loading ...
loading ...
ފެވިފާ ތިނަންވޭ މިހިތުގާ...19

ފެވިފާ ތިނަންވޭ މިހިތުގާ...19

17 comments

ކަނދުރާ އާއި ދިމާއިން އެޅެމުންދިޔަ އިވްޔާގެ ހޫނު ނޭވާތަކުން ރައިންގެ ހަށިގަނޑުގައި އެހެން ޖަޒުބާތުތަކެއް އުފަންކުރުވިއެވެ. ހަށިގަނޑުގައިވާ ލޯލިތައް ކޮޅަށްޖެހުނީ ހިނދުކޮޅެއްގެ ތެރޭގައެވެ. ޖަޒުބާތުތައް ކޮންޓްރޯލްކުރުމަށް ރައިން ވަރަށް މަސައްކަތްކުރިއެވެ. އެފަދަ ނާޒުކު ދަނޑިވަޅެއްގެ ފައިދާ ނަގާކަށް އޭނަ ބޭނުމެއް ނުވިއެވެ. ނަމަވެސް ރައިންއަށް އެގޮތުގައި އިނދެވުނީ ކުޑަ ވަގުތުކޮޅަކަށެވެ. ކެތްތެރިކަން ކޮޅުންލިއެވެ. އިވްޔާ ކުޑަކޮށް ދުރުކޮށްލައި އެކޯތާފަތުގައި ދެއަތުން ހިފެހެއްޓިއެވެ. އެއަށްފަހު އެމޫނާއި މޫނު ކައިރިކޮށްލިއެވެ. އޭރު އޭނަގެ ނަޒަރު އަމާޒުވެފައިވަނީ އިވްޔާގެ ތުންފަތަށެވެ.

"އައި ލަވް ޔޫ އިވީ... އައި ލަވްޔޫ ސޯ މަޗް..." އިވްޔާ އާއި އިތުރަށް ގާތްވެލަމުން ރައިން އޭނާގެ ހިތުގެ ހާލު އިވްޔާގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ.

********

އިވްޔާ ލާން އުޅުނު ނޭވާވެސް އެތެރެހަށީގައި ތާށިވެގެން ދިޔައެވެ. ހަށިގަނޑުގައި ހުރި ހުރިހާ ލޯލިތައް ކޮޅަށްޖެހުނެވެ. ރައިން ބީހިލި ހިސާބުން އުފެދުނު ޖަޒުބާތުގެ އޮއިވަރު މުޅި ހަށިގަނޑުގައި ދަތުރުކޮށްލިއެވެ.

އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި އިވްޔާއަށް އިނދެވުނީ ރައިންގެ މޫނަށް ބަލާށެވެ. ހަޔާތުގައި އެހާ ހިސާބަށް އައި އިރުވެސް  އެނޫނީ ފިރެހެން ކުއްޖެއްގެ ދުލުން ލޯބިވާ ވާހަކަ ބުނެފައެއް ނުވެއެވެ. އަނެއްކޮޅުން އެހާ ފާޅުކަން ބޮޑުގޮތެއްގައި ރައިން ލޯބި ހުށަހެޅުމުން އިވްޔާއަށް އިނދެވުނީ އިވުނު އަޑު ގަބޫލުކުރަންވެސް ދަތިވެފައެވެ.

އިވްޔާގެ އޮމާން ކޯތާފަތުގައި ރައިން އޭނާގެ ތުންފަތް ޖައްސާލިއެވެ. އެއާއިއެކު ބޭއިޚްތިޔާރުގައި އިވްޔާއަށް ދެލޯ މަރާލެވުނެވެ. އެއްއަތުން އަނެއް އަތުގައި ބާރަށް ހިފަހައްޓާލީ ހިތުގެ ތެޅުން އިތުރުވުމުންނެވެ. އެކުޑަކުޑަ ބީހިލުމުން އެކަނިވެސް ބުނެދޭން ނޭނގޭ އިޚްސާސްތަކެއް އެހަށިގަނޑުގައި އުފަން ކުރުވިއެވެ.

އިވްޔާގެ އެއަމަލުން ރައިންގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. ދުލުން ނުބުނި ކަމުގައިވިޔަސް، އޭނަގެ ހުށަހެޅުމަށް އިވްޔާ ނޫނެކޭ ނުބުނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައިންއަށް ލިބުނެވެ. ލިބުނު އުފަލާއިއެކު ރައިންއަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގުނެވެ. ހިތް އަވަސްވެގެން ދިޔައީ މާވަރަކަށެވެ. އިވްޔާގެ އުނަގަޑާއި ދިމާއިން ދެއަތް ވަށާލަމުން އެހަށިގަނޑުގައި ބާރަށް ބައްދައިލިއެވެ. މުޅި އުމުރު އެކީގައި އުޅުމަށް އަޒުމު ކަނޑައަޅަމުންނެވެ.

ރައިން އެގޮތުގައި ކުޑައިރުކޮޅަކު އިނެވެ. އަނެއްކާވެސް އިވްޔާ ކުޑަކޮށް ދުރުކޮށްލިއެވެ. އަދި އިވްޔާގެ ކޯތާފަތާއި ދިމާއިން އިސްތަށިގަނޑުގެ ތެރެއަށް އަތް ލައްވާލައި ބޮލުގައި ހިފަހައްޓާލިއެވެ. އެއަށްފަހު، އިވްޔާގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ.

********

ނަޝީދު ހޮސްޕިޓަލުން ނުކުތްއިރު ދޮރުމަތީގައި އޭނަގެ ކާރު އޮތެވެ. އޭރު ސަލްމާ ގޮސް ކާރުގެ ދޮރު ހުޅުވައިލަނީއެވެ. ނަޝީދަށް ކާރާއި ހަމައަށް ދެވުނީ ކިރިޔާއެވެ. އޭނަ ގޮސް ހިފަހައްޓައިލީ ސަލްމާގެ އަތުގައެވެ.

ނަޝީދު ފެނުމާއިއެކު ސަލްމާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ނަޝީދުގެ އަތް ފޮޅުވައިލުމަށްފަހު އޭނަ އުޅުނީ ކާރަށް އަރާށެވެ.

އެސަރަޙައްދުގައި މީހުންވެސް ފުދޭވަރަކަށް ގިނަ ވަގުތަކަށްވުމުން ސަލްމާގެ އެއަމަލުން ނަޝީދު ހާސްވާގޮތްވިއެވެ. އޭނައަކީ ބޮޑު ކުންފުންޏެއްގެ ވެރިއެކެވެ. މާލޭގައި ނަން މަޝްހޫރު މީހެއްވެސް މެއެވެ. ވީއިރު އޭނަގެ ދިރިއުޅުމުގެ ކަންކަމަށް އެހެންމީހުން ސަމާލުކަން ދޭ މިންވަރު އިތުރުވާނެކަން ނަޝީދަށް އެނގެއެވެ. ނަމަވެސް އެފަދަ ކަމަކަށް ސަލްމާ ވިސްނައިނުލުމުން ނަޝީދު ހިތްހަމަނުޖެހޭ ގޮތްވިއެވެ. ހާސްވެފައިހުރެ އޭނައަށް ވަށައިގެން ބަލައިލެވުނެވެ. އޭރު ގިނަ ބައެއްގެ ނަޒަރު ވަނީ އެދެމީހުންނަށް ހުއްޓިފައެވެ.

"ސަލްމާ..." ހިތްހަމަނުޖެހުނު ނަމަވެސް ނަޝީދު ވާހަކަދެއްކީ މަޑުމަޑުންނެވެ. "އެހެން މީހުން ހީކޮށްފާނެ އެއްޗަކަށްވެސް ވިސްނާލަބަލަ..."

ކާރުގެ ދޮރު ހުޅުވައިލާފައިވެސް ލައްޕައިލަން ސަލްމާއަށް މަޖުބޫރުވިއެވެ. ރުޅި އައިސްފައި ހުރިވަރުން، ހުރެވުނީ ކޮންތާކުކަން އޭނަގެ ހަނދާނުން ކައްސައިލީއެވެ. ޑްރައިވަރުގެ ކައިރީގައި ގެއަށް ދާނީ ފަހުން ކަމުގައި ބުނެ ފޮނުވައިލުމަށްފަހު ސަލްމާ މަޑުކުރީއެވެ.

މީހުންގެ ނަޒަރުން ސަލާމަތްވުމަށް ސަލްމާ ވަނީ ހޮސްޕިޓަލުގެ ތެރެއަށެވެ. ފަހަތުން ނަޝީދުވެސް ވަނެވެ.

"އަހަރެން ބޭނުމެއް ނޫން އެ އިވްޔާގެ ހިޔަނި އަހަރެންގެ ދަރިފުޅުގެ ޙަޔާތަށް އެޅޭކަށް... އެއް ދަރިފުޅު ގެއްލިއްޖެ... ދެވަނަ ދަރިއަކު ގެއްލިއްޖެއްޔާ އަހަރެން މޮޔަ ވެދާނެ..." ސަލްމާގެ ދެލޯ ފެންކަޅިވިއެވެ. ނަޝީދުގެ މޭގައި ލައްވެލެވުނުއިރު، އެދެލޯ ފޫއަޅުވާލާފައި ކަރުނަތައް ފައިބަން ފަށައިފިއެވެ.

ސަލްމާ ހަމައަކަށް އެޅުނީ ނަޝީދު އެތައް ވާހަކައެއް ދައްކައިގެންނެވެ. އިވްޔާގެ ވާހަކަ ދައްކައިގެން ސަލްމާގެ މޫޑު އިތުރަށް ގޯސްވެދާނެތީ އެވާހަކަ ދައްކާކަށް ނަޝީދު ބޭނުމެއް ނުވިއެވެ. އެހެންކަމުން ސަލްމާ ގޮވައިގެން އޭނަ ހިނގައިގަތީ ރައިންގެ ކޮޓަރި އާއި ދިމާއަށެވެ. ގެއަށް ދާނީ ރިޒްވީން އައުމުން ކަމަށް ބުނަމުންނެވެ.

********

އިވްޔާގެ ނިތްކުރީގައި ތުންފަތް ޖައްސާލައިގެން ރައިން އިނީ ދުރަށްދާންވެސް ބޭނުން ނުވެފައެވެ. ދެމީހުން އެގޮތުގައި ތިއްބައި ދޮރުގައި ޓަކި ޖަހައިލުމަށްފަހު އެތެރެއަށް ވަނީ ނަރުސްކުއްޖެކެވެ. ސިއްސައިގެން ގޮސްފައި އިވްޔާއަށް ހަދައިލެވުނު ގޮތަކުން އޭނަގެ ތުންފަތް ރައިންގެ ކޯތާފަތުގައި ބީހިލިއެވެ. އެވަގުތު އިވްޔާއަށް އޭނަގެ އަނގަމަތީގައި އަތް އަޅާލެވުނެވެ. ދެލޯ ބޮޑުކޮށްލަމުން އޭނައަށް ބަލައިލެވުނީ ރައިންއަށެވެ. އޭރު ރައިން އިނީ ދޮރާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އެތުންފަތް މަތީގައިވީ ލާނެތް ހިނިތުންވުމެކެވެ. އިވްޔާ ލަދުން މޮޔަވާވަރު ވިއެވެ. އަވަސްއަވަހަށް ރައިން އާއި ދުރަށް ޖެހިލިއެވެ.

ދޮރުމަތީގައި ހުރި ނަރުސްކުއްޖާ މަޢާފަށް އެދުނެވެ. އަވަހަށް ބޭރަށް ނުކުމެ ދޮރު ލައްޕައިލިއެވެ. ފުޅާކޮށް ހިނިތުންވެލަމުން އިވްޔާ އާއި ދިމާއަށް ރައިން ބަލައިލީ ދެނެވެ. އަދި އެއްލޯ މަރައިލަމުން ކޮލުގައި އަތް ޖައްސައިލިއެވެ.

ރައިންގެ އެއަމަލުން އިވްޔާއަށް ފުންމައިގެން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. ގަނެފައިވާ ލަދާއި އެއްވަރަށް ހިތުގައި ބިރުވެރިކަމެއްވެސް އުފެދުނެވެ. ދެމީހުން އެހާ ގައިގޯޅިކޮށް ތިއްބައި އެހެން މީހަކަށް ފެނުމުން އޭނަ ހުރީ ގޮތް ހުސްވެފައެވެ.

ރައިން ގޮވާލިނަމަވެސް މަޑުކޮށްލުމެއްވެސް ނެތި އިވްޔާ ހިނގައިގަތީ ދޮރާއި ދިމާއަށެވެ. އެމޫނުމަތިން ފެންނަމުންދިޔައީ ކަންބޮޑުވުމުގެ އަޞަރެވެ. ވަކި ހިސާބަކަށް ގޮސްފައި އިވްޔާ ހުއްޓުނެވެ. އެހެން ހުރެ އަތުގެ ނިޔަފަތިތައް ހަފަން ފެށިއެވެ.

އިވްޔާ އާއި ޚިލާފަށް ރައިން އިނީ ހަމަޖެހިލާފައެވެ. އެތުންފަތްމަތީގައިވީ ލުއި ހިނިތުންވުމެކެވެ. އޭނަ އިވްޔާ ބޭނުންވަނީ ވަގުތީ އުފަލެއް ޙާސިލްކުރާކަށް ނޫނެވެ. އިވްޔާ އާއިއެކު މުޅި އުމުރު ހޭދަކުރުމަށް ރައިން ބޭނުންވިއެވެ. އިވްޔާގެ ފަރާތުން ލިބުނު ފެހި ސިގްނަލް އާއިއެކު، ވީއެންމެ އަވަހަކަށް ޒަވާޖީ ހަޔާތެއް ފެށުމަށް އޭނަ ހުރީ ތައްޔާރަށެވެ. ކައިވެނީގެ މާތް ގުޅުމަކުން ގުޅޭ ހިތުން ކެތްމަދުވެފައެވެ. ވީއިރު، މީހަކަށް ފެނިގެން ހާސްވާންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަކަށް ރައިންއަކަށް ޤަބޫލެއް ނުކުރެވުނެވެ.

އިވްޔާގެ ހަރަކާތްތަކަށް ބަލަން އިން ރައިންގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. އެމަޢުސޫމްކަން ފެނި ދީވާނާވާވަރު ވިއެވެ. ކުޑަކުއްޖެއްހެން ނިޔަފަތިތައް ހަފަހަފައި ހުރުމުން ލޯބިން ހިތް ފުރިގެން އައެވެ. ކިތަންމެ ގިނައިރަކު ބަލަހައްޓައިގެން އިންނަން ޖެހުނަސް ފޫހިނުވާހައި ލޯތްބެވެ. ރައިންގެ ހަނދާނަށް އައީ ދެމީހުން ފުރަތަމަ ބައްދަލުވި ދުވަހެވެ. އެކަކު އަނެކަކުގެ ގައިގައި ހިފައިގަނެގެން އުޅުނު ގޮތެވެ. ރުޅި އައިސްގެން ކިޔުނުހައި އެއްޗިއްސެވެ. އެހަނދާންތައް އަންނަމުންދިޔަ ވަރަކަށް ރައިންއަށް ހެވެން ފެށުނެވެ.

ރައިން ހޭން ފެށުމުން އިވްޔާ ތުން ދަމާލިއެވެ. ކުޑަކުއްޖެއްހެން މޫނުމައްޗަށް ވައްތަރެއް ޖައްސާލަމުން ހަށަމް ބަނދެލިއެވެ. އިވްޔާ ހީކުރީ ރައިން އޭނައަށް މަލާމާތް ކުރަނީ ކަމަށެވެ. އެހެންކަމުން ދެލޯ އަޅާލަމުން ރައިންއަށް ބަލާލިއެވެ.

"ވަޓް؟..." ރައިން މާބާރަށް ހޭން ފެށުމުން އިވްޔާއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.

"އެއީ މޮންސްޓަރ..." ކުރީގެ ހަނދާންތަކުގެ ތެރެއަށް ގޮސް ހުސްވެފައި އިން ރައިންއަށް ބުނެވުނެވެ.

ބުނެވުނު އެއްޗެއް ރޭކާލުމާއިއެކު ރައިން ހާސްވިއެވެ. ނަމަވެސް އިވްޔާ ހުރިގޮތް ފެނުމުން މަޖާވެ، އިތުރަށް ދިމާކޮށްލާ ހިތްވިއެވެ.

"ޔޫ ޑާޓީ ހެއަރ..." އިވްޔާގެ ނޭވާ އަވަސްވެގެން ދިޔައެވެ. ރައިން އާއި ދިމާއަށް ދާން އުޅެފައިވެސް އެޚިޔާލު ބަދަލުވިއެވެ. ރައިން އެހާލުގައި ވަނިކޮށް ގެއްލުމެއް ލިބޭކަހަލަ ކަމެއް ވެދާނެތީ އޭނަ ޖެހިލުންވީއެވެ.

ރައިން މަޑުމަޑުން ތެދުވިއެވެ. އަދި އިވްޔާ އާއި ދިމާއަށް ހިނގައިގަތެވެ. އިވްޔާއަށް ރައިން އާއި ދިމާއަށް ބަލައިލެވުނީ ތަފާތު ނަޒަރަކުންނެވެ. ރައިންގެ ބީހުންތަކުން ކުރެވުނު އިޅްސާސްތަކުގެ މަތިން ހަނދާންވެ ދެލޯ މަރާލެވުނެވެ. ނަމަވެސް ހަމަ އެސިކުންތުގައި ލޯ ހުޅުވައިލިއެވެ. އޭރު ރައިން ހުރީ އޭނަ އާއި ދާދި ގާތުގައެވެ.

"ބޭބީ..." އިވްޔާގެ އުނަގަނޑުގައި އަތް އަޅުވައިލަމުން ރައިން ގޮވާލިއެވެ. "މިތުންކޮޅު އަދި ދިގުކޮށްލަބަލަ..." އިވްޔާގެ ތުންފަތަށް އިޝާރާތްކުރަމުން ރައިން ބުނެލިއެވެ.

"ނޯ.. ނޯ... ނޯ..." އިވްޔާ އޭނާގެ އަނގަމަތީގައި އަތްއަޅައި ފޮރުވާލިއެވެ.

"ދައްކަބަލަ ބަލާލަން..." އިވްޔާގެ އަތް، ނަގަން މަސައްކަތް ކުރަމުން ރައިން ބުނެލިއެވެ.

ދެން އިވިގެން ދިޔައީ ދެމީހުންގެ ހުނުމުގެ އަޑެވެ. ރައިން މަސައްކަތް ކުރަމުން ދިޔައީ އިވްޔާގެ އަނގަމަތިން އަތް ނެގުމަށެވެ. އިވްޔާ މަސައްކަތް ކުރަމުން ދިޔައީ ރައިންގެ އަތްދަށުން ސަލާމަތް ވެވޭތޯއެވެ. ދެމީހުން އެސަކަރާތުގައި ތިބުމުން ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔަކަމެއް ނޭނގުނެވެ.

ދޮރުމަތީގައި ތިބި ސަލްމާ އާއި ނަޝީދުގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާން ކަމެވެ. ކަންބޮޑުވެފައި ހުރެ ނަޝީދަށް ބަލައިލެވުނީ ސަލްމާއަށެވެ. އެމޫނުމަތީގެ ކުލަވަރު ފެނުމުން ނަޝީދު ހުރީ ހަދަންވީގޮތެއް ނޭނގިފައެވެ. ސަލްމާ ހިތްހަމަނުޖެހިފައި ހުއްޓައި، ކަންތައް އެވީގޮތުން އެކަން ބޮޑު މައްސަލަގަނޑަކަށް ނުވެ ނުދާނެކަން އޭނައަށް ކަށަވަރުވިއެވެ.

"އޭތް..." ސަލްމާ ހަޅޭއްލަވައިގަތެވެ. އޭރު ރުޅި އައިސްގެންގޮސް އެހަށިގަނޑު ތުރުތުރުއަޅަމުން ދިޔައެވެ.

އިވްޔާ އާއި ރައިން ދިޔައީ ސިއްސައިގެންނެވެ. އޭރު ރައިން ހުރީ އިވްޔާގެ އެއް އަތް ފުރަގަހަށްލައި އުނަގަނޑާއިއެކު ވާހެން އެއަތުގައި ހިފަހައްޓާލައިގެންނެވެ. އަދި އަނެއް އަތުން ހިފަހައްޓައިގެން ހުރީ އިވްޔާގެ އަނގަމަތީގައި އަޅާފައިވާ އަތުގައެވެ.

ސަލްމާ ފެނުމާއިއެކު ދެމީހުންނަށް އެކަކު އަނެކަކާއި ދުރަށް ޖެހިލެވުނެވެ. ކުށްވެރިއަކުހެން އިވްޔާ އިސްޖަހައިލިއިރު، ރައިން ހުރީ އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ. އެއްފަހަރު އިވްޔާއަށް އަނެއް ފަހަރު ސަލްމާއަށް އޭނައަށް ބެލެމުން ދިޔައެވެ.

"އަންހެނުން އުޅެންވާނެ ގޮތަކީ ތީތަ؟... ރަނގަޅު އުޅުމެއްވެސް މަންމަ ދަހެއް ނުކޮށްދޭ ދޯ؟..." ހިތްހަމަނުޖެހިފައި ހުރި ވަރުން ސަލްމާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ބާރަށެވެ. ނަޝީދު ހުއްޓުވަން އުޅުމުންވެސް އެއަތް ފޮޅުވައިލުމަށްފަހު ކުރިޔަށް ޖެހިލިއެވެ.

އިވްޔާގެ ދެލޯ ކަރުނުން ފުރުނެވެ. ސަލްމާ ބުނެލި ކޮންމެ ޖުމްލައެއް ރުވާފައި ދޫކޮށްލި ތީރުތަކެއްހެން ގޮސް އެމެޔަށް ހެރެމުން ދިޔައެވެ. އޭނަ އެންމެ ބޮޑަށް ހިތުގައިޖެހުނީ މަންމައަށް ދެރަވާގޮތަށް ސަލްމާ ވާހަކަ ދެއްކުމުންނެވެ. ނުރޯން މަސައްކަތް ކުރިނަމަވެސް ދެލޯ ކަރުނުން ފުރުނެވެ. މަޑު ގިސްލުމުގެ އަޑު ބޭރުވެދާނެތީ އިވްޔާ ހުރީ ދެތުންފަތް ފިތާލައިގެންނެވެ.

ރައިން ހުރީ ހަދަންވީ ގޮތެއް ނޭނގިފައެވެ. އިވްޔާގެ ކަރުނަތަކުން އެހިތް ރޮއްވާލިއެވެ. ނަމަވެސް އެކަރުނަތައް ހުއްޓުވާނެ ހިތްވަރެއް ނުލިބުނެވެ. އެއްކޮޅުން މަންމައެވެ. އަނެއްކޮޅުން އޭނަގެ ލޯތްބެވެ. އިވްޔާއަށް ބަލަހައްޓައިގެން ހުރި ރައިންއަށް އިސްޖަހައިލެވުނީ އެމަންޒަރު ބަލަން ކެތްނުކުރެވުމުންނެވެ.

މަންމަ ކަންތައްކުރިގޮތުން ރައިންގެ ހިތް ޝަކުވާއިން ފުރުނެވެ. ނަމަވެސް މަންމައަށް ކުރާ އިޚްތިރާމެއްގެ ސަބަބުން ސަލްމާގެ ކުރިމަތީގައި އެންމެ ބަހެއްވެސް ބުނާކަށް ރައިންއަކަށް ނުކެރުނެވެ. އަނެއްކޮޅުން އޭނަގެ ހަޔާތުގެ ބޮޑުބައި ހޭދަކޮށްފައިވަނީ މަންމަގެ ލޯބި ނުލިބިއެވެ. ވީއިރު މިއަދު އެލޯބި ލިބިފައިވަނިކޮށް، އަލުން އެލޯބި ގެއްލިގެން ދާކަހަލަ ކަމެއްވާކަށްވެސް އެހިތެއް ނޭނދުނެވެ.

ރައިންއަށް ދެލޯ މަރާލެވުނެވެ. މިވީހާތަނަށް ނުލިބުނު މަންމައެއްގެ ލޯބި ލިބުނުއިރު، އިވްޔާގެ ލޯބިން މަޙުރޫމް ވާން ޖެހުނީ ހެއްޔެވެ؟ މަންމަގެ ލޯތްބަށްޓަކައި އިވްޔާގެ ލޯބި ޤުރުބާން ކުރަން އޭނައަށް މަޖުބޫރު ވެދާނޭ ހެއްޔެވެ؟

"އަދިވެސް ހުރީތަ؟..." ސަލްމާއަކަށް ނުހުރެވުނެވެ. އިވްޔާ ފެންނަ ހިސާބުގައި ހުންނަންވެސް އޭނަ ބޭނުމެއް ނުވިއެވެ.

"ތި މުޑުދާރު އަމަލުކުރަން ކޮންމެވެސް އެހެން މީހެއްގެ ކައިރިއަށްދޭ... އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ހަލާކު ކުރާކަށް އުޅޭނެކަމެއް ނެތް..." ސަލްމާގެ ފަހުގެ ނިންމުން އިއްވިއެވެ.

"ސަލްމާ..." ނަޝީދުގެ ސިކުނޑި ސުމަކަށް ދިޔައެވެ. ބުނާނެ އެއްޗެއްވެސް އެދުލަކަށް ނައެވެ.

ރައިންގެ ދެލޯ ފެންކަޅިވިއެވެ. ސަލްމާގެ އެބަސްތަކުން އިވްޔާއަށް ކުރާނޭ އަޞަރު އޭނައަށް އިޚްސާސްކުރެވުނެވެ. ކުށްވެރިއަކު ފަދައިން އިވްޔާ އާއި ދިމާއަށް ރައިންއަށް ބަލައިލެވުނެވެ. އޭރުވެސް އިވްޔާ ހުރީ އިސްޖަހާލައިގެންނެވެ. އެދެލޮލުން ހޯސްލާފައި ފައިބަމުންދިޔަ ކަރުނަތަކުން އެކޯތާފަތް ވަނީ ތެންމާލާފައެވެ. ރައިންގެ ހިތް އެދުނީ އިވްޔާ ގެނެސް އެމޭގެ ތެރޭގައި ފޮރުވާލާށެވެ. އެކަރުނަތައް ފޮހެލަދީ ހިމާޔަތްދޭންވެސް ބޭނުންވިއެވެ.

ރައިންއަށް ދުރުގައި ހުރުމަށް ކެތެއް ނުކުރެވުނެވެ. އިވްޔާގެ ކައިރިއަށް ދިޔުމަށް ފިޔަވަޅެއް ނެގިއެވެ. ނަމަވެސް އިވްޔާ އެފުރުޞަތެއް ނުދިނެވެ. ރޮމުން ކޮޓަރިން ނުކުތުމަށް ދުއްވައިގަތެވެ. އޭރު އިވްޔާގެ މަޑު ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ.

ސަލްމާ ދޮރުމަތިން އެއްފަރާތަކަށް ޖެހިލިއެވެ. އިވްޔާ އޭނަ އާއި އަރައި ހަމަވުމުން ކޫޑި އަންހެނުންގެ ފާޑަކީ ތިއޭ ބުންޏެވެ. އޭނަގެ މަޤުސަދަކަށްވީ އިވްޔާގެ ހިތުގައި ނުފިލާނޭ ކޫރުމެއް ލައްވައިލުމެވެ. އޭނަގެ ދަރިފުޅުގެ ދިރިއުޅުމުގެ ތެރެއިން އަބަދުގެ އަބަދަށް ވަކިވެގެން ދާން އިވްޔާއަށް މަޖުބޫރު ކުރުވުމެވެ.

ރައިން އުޅުނީ އިވްޔާގެ ފަހަތުން ދާށެވެ. ނަމަވެސް އެހިތްވަރެއް ނުލިބުނެވެ. ވެދިޔަ ކަންތަކުގައި އަމިއްލަ ނަފުޞު ކުށްވެރިކުރެވުނު ވަރުންނެވެ. ރައިންގެ ހަށިގަނޑުގެ ވަރު ދޫވިއެވެ. ހުރިތަނަށް ތިރިވެވުނީ ގޮތް ހުސްވުމުންނެވެ. އޭރު އޭނަގެ ބޮލުގައި ގަދައަށް ރިއްސަމުން ދިޔައެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

17 ޚިޔާލު

  1. Sheen

    Alheyyyy kihineh mivee. Eysh alhe kihineh thi hedhee… ??????????????? Thihen hadhaakah nuvaanennu. E dhemeehun ehaa varah close veema dhen alhe dhuru nukohba please. ????????♥️♥️♥️♥️♥️♥️♥️♥️♥️ Ivy thihaa dheranukohba??????????????????????????? Komme gothakah kanthah viyas vaahaka vvvv reethi. Hama v habeys.. ????????????????Ibaaraaiy kurumaa
    sifakurumuge. Molhu vaahaka dhakkaa kolhun nulaahaa salhi.. ???????????Hama asluves vvvbb salhi???????thee hama emme best emme loabi writer. ?????????????❤️❤️❤️❤️??LYSM.. Waiting for the next. ?????????????????????????

    10
    • އޭޝް

      Thank u so much dear ?❤ hingaa dho vaagotheh balamaa ??

  2. ލަމް

    ބުނާނީވެސް ފަހެ ކޮން ޢިބާރާތަކުންތޯއެވެ.. ނަމަވެސް ބުނަންވެސް އެބަ ޖެހެއެވެ. ހާދަ މޮޅެވެ. ހާދަ ފުރިހަމައެވެ. ހާދަ ހުނަރުވެރިއެވެ. ސިފަކޮށްދިނުން ހާދަ ރީއްޗެވެ. ޢިބާރާތް ކުރުން ވަރަށް ސާދާއެވެ. ޖުމުލަތައް ހާދަ ފަށުވިއެވެ. ދުޢާ ކުރަމެވެ. ކާމިޔާބު ދެއްވާ ތޯއެވެ. އެދެނީ ކުރިއެރުމަށެވެ. ވަކިވެލަމެވެ. މިވަގުތަށެވެ. އިންތިޒާރު ކުރަމެވެ. ކުރިއަށް އޮތް ބަޔަށެވެ. ލޯބި ވަމެވެ. ތިވަރެއް ހަމަ ނެތީމައެވެ.

    13
    • އޭޝް

      Thank u so much dear ?❤

  3. besty

    Alheyyyyy hama asluves vvvv salhi. Heevee vaahakaige thereygaulhevunuhen. Ehaa interesting… hama vvvv molhukoh liyelaada. maashaa allah ❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️je hurihaa kamehves b????????

    11
    • އޭޝް

      Thank u so much dear ?❤

  4. ???

    Waaaahhh waaaaaajjjb haadhs fakkaley.. Hama ehvsns

    • އޭޝް

      Thank u so much dear ?❤

  5. Kujjeh

    Hello eysh ✋✋✋Kihineh tha bali haalu ?? GWS DEAR .. Mihaa avahah up kohla dhinyma thankyou sm ❤❤❤❤Vvvvvvvv rythi mi part vx .. Vrh heenukuraa kahala goi gothah midhany story hama unexpctd .. Ehnve adhi vvvvv rythi ??????Ivy nd rain ah kihinh baa vaani dhn dhw ?? Ivy ge baby eh hunna kan ingey dhuhun adhi rain mamma maa rulhi annaane thnche .. Rain mamma vx dhw ehn hadhaakah nuvaanennu efakeerah .. Btw ths story is hama amazing .. Vvv kiyaalaahithun mihuri hama kuriyah huri bai thah vx .. so curious .. ?????Waiting for the next… Wish u more succes eysh ????

    • އޭޝް

      Alhamdhulillaahi feeling better ? thank u so much dear ?❤ hingaa dho vaagotheh balamaa ?

  6. ފާތި

    ޔޭ ފައިނަލީ އަޕްލޯޑެޑް ކިޔާލާފަ ކޮމެންޓް ކޮށްލާނަން

    • އޭޝް

      Thank u ?

  7. ރައިން

    އޭޝް ކިހިނެށް ތި ހެދީ؟ މަންމަގެ ލޮއެތްބައް ފެން ބޮވައިގަންފައި ހުއްޱައި މަންމަގެ ފަރާތުން ލޯބި ލިބެން ފެށުމުން އެހާ އުފަލުން ހުއްޱައިި މިވީ ކިހިނެއް ؟ މަންމައަށްޱަކައި އިވީ ދޫކޮށްލާންވީތަ؟ ނޫން ނޫން އިވީ އާއި ނުލައި ނޫޅެވޭނެ. އަހަރެން އިވީ ދެކެ ވަރަށް ބޮޑަށް ލޯބިވޭ. އޭޝް ޕްލީޒް ކޮންމެވެސް ގޮތެއް ހޯދައިދީ.. ?????????

    • އޭޝް

      Hingaa dho vaagotheh balamaa ?❤

  8. ފާތި

    މާޝާﷲ މިބައިވެސް ވަރަށް ރީތި އޭޝް ޕްލީޒް އިވްޔާއާ ރައިން ގުޅުވައްޗޭ

    • އޭޝް

      Thank u so much dear ?❤ hingaa dho vaagotheh balamaa ?

  9. Naju

    Wow 😍😍😍