loading ...
loading ...
އަނެކާ އޮރިޔާންކުރާ ވިޔަފާރި...01

އަނެކާ އޮރިޔާންކުރާ ވިޔަފާރި...01

0 comment

އަނެކާ އޮރިޔާންކުރާ ވިޔަފާރި... ފުރަތަމަބައި

މާލޭގެ މަގުތަކުން މިއަދު އަޅުގަނޑުމެންނަށް ފެންނަމުން ދަނީ އަޅުގަނޑުމެންގެ ގޭގެ ސިޓިންގރޫމްތަކުހައި ހުންނަ ސެޓަލައިޓް ޓީވީ ޗެނަލްތަކުން ފެންނަ ގިނަ މަންޒަރުތަކާއި ތަފާތު މަންޒަރުތަކެއްނޫނެވެ. "ނަންކިޔާ" ޔޫރަޕީ ތަމައްދުންގެ ތެރެއިން އަޅުގަނޑުމެންވެސްވަނީ މަތީ މިންވަރެއް ހާޞިލްކޮށްފައެވެ. އަދި ކިއެއްތަ ބައެއް ކަންތައްތަކުގައި އަޅުގަނޑުމެންވަނީ އެމީހުންނަށްވުރެ ކުރިއަރާގޮސްފައެވެ. ހިތާމައަކީ އެމީހުންގެ ފުށުން ނަކަލުކޮށް އަޅުގަނޑުމެންނަށް ކުރިއަރާ މިދެވުނީ އެބައިމީހުންގެ ތެރޭގައި ހުރި އުނި ކަންތަކުންކަމަށް ވާތީއެވެ. ވިޔާނުދާ އަޚްލާޤީގޮތުން އަގެއްނެތް ކަންކަމަށް ވާތީވެސް މެއެވެ.

ހިތާމައަކީ އެ ދަޅަތަކަކަށް ހެއްލި އަދި އެކުލަތަކެއްރީތިވެ އެފެޝަންތަކަށް އަޅުގަނޑުމެން ލޯބިކޮށްފައިމިވަނީ އެއިން ދުނިޔެއާއި އާޚިރަތުގައިވެސް މަންފާއެއްނުކުރާ އަދި އެއިން އާޚިރަތުގެ ހަލާކުނޫނީ ނުލިބޭނޭ ކުލަތަކާއި ފެޝަންތައްކަމަށް ވާތީއެވެ.

އަނެކާގެ ކުރިމަތީގައި ތިމާގެ އަމިއްލަ ނަފްސު "ބަރަހަނާކޮށް" ޒީނަތްތެރިކަން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ދައްކަމުން ބޮޑާކަމާއިއެކު ތިމާ ހިނގަމުންދާއިރު އެއްބަޔަކު ލަދުވެތިކަމުގައި އިސްތިރިކޮށްލާއިރު އަނެއްބަޔަކު ތިބެނީ ތިމާ ޝިކާރަކޮށްލާނޭގޮތަކާއިމެދު ހިތުގައި ރޭވުންތައް ރާވާލަ ރާވާލަ އެވެ.

ދުރުދުރުން މިވާހަކަ ބުނުމުގެ މާނައެއް ހަޤީޤަތުގައި ނެތްކަން އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. އެހެނީ މިއީ މިދައްކަނީ އާވާހަކައެއް ނޫނެވެ. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޢާންމުވެފައިވާ ކަމެއްގެ ވާހަކައެވެ.

ނޫކަށި ފުރައިގެ ޒުވާން ޖިންސުއް ލަޠީފުން ޒުވާންކަމުގެ ޅަނދޮޅުކަމާއި އެކު އަމިއްލަ ނަފްސު އިޝްތިހާރުކުރަމުން "އޮރިޔާން" ހާލުގައި މާލޭގެ މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ އުޅުމަކީ ސިއްރެއްނޫނެވެ. އަދި ކިއެއްތަ އެއީ ގިނަބަޔަކަށް މިއަދު ލަދުވެތިކަމެއްވެސް ނޫނެވެ. ކައިވަތެއްހާވަރުގެ ނަލަ ފޮތިކޮޅަކުން ނިވާވިތަނެއް ނިވާކޮށްލައިގެން ނެވެ. އަނެއްކައިވަތުން ހަށިގަނޑުގެ ކުލަޔާއި ވަނާ އެގޭހައިވަރުގެ ތުނި ނުވަތަ "ޓްރާންސްޕޭރަންޓް" ދާކޮޅަކުން ވީވަރެއްކޮލައިގެންނެވެ. ބާކީބައި ހާމަކޮށްގެން ގޭގެ ދޮރުން ނުކުމުގެން އެދަނީ މައިންބަފައިންގެ ކުރިމަތިންނެވެ. ނުވަތަ އެއްބަޑު ތިމާގެ މީހުގެ ކުރިމަތިންނެވެ. ލަދުހަޔާތުގެ ކަންފުޅެއްނެތްތާ އަނެކާއަށް އިޚްތިރާމްކުރުމެއްވެސް ހަމަ ނެތީއެވެ.

ކޮންމެއަކަސް އަޅުގަނޑު ދައްކަން މިއުޅޭ ހަޤީޤީ ވާހަކަ ނުބުނެވި ލައްކަ ވާހަކަ ދިގުވެއްޖެއެވެ. ސީދާ މަޢުލޫއަށް ދަމާ ހެއްޔެވެ. އަނެކާ އޮރިޔާންކުރާ ވިޔަފާރި އެވެ. ނުވަތަ ވިޔަފާރިވެރިން ނެވެ. އާންއެކެވެ. ކުރިން އަޅުގަނޑު ދައްކަމުންދިޔަ ވާހަކައާއި ވިޔަފާރިވެރިންނާއި ހުރީ ކޮން ގުޅުމެއްހެއްޔެވެ؟ މާގިނަ ވާހަކަތަކެއް ނުދެއްކިނަމަވެސް މިހާރު މި މަޢުލޫއަށް އިންސާފުކުރެވިއްޖެ ކަމުގައި ދެކެމެވެ.

ނަމަވެސް ދީނަކީ ނަސޭހަތެވެ. ބައެއް ފަރާތްތަކަށް އެކަން އެހެން އެކުރެވެނީ ނޭންގުމެއްގެ ތެރޭގައިކަމަށްވެސް ވެދާނެއެވެ. މިއަދުގެ މާލޭގައި އެންމެ ފުޅާދާއިރާއެއްގައި ކުރެވޭ ވިޔަފާރިއަކީ އަންނައުނުގެ ވިޔަފާރިއެވެ. އޭގެ ތެރޭގައި ރެޑީމޭޑް ހެދުން ވިއްކާ ފަރާތްތަކާއި ހެދުން ފެހުމަށް ބޭނުންވާ ތަފާތު ފޭރާން ވިއްކާ ފަރާތްތައްވެސް ހިމެނެއެވެ.

މިއިން ގިނަ ފިހާރަތަކަށް ނަޒަރުހިންގައި ބަލައިލާއިރު ފެންނަނީ ޔޫރަޕާއި އިންޑިޔާގެ ފަހުގެ ޒަމާނީ ޑިސައިންތަކެވެ. ކުރިން ދަންނަވާ ސިފަކޮށްދިންފަދަ އެ ހެދުމެއް ލާމީހަކަށްވެސް ނޭންގި އަމިއްލައަށް ތިމާ "އޮރިޔާން" ވާފަދަ ހެދުންތަކެވެ. މިބުނި ފަދައިން އޮރިޔާން ހާލުގައި އައިސް އެ ހެދުމެއް ރީތިވެގެން ގަނެގެންދާ ހެދުން ލައިގެން އަނެއްކާވެސް ދުވަސްކޮޅަކުން އައިސް ފިހާރައިގެ ސޭޓަށްވެސް ދައްކާލާނެއެވެ. އަމިއްލަ ނަފްސު "އޮރިޔާން" ހާލުގައި އިސްތިހާރުކޮށްލާނެ އެވެ. ޝައްކެތްނެތެވެ.

މިއީ ހަމަޔަޤީނުންވެސް ފާފަތަކަށް އަރައިގަތުމަށް އެހީތެރިވުންކަމުގައި ނޫނީ ނުވާނެއެވެ. ފޮތިވިއްކާ ފިހާރަތަކުގެ ހާލަކީވެސް ހަމަ މިއެވެ. ކުރިން ދެންނެވި ފަދައިން އައުރަ ނިވާނުވާވަރުގެ ތުނި އަދި ގެތުން ދުރުކޮށް ގަތާފައިވާ ފޮތިތަކާއި ޒީނަތްތެރިކަމުން ހައްދަުފަހަނައަޅާފައިވާ ފޮތިތައް ކަނޑަމުން އެގެންދަނީ އެފަދަ ފޮތީގެ މަދު މިންވަރަކުން "ނަމުގައި" އައުރަ ނިވާކޮށްގެން ތިބި ކުދިންގެ ކުރިމަތީގައި އެކުދިންނަށްޓަކައެވެ.

ނުނިމޭ

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު