loading ...
loading ...
އިސްދޫ ދާއިރާއަށް ޢަލީ ޙަމީދު ހޮވަންވީ ކީއްވެ؟ - ދެވަނަބައި

އިސްދޫ ދާއިރާއަށް ޢަލީ ޙަމީދު ހޮވަންވީ ކީއްވެ؟ - ދެވަނަބައި

0 comment

ދެވަނަބައި

ބޯމަތިވަމުން އަންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިސްދޫ ދާއިރާއަށް ވާދަކުރައްވާ ޢަލީ ޙަމީދު އަށް ވޯޓް ދެއްވަންވީ ވަރަށް ސަބަބުތައް ފެންނަށް އެބަހުއްޓެވެ. އެއްކަމެއް ދެކަމެއް ނޫންވެ. ދައްކައި ކޮޅުން ނުލާހާ ގިނަ ކަންތައްތަކެވެ. އަންނަ މަޖިލިސް އިންޓީޚާބުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމާއި އެކު އެމަނިުކުފާނަށް އިސްދޫ ދާއިރާ ތަމްސީލިުކުރުމުގެ ދެއްވާށެވެ. އެމަނިކުފާނުގެ ވިސްނުންފުޅުން އިސްދޫ ދާއިރާއަށް ޓަކައި ވަރަށް ސާފެވެ.

އިސްދޫ ދާއިރާއަކީ ނިމިގެން ދިޔަ އެއްވެސް ސަރުކާރަކުން ތައްރައްގީގެ އެއްވެސް މަޝްރޫޢޫއެއް ހިންގައިފައިނުވާ ދާއިރާއެކެވެ. އިސްދޫ ދާއިރާގެ ރައްޔިތުންނަކީ ތަރައްގީއަށް ފެން ބޮވައިގެންފައިވާ ރައްޔިތަކު ދިރިއުޅޭ ދާއިރާއެކެވެ. އެހެންކަމުން އެދާއިރާ ރައްޔިތުންގެ އަޑު އަހައި އެއަޑު އުފުލައި ދިނުމަށް ޢަލީ ޙަމީދު ހުންނެވީ ފިސާރި ތައްޔާރުވެ އަތުކުރި އޮޅާލައްވައިގެންނެވެ.

އިސްދޫ ދާއިރާއަށް ވާދަކުރައްވާ އެހެން ކެނޑިޑުންނާއި ޚިލާފައް އަލީ ޙަމީދުއަކީ ހުރިހާ ރައްޔިތުންނާ ގުޅޭ ރައްޔިތުންގެ ޙާލު އަހުވާލު އެންމެ ގާތުން ބައްލަވާ ބޭފުޅެކެވެ. އަދި އެއްވެސް ފިކުރަކަށް ނުވަތަ ކުލައަކަށް ބަރޯސާވެ ހުންނާނެ ބޭފުޅެއްވެސްް ނޫނެވެ.

އިސްދޫ ދާއިރާގެ ހުރިހާ ރަށެއްގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވަކިވަކިން ދޮރުން ދޮރަށް ރައްޔިތުންގެ ގާތަށް ޒިޔާރަތް ކުރެއްވި ހަމައެކަނި ކެނޑިޑޭޓަކީ އަދި މިހާތަނަން އަލީ ޙަމީދު ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.

އަލީ ޙަމީދު ވެފައިވާ ވައުދު ތަކުގެ ތެރޭގައި އިސްދޫ ދާއިރާއަށް ޢަލީ ޙަމީދު އިންތިޚާބު ކުރައްވައިފިނަމަ، ދާއިރާގެ ކޮންމެ ރަށެއްގައިވެސް ވަޒީފާގެ ފުރުސަތުތައް ފުޅައު ކޮށްދެއްވާނެ އެވެ. ދަޑުވެރިކަމާއި، މަސްވަރިކަން ކުރިއަރުވައި ދެއްވުމަށްޓަކައި ރެޔާއި ދުވާލު އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެއެވެ.

އިސްދޫ ދާއިރާގައި ކުޅިވަރު ދިރުވާ އާލާ ކޮއްދިނުމައްޓަކައި ޢަލީ ޙަމީދު ހުންނެވީ މިހާރުވެސް އަތުކުރި އޮޅައިލައްވައިގެންކަމީ އިސްދޫ ދާއިރާގެ ރައްޔިތުން ހެޔޮހިތުން ޤަބޫލުކުރައްވާނެ ކަމެއްކަން ޔަޤީނެވެ.

ބޭންކިންގެ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދުމަށް ދާއިރާގައި ގައުމީ ބޭންކުގެ ބުރާންޗެއް ހުޅުވުމަށް ސަރުކާރާއި ބެންކް އޮފް މޯލްޑިވްސް އާއެކު މަސައްކަތްކުރެއްވުމަކީވެސް ޢަލީ ޙަމީދުގެ އުންމީދެކެވެ.

އިސްދޫ ދާއިރާގެ ރައްޔިތުންނަކީ އިސްލާމް ދީނަށް ލޯބިކުރާ އަދި ދީނީކަންކަމަށް ލޯހުޅުވިފައިވާ ރައްޔިތުންތަކަކަށް ހައްދަވައިދެއްވުމަށްޓަކައި ދާއިރާގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކަށް ކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަކީވެސް ޢަލީ ޙަމީދުގެ އަމާޒެވެ.

އިސްދޫ ދާއިރާގެ ކޮންމެ ރަށެއްގައި އަލީ ޙަމީދުގެ އޮފީހެއް ހުޅުވައި ރައްޔިތުންގެ ހާލަތު އެންމެ ގާތުން ބައްލަވާނެއެވެ. އަދި ރައްޔިތުންނަން މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ލިބެންޖެހޭ އެހީތެރިކަމާއި ތަރައްޤީ ގެނެސްދިނުމަށް މަގުފަހިކުރުމަކީވެސް ޢަލީ ޙަމީދުގެ އުންމީދެކެވެ.

އިސްދޫ ދާއިރާގެ ކޮންމެ ރައްޔިތަކާއިވެސް ބައްދަލުކުރުމުގެ ފުރުޞަތު ލިބިފައިވާ އަދި ރައްޔިތުންނާއި އެކުވެރި ގުޅުމެއް ބާއްވާ ކެނޑިޑޭޓަކީވެސް ޢަލީ ޙަމީދުކަމުގައި ދެންނެވިދާނެއެވެ.

އިސްދޫ ދާއިރާއިން ބޭރު ބޭފުޅަކަށް ވުމުން ދާއިރާގެ ވަކި ރަށެއް ތަފާތު ކުރުމެއް ނެތި މަޖިލީހުގައި ވާކާލާތުކުރައްވައި ދާއިރާގެ ތަރައްޤީގެ މަޝްރޫޢޫތައް އެއްވެސް ތަފާތު ކުރުމެއްނެތި ކަށަވަރު ކޮއްދެއްވާނެ ހަމައެކަނި ބޭފުޅަކީވެސް ޢަލީކަމުގައި ދެންވުމަކީ ކުށަކަށް ނުވާނެއެވެ. އިސްދޫ ދާއިރާގެ ރައްޔިތުން ޢަލީ ޙަމީދު ބަލައިގެންފައިވަނީ ތައުލީމީ، ހުނަރުވެރި އަދި ތަޖުރިބާކާރު ހުރި ކެނޑިޑޭކަށްވާތީއެވެ. އިސްދޫ ދާއިރާގެ ދެޖިންސުގެ ޒުވާނުންގެ ލޯތްބާއި ހިއްވަރު ޢަލީ ޙަމީދުއަށް އޮހެމުންދިއުމަކީ އިސްދޫ ދާއިރާއަށްޓަކައި އެމަނިކުފާނުގެ ހިތުގައި އުފެދިފައިވާ ލޯތްބާއި އިހްތިރާމްގެ ރީތި މިސާލެކެވެ.

އަލީ ޙަމީދު އަކީ އަމިއްލަ ޖީބުންވެސް އިންވެސްޓްކޮށްގެން ދާއިރާގެ ކުދިކުދި ތަރައްގީގެ މަޝްރޫއުތައް ގެނެސްދެވޭ ވަރުގެ ޤާބިލް ކެނޑިޑޭޓަކަށް ވުމީ އެމަނިކުފާނުގެ ސަބަބުން އިސްދޫ ދާއިރާއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ގެނެސްދެއްވާނެ ކަމުގެ ފުތިހަމަ މިސާލެކެވެ.

އިސްދޫ ދާއިރާގެ ތަރައްޤީއަށްޓަކައި ސަރުކާރާ ގުޅިގެން ދާއިރާގެ ތަރައްޤީއަށް މަސައްކަތް ކޮށްދެއްވާނެއެވެ. އަދި ސަރުކާރު ހިންގުމަށް އެއްވެސް ހުރަހެއް ނާޅެ އެވެ.

އިސްދޫ ދާއިރާ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ލިބިލައްވާފައިވާ އަލީ ހަމީދުއަކީ ވިޔަފާރީގެ ތަޖުރިބާ ހުރި ދުނިޔޭގެ އެކި ކުންފުނިތަކާ ގުޅުންއޮން ހުނަރުވެރި ބޭފުޅެކެވެ. އެހެންކަމުން އިސްދޫ ދާއިރާއަކީ ބިމުގެ ތަނަވަސްކަން ލިބިފައިވާ ދާއިރާއަކަށް ވުމުން ދާއިރާއަށް ގެނެވޭނެ އިންވެސްޓްމެންޓްތައް ގެނެސްދެވޭނެ ކެނޑިޑޭޓަކަށް މިވަގުތު އެދާއިރާއިން ފެންނަންހުރި ހަމައެކަނި ބޭފުޅަކީވެސް ޢަލީ ޙަމީދުކަމުގައި ދެންނެވިދާނެއެވެ.

އަލީ ޙަމީދުއަކީ ހިތްހެޔޮ، ދީލަތި، މަޑުމައިތިރި ކޮންމެ މީހަކާއިވެސް ހިނިތުންވުމާއެކު ވާހަކާ ދައްކާ ރީތި އަޚްލާގެއްގެ ވެރި ހެޔޮލަފާ އިހްސާންތެރިއެކެވެ. އެންމެ ރައްޔިތަކުވެސް ބާކީ ނުކޮށް ކޮންމެ ރައްޔިތެއްގެވެސް ހާލަތު ވަކިވަކިން ބައްލަވާ، ދިރިއުޅުމުގެ ހާލަތު ބައްލަވާލާފައިވާ އަދި ބައްލަވާނެ ހަމައެކަނި ކެނޑިޑޭޓަކީވެސް ޢަލީ ޙަމީދު އެވެ.

އިސްދޫ ދާއިރާގެ އުންމީދުކަމުގައިވާ އަލީ ޙަމީދު ވަނީ މިމަހު 7 އިން 18 އަށް އެ ދާއިރާގެ ހަތަރު ރަށަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި މާބައިދޫ، ދަނބިދޫގެ ދޮރުން ދޮރަށް ޒިޔާކުރައްވައި ހުރިހައިގޭ ބިސީއަކަށް ޒިޔާރަތްކުރެއްވި އެވެ. އަދި ކުރީގެ ދަތުރުތަކުގައި އިސްދޫގައި ދޮރުން ދޮރަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. ކަލައިދޫގައިވެސް ދޮރުން ދޮރަށް ބައެއްގޭގެއަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ.

އިސްދޫ ދާއިރާގެ ކުރިމަގު ކަމުގައިވާ ޢަލީ ޙަމީދުގެ އުންމީދަކީ  މާދަމާގެ ވަގުތެއް ގައި އިސްދޫ ދާއިރާ އަށް ޒިޔާރަތް ކުރެއްވުމެވެ.  މި ދަތުރުގެ މައިގަނޑު ބޭނުމަކީ ދާއިރާގެ ކެމްޕޭން ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، ކަލައިދޫގައި ދޮރުން ދޮރަށް ޒިޔާރަތް ކުރުމާއި، ބޮޑު ޖަލްސާއެއް އިސްދޫގައި ދާއިރާގެ ހުރިހާ ރައްޔިތުންނާއެކު ބޭއްވުމެވެ.

އަލީ ހަމީދުގެ ކެންޕޭން ޖަގަހަ ތަކުގެ ތަރޭގައި އަންހެނުން ފިރިހެނުންނަން ވަކިން އިސްދޫ، މާބައިދޫ އަދި ދަނބިދޫގައި ކޮންމެ ރަށެއްގައި 2 ޖަގަހަ އަދި ކަލައިދޫގައި 1 ޖަގަހަ، މާލެގައި 2 ފްލޯގެ ބޮޑު އެއް ޖަގަހަ (މާލެ އާއި ހުޅުމާލެ އަދި ވިލިގިލީގައި ދިރިއުޅޭ ދާއިރާގެ ރައްޔިތުންނަން) ވަނީ ހުޅުވައިދެއްވާފަ އެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު