loading ...
loading ...
އިލްހާމްގެ ތިންއަހަރުގެ ދަރިފުޅަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި:ޖުމްހޫރީ ޕާޓީ

އިލްހާމްގެ ތިންއަހަރުގެ ދަރިފުޅަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި:ޖުމްހޫރީ ޕާޓީ

0 comment

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ، އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިލްހާމް އަހްމަދު އަށާއި އެމަނިކުފާނުގެ ތިންއަހަރުގެ އަންހެން ދަރިފުޅުގެ ގައިގާ އަތްލައި، އަޑުގަދަކޮށް ހަޅޭއްލަވާ ހެދުމުގެ ސަބަބުން އެ ދަރިފުޅަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ވާކަމަށް ޖުމްހޫރީ ޕާޓީއިން ބުނެފިއެވެ.

"ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އޮންރަބުލް އިލްހާމް އަހްމަދު، އެ މަނިކުފާނުގެ ތުއްޕުޅު ބޭފުޅަކު ގޮވައިގެން ސައިކަލްގައި މާފާންނު ފަލާހް ޕުރީސްކޫލް ކުރިމަތިން ވަޑައިގަންނަވަނިކޮށް، ކުއްލިގޮތަކަށް ސައިކަލް ގެ ކުރިމައްޗަށް ބަޔަކުއަރައި ހުއްޓުވުމަށް ފަހު އެ މަނިކުފާނަށް ހަމަލާދީ، އެމަނިކުފާނާއެކުގައި ދިޔަ ދެކޮށްކޮއަށް ވެސް ހަމަލާދިނުމުގެ ސަބަބުން ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުން ލިބިފަ. އަދި  އެ މަނިކުފާނުގެ ތިންއަހަރުގެ އަންހެން ދަރިފުޅުގެ ގައިގާ އަތްލާ، އަޑުގަދަކޮށް ހަޅޭއްލަވާ ހެދުމުގެ ސަބަބުން ނަފްސާނީ ގޮތުން އެ ދަރިފުޅަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ. އެހެންކަމުން މި ދަށުދަރަޖައިގެ ފިނޑި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން މި ޕާޓީން ކުއްވެރިކުރަން." މި ދަށުދަރަޖައިގެ ފިނޑި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރިކުރައްވާ ޖުމްހޫރީ ޕާޓީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތީން އޮނަރަބުލް އިލްހާމް އަހްމަދަށް ހަމަލާދީ އަދި އެ މަނިކުފާނުގެ ކާރުކޮޅަށް ވެސް ބަޔަކު ގަސްތުގައި ގެއްލުންދީފައިވި ނަމަވެސް މީގެއިން އެއްވެސް މައްސަލައެއް ކަމާބެހޭ ފަރާތްތަކުން ބަލާ ތަހްޤީގުކޮށް މިހާތަނަށް ފިޔަވަޅެއް އެޅިފައި ނުވާ ކަމަށް ވެސް ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ކަމާބެހޭ ފަރާތްތަކުން އެ މައްސަލަތައް ބައްލަވައި އަވަސްފިޔަވަޅުތަކެއް އަލުއްވައި ދެއްވުމަށް އެ ޕާޓީން އިލްތިމާސް ކުރައްވާ ކަމަށް ވެސް ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު