loading ...
loading ...
ފެވިފާ ތިނަންވޭ މިހިތުގާ...14

ފެވިފާ ތިނަންވޭ މިހިތުގާ...14

30 comments

ރައިން ހުރީ ފުރުޞަތަކަށް ބަލަބަލައެވެ. އިވްޔާ އެކަނިވުމާއިއެކު އޭނައަށް އެދިމާއަށް ދުއްވައިގަނެވުނެވެ. ރައިން ގޮސް އިވްޔާގެ ކުރިމަތީގައި ކުޑަކަކޫ މައްޗަށްވާހެން އިށީނެވެ. އަދި އިވްޔާގެ މޫނުގައި ދެއަތުން ހިފަހައްޓާލައި ސީދާކޮށްލިއެވެ.

********

"އިވީ..." ރައިންއަށް އިވްޔާއަށް ގޮވާލެވުނީ ވައި އަޑުންނެވެ.

"އިވީ، ޕްލީޒް ލޯ ހުޅުވާލަބަލަ..." ރައިން ހާސްވީ އިވްޔާގެ އެއްވެސް ޖަވާބެއް ނުލިބުމުންނެވެ.

އިވްޔާގެ އޮމާން ކޯތާފަތް ދެއަތުގެ ތެރޭގައި ފޮރުވާލައިގެން އިނދެ، ރައިންއަށް ވަށައިގެން ހޯދާލެވުނެވެ. އެއްވެސް މީހަކު ފެންނަން ހުރިތޯއެވެ.

މުޅިތަން ވަނީ ހިރަފުހުން ފުރިފައެވެ. ބަލައިލި ކޮންމެ ދިމާއެއްގައި މަކުނުވަލުގެ ނިޝާނެވެ. ތަންކޮޅެއް ދުރުގައި ލަކުޑި ފުންޏެއް ހުއްޓެވެ. އޭގެ ފަހަތުގައި މައްޗަށް ދެވޭނޭހެން ހަދާފައިވާ ސިޑިއެއް ފެންނަމުން ދިޔައެވެ. އެސިޑި ހުރީ މައްޗަށް ނޭރޭނޭހެން ބަންދުކޮށްފައެވެ. އެތެރެއަށް ވަދެވެން އަދި ނުކުމެވެސްވެސް ހުރީ އެންމެ ދޮރެކެވެ.

ރައިން އިނީ ހާސްވެފައެވެ. ހަދާނީ ކިހިނެތްކަމެއް ނޭނގުނަސް އެވަގުތަށް ބޭނުންވީ އިވްޔާގެ ކައިރީގައި ވުމަށެވެ. އެހައްޔަރުން އިވްޔާގެ ހަށިގަނޑު މިންޖުކުރާށެވެ. އެތަނުން ނިކުންނަން ހަދާނެގޮތަކާއިމެދު ވިސްނާނީ އޭގެ ފަހުން ކަމަށް ރައިން ނިންމިއެވެ.

"އިވީ..." ރައިން އަނެއްކާވެސް ގޮވާލިއެވެ. އަދި އިވްޔާގެ ކޯތާފަތުގައި މަޑުމަޑުން ޖަހައިލިއެވެ.

ރައިން ދެފަހަރަކު ގޮވާލުމާއިއެކު އުނދަގޫ ގޮތަކަށް އިވްޔާ އޭނާގެ ލޯ ކުޑަކުޑަކޮށް ހުޅުވައިލިއެވެ. އަރުތެރެ ހިކިފައިވުމުން ހިންދިރުވައިލުންވެސް އޭނައަށް ވީ ދަތިކަމަކަށެވެ. ދެލޯ ހުޅުވައިލިގޮތަށް އިވްޔާ ތެޅިގަތެވެ. އެވަގުތު ގޮނޑި އާއިއެކު އަރިއަޅާލިއެވެ. ރައިންއަށް ގޮނޑީގައި ހިފަހައްޓައިލެވުނީ ކިރިޔާއެވެ.

"ޝްޝްޝް..." ޝާހާދަތް އިނގިލި ތުންފަތުގައި ޖައްސައިލަމުން ރައިން ބުނެލިއެވެ. "މީ މަށޭ..." ރައިން އިނީ ޖެހިލުންވެފައެވެ. އިވްޔާ ހަޅޭއްލަވައިގަނެގެން ކަންތައްތައް ގޯސްވެދާނެތީއެވެ.

ރައިން ފެނުމާއިއެކު އިވްޔާގެ ބޮޑު ދެލޮލުގައި ކަރުނައިގެ މުތީތައް ވިދަން ފެށިއެވެ. ގުޑިވެސް ނުލައި އޭނަ އިނީ ރައިންއަށް ބަލާށެވެ. އުއްމީދުގެ ކަނިކޮޅު ނިވިފައިވަނިކޮށް ރައިން އައީ އޭނަގެ ނަޞީބުގައި ރަނގަޅުގޮތެއް ވާން މިންވަރު ކުރައްވާފައިވާތީއެވެ. ކިތަންމެ ހިފަހައްޓައިގެން އިނަސް ދެލޯ ފުރި، ކަރުނަތައް ބަންޑުންވާން ފެށިއެވެ. ކޯތާފަތުން ތިރިއަށް ދެމިގެން ގޮސް ރައިންގެ އަތުގެ ތެރެއަށް އެކަރުނަތަށް ހިނދެމުން ދިޔައެވެ.

"ނޯ، ނޯ، ނޯ، ނުރޮއްޗޭ..." ޙާލަތުގެ ނާޒުކުކަން ކުޑަވަގުތުކޮޅަކަށް ނަމަވެސް ރައިންގެ ހަނދާނުން ކައްސައިލިއެވެ. އިވްޔާ ނޫން އެހެން ކަމަކަށް އޭނައަކަށް ނުވިސްނުނެވެ. އިވްޔާ ރޯތަން ފެނުމުން އޭނައަށް ޖަޒުބާތީ ވެވުނެވެ. ބޭނުންވީ އެކަރުނަތައް ހުއްޓުވާށެވެ. ރައިންއަށް ހިފައިލެވުނީ އިވްޔާގެ ކަނދުރާގައެވެ. އަދި ގެނެސް އެމޭގައި ލައްކޮށްލެވުނެވެ.

"މަ މިހުރީނު... އިވީ ދޫކޮށްފަ ނުދާނަމޭ..." ރައިންގެ އަޑުގައިވީ ޔަޤީންކަމެވެ.

އަމިއްލަ ހިތް، ބޭރަށް ފުންމައިލަފާނޭހެން ހީވިޔަސް އިވްޔާގެ ކުރިމަތީގައި ފިނޑިވާކަށް ރައިން ބޭނުމެއް ނުވިއެވެ. ހަޤީގަތުގައިވެސް އޭނަ އިނީ ބިރުންނެވެ. ހަދަންވީގޮތެއްވެސް ނޭނގިފައެވެ. ނަމަވެސް އިވްޔާއަށް ހިތްވަރުދީ އަޒުމު ވަރުގަދަކޮށްދޭން އޭނަ ބޭނުންވިއެވެ. އެއްއަތުން އިވްޔާގެ ބޮލުގައި އޭނަ ފިރުމަމުން ދިޔައެވެ. އަނެއް އަތުން އިނީ އިވްޔާގެ ކޯތާފަތުގައި އަތް ޖައްސާލައިގެންނެވެ. އެހެން އިނދެ ބޮޑުވައި އިނގިލިން އެކޯތާފަތްމައްޗަށް އޮހެމުންދިޔަ ކަރުނަތައް ފޮހެލަދެމުން ދިޔައެވެ.

އިވްޔާއަށް މަޑުމަޑުން ގިސްލެވެން ފެށުނެވެ. ރައިންގެ ހިމާޔަތް ލިބުނުކަން އެނގުމުންނެވެ. ރައިންގެ މޭގައި ބޯއަޅައިގެން އިންއިރު، އޭނައަށް ރައްކާތެރިކަން އިޚްސާސްކުރެވެމުން ދިޔައެވެ. ހިތުގައިވި އުދާސްތައް އޭނައަށް ބޭރުކުރެވެން ފެށުނީ ދެނެވެ. ކަރުނައިގެ ސިފައިގައެވެ. ފެން އާރަކުން ފެން އަންނާނޭހެން ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކުން ރައިންގެ ގަމީސް ތެންމަމުން ދިޔައެވެ. ކުރިން ވީފަދަ ކަމެއް ތަކުރާރުވާކަށް އޭނަ ބޭނުމެއް ނޫނެވެ. ނަމަވެސް މާޒީ އިއާދަވާން އުޅޭހެން އޭނައަށް ހަމަ ހީވަނީއެވެ. އިވްޔާގެ ވިސްނުން އެހެން ދިމާއަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ. ރައިންގެ ހިމާޔަތް ލިބުމުން އިޚްސާސްކުރެވުނު ރައްކާތެރިކަން ނެތިގެން ދާކަށް ގިނައިރެއް ނުނެގިއެވެ. ސަލާމަތް ނުވެވޭނޭކަށް ހިތަށް ވިސްނުމާއިއެކު، ބިރުވެރިކަން އައިސް ހަތަރުފަރާތުން ބައްދާލިއެވެ.

"އެމީހުން އަހަންނަށް އަނިޔާކުރާނެ..." އިވްޔާގެ ރުއިން ހުއްޓުނީ ކުއްލިއަކަށެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އޭނަ ބޯ ހިއްލައިލިއެވެ. ރައިންއަށް އަތް ދުރުކޮށްލެވުނެވެ. އޭނައަށް ބަލައިލެވުނީ އިވްޔާގެ ދެލޮލަށެވެ. އެދެލޮލުން ފެންނަމުންދިޔައީ އުއްމީދުގެ ކުލަ އޮއްސިފައިވާ ތަނެވެ.

"މުޅި ދުނިޔެއަށް ގިނަކޮށް ބާކީކޮށްލާނެ... އަހަރެން ސަލާމަތެއް ނުވާނެ... އަނެއްކާވެސް..." އިވްޔާއަށް ބުނެވުނީ އެހިސާބަށެވެ. އޭނަ ބަލައިލީ ސީދާ ރައިންގެ ދެލޮލަށެވެ.

ހައިރާންވެފައި ރައިންއަށް އިނދެވުނީ ބުނާނެ އެއްޗެއް ދުލަށް ނައުމުންނެވެ. އިވްޔާ ދެއްކި ވާހަކަ އޭނައަށް މާބޮޑަކަށް ފަޙުމުވާގޮތެއް ނުވިއެވެ. ހިތްވަރުދެވޭނީވެސް ހުދު އަމިއްލަ ނަފުޞަށްވެސް ޔަޤީންކަމެއް އޮވެގެން ނޫން ހެއްޔެވެ؟ އިވްޔާ ވާހަކަ ދައްކަން ފެށިގޮތުން އޭނަގެ އަމިއްލަ ނަފުޞާއިމެދު އޮތް ޔަޤީންކަންވެސް ގެއްލިގެން ދިޔައެވެ.

އިވްޔާ އިނީ ހާސްވެފައެވެ. އެކިފަރާތްފަރާތް ހޯދާލީ ބިރުން އިނދެއެވެ. ވަށައިގެންވީ ހުސްކަމެވެ. މުޅި މާހައުލަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. އެދެމީހުން ފިޔަވައި އިތުރު މީހަކު އެތަނުގައި ނެތެވެ. ނަމަވެސް އިވްޔާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނައަށް ބެލެމުން ދިޔައީ ލަކުޑި ފުންޏާއި ދިމާއަށެވެ. އެތަނުގައިވެސް މީހަކު ފިލައި ހުރެދާނެއެވެ. ކުއްލިއަކަށް އައިސް އޭނަ ޖަހައިގަނެގެން ގެންގޮސްދާނެއެވެ. ގަދަކަމުން އިއްފަތްތެރިކަން ފޭރިގަނެފާނެއެވެ. ވިސްނެމުންދިޔަ ވަރަކަށް އިވްޔާގެ ބޮލުގައި ރިއްސަން ފެށިއެވެ. ނިތްކުރިމަތިން ވާންވާހެންވެސް ހީވިއެވެ. އެމޫނުމައްޗަށް ތަފާތު ކުލަތައް އަރާ ފައިބަން ފެށިއެވެ. ރައިންއަށް އިނދެވުނީ ބަލާށެވެ. ފިރެހެނަކަށް ވިޔަސް އެކަހަލަ ކަމެއް އޭގެ ކުރިން ތަޖުރިބާކޮށްފައިނުވާތީ، ހަދަންވީގޮތެއް އެސިކުނޑިއަކަށް ނައެވެ.

ކުއްލިއަކަށް އިވުނީ ފިޔަވަޅުގެ އަޑެވެ. އެއަޑު އައީ އެތަނަށް ވަދެވެން ހުރި ދޮރާއި ދިމާލުންނެވެ. ރައިންއަށް ހިންދިރުވާލެވުނެވެ. ދެމީހުންނަށްވެސް ބަލައިލެވުނީ އެކަކު އަނެކަކަށެވެ. ހާސްވެފައި ތިބެއެވެ.

"އެއަންނަނީ..." އިވްޔާގެ ނޭވާ އަވަސްވިއެވެ. "ދެން ކިހިނެތް ހަދާނީ؟..."

ރައިންގެ ހަރަކާތްތައް އަވަސްވިއެވެ. އިވްޔާގެ އަތުގައި އައްސާފައިވާ ވާގަނޑު މޮހާލަން އުޅެއުޅެ އެކަމެއް ނުވިއެވެ. އެންމެ ފަހުން އޭނައަށް ގޮތް ހުސްވިއެވެ.

"އިވީ..." މާޔޫސްވެފައި އިނދެ ރައިންއަށް ގޮވާލެވުނެވެ. "ބިރު ނުގަންނައްޗޭ..."

ރައިން އިނީ ފެންކަޅިވެފައެވެ. އިވްޔާގެ ކޯތާފަތް ދެއަތުގެ ތެރޭގައި ފޮރުވާލުމަށްފަހު އެނިތްކުރީގައި ތުންފަތް ޖައްސައިލިއެވެ. އަދި ހަމަ އެހާ އަވަހަށް ދުރަށްޖެހިލިއެވެ. އިވްޔާ އިނީ ގަބުވެފައެވެ. ރައިން ކުރަން އުޅޭ ކަންތަކުގެ ލިސާންވުމާއިއެކު ދެފަރާތަށް ބޯހޫރާލިއެވެ. ރައިން އެއުޅެނީ އޭނަ އެކަނި ދޫކޮށްފައި ދާން ހެއްޔެވެ؟ އެކަމަކު އޭނަ އެކަނި އެމީހުންނާއި ކުރިމަތިލާނީ ކިހިނެތް ހެއްޔެވެ؟

"ނޫން..." އިވްޔާ ދެކޮޅު ހެދިއެވެ. "ބިރުގަނޭ... ނުދޭ..."

އިވްޔާ އާދޭސްކޮށްކޮށް އިންދައި، ރައިން ތެދުވީ ހިތާއި ދެކޮޅަށެވެ. ހިތްމަތީގައި ހަރު ހިލަގަނޑެއް ބާއްވައިގެންނެވެ. އެހާލުގައި އިވްޔާ ދޫކޮށްދާން އޭނަގެ ހިތަކަށްވެސް ކުޅަދާނައެއް ނުވިއެވެ. ނަމަވެސް އިވްޔާ ސަލާމަތްކުރުމަށް އޭނައަށް އެނޫން ގޮތެއް ނެތެވެ. ކުރިމަތިވާން އުޅޭ ތޫފާނުގެ ކޮޅިގަނޑު ފެށޭނީ ކޮންއިރަކު ކަމެއް ބުނަން އެނގެނީކީ ނޫނެވެ.

ރައިން ދުވެފައި ދިޔައީ ލަކުޑި ފުންޏާއި ދިމާއަށެވެ. ލަކުޑިފުނީގެ ފަހަތަށް ވަދެވުނުތަނައި ފައި ކައްސައިލިއެވެ. ވެއްޓުނުގޮތަށް ފުރަތަމަ ވިދުނީ އަތެވެ. ބިންމަތީގައި ފޭހިލާފައި އޮތް މުށިކޮޅު ރައިންގެ އަތުގެ ތެރެއަށް ވަދެގެން ދިޔައެވެ. އަތް ނުޖެއްސުނުނަމަ، ލަކުޑިފުނީގައި ބޯޖެހި، ފަޅައިގެން ދިޔައީސްކަން ގައިމެވެ.

ރައިންއަށް ދެލޯ މަރާބާރުކޮށްލެވުނެވެ. އަޑެއް ނުކުމެދާނެތީ ތުންފަތުގައި ދަތްއަޅައި ބާރުކޮށްލީ ކަނޑައިގެންދާނެހައި ބާރަށެވެ. އަތުން ހޯސްލާފައި ލޭއަންނަން ފެށިއެވެ. މޫނުމައްޗަށް އަނދިރިވާހެންވެސް ހީވިއެވެ. ނަމަވެސް އަތުގައި އަޅަމުންދިޔަ ވޭނަށްވުރެ އިސްކަމެއް ދެވުނީ އިވްޔާއަށެވެ. ސަލާމަތުން އޮތް އަތުން އަނެއްއަތުގައި ބާރަށް ހިފަހައްޓަމުން މަޑުމަޑުން ތެދުވިއެވެ. އަދި އިވްޔާ އިން ދިމާއަށް އަވަސް ނަޒަރެއް ދިނެވެ. އޭރު އިވްޔާގެ ކައިރީގައި ހުރީ ކުރިންވެސް އެތަނުގައި ހުރި ދެމީހުންގެ ތެރެއިން އެކަކެވެ.

ދެލޯ މަރާ ބާރުކޮށްލައިގެން އިން އިވްޔާގެ މުޅި ހަށިގަނޑުވެސް ތުރުތުރު އަޅަމުން ދިޔައެވެ. ބިރުންގޮސް އޭނަގެ ހިތްވެސް ހީވަނީ މޭފަޅާފައި ނުކުމެދާނޭހެންނެވެ.

"ލައްކަ ދުވަހު ފިލައިގެން އުޅެފީމެއްނު..." އަޑަށް ބާރުލަމުން އެމީހާ ބުނެލި ޖުމްލަ އިވްޔާގެ ހިނދުރި އާއި ހަމައަށް ފޯރީ ހޮނު ގުގުރިއެއްގެ އަޑަށް ވުރެވެސް ބިރުވެރިކޮށެވެ.

"ދެން ނުވާނެ ސަލާމަތެއް..." އިވްޔާގެ ދަތްދޮޅީގައި ހިފައި އޮބައިގަންނަމުން އެމީހާ ބުނެލިއެވެ.

މަންޒަރު ބަލަންހުރި ރައިންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ދަތްތަކަށް ބާރުކޮށްލިގޮތުން އަޑު ކިޔައިގެން ދިޔައެވެ. ކަރުގައިވާ ނާރުތައް ހުރީ ފުއްޕާލާފައެވެ. ދުރުގައި ހުރުން ރައިންއަކަށް ފަސޭހައެއް ނުވިއެވެ. އެތެރެއިން ރޯވެފައިވާ އަލިފާންގަނޑުގެ ހުޅުގަނޑު ފަޅައިގެން ދަނީއެވެ. އެއަލިފާނުގެ ބާރުގައި މީހެއްގެ ފުރާނަ ދުއްވައިލަންވެސް އެވަގުތު އޭނަ ފަހެއް ނުޖެހޭނެއެވެ.

ބަލާކަށްނުހުރެ ރައިންގެ އަތަށް ހެޔޮވަރުކޮށްލީ ލަކުޑި ބުރިއެކެވެ. އެންމެ ގުނަވަނެއް ސަލާމަތުން އޮތަސް އޭނަ އިވްޔާގެ ދިފާޢުގައި ނުކުންނާނެއެވެ. އެންމެ ފަހު ނެވާ އާއި ޖެހެންދެންވެސް އޭނަ މަސައްކަތްކުރާނީ އިވްޔާ ރައްކާތެރިކުރުމުގައެވެ.

ރައިންގެ ފޯނު "ވައިބްރޭޓް" ވާން ފެށިއެވެ. ފައިގެ ފަލަމަސްގަނޑާއި ދިމާއިން އެއިޙްސާސް އޭނައަށް ކުރެވުނެވެ. ފޯނު މަތިން ރައިން ހަނދާންވީ ދެނެވެ. ދެލޯ ދިއްލިގެން ދިޔައީ އުއްމީދުގެ ވާފަށުގައި ހިފާލާނޭ މީހަކު ވީކަން އެނގުމުންނެވެ.

********

ރިންގްވަމުންދިޔަ ފޯނާއި ދިމާއަށް ބަލަހައްޓައިގެން ނާޒްލީ އިނީ ދެފިކުރެއްގައެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ކަންތައްވެފައި އޮތްގޮތުން ފޯނަށް ޖަވާބުދާރީވާން އޭނަ ޖެހިލުންވިއެވެ. މީހަކު އޭނަ "ބްލެކްމެއިލް" ކުރާތާ ދެދުވަސް ވެއްޖެއެވެ. ފޮނުވަނީ ތަސްވީރު ތަކެކެވެ. މީހަކަށް ފައިސާތަކެއް ދެނިކޮށް ނަގާވައިވާ އެތަސްވީރުތަކުގައި އޭނަގެ މޫނު ރީތިކޮށް ފެންނަން ހުރެއެވެ.

"ކާކުތަ މާވަރަކަށް އެގުޅަނީ؟..." ރިޒްވީން ނުކުތީ ފާޚާނާއިންނެވެ. ފެންވަރާ ތާޒާވެލައިގެންނެވެ. އައުރަ ނިވާކޮށްފައިވަނީ އުނަގަނޑުގައި އަނދެލާފައި އޮތް ހުދުކުލައިގެ ތުވާލިންނެވެ. ތެމިފައިވާ އިސްތަށިގަނޑުން ފައިބަމުންދިޔަ ފެންތިކިތައް އެ ކަސްރަތީ ހަށިގަނޑުގައި ބީހިލާފައި އައިސް ތުވާއްޔާއި ހަމައިން އޮބިގެން ދެއެވެ.

ނާޒްލީ އިނީ އެނދުމަތީގައެވެ. ރިޒްވީންގެ އަޑު އިވުނުހެނެއް ހިއެއް ނުވެއެވެ. ނަޒަރު އަމާޒުވެފައިވަނީ ކައިރީގައި ބާއްވާފައި އޮތް ފޯނަށެވެ. އެހާވަރަށް ރިންގްވާއިރުވެސް ފޯނުގައި އަތް ޖައްސައިލާކަށްވެސް ނޫޅުނެވެ.

ރިޒްވީންގެ ތަބީއަތަށް ބަދަލު އައެވެ. އުފާވެރި ދުވަސްތަކަކަށްފަހު، އަނެއްކާވެސް އޭނަގެ ދިރިއުޅުމަށް ހިޔަނި އެޅެނީ ހެއްޔެވެ؟ ނާޒްލީގެ އަނދިރިފަރާތް ހިތުގައި ކަފުންކޮށް، ވަޅުލިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. އެހާ އަވަހަށް އޭނަގެ އުފާތައް ގެއްލެނީ ހެއްޔެވެ؟ ނާޒްލީ އާއިއެކު ދިރިއުޅުމުގެ އާ ބާބެއް އޭނަ ފެށީ އެފަދަ ކަމެއް ނާޒްލީގެ ފަރާތުން ދެން ތަކުރާރު ނުވާނެކަމުގެ އުއްމީދާއި އެކުގައެވެ. ނަމަވެސް ފެންނަމުން ދިޔައީ އަނެއްކާވެސް މަންޒަރު ބަދަލުވާން ފެށި ތަނެވެ. ނޫނީ އެއީ އޭނަގެ ކުރިމަތީގައި ނާޒްލީ ކުޅެލި ޑްރާމާއެއް ހެއްޔެވެ؟ ފަރުދާގެ ފުރަގަހުގައި ގޮތްނޭނގޭ ކަންތައްތަކެއް ވަނީކަމުގައި ރިޒްވީންގެ ހިތް ބުނަން ފެށީ ކީއްވެ ކަމެއް ނޭނގުނެވެ.

"އަހަރެން އެބަ އެއްޗެކޭ ކިޔަމޭ..." ނިތްކުރިމަތިން ފައިބަމުން ދިޔަ ފެންތިކިތައް އަތުގެ ނުފުށުން ފޮހެލަމުން ރިޒްވީން ބުނެލިއެވެ. އޭނަ ނާޒްލީ އާއި ދިމާއަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. ނަމަވެސް މިފަހަރުވެސް ނާޒްލީ އާއި ހަމައަށް އެއަޑެއް ނުފޯރިއެވެ.

"ނާޒް..." ރިޒްވީން ގޮވާލީ ތަންކޮޅެއް ބާރަށެވެ. "ކާކުހޭ ގުޅަނީ؟..."

ނާޒްލީ ދިޔައީ ސިއްސައިގެންނެވެ. ކުޑަކޮށް ހަޅޭއްވެސް ލަވައިގަތެވެ. ރިޒްވީން ހުރީ ދެބުމަ ކައިރިކޮށްލައިގެންނެވެ. ނާޒްލީ ސިހުނުގޮތުން ރިޒްވީންގެ ހިތުގައި އޮތް ޝައްކު އިތުރުވިއެވެ. އެކަމުގެ އަޑީގައި ކޮންމެވެސް ނުބައެއް އުޅޭކަމުގައި އޭނަގެ ހިތް ބުނަމުން ދިޔައެވެ.

"ކަމެއް ނުވޭ..." ނާޒްލީ ތެޅިގަތީ ރިޒްވީން އެދިމާއަށް އަންނަތަން ފެނުމުންނެވެ. "އެއީ ދެން އިނގޭނު... ނުދަންނަ ނަންބަރުތަކުން ގުޅީމަ މިހާރު ފޯނެއް ނުނަގަމޭ..." ނާޒްލީގެ ހިތުގެ ތެޅުމަކަށް ބަދަލެއް ނައެވެ. ދެއަތްވެސް ތުރުތުރު އަޅަމުން ދިޔައެވެ. އަވަސްކުރަން ހަދައިގެން ފޯނު "ސައިލެންޓަށް" ލާން އުޅެއުޅެ އެކަމެއްވެސް ނުވިއެވެ.

ކަންދިމާކުރިގޮތުން ކޯލް ކެނޑުނީ ރިޒްވީން އައިސް ނާޒްލީއާއި އަރައި ހަމަވިތަނާއެވެ. ރިޒްވީން އަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އަމިއްލަ ހިތަށް ވިސްނައިދެމުން އޭނަ ފަސްއެނބުރި ހިނގައިގަތީ އަލަމާރި އާއި ދިމާއަށެވެ. އަނެއްކާވެސް ފޯނު ރިންގްވާން ފެށިއެވެ. ވަގުތުން ރިޒްވީންގެ ފިޔަވަޅުތައް ހުއްޓުނެވެ. ބިރެއް ފެނިގެން ބަލާހެން ނާޒްލީ ބަލައިލީ ރިޒްވީން އާއި ދިމާއަށެވެ. ދެލޯ ބޮޑުކޮށްލައިގެން އިނދެއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިވަގުތު ނާޒްލީ ކަމެއް ސިއްރުކުރާކަން ރިޒްވީންއަށް ކަށަވަރުވިއެވެ.

"ތިފޯނު ދީބަލަ..." ރިޒްވީންގެ މޫނުމަތިން ފެނުނީ ތަފާތު ކުލައެކެވެ. ހިތްހަމަނުޖެހުމުގެ އަޞަރު އެއަޑުގައިވެސް ވިއެވެ.

"ނަގާނެކަމެއް ނެތޭ... ބާއްވަބަލަ..." ރިޒްވީންގެ އަނގައިގައި އެއްބައި އޮއްވައި ނާޒްލީ ބުނެލިއެވެ. "ބޭކާރު ކަންތައް ކުރާ އެއްޗެއް ނޫން..."

"މިބުނީނު ދޭށޭ..." ނުރުހިފައި ރިޒްވީން ބުނެލިއެވެ.

"އަޑެއް ނީވޭތަ މިބުނާ އެއްޗެއް... ތިފޯނު ދޭށޭނު މިބުނީ..." ރިޒްވީންގެ އަޑު ކުރިޔަށްވުރެ ބާރުވިއެވެ.

ނާޒްލީ އިނީ ދެފިކުރެއްގައެވެ. އެއްފަހަރު ފޯނަށް އަނެއްފަހަރު ރިޒްވީންއަށް ބަލަމުން ދިޔައެވެ. ހަދަންވީގޮތެއް ނުނިންމިގެން އުޅެނިކޮށް ފެނުނީ ރިޒްވީން ފޯނު ޖަހައިގަތް ތަނެވެ. ފޯނު އަތުލަން ނާޒްލީ މަސައްކަތްކުރިއެވެ. ނަމަވެސް ރިޒްވީން އެއަށްވުރެ މާ ހުށިޔާރެވެ.

"ނުނަގާ..." ނާޒްލީއަށް ބުނެވުނީ އެހިސާބަށެވެ. ރިޒްވީން އެކޯލު ނަގައި ކަންފަތުގައި ޖައްސައިލިތަން ފެނި ނާޒްލީއަށް އެނބުރެވުނީ އަނެއް ފަރާތަށެވެ.

ނާޒްލީގެ ނޭވާ އަވަސްވިއެވެ. ރިޒްވީން އެއްވެސް އެއްޗެއް ބުނާ އަޑުވެސް ނީވުނެވެ. އެހަމަހިމޭންކަމުގެ ތެރެއިން ހަމައެކަނި އިވެމުންދިޔައީ އޭނަ ނޭވާ ލާ އަޑު އެކަންޏެވެ. އޭސީގެ ފިނިކަމުގެ ތެރޭގައިވެސް ނާޒްލީ ދާހިއްލަން ފެށީ ރިޒްވީންގެ އަޑެއް ނީވި ގިނައިރުވާން ފެށުމުންނެވެ.

"ނާޒްލީ..." ރިޒްވީންގެ ބާރު އަޑު ކޮޓަރިތެރޭގެ ހަމަހިމޭންކަން ނަގާލިއެވެ. "ހުންނަ ގޮތްކުޑަކަން..."

ނާޒްލީ ހުރީ ބިރުން ފިތްކަނޑައިގެންދާން ކައިރިވެފައެވެ. ފަސްއެނބުރި ބަލައިލާކަށްވެސް ނުކެރުނެވެ. ނެވާވެސް ހިނދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ.

ކުއްލިއަކަށް ރިޒްވީން އައިސް އެރީ ނާޒްލީގެ ކުރިމައްޗަށެވެ. ސިހިފައި ރިޒްވީންގެ މޫނަށް ނާޒްލީއަށް ބަލައިލެވުނެވެ. ހަމަ އެހާ އަވަހަށް އިސްތިރިކޮށްލިއެވެ. ރިޒްވީންގެ މޫނުމަތި ހުރިގޮތުން ބަލަހައްޓައިގެން ހުންނާނެހައި ހިތްވަރު ނާޒްލީގެ ގަޔަކު ނެތެވެ.

"ކަލެއަކަށް ނޭނގޭތަ މީހެއްގެ ފުރާނައިގެ އަގަކީ ކޮބައިކަން؟..." ރިޒްވީން ހިފީ ނާޒްލީގެ ދަތްދޮޅީގައެވެ. އޮބައިލިގޮތުން ނާޒްލީގެ އަނގައިގައި ލޭރަހަ ލައިގެން ދިޔައެވެ. ނަމަވެސް ގަދަ ހަދާކަށް ނާޒްލީ އެއްވެސް މަސައްކަތެއް ނުކުރިއެވެ.

"އަމިއްލަ އުފަލަށްޓަކާ އެހެން މީހެއްގެ ފުރާނައިން އަތްދޮވެލާނަމޭ ހިތާ ލައްކަ ގަނޑު ގަނެފީމެއްނު..." މަޑުމައިތިރިކަން އިސްކުރަން އުޅުނަސް ޙާލަތުގެ ގޮތުން ރިޒްވީންއަކަށް އެކަމެއް ނުކުރެވުނެވެ. "އެގަނޑެއް ގަނެފަ އައިސްދޯ މާމާތްވެގެން ތިއުޅެނީ..."

ނާޒްލީ ދެލޯ މަރާލިއެވެ. އޭނަ ބިރުން އުޅުނު ކަންތައް ވެނިމުނީއެވެ. ހަޤީގަތް ހާމަވެ، ބޭޒާރުވެއްޖެއެވެ. ދެން ކުރެވޭނެ ކަމެއް ނެތެވެ. ރިޒްވީންގެ ހަޔާތުން ދުރަށްދާންޖެހޭ ވަގުތު އައިސް ޖެހިއްޖެކަން އިޚްސާސްވުމުން ނާޒްލީގެ ހަށިގަނޑުގެ ވަރު ދޫވެގެން ދިޔައެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

30 ޚިޔާލު

  1. Zeeniya

    What ekan haadakureyy ivee ah vee goives neygun so sad

    • އޭޝް

      Saturday ge part ah inthizaarukohlahvva ?❤

  2. Unbro

    Reethi fari salhi hihgaimu filmee ⭐⭐⭐⭐⭐

    • އޭޝް

      Thank u so much ?❤

  3. Sheen

    Maasha Allah vvv salhi. Kiyamun dhiyairu maahauluge biruverikamaa haalathuge naazukukan v bodah ihusaas vi. Ehaaves molhah sifa kolla dheefa ebahuri. Hama vvv habeys. ❤️❤️❤️❤️❤️❤️?????????????????? And meehun kurey bunyas aslu kureh noon.. Vaahaka genes dheefa innaleh interest kamun heevanee kuruhen. ????????????????????????????? Hithah aranee rain ah ivy salaamaiy kurevidhaane baaey.. Naaz aa rizween ge dhiriulhun nimeynee baaey. V baivaru suvaaluthakaaeku kuriah huri baithakah inthizaaru kuran. ????????????????????????????

    • އޭޝް

      Thank u so much ?❤ v ufaavehje cmnt kiyaalaafa ?❤ v sweet ?❤ keep waiting fr the next part ?❤❤

      • އޭޝް

        Hingaa dho vaagotheh balan kuriyah huri baithah kiyaalamaa… In Sha Allaah try kuraanan interest vaagothah genesdheveytho kuriyah huri baithah ves.. thi dhevva support ah v bodah shukuru adhaakohlan ?❤

  4. Kujjeh

    Wowww ????wowww ????Vrh vrh rythi ❤❤❤❤❤❤Vrh curious ivy ah vaane gotheh balaalan .. Whn nxt part kiyaalan libeyny eysh ?? Vrh vrh kiyaalaa hiy ve.. Vrh rythi mi part vx curiously waiting for the next part ?????Vrh dhigu koh mi part vx genessdhyfa othyy vrh happy ?????Thankyou so much eysh.. Eysh ge vrh bodu fane akh vejje nw soo soo molhu eysh ma sha allah.. I wish i could meet u someday vrh happy vaane ☺☺☺Great job eysh thikuraa hiy varah hama saabas dhn .. ?????May god bless u .. ❤❤❤❤❤❤❤Wish u more success ahead ??????

    • އޭޝް

      Aww sooo happy.. so sweet ?❤❤ In Sha Allaah oneday ?❤ thank u so much dear ?❤ means a lot ?

  5. ޔުމާން

    މަ ތިތާ ހުރިނަމަ މިހާރު އިވްޔާ ސަލާމަތްކޮށްގެން ގެއަށް ގެންނާނަން…. ތިރައިންއަށް ވާކަމެއް އެބައޮތްތަ…. ބަލަންހުރުންނޫނީ

  6. Neeha

    OMG???
    Vaahaka varah habeys.. Waiting for next ❤❤

    • އޭޝް

      Thank u so much ?❤ next part In Sha Allaah Saturday ga.. keep waiting ?❤

  7. Anonymous

    މާޝާﷲ ވަރަށް ރީތި

    • އޭޝް

      Thank u so much ?❤

  8. އިބާ

    ތިކަންކުރާނީ އެއުޅޭ ނާޒްލީހެން ހާދަހީވޭ ނިކަން ވަރިކޮށްލާފަ ޖަލުގޮޅިއަކަށް ފައްތާލަބަލަ އޭރުންހުންނާނީ ރާކަނިމަސް ކެވިފައެއްނޫ ހާދަހާ ފޫއްސެއްވެޔޭ އެނާޒްލީއެއްދެކެ އެއުޅޭ ރިޒްވީންވެސް ހުންނަނީ މޮޔަވެފަވިއްޔާ އަންހެނުން ހުސްވީކީ ނޫނެ

  9. ރައިން

    އާނ ތީ ސުޕަރމޭން ވިއްޔާ.. އުދުހިލާފައިގޮސް އިވީ ސަލާމަތް ކޮށްގެން އަންނަން.. މީ ފިލްމެއް ނޫނީ ހިޔާލީ ވާހަކައެއް ނޫނޭ.. ???? އެތަނުން އިވީ ސަލާމަތް ކުރާނީ މަ. ޖަސްޓް ވެއިޓް އެންޑް ވޮޗް. ???

    • ޔުމާން

      ކިހާދެރަކަމެއް ރައިން މިހާރުވެސް ތިއުޅެނީ އަމިއްލަ ހާލާގެން ނޫޅެވިގޭން ދެން ރަގަޅުވާނީ ތިތާ ފިލާއިނިޔާ އެބަދަމޭ އިވިޔާ ކާރިއައް ރައިންވެސް ސަލާމަތްކޮށްދޭނަމޭ ހާސްކަނޑާލާ

      • ނާއިކް

        ދެމީހުން ތަޅާފޮޅުންގަނޑަކައް ނުދާތި

  10. Naju

    Masha Allah v v v furihama mi partvx ??????… I just love u n ur stories ???❤❤❤… Story kiyamun dhaairu hyvany kuri mathin manzaru thah fennahen ehaavx furihma ??????… keep up the good work dear n I really appreciate your hard work ??????… lysm ???????????????❤❤❤???

    • އޭޝް

      Thank u so much Naju ?❤❤ vv happy vehje cmnt kiyaalaafa ?❤ keep waiting for the next dear ?❤

  11. jiji

    Alheyyy rain plxx ivy salaamaiy kurey???????❤❤..EYSH you r best best writer eh..nd thy thaath ge kudu tha? Thedhah bunahche ingey isis??????????

    • އޭޝް

      Thank u so much Jiji ?❤❤ vv happy vehje cmnt kiyaalaafa ?❤ Hingaa dho ivy ah vaagotheh balamaa.. keep waiting dear ?❤

  12. ރައިން

    ނޫނޭ. ތިޔަހެން ހައްދަވާނެ ކަމެއްނެތް. މަ ހަމަ އަމިއްލަފުޅަށް ސަލާމަތްވަނީ. އިވީވެސް ސަލާމަތް ކުރާ ނަން. އޭޝްގެ ހެލްޕާއެކީ. ނޯ ޔޭންކްސް ބުރޯ

    • ޔުމާން

      އަމިއްލަ ކޮއްކޮ ސަލާމަތްނުކުރެވުނު މީހަކައް އިވިޔާ ސަލާމައްކުރެވޭތަ ނިކަން މިސުވާލު އަމިއްލައިންކޮއްލަބަ ތިކަންވާނީ އަހަންނައް އިވިޔާ އޭ އަހަރެންގެ ކުއްޖެއް

  13. ލަމް

    އަލްހަމްދުއްލާހި. ހާދަ ފުރިހަމައޭ. ކިޔަމުން ދިޔައިރު ވާހަކައިގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވުނު. ސިފަކޮށްދިނުން ވަރަށް ވަރަށް މޮޅު. ކޮންމެ ޑައިލޮގެއްވެސް ހާދަ އަސަރު ގަދައޭ. ކިޔާއިރު ވަރަށް ޖަޒުބާތީ ވެވޭ. ހުރިހާ ކަމެއްވެސް ވަރަށް ސަޅި. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރާ ވާހަކަ ބުނެލަމުން ވަކިވެލަމެވެ. ❤️❤️❤️?????????????????

    • އޭޝް

      Thank u so much dear ?❤❤ v happy vehje story kamudhiyaeema ?❤ keep waiting ?❤

  14. besty

    Wow.. Haadha haadha reehchey. Hama asluves vvvv reethi. Thi hunaruverikaa molhukamaa gaabilkan fenifa hageegathugaves vvv ufaavey. Alhamdhulillaahi. ❤️❤️❤️❤️❤️❤️❤️❤️????????????? Ibaaraaiykurumaa jumulathah genes dheefa hunnaleh saadhaa kamaa. Maahaulu adhi haalathu sifakoh dheefa hunnaleh maasha Allah haadha haadha furihama ey. Rain aa ivy aa dhurunukuraathi please. Yimaan ah kommes ehen gotheh hoadhaidhee. Waiting for the next. ILYSM??????????????????????????????????????

    3
    1
    • އޭޝް

      Thank u so much besty ?❤❤ v happy vehje story kamudhiyaeema.. nd cmnt kiyaalaafa ?❤ keep waiting ?❤ so sweet of u ❤❤

  15. ރައިން

    އެދުވަހު އެހެންވީ އަހަންނަށް ފަތަން ނޭނފޭތީ. އެކަމަަ އަހަރެން މުޅި އުމުރަށް ހިތާމަ ކުރަން. އެދުވަހު އެހެން ވީތީ ވެސް މިއަދު އަހަންނަށް އިވީ ސަލާމަތް ކުރަން ހިތްވަރު ލިބޭ. އެހެން ނޫނަސް ތި ދައްކަނީ އިވިޔާ އެއްގެ ވާހަކަ. މަ ހޯދަން މިއުޅޭ ކުއްޖާއަށް ކިޔަނީ އިވްޔާ. ސޯ ނޯ ވޮރީސް ބުރޯ. ????

  16. Sheen

    Alhey adhi mee Saturday eh noon dhw.. Kada kada kada. Saturday ah nuviyas ethah faharaku belijje eysh ah olhigen namaves up kurevifa inthoa.. ❤️❤️❤️❤️❤️ Ekamves mi jehunee inthizaaru kuraanthaa dhw. ???????????????

    2
    1