loading ...
loading ...
ގެމަނަފުށި ދާއިރާ ތަމްސީލްކުރައްވާ ޖަމީލް އުސްމާނަކީ ނަމޫނާ މެމްބަރެއް- ހާޒިރީން އެއްވަނަ

ގެމަނަފުށި ދާއިރާ ތަމްސީލްކުރައްވާ ޖަމީލް އުސްމާނަކީ ނަމޫނާ މެމްބަރެއް- ހާޒިރީން އެއްވަނަ

0 comment

ނިމިގެން މިދާ ރައްޔިތުން މަޖިލީހުގެ ފަސް އަހަރުގެ ދައުރުގައި 99 ޕަސެންޓްގެ ހާޒިރީއެއް ހޯއްދަވައި ނަމޫނާ ދައްކާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު، ޖަމީލް އުސްމާން (ޖޭޔޫ) އެވެ. ޖޭޔޫ  ނަމޫނާ ދައްކަވާފައިވަނީ ހަމައެކަނި ރައްޔިތުންޖެ މަޖިލިސް ހާޒަިރީއކުން ނޫނެވެ. ކުރައްވާ ކޮންމެ ކަމެއްގައިވެސް ޖޭޔޫއަކީ ވަރަށް ސާބިތުކަމާއި ހިއްވަރާއި ހިއްމަތާއި އެކު ނަމޫނާ ދެއްކެވުމަށް މަސައްކަތް ކުރައްވާ ތެދުވެރިި ފަހުލަވާނެކެވެ.

ނިމިގެން މިދާ ރައްޔިތުންގެ މަޖިލީހުގެ ފަސް އަހަރުދުވަހުގެ ތެރޭގައި ބޭއްވި ޖަލްސާތަކުގެ ތެރެއިން ޖޭޔޫ ހާޒިރުވެވަޑައިނުގެންނެވީ އެންމެ ތިން ޖަލްސާއަށެވެ. އަދި އެއް ޖަލްސާއަށް ވަނީ ސަލާމް ވިދާޅުވެފަ އެވެ. 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ އިތުރުން 2016 ވަނަ އަހަރު ބޭއްވި މަޖިލީހުގެ ހުރިހާ ޖަލްސާއަކަށް ޖޭޔޫ ވަނީ ވަޑައިގެންފަ އެވެ.

2017 ވަނަ އަހަރު ބޭއްވި ޖަލްސާތަކުގެ ތެރެއިން 97 ޕަސެންޓް ޖަލްސާއަށް އެމަނިކުފާނު ވަނީ ވަޑައިގެންފަ އެވެ. އަދި މިދިޔަ އަހަރުގެ ތިން ދައުރުގައި ބޭއްވި ޖަލްސާތަކުގެ ތެރެއިން 91 ޕަސެންޓް ޖަލްސާއަށް ހާޒިރުވެ ނަމޫނާ ދައްކަވާފައިވާ ޒުވާން މެމްބަރަކީވެސް ގެމަނަފުށީ ދާއިރާ ތަމްސީލުކުރައްވާ އަދި ގެމަނަފުށީ ދާއިރާގެ ލޯބި ހީއްދަވާފައިވާ ޖަމީލު އުސްމާން ޖޭޔޫ އެވެ.

ފެންވަރަށް މައުލޫމާތު ދެއްވަމުން ޖަމީލު އުސްމާނު ވިދާޅުވީ ގެމަމަފުށީ ދާއިރާ އަކީ އެ ދާއިރާއަކަށް ޓަކައި އެމަނިކުފާނު ފަޚުރުވެރިވާ ދާއިރާއެއް ކަމަށާއި ދެ ވަނަ ދައުރަކަށް ފުރުސަތު ދެއްވައިފިނަމަ ހަމަ އެފަދަ ނަމޫނާއެއް ނުވަތަ އެއަށްވުރެ ފުރިހަމަ ނަމޫނާއެއް ދައިކައިދޫ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމުގަ އެވެ. މިގޮތުން މިފަހަރު ޖޭޔޫ ވާދަ ކުރުމަށް ނިންމާފައިވަނީ ކުރިންވެސް ޚިދުމަތް ކުރައްވާފައިވާ، ގެމަނަފުށީ ދާއިރާ އަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ގެމަނަފުށީ ދާއިރާ އަކީ އަބަދުވެސް ވަރަށް ލޯބިވާ ދާއިރާއެއް. ދާއިރާގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް އަބަދުވެސް ލިބޭ އެކަމަށްޓަކައި ދާއިރާގެ ލޮބުވެރި ރައްޔިތުންނަށް މި ފުރުޞަތުގައި ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަޅުގަނޑުގެ އަމާޒަކީ އަބަދުވެސް މި ދާއިރާއަށް ޚިދުމަތްކޮށްދިނުމުގައި ތެދުވެރިކަމާއި އެކު ދެމިހުރުން. ރައްޔިތުން އަޅުގަނޑަށް މިފަހަރު ފުރުޞަތު ދެއްވައިފި ނަމަ ނިމިގެންމިދާ ދައުރައްވުރެ ރަނގަޅު ނަމޫނާއެއް ދައްކައިދޭނަން" ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު، ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވި އެވެ.

ރައްތިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ޤަވާއިދުން ބައިވެރިވެ ވަޑައިގަތުމުގެ އިތުރުން މަސައްކަތުގައިވެސް ޖޭޔޫ ވަނީ ނަމޫނާ ދައްކަވާފަ އެވެ. އެގޮތުން މަޖިލީހަށް ހުށަހަޅާ އެކިއެކި ބިލްތަކާއި މައްސަލަތަކުގައި ޤަވާއިދުން ބަހުސް ކުރައްވާ ބޭފުޅުންތަކުގެ ތެރޭގައި ޖޭޔޫ އަކީ ފާހަގަކޮށްލެވޭ ނަމޫނާ ބޭފުޅެކެވެ. ހަމަ އެހެންމެ އެކިއެކި ކޮމެޓީތަކުގެ މަސައްކަތުގައިވެސް ގަވައިދުން ބައިވެރިވެ ވަޑައިގެން ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާ މެމްބަރުންގެ ތެރޭގައި ޖޭޔޫ ފާހަގަ ކުރެވެ އެވެ. ގިނަ ބަހުސްތަކުގައި ވާހަކަ ދައްކަވާ ޖޭޔޫ ފާހަގަވެފައިވަނީ ވަރަށް ދިރާސާކޮށްގެން ކޮންމެ މައްސަލައެއްގައިވެސް ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގަ އެވެ.

މަތީތައުލީމު ހާސިލް ކުރައްވައި، ސިޔާސީ ގޮތުން އެތައް ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ޖަމީލް އުސްމާނުގެ ވާހަކަފުޅުތަކާއި ހިޔާލުފުޅުތަކުގައި ދިރާސާތަކުގެ އަލީގައި ރަނގަޅު ހައްލުތަކެއް ވިދާޅުވެ ދެއްވަ އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކަންކުރާ ގޮތްވެސް ވިދާޅުވެ ދެއްވައި މިސާލު ދައްކަވަ އެވެ.

ދައުލަތުގެ ބަޖެޓު އެކުލަވާލުމުގައި ކޮންމެ އަހަރަކުވެސް އެންމެ އިސްކޮށް، ބުރަކޮށް މަސައްކަތް ކުރެއްވި މެމްބަރެއްގެ ގޮތުގައި ޖަމީލް އުސްމާނު ފާހަގަކޮށްލެވެ އެވެ. އަދި ދާއިރާ އާއި ރައްޔިތުންގެ ބޭނުންތަކަށް ބަޖެޓު އަމާޒު ކުރުމަށް މަސައްކަތް ކުރެއްވި އެވެ. ނިމިގެން މިދާ ރައްޔުތުންގެ މަޖިލީހަކީ ސިޔާސީ ގޮތުން ވަރަށް ހަލަބޮލި، އަދި ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވޭ މަޖިލީހަކަށް ވާއިރު ޖަމީލް އުސްމާން އަކީ ހަމަ ހުންނެވި ޕާޓީގައި ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި ސާބިތު ކަމާއެކު ހުންނެވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ގެމަނަފުށީ ދާއިރާ ތަމްސީލް ކުރައްވާ ޖަމީލް އުސްމާން އަކީ ގެމްނަފުށީ ދާއިރާގެ ލޯތްބާއި އިޙްތިރާމް ލިބިގެން ދާއިރާ ރައްޔިތުންގެ އަޑި އަހައި އެއަޑު އިއްވައި ދިނުމުގައި ދެގޮތެއްނުވާ މެމްބަރެއް ކަން ވެސް ފާހަގަކުރެވެއެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު