއް ނޫނެވެ. ބިގޭ އަކީ އަލިފުށީ ދާއިރާ ރައްޔިތުންގެ އިތުރުން ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންގެވެސް ހަމަ އެހައިމެ ގާތް ހިތްތިރި އެކުވެރި ރަހްމަމަތްތެރި އެކެވެ. ބިގޭ އަކީ ކޮރަޕްޝަންގެ އެއްވެސް ލައްގަނޑެއް ޖެހިފައިނުވާ ތެދުވެރި މެމްބަރެއްގެ ގޮތުގައިވެސް ފާހަގަވެފައިވާ ދިވެހި ދަރިއެކެވެ. އަލިފުށީ ދާއިރާ ރައްޔިތުންގެ ލޯބި ލިބިފައިވާ ރައްޔިތުންނަށް އިޚްލާޞްތެރި ބޭފުޅެއްގެ ގޮތުގައިވެސް ބިގޭ ވަނީ ފާހަގަކުރެވިފަ އެވެ. އަދި ރައްޔިތުންގެ އަޑު އަހައި ރައްޔިތުންނާއި ގާތްކަން ބާއްވާ ބޭފުޅެއްގެ ގޮތުގައިވެސް ބިގޭ ފާހަގަކުރެވެ އެވެ. މިފަދަ ޚުލްޤު ހެޔޮ އިޚްލާޞްތެރި ބޭފުޅަކު އިންތިޚާބު ކުރުމުގެ ފުރުޞަތު ލިބުމުން އެ ފުރުޞަތު ދޫކޮށްލުމީ މޮޔަ ކަމެކެވެ.

ދާއިރާގެ އަޑު އަހައި އެ އަޑު އިއްޔައިދޭނެ އިޚްލާޞްތެރިއަކު ބޭނުންފުޅުވެލައްވާނަމަ އަލިފުށީ ދާއިރާގެ ރައްޔިތުން މިފަހަރުވެސް ބިގޭ އިންތިޚާބު ކުރައްވާށެވެ. ބިގޭއަށް އާނއެކޭ ބުނަން ޖެހެ އެވެ. ޙަޤީގަތް ނޭންގި ތިބެ ހަމަ ތަނަކުން މީހަކު އައިސް ދާއިރާއާއި ބެހޭގޮތުން ދައްކާހާ ވާހަކަ އަޑު އަހައި އެވާހަކައަށް ހެއްލޭކަށް ނުވާނެ އެވެ. ދަންނަވަންތޯއެވެ. ހެއްލުމަކީ ގެއްލުމެކެވެ.

ނިމިގެންމިދާ ރައްޔިތުންގެ މަޖިލީހުން އެންމެ ބޮޑަށް ފާހަގަކޮށްލެވުނު އެއް ކަމަކީ މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވުމެވެ. ނަމަވެސް ޕާޓީ ބަދަލުނުކޮށް، ޕާޓީއަށާއި ރައްޔިތުންނަށް އިޚުލާޞްތެރިކަން ދެއްކި ނަމޫނާ މެމްބަރުންގެ ތެރޭގައި ބިގޭ ފާހަގަކޮށްލެވެ އެވެ. މަޖިލީހުގައި ބިގޭ އުފުއްލެވީ އަލިފުށީ ރައްޔިތުންގެ އަޑެވެ. ބިގޭ ވަނީ އެހެން މެމްބަރުންނަށްވެސް ނަމޫނާ މިސާލެއް ދައްކަވައިފަ އެވެ.

ނިމިގެންމިދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި ބިގޭއަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެންމެ އުނދަގޫ ކަމަކަށް ވެގެންދިޔައީ ވަކި ބައެއްގެ ނުފޫޒުން މަޖިލިސް ހުއްޓުމަކަށް ގޮސް، ގާނޫނުތަކާ ޚިލާފު އެތައް ކަމެއް ފެނިގެންދިއުމެވެ. އިދިކޮޅު ޕާޓީގެ މެމްބަރެއްގެ ގޮތުން ބިގޭއަށް ގިނަ އުނދަގޫތަކަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެވެ. ނަމަވެސް އެފަދަ ދަތި ޙާލުގައިވެސް ބިގޭ ބޭނުންފުޅުވީ އަލިފުށީ ދާއިރާގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއި އެކު ޚިދުމަތްތަކެއް ކޮށްދިނުމަށް މަޖިލީހުގައި ވީހާވެސް ގިނައިން ވަކާލާތު ކުރެއްވާށެވެ. ބިގޭ ވަނީ އެކަން ކުރައްވާފަ އެވެ. ދަތި ޙާލުގަ އެވެ. ނަމަވެސް ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއި އެކުގަ އެވެ. ﷲ ވޮޑިގެން ވަނީ ކެއްތެރީންނާއި އެކުގަ އެވެ.

ދިވެހިރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީ ގެނައުމަށް މެދުކެނޑުމެނެތި 1985 ވަނަ އަހަރުން ފެށިގެން ބިގޭ މަސައްކަތްކުރައްވަން ފެއްޓެވި އެވެ. ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތާއެކު މަލްޓިޕާޓީ ޑިމޮކްރަސީ ގެނެވި، އެމްޑީޕީ ވުޖޫދަށް ގެނެވުނެވެ. އެހިސާބުން ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި އެންމެ އިސްސަފުން ބިގޭ ފެނިގެންދިޔަ އެވެ.

އެމްޑީޕީ ވުޖޫދަށް އައި ހިސާބުން އެ ޕާޓީގެ އިސް މަގާމުތަކެއްގައި ބިގޭ ވަނީ މަސައްކަތްކުރައްވައިފަ އެވެ. އޭގެ ތެރޭގައި ބިގޭ ވަނީ އެމްޑީޕީގެ ރީތި ގޮފީގެ ރައީސްކަން 2005 އިން 2006އަށް ކުރައްވާފަ އެވެ.

ރާއްޖޭގައި ސިޔާސީ ޙަރަކާތްތައް އުފެއްދުމުގެ ގޮތުން ރ. އަތޮޅުގައި ސިޔާސީ ޙަރަކާތުގެ ބިންގާ އެޅުމަށް ފުރަމަ އިސްނަންގަވާފައިވަނީ ބިގޭކަން ޔަޤީނެވެ. ރ.އަތޮޅު ފަސްދާއިރާއކަށް ބެހެން ދެން މުޅި ރ.އަތޮގެ ހުރިހައިކަމެއްގައި ޒިންމާދާރު ކަމާއިއެކު ބިގޭ ވަނީ ހަރަކާތްތެރިވެފަ އެވެ. މިހާރު ފަސް ދާއިރާއަކަށް ބެހިފައި ވީނަމަވެސް މީގެ ކުރިން ރ.އަތޮޅު އޮންނަނީ އެއްދާއިރާއެއްގެ ގޮތުގަ އެވެ.

އެމްޑީޕީގެ ރ. އަތޮޅު ދާއިރާގެ ރައީސްކަން 2006 އިން 2010އަށް ބިގޭ ވަނީ ވަރަށް ސާބިތުކަމާއި އެކު ފުރިހަމަ ކުރައްވާފަ އެވެ. އެމްޑީޕީގެ ޝެޑޯ ކެބިނެޓުގެ މެމްބަރުކަން 2006އިން 2008އަށް ބިގޭ ކުރައްވާފައިވާއިރު އެމްޑީޕީގެ އިލެކްޝަން ކޮމިޓީގެ މެމްބަރުކަންވެސް 2005 އިން ފެށިގެން މިއަދާއި ހަމައަށްވެސް އަންނަނީ ކުރައްވަމުން ނެވެ.

މީގެ އިތުރުން 2008ގައި އެމްޑީޕީގެ ޕްރައިމަރީ އިލެކްޝަންގައި އިލެކްޝަން ކޮމިޝަނަރުކަން ބިގޭ ކުރެއްވި އެވެ. އަދި ހަމަ އެ އަހަރު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ އިލެކްޝަންސް އިންޗާޖެއްގެ ގޮތުގައި ހަރަކާތްތެރި ވުމާއި 2010 ވަނަ އަހަރުން ފެށިގެން މިހާރުވެސް ރ. އަލިފުށީ ދާއިރާގެ ރައީސްކަން ބިގޭ އަންނަނީ ކުރައްވަމުން ނެވެ. އަދި ބިގޭއަކީ 2006 އިން ފެށިގެން އެމްޑީޕީގެ އިދާރީ ކޮމިޓީގެ މެމްބަރުކަން ކުރައްވާފަ އެވެ.

ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް، 2008ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ނަޝީދަށް ވެރިކަން ހޯދައިދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކޮށްދިން ބޭފުޅުންގެ ތެރޭގައި ބިގޭ ފާހަގަކޮށްލެވެ އެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރުން ފެށިގެން އެ ސަރުކާރު ނިމުމަކަށް އަންނަންދެން ބިގޭ ހުންނެވީ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގަ އެވެ. އެ މަޤާމާއި ޙަވާލުވުމުގެ ކުރިން 2008 ވަނަ އަހަރު ބިގޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ބިގޭއަށް ކުރިއަށް އޮތީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބެވެ. އިތުރު ކެންޑިޑޭޓަކު ވާދަ ނުކުރެއްވުމުން ބިގޭއަށް ވަނީ ޕްރައިމަރީއަކާ ނުލައި އަލިފުށީ ދާއިރާގެ އެމްޑީޕީ ޓިކެޓު ލިބިވަޑައިގެންފަ އެވެ. ބިގޭއަށް އެ އިންތިޚާބު ކާމިޔާބުކުރުމަށް ހަމައެކަނި ބޭނުންވަނީ އަލިފުށީ ދާއިރާގެ ރައްޔިތުންގެ ތާއީދެވެ. ރުހުމާއި ލޯތްބެވެ. އެހީތެރިކަމާއި އެއްބާރު ލުމެވެ.

ބިގޭއަކީ މަޖިލީހުގައި އަލިފުށީ ދާއިރާގެ ތަރައްގީއަށް ބަސްބުނަން ކެރޭ ހުނަރުވެރި ޤާބިލް ފަންނާނެކެވެ. އެމްޑީޕީގެ ސަރުކާރެއްގައި އަލިފުށީ ދާއިރާއަށް ބޭނުންވާ ތަރައްޤީ އުނދަގޫކަމެއް ނެތި ގެނެސްދެއްވާނެކަމާއިމެދު ބިގޭ ޝައްކެއް ނުކުރައްވަ އެވެ. މިކަމުގައި ވަރަށްގިނަ ސަބަބުތައް އެބައޮތެވެ. އެއީ ބިގޭއަކީ ގިނަ އަހަރުތަކެއް ވަންދެން އިޞްލާޙީ މަސައްކަތުގައާއި މަޖިލިސް ތެރެއިންވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅަކަށް ވާތީ، ބޭނުންވާ ތަރައްޤީ ގެނެވޭނެ ކަމުގެ ޔަޤީންކަން ބިގޭއަށް އޮތުމެވެ.

ބިގޭއެއް ބަދަލެއް ނުވާނެ އެވެ. އަބަދުވެސް ބިގޭ ހުންނަވާނީ އިޚުލާޞްތެރިއެއްގެ ގޮތުގަ އެވެ. އަލިފުށީ ދާއިރާގެ އަޑުއަހައި، އަލިފުށީ ދާއިރާ ރައްޔިތުންގެ އެކުވެރިއެއްގެ ގޮތުގަ އެވެ. ރައްޔިތުންގެ އަލިފުށީ ދާއިރާ ރައްޔިތުންގެ ޙައްޤުގައި މަޖިލީހުގައި ވަކާލާތުކުރައްވަން ބިގޭ ހުންނެވީ ތައްޔާރަށެވެ. ބިގޭއަކީ ވަކި  ފަންތިއަކަށް އަދި ވަކި ގިންތިއަކަށް ނުބަލައި ކޮންމެ ރައްޔިތެއްގެވެސް އަޑުއައްސަވާ އަދި ރައްޔިތުންނާއި ގާތުން މަސައްކަތްކުރައްވާނެ ބޭފުޅެވެ.

ކުރޮމަވަމުން އަންނަ މަޖިލިސް އިންތިޚާބުގައި ބިގޭއަށް އަލިފުށީ ދާއިރާގެ ރައްޔިތުންގެ ހިތްވަރާއި ތާއީދު ލިބިއްޖެނަމަ، ރައްޔިތުންގެ މޫނުމަތިން ހިނިތުންވުމާއި އުފާ ފާގަތިކަން ގެނެސްދިނުމަށް ބިގޭ މަސައްކަތްކުރައްވާނެ އެވެ.

މިކަމާއި މެދު ޝައްކު ނުކުރައްވާށެވެ. ޔަޤީން ކުރައްވާށެވެ. މިހާރު ވެސް ބިގޭ އެވެ. ދެންވެސް ބިގޭ އެވެ. މިފަހަރުވެސް ބިގޭ އަލިފުށީ ދާއިރާ ތަމްސީޅް ކުރައްވާނީ ތިޔަ ކަލުންނާއި ކަނބަލުންގެ ހިނިތުންވުމާއި އެހީތެރިކަމާއި އެއްބާރުލުމާއި އެކުގަ އެވެ.

 •  
 •  
 •  

ކިޔުންތެރިންގެ ޚިޔާލު

13 ޚިޔާލު

 1. އިބުރޭ

  ޝުކުރިއްޔާ ބިގޭ އަޅުގަނޑުމެން އަބަދުވެސް ބިގޭއާ އެކީގަ ތިބޭނަން

  • ބޮޑޭ

   މަވެސް އިބުރޭގެ ފަހަތުން ބިގޭ ހޮވަން ދުވާނަން މިފަހަރުވެސް ބިގޭ

 2. އަލިފުށީ ޒުވާނެއް

  މިދާއިރާޔަށް ދިޔަވަރުގެ ދަރިއެއް ނެތް. ސާބަސް ބިބޭ. ކކކބބބބބކކކކކ

 3. ރަސްގެތީމު ޔޫތު

  އުފާވެރި ޚަބަރެއް އުފާވެރި ހަބަރެއް ރަސްގެތީމުން މެޖޯރިޓި ހޯދައިދޭނަން. އިންޝާ ﷲ. އަބަދުވެސް ބިގޭއާ އެކީގަ

 4. އެމްޑީޕީ މީހާ

  މިދާއިރާގެ މެމްބަރުކަން ކރިމީހުންގެ ތެރެއިން ބިގޭއަކީ ވަރަށް ތަފާތު ބޭފުޅެއް މަގޭ ވޯޓް ބިގޭއަށް

 5. އެކުވެރި ބޭބެ

  މިކަމާއި މެދު ޝައްކު ނުކުރައްވާށެވެ. ޔަޤީން ކުރައްވާށެވެ. މިހާރު ވެސް ބިގޭ އެވެ. ދެންވެސް ބިގޭ އެވެ. މިފަހަރުވެސް ބިގޭ އަލިފުށީ ދާއިރާ ތަމްސީޅް ކުރައްވާނީ ތިޔަ ކަލުންނާއި ކަނބަލުންގެ ހިނިތުންވުމާއި އެހީތެރިކަމާއި އެއްބާރުލުމާއި އެކުގަ އެވެ.

  ބިގޭ އަށް ބުނެލަން ބޭނުނީ އަބަދުވެސް މި ދާއިރާގެ ގޮނޑިއަކީ ބިގ ކުރިމަތި ލައްވާހާ ދުވަހަކު އެހެން މީހަކަށް ލިބޭނެ އެއްޗެއް ނޫނޭ.

 6. ނިޔާޒް

  ތިޔަވަރަށް އިޝްތިހާރު ނުކުރިޔަސް އަހަރެމެން ބިގޭއަށް ވޯޓުދޭނަމޭ މިރަށަށް އަންނާކަށް ނުވޭތަ

 7. ފާތުން

  ބިގޭއަށް ބުނެލަން ބޭނުމީ……….. މިފަހަރު ރައްޔިތުން އެންމެ އިސްކަމެއް ދޭންވާނީ އެމީހަކު ނިސްބަތްވާ ދާއިރާއެއްގެ ރައްޔިތުންނާއި ގާތްކަން ބާއްވާ އަދި ދާއިރާގެ އިހުސާސްތައް އެންމެ ރަނގަޅަށް ދަންނަ، ދާއިރާއަށާއި ޤައުމަށް އިޚްލާޞްތެރި ކެންޑިޑޭޓަކު ހޮވުމަށެވެ. ރައްޔިތުންނަށް އޮތް ޒިންމާއަކީވެސް ހަމަ މިއީ އެވެ. ރައްޔިތުން ބޭނުންވަނީ ވެސް ހަމަ މިގޮތް.

  • ހަސީ

   ފާތުންގެ ވާހަކަޔަށް މަވެސް ތާއިދުކޮށްފިން މަވެސް ބިބޭ

 8. ސިރާ

  އަހަރެމެްނ ބޭޏުމީ ބިގޭ ކަހަލަ ހިތްތިރި ހިތްހެޔޮ ބޭފުޅުން. އިންޝަﷲ މިފަހަރުވެސް ބިގޭ

 9. ފައި

  އަލިފުށީ ޒުވާނުންގެ ފަރާތުން އަހަރެން އެދޭ އެންމެ ބޮޑު އެދުމަކީ މިފަހަރިވެސް ބިގޭއަށް ވޯޓް ދެއްވުން. އަހަރެންއަބަދުވެސް ހުންނާނީ ބިގޭއާއެކީގަ

 10. އަބުޅޯ

  ނިމިގެން މިދާ ދައުރު ބިގޭ މަސައްކަތް ކުރީ ސަރުކާރާ ދެކޮޅަށް. މިފަހަރު މަސައްކަތް ކުރަން ޖެހޭނީ ސަރުކާރާ އެއްކޮޅަށް ސަރުކާރާ ގުޅިގެން. އެހެން ވީމަ ނިމިގެން މިދާ އަހަރަށްވުރެ އަންނަ އަހަރަށް ބިގޭ ހޮވީމަ އަލިފުށީ ދާއިރާއަށް ކުރާ ލާބަޔާ މަންފާ ބޮޑުވާނެ. ހެޔޮވިސްނޭ ނަމަ މަށާއެކީ އާދޭ. ބިގޭ ހިވަން މަސައްކަތް ކުރަން

 11. އަޒޫ

  ހަގީގަތުގަ ވެސް ބިގޭ އަކީ ވަރަށް ހެޔޮލަފާ ބޭފުޅެއް އިންސާނިއްޔަތަށް ލޯބިކުރައްވާ ބޭފުޅެއްކަން އަބަދުވެސް އަހަރެން ގަބޫލުކުރަން
  ބިގޭ ހުރިއްޔާ މަވެސް ހުންނާނަން