loading ...
loading ...
ތޮއްޑޫން ބޭންކިންގ ޚިދުމަތް ލިބުމަކީ އެރަށު ރައްޔިތުންގެ އުންމީދު

ތޮއްޑޫން ބޭންކިންގ ޚިދުމަތް ލިބުމަކީ އެރަށު ރައްޔިތުންގެ އުންމީދު

0 comment

ބޭންކިންގެ ޚިދުމަތް އެރަށުގައި ލިގެންނެތް އަރިއަތޮޅު އުތުރުބުރި ތޮއްޑޫގެ ގިނަބަޔަކަށް ބޭންކިންގެ ޚިދުމަތް ލިބުމަކީ އެބައިމީހުންގެ އުންމީދު ކަމުގައި އއ. ތޮއްޑޫގެ ގިނަބަޔަކު ދަނީ ބުނަމުންނެވެ. އެމީހުން އެހެން ބުނަން ޖެހެނީ ސަބަބުތަކެއް ނެތިއެއްނޫނެވެ.

ހަފްތާއަކު އެތައް ލައްކަ ރުފިޔާއަކާއި އެތައްހާސް ޑޮލަރެއް ދައުރުކުރާ އަރިއަތޮޅު ތޮއްޑޫ އަށް ބޭންކުގެ ޚިދުމަތްލިބުމަކީ މީގެ އެތައް ދުވަހެއް ކުރިން ތޮއްޑޫ ރައްޔިތުން ދެކެމުން އަންނަ ފޮނި ހުވަފެނެކެވެ. ނަމަވެސް އެކަހެރިވެފައިވާ ތޮއްޑޫ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް އަދިވެސް ވަނީ ލިބޭގޮތް ނުވެފައެވެ.

އއ.ތޮއްޑޫ އަކީ އަރިއަތޮޅު އުތުރުބުރިއަށް ނިސްބަތްވާ ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ލާމަސީލު ރަށެކެވެ. ނަމަވެސް ތޮއްޑޫއަކީ އެކަހެރިކޮށް އޮންނަ އެކަނިވެރި ރަށެއްގެ ގޮތުގައި ތޮއްޑު ރައްޔިތުން އަބަދުވެސް ފާހަގަކުރެއެވެ.

"ފެންވަރު އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ނަންނުޖެހުމަށް ޝަރުޠުކޮށް ތޮއްޑޫގައި ގެސްޓުހައުސްގެ ވިޔަފާރިއާއި ރެސްޓޯރަންޓްގެ ވިޔަފާރި ކުރައްވާ ފަރާތަކުން ވިދާޅުވީ ބޭންކިންގ ޚިދުމަތް ހޯދުމަށް އެއަތޮޅު ރަސްދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ  ބްރާޗް އަށް ދިއުމަށް ދަތުރަކަށް 2000ރ ޚަރަދުކުރަން ޖެހޭމަކުގައެވެ.

"މިރަށުގަ ބޭންކެއް ނެތީމަ ވަރަށް ދަތިވޭ. ސުބްޙާނަﷲ ދައްޗޭ ތިޔަވާހަކަ ނުދައްކާ. ރަސްދޫގައި ހުންނަ ބޭންކް އޮފްމޯލްޑިވްސްގެ މީހުން މިރަށަށް އަންނާނެ ލޯންޗެއްގަ. އެމީހުން އަންނާނީ މަހަކު އެއްފަހަރު ދެން އެ ނިމުނީ. އެދުވަހު ކުރާކަމެއް ކުރޭ ނުވެއްޖިއްޔާ އެ ނުވީ. އަހަރެމެން ބޭންކަށް ދާން ބޭނުންވޭ ކޮންމެ ދުވަހަކު ދެން ކީއްކުރާނި. އެކަމަކު  ދާންޖެހޭ ހިސާބު ދުރުވެފަ ރަށޫގައި ބޭންކެއް ނެތީމާ ހުރިތަނަކަށް ދާން އެބަޖެހޭ. ބައެއް މަސްމަހު މަހަކު ތިން ފަހަރު ނޫނީ ހަތަރު ފަހަރުވެސް ބޭންކަށް ދަން. ބޭންކަށް ދާ ކޮންމެ ދަތުރަކަށް 2000ރ ޚަރަދުކުރަން ޖެހޭ. އަސްލު ޙަޤީޤަތަށް ބުނަންޏާ ބުނެވޭނީ މި ވިޔަފާރީގެ އަސްލު ފައިދާ ފެންނާނީ މިރަށުގައި ބޭންކެއް ޤާއިމް ކުރެވިގެން. މިހާރުވެސް ބޭންކައްދިއުމަށް 6000ރ ނޫނީ 8000ރ ޚަރަދު ނުކުރާ އެއްމެ މަހެއްވެސް ނުދާނެ."ނަން ނުޖެހުމަށް ޝަރުޠުކޮށް ތޮއްޑޫގައި ގެސްޓުހައުސްގެ ވިޔަފާރި ކުރައްވާ ފަރާތަކުން ވިދާޅުވިއެވެ.

އަމިއްލަ އުފެއްދުމުގެ ދާއިރާއަށް ނަޒަރު ހިންގައިލާއިރު ތޮއްޑޫ ފާހަގަކޮށްލެވެނީ ދަނޑުވެރިކަމާއި ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން ނަނޫނާ ރަށެއްގެ ގޮތުގަ އެވެ.

ދަނޑުވެރިކަމުން ހަފްތާއަކު އެތައް ލައްކަ ރުފިޔާއެއް ތޮއްޓޫ ރައްޔިތުން ހޯދައެވެ. އަދި ލޯކަލް ޓުއަރިޒަމް ގެ ދާއިރާއިން އެތައް ހާސް ޑޮލަރެއް ދައުރުކުރާ ތޮއްޑޫ އަށް ބޭންކުގެ ޚިދުމަތްލިބުމަކީ އެތައް ޒަމާނެއް ވަންދެން ތޮއްޑޫ ރައްޔިތުން ދެކެމުން އަންނަ ހުވަފެނެކެވެ.

ދަންނަވަން ތޯއެވެ. މިއީ ސިޔާސީ ވާހަކައެއް ނޫނެވެ. އަދި ވަކި ފިކުރަކަށް ރައްދުކުރާ ދެރަ ބަހެއްވެސް ނޫންމެއެވެ. މިއީ ހަމަ އަސްލުގައިވެސް ތޮއްޑު ރައްޔިތުންގެ ހަޤީޤީ ހުވަފެނެއްގެ ވާހަކައެވެ. މިއީ އެކަހެރިވެފައިވާ ތޮއްޑޫ ތައްޔިތުންގެ އުންމީދުން ފުރިފައިވާ ހުވަފެނުގެ އަޑެވެ. މި ހުވަފެން ޙަޤީޤަތަކަށް ވުމީ ތޮއްޑޫ ރައްޔިތުން ނުހަނު އުފާ ކުރާނެ ކަމެކެވެ.

ތޮއްޑޫގައި ބޭންކިސް ސިސްޓަމެެއް ޤާއިމް ކުރުމުން އެކަމުގެ ލާބަޔާއި މަފާކުރާނީ ހަމައެކަނި ތޮއްޑޫ ރައްޔިތުންނަކަށް ނޫނެވެ. ތޮއްޑޫގައި ބޭންކިން ސިސްޓަމެއް ޤާއިމްކުރައްވާ ފަރާތަކަށްވެސް ނުހަނު ބޮޑު ލާބަޔާއި މަންފާކުރާނެ ކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ.

ތޮއްޑޫ ރައްޔިތުން ދެކޭ ގޮތުގައި ތޮއްޑޫ ބާކީކޮށް އެކަހެރި ކޮށްފަ އޮންނަ ސިޔާސަތުގެ ތެރެއިން ދޫކޮށްލާފއިވާ ތޮއްޑޫއަށް ބޭންކިންގ ޚިދުމަތަކީ ނުހަނު ބޭނުންތެރި ޚިދުމަތެކެވެ.

ތޮއްޑޫގެ ބައެއް ރައްޔުތުން ބުނާގޮތުގައި ތޮއްޑޫގައި ބޭންކިންގ ސިސްޓަމެއް ޤާއިމް ކުރުމުގެ ވާހަކައަކީ ސިޔާސީ ބޭބޭފުޅުންނާއި ސަރުކާރުގެ އިސްވެރިންނަށްވެސް އިވި ބާވެފައިވާ ވާހަކައެކެވެ.

އަދި ކިއެއްތަ ސިޔާސީ ޕޯޑިއަމް ތަކުގައިވެސް އެތައް ބޭބޭފުޅުންނެއް ފުއްދައިދެއްވާނެކަމަށް ވެފައިވާ ވަޢުދެއްކަމަށްވެސް ތޮއްޑޫގެ ބައެއް ރައްޔިތުން ދަނީ ބުނަމުންނެވެ.

ކުރާނެ ކަމެއްނެތެވެ. ކުރެވޭނެ ކަމެއްވެސް ނެތެވެ. ދަންނަވަން އަދި ދެންނެވެން އޮތްހާއިވެސް ވާހަކައަކީ ބޭންކިންގ ސިސްޓަމެއް ތޮއްޑޫގައި ޤާއިމް ކޮށްދެއްވާނެކަމަށް ވިދާޅުވި ބޭބޭފުޅުން އެ ދެއްކެވި ވާހަކަފުޅުތަކުގެ އަލީގައި ހިތއްހަމަ ޖައްސާލައިގެން ތިބުމެވެ.

އުންމީދު ކަނޑާނުލާށެވެ. ބނޮޑެތިކަންތައްވާނީ ލަހުންނެވެ. ފަހުން ނަގާރާޅޫ ގޮޑުވާނެއެވެ. ކޮންމެ ކަމެއްގައިވެސް ގަދައަޅައި މަސައްކަތްކުރާ މީހާއަށް ނުވަތަ ބަޔަކަށް ﷲތައާލާ ހެޔޮގޮތް މިންވަރު ކުރައްވާނެއެވެ.

އަޅުގަނޑާއި ފެންވަރު ޓީމްގެ ހުރިހައިވެސް އުންމީދަކީ އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި ޤާއިމް ވެގެންދާ ބޭންކްއަކީ އަތޮޅުތަކުކެ ނިސްބަތުން ނަމޫނާ ބޭންކެއްކަމުގައި ވެގެންދިއުމެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު