
ބިދޭސީންނަށް ރާއްޖެއިން ބިން މިލްކު ކުރެވޭ އިސްލާހު އުވާލަން ފާސްކޮށްފި
ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލްކުރުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

އޭރުގެ އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންގެ ވެސް ވޯޓާ އެކު، ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް (ހ) އަށް ގެނައި މި އިސްލާހު އުވައިލަން މިދިއަ އަހަރުގެ ނޮވެމްބަރުގައި ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
ގާނޫނުއަސާސީއަށް ބަދަލެއް ގެނެވޭނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި ވޯޓު ލިބިގެންނެވެ. އެއީ ސީދާ 64 މެންބަރުންނެވެ. މިއަދު ވޯޓު ގަޑީގައި ހާޒިރުވެ ވަޑައިގެން ތިއްބެވި 64 މެމްބަރުން ވެސް ވޯޓު ދެއްވީ އެ އިސްލާހު ބާތިލް ކުރުމަށެވެ.
ގާނޫނު އަސާސީގެ 251 ވަނަ މާއްދާގައި އެންމެ ކުރިން އޮންނަ ގޮތުން ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަަރާތަކަށް މިލްކުކޮށެއް ނުދެވޭނެ އެވެ.
ނަމަވެސް 2015 ވަނަ އަހަރުގެ ޖޫން މަހު ޕީޕީއެމް އާއި އެމްޑީއޭގެ އިތުރުން އޭރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި، އެމްޑީޕީ އާއި ޖޭޕީގެ ބައެއް މެންބަރުން ވެސް ހިމެނޭ ގޮތަށް ވަނީ އެ މާއްދާ ބަދަލުކޮށްފަ އެވެ.
އެގޮތުން ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް ކުއްޔަށް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރަށް ކަމަށް ކަނޑައަޅާ އެ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރި އެވެ. އަދި ގާނޫނު އަސާސީގެ 302 ވަނަ މާއްދާ އިން 309 އާ ހަމަޔަށް ބޭރު ފަރާތްތަކަށް ބިން މިލްކު ކުރެވޭ ބާބެއް ވެސް ހިމެނި އެވެ.
އެކި ދުވަސްމަތިން

ލޯބި ވެވުމުން...30

ފެވިފާ ތިނަންވޭ މިހިތުގާ...13

ޞިއްހަތަށް ގެއްލުންހުރި ކަންކަމުން ދުރުހެލިވުމަށް ނައިބު ރައީސް އިލްތިމާސް ކުރައްވައިފި

ސަރުކާރުން ބޭނުންވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރަން: ރައީސުލްޖުމްހޫރިއްޔާ

އައްޑޫ އޮންލައިންގެ ފަރާތުން ޖާނަލިޒަމް ކޯހެއް އައްޑޫ ސިޓީގައި މާދަމާ ފަށަނީ

ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ދެހިވަލާގައިވެސް ބޮމެއް ގޮއްވައިފި

-
އައްޑޫ ސިޓީއިން މޫދައްއެރި އުޅެނިކޮށް ގެއްލުނު ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެ
-
-
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި
-
ރައީސް ޞާލިހް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ތިން ބޭފުޅަކު ޢައްޔަން ކުރައްވައިފި
-
އުފަލެއް ނެތީހެ ދުނިޔެއިން...12
-
އުފަލެއް ނެތީހެ ދުނިޔެއިން...11
0 ޚިޔާލު