loading ...
loading ...
އެމްޑީޕީއަށް މަންފާ ބޮޑުވާނީ ރައްޔިތުންގެ މަޖިލީހަށް އެކަނި ވާދަކޮށްގެންބާ؟

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީން އާއި ރައިސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު---ފޮޓޯ/ސަން

އެމްޑީޕީއަށް މަންފާ ބޮޑުވާނީ ރައްޔިތުންގެ މަޖިލީހަށް އެކަނި ވާދަކޮށްގެންބާ؟

0 comment

ކުރިޔަށް އޮތް ދުވަސްތަކަކީ ރާއްޖޭގެ ސިޔާސީ ޙަޔާތުގައި އަނެއްކާވެސް ވަރަށް ތަފާތު ބަދަލު ތަކެއް އަންނާނެ ދުވަސްތަކެކެވެ. އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖްލިސް އިންތިޚާބުގެ ސަބަބުން ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލު ތަކެއް އަންނާނެ ކަމަށް ލަފާ ކުރެވެއެވެ. މަޖިލިސް އިންތިޚާބަށް މިހާ ކައިރިވެފައި ވާއިރު އެމްޑީޕީން ވަނީ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް އެހެން ޕާޓީތަކަށްވުރެ ކުރިޔަށް ފައްޓާފައެވެ.

2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބަށް އޭރުގެ އިދިކޮޅު ކޯލިޝަން އިން ހެދި އެއްބަސްވުމުގައި ބުނެފައިވާ ގޮތާއި ޚިލާފަށް އެމްޑީޕީން ނިންމާފައިވަނީ މަޖިލީހުގެ ހުރިހައި ދާއިރާ އަކަށް ވާދަ ކުރައްވާށެވެ. އަދި ޕްރައިމަރީ ބާއްވަން ޖެހުނު ހުރިހައި ދާއިރާއެއްގައި ޕްރައިމަރީވެސް ވަނީ ބާއްވާފަ އެވެ. އެހެންކަމުން އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ހުރިހައި ދާއިރާއަކަށް ވާދަ ކުރާނެކަމަކީ މިހާރު ޔަޤީންވާ ކަމެކެވެ. މިކަން މިހެން ދިޔަކަމުގައި ވިޔަށް ކޯލިޝަންގައި ދެން ހިމެނޭ ޖުމްހުރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އަދި ރައީސް މައުމޫންގެ އެމްއާރުއެމް އިން ބުނަމުންދަނީ ކޯލިޝަން އެއްބަސްވުމެއް އެބައޮތް ކަމަށާއި، އެއްބަސްވުމަށް އިޙްތިރާމް ކުރާނެކަމަށެވެ. ނަމަވެސް އެމްޑީޕީ ލީޑަރޝިޕުން ޤަބޫލް ކުރަނީ މަޖިލިސް އިންތިޚާބަށް ވާދަ ކުރުމާއި ގުޅޭ އެއްބަސްވުމެއް ނެތްކަމަށެވެ.

ރާއްޖޭގެ ސިޔާސީ ޙަރަކާތްތައް ހިގަމުންދާ ގޮތަށް ބަލާއިރު ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ގިނަ ގޮޑި ކާމިޔާބު ކުރާނެ ކަމަށް ލަފާ ކުރެވެނީ ސަރުކާރު ހިންގާ އެމްޑީޕީގެ ކެންޑިޑޭޓުން ކަމުގައި ޤަބޫލް ކުރަން ޖެހެއެވެ. ޙަޤީގަތަކީ ރާއްޖޭގެ ސިޔާސީ ފިކުރު މިހާރު ބެހިފައިވާ ގޮތުން މެޖޯރިޓީ އެއް ލިބޭ ވަރަށް އޮތީ ޕީޕީއެމް އަދި އެމްޑީޕީ އެވެ.  ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބެލިޔަސް މިކަން ވަރަށް ބޮޑަށް ސާފުވެގެން ދެއެވެ. އެހެން ކަމުން އަންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައިވެސް އެންމެ ބޮޑު ވާދަ ވެރިކަމެއް އޮންނާނީ މި ދެޕާޓީގެ ކެންޑިޑޭޓުންގެ މެދުގައިކަމަށް ޤަބޫލުކުރެވެ އެވެ. އަދި މި ވާދަވެރިކަމުގެ ތެރެއަށް ޖޭޕީ، އަދާލަތު، އެމްއާރުއެމް އަދި އެމްޑީއޭގެ ކެންޑިޑޭޓުން އައުމުން މީގެ ފައިދާ އެންމެ ބޮޑަށް ކުރާނީ އެމްޑީޕީ އަށް ޔަޤީނެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު