loading ...
loading ...
އިސްދޫ ދާއިރާއަށް އަލީ ޙަމީދު ހޮވަންވީ ކީއްވެ؟

އިސްދޫ ދާއިރާއަށް އަލީ ޙަމީދު ހޮވަންވީ ކީއްވެ؟

0 comment

ފުރަތަމަބައި

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިސްދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑީޑޭޓުންގެ ތެރެއިން މެންޑީޑޭޓް ނަމްބަ 3 ޢަލީ ޙަމީދު އިންތިޚާބު ކުރަންވީ ކީއްވެހެއްޔެވެ؟

ޝައްކެއްނެތް ގޮތުގައި ދަންނަވަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާ ތަމްސީލު ކުރައްވާ ފަރާތަކަށް ޢަލީ ޙަމީދު އިންތިޚާބު ކުރަންޖެހޭ ވަރަށް ގިނަ ސަބަބުތައް ހުރިކަމުގަ އެވެ.

އަންނަ އޭޕްރީލް މަހުގެ 6 ވަނަދުވަހު ބާއްވާ ރައްތިރުންގެ މަޖިލިސް އިންތިޚާބަށް މުޅި ރާއްޖެ ތައްޔާރު ވަމުންދަނީ ވަރަށް ފޮނި އުންމީދާއި އެކުވެރިކަމާއި އެކުގައެވެ.

އިސްދޫ ދާއިރާއަށް ވާދަކުރައްވާ ޢަލީ ޙަމީދު އަކީ އެ ދާއިރާ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ލިބިލައްވާފައިވާ ބޭފުޅެކެވެ. އަދި އެ ދާއިރާގެ އަޑުއަހައި އެ އަޑު އުފުލައިދެއްވާނެ ހަމައެކަނި ކެންޑިޑޭޓަކީވެސް ހަމަ ޢަލީ ޙަމީދުކަމުގައި ދެންނެވިދާނެއެވެ. އިސްދޫ ދާއިރާގެ ރައްޔިތުންގެ ތިބީ އެ ދާއިރާގެ އަޑު އަހައި އެ އަޑު އުފުލައިދެއްވާނެ ކެންޑިޑޭޓަކު އިންތިޚާބުކުރުމުގެ ޢަޒުމާއި ހިއްވަރާއި ޖޯޝުގައެވެ.

ޝައްކެއްނެތެވެ. ރައްޔިތުންގެ އުދާސްތައް ދޮރުން ބޭރުކުރަން ޖެހެއެވެ. ގޯތިތެރެއިންނާއި ރަށުންވެސް ބޭރުކުރަން ޖެހެއެވެ. އަދި އެ އުދާސްތަކުގެ އަޑު ކޮންމެހެން އިއްވަން ބޭނުންވެއެވެ. ހޮޅުއައްޓަކު ނޫނެވެ. މީހުން އެއްވާ މައިޒާން ތަކާއި ގޯޅިގޯޅި ކަންމައްޗަކުވެސް ނޫނެވެ. އަދި ކިއެއްތަ ހޮޓާ ކެފޭ ރެސްތޯރަންޓްތަކުގައެއްވެސް ނޫންނެއެވެ. ރައްޔިތުން އެބައިމީހުންގެ އަޑު އިއްވަން ބޭނުނީ ރައްޔިތުންގެ މަޖިލިސް ތެރޭގަ އެވެ. އެބައިމީހުން އިތުބާރުކުރާ ޤަދަރުވެރި ނަޒާހަތްތެރި ބޭފުޅެއްގެ އެހީތެރިކަމާއި އެކުގައެވެ.

ރައްޔިތުންގެ މަޖިލިސްތެރޭގައި ރައްޔިތުންނަށް ރައްޔިތުންގެ އަޑު އުފުލައިދެއްވާނެ މަންދޫބުން ހޮވުމުގެ ފުރުޞަތު ރައްޔިތުންނަށް މިއޮތީ އަނެއްކާއިވެސް ހުޅުވައިލެވިފަ އެވެ. އެމީހަކު ނިސްބަތްވާ ދާއިރާއެއްގެ ރައްޔިތުންނާއި އެންމެ ގާތްކަން ބާއްވާ އެބައިމީހުންގެ ހާލުބައްލަވާ ބޭފުޅަކު އިންތިޚާބު ކުރުމަކީ މިފަހަރު ރައްޔިތުން އެންމެ އިސްކަން ދެއްވަންވީ އެއްކަމެވެ. ވަގުތީ އުފާ ހާޞިލްކުރުމަކަށް އިސްކަން ދެއްވުމަކީ އަންނަން އޮތް ޖީލުތަކަށް ވެވޭ ބޭ އިންސާފެކެވެ.

އަދިކިއެއްތަ ދާއިރާގެ އިހުސާސްތައް އެންމެ ރަނގަޅަށް ދަންނަ، ދާއިރާއަށާއި ޤައުމަށް އިޚްލާޞްތެރި ކަމުގެ ޤާބިލްކަމާއި ހުނަރުހުރި ފަރާތަކަށް ތިޔަ ދާއިރާގެ ރައްޔިތުން ތާއީދު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ރައްޔިތުންނަށް އޮތް ޒިންމާއަކީވެސް ހަމަ މިއީ އެވެ.

އާއެކެވެ. އިސްދޫ ދާއިރާގެ ރައްޔިތުން ތިއްބެވީ ތައުލީމީ ޤާބިލް ކެނޑިޑޭޓަކު ހޮވުމަށް އަރުވާ ޖަހައިގެންނެވެ. އިސްދޫ ދާއިރާގެ ރައްޔިތުން މިއަދު ތިއްބެވީ އިސްދޫ ދާއިރާގެ ރައްޔިތުންނަން ބޭނުންވާ ތަރައްޤީ އާއި ލަނޑުދަނޑި ހާޞިލްކުރުމަށްޓަކައި ޤުރުބާންވާން ތައްޔާރަށެވެ. ރައްޔިތުންގެ މަޖިލީހުގައި އިސްދޫ ދާއިރާގެ ރައްޔިތުން ތަމްސީލްކޮށް ވަކާލާތު ކުރެވޭވަރުގެ ޤާބިލު ކެނޑިޑޭޓަކު އިންތިޚާބު ކުރުމަށް އެބައިމީހުންތިބީ ކެއްމަދުވެފައެވެ.

މިދެންނެވިފަދަ ހިތްތިރި ކަމަށް ޤާބިލް ކެންޑިޑޭޓަކީ ކޮބައިތޯއެވެ؟ ޝައްކެއް ނެތް ގޮތުގައި ދަންނަވަން ޖެހެނީ އެބޭފުޅަކީ އިސްދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓެއްކަމުގައިވާ ކެންޑިޑޭޓް ނަމްބަރު 3 އަލީ ޙަމީދު ކަމުގަ އެވެ.

ނުނިމޭ

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު