loading ...
loading ...
ޒިޔާދާގެ މަރުގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

ޒިޔާދާގެ މަރުގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

0 comment

ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި، އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ޒިޔާދާ މަރުވެފައިވަނީ އޭނާއަށް ލިބުނު ޖިންސީ އަދި ޖިސްމާނީ އަނިޔާތަކަށް އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

މި މައްސަލާގައި ޒިޔާދާގެ ފިރިމީހާ، ގދ.ތިނަދޫ ޖަވާހިރުމާގޭ ހުޅަނގުބައި އިބްރާހީމް ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އަނބިމީހާ ފިރިމީހާ ރޭޕް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ. އެކަމަކު އެއިން އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމްކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފް ކުރަން ހައި ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށާއި ހަތަރު ދައުވާ ސާބިތުނުވާ ކަމަށް ކުރި ހުކުމް ވެސް އިސްތިއުނާފް ކޮށްފައިވާނެ ކަމަށެވެ.

ޒިޔާދާ ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށް ޕޯސްޓް މޯޓަމް ރިޕޯޓުގައި ވަނީ ބަޔާން ކޮށްފައެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު