loading ...
loading ...
ފެވިފާ ތިނަންވޭ މިހިތުގާ...22

ފެވިފާ ތިނަންވޭ މިހިތުގާ...22

28 comments

ދޮރުމަތީގައި ހުރީ ރައިންއެވެ. އެމޫނުމަތިން ފެންނަމުންދިޔަ ނުރުހުން ފެނި، ޔުމާންގެ މުޅި ހަށިގަނޑު ތުރުތުރުއަޅައިގެން ދިޔައެވެ. އޭނައަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. ފަހަތަށް ޖެހެވުނީ ރައިން އޭނަ އާއި ދިމާއަށް ހިނގައިގަތްތަން ފެނިފައެވެ.

********

ރައިން އައިސް ހިފީ ޔުމާން ލައިގެން ހުރި ގަމީހުގެ ގިރުވާނުގައެވެ. އެއަމަލުން ސިހުމެއް ލިބުނު ނަމަވެސް ޔުމާން ޚިޔާރުކުރީ ހިމޭންކަމެވެ. ރައިން ކޮންމެ ކަމެއް ކުރިޔަސް ވަރިހަމަކަމަށް ނިންމައި، އަމިއްލަ ނަފުޞު ރައިންގެ އަތް މައްޗަށް ދޫކޮށްލައިގެން އޭނަ ހުރީއެވެ.

"ދެން ކިޔާބަލަ ތިކިޔާ އެއްޗެއް..." ރައިން ހުރީ ޔުމާންގެ މޫނަށް ބަލަހައްޓައިގެންނެވެ. އެއްބުމަ ހިއްލާލައިގެން ހުރިނަމަވެސް އެމޫނުމަތިން މާބޮޑު ޢަޞަރެއް ފާޅެއް ނުވެއެވެ.

ޔުމާންއަށް އިސްއުފުލައި ރައިން އާއި ދިމާއަށް ބަލައިލަންވެސް ނުކެރުނެވެ. ހަތަރުކަޅި ހަމަކޮށްލާނެހައި ހިތްވަރުވެސް އެހަށިގަނޑަކު ނެތެވެ. އޭނައަކީ އެކުވެރިންގެ ނަމަށްވެސް ހުރި ހުތުރެކެވެ. ނޭނގިނަމަވެސް އެންމެ ގާތް އެކުވެރިންގެ ދިރިއުޅުން ފޫނުބެއްދޭވަރުގެ އަނދަވަޅަކަށް ވައްޓާލެވިފައިވަނީ ހަމަ އޭނަގެ ދެއަތުންނެވެ. ވީއިރު އޭނަ ކަހަލަ މީހަކަށް އިޚްތިރާމް ކުރަންވީ ކީއްކުރަން ހެއްޔެވެ؟ ބަދަލުގައި ލިބެން ވާނީ އެންމެންގެ ނަފުރަތެވެ.

އަމިއްލަ ކުށް އިޚްސާސްވަމުން ދިޔަވަރަކަށް ޔުމާންގެ ދެލޯ ފެންކަޅިވަމުން ދިޔައެވެ. ހިތަށް އެތަކެއް ހާސް ކަށިތަކެއް ހެރެމުންދިޔަކަމުގެ އިޚްސާސް ކުރެވުނެވެ. އޭނައަކީ ކުށްވެރިއެކެވެ. އެންމެންނަށް ހުރި ނުރައްކަލެކެވެ.

"ދެން ތިހެން ހުއްޓަސް ކުރާނެ އެއްވެސް ފައިދާއެއް ނެތް... ރިޔާޒުބޭ ހުރިހާ ވާހަކައެއް ކިޔައިދީފި..." ޔުމާންގެ ގިރުވާނުގައި ހިފައި ވާންކޮށްލަމުން ރައިން ބުންޏެވެ.

"އޭނ... ބައް..ޕަ.އޭ..؟" ޔުމާންގެ އަރުތެރޭގައި ހީވީ އެއްޗެއް ތާށިވިހެންނެވެ.

ބޭޒާރުވެއްޖެކަމުގެ އިޚްސާސާއިއެކު ޔުމާންގެ ހިތުގެ ތެޅުން އިތުރުވިއެވެ. ހަށިގަނޑުގެ ވަރު ދޫވެގެން ދިޔައެވެ. ދެގޮތެއްނުވެ ތިބި އެކުވެރިންނާއި ދުރަށްދާންޖެހޭ ވަގުތު އައިސް ޖެހުނީއެވެ. އަމިއްލަ ހަޤީގަތް އަންގަން އޭނައަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. އެއްވެސް މީހަކު އޭނަ ދައްކާ ވާހަކަ ޤަބޫލު ނުކުރާ ވަރަށް ރިޔާޒުގެ އަތުގައި ހެކި އެބަހުއްޓެވެ. އެއީ ރިޔާޒު ގަސްތުގައި އޭނައަށް ދިން ލަނޑެކެވެ. ހުރިހާ ކޮޅަކުން އޭނަ ފިއްތައިލުމަކީ ރިޔާޒުގެ މަޤުސަދެވެ. ހަޤީގަތުގައިވެސް ރިޔާޒުގެ މަޤުސަދު ޙާޞިލްވެއްޖެއެވެ.

ގޮތް ހުސްވެ، ހުރިހާ ދިމާއަކުން މަގުތައް ބެދިއްޖެކަމުގެ އިޚްސާސް ޔުމާންއަށް ކުރެވުނެވެ. ދިރިއުޅުމުގައި އަނެއްކާވެސް އެކަނިވެރިކަމާއި ކުރިމަތިލާން އޭނައަށް މަޖުބޫރު ކުރުވައިފިއެވެ. ހަޤީގަތް އެނގުމަށްފަހު، އޭނައަކީ ރަޚުމަތްތެރިއެއްގެ ގޮތުގައި ބަލައިގަންނާނޭ މީހަކު ނުހުންނާނެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ދިރިއުޅުމުގެ ތެރެއިން އޭނަ ނެރެލާނީ ގައިގައި ޖެހިފައިވާ ހިރަފުސްކޮޅެއް ފޮޅައިލާ ފަދައިންނެވެ.

އިވްޔާ އިނީ އޭނަގެ މޭގައި ދެއަތުން ހިފަހައްޓާލައިގެންނެވެ. މެޔާއި ދިމާއިން އިޚްސާސް ކުރެވެމުންދިޔަ ދިލަ ތަދު، ހިނދެއް ހިނދަކަށް ގަދަވާން ފެށިއެވެ. އޭރު އުއްބައްތިއެއް ވިރުމުން އުއްތައް ފައިބައިގެން ދާހެން ނިތްކުރިމަތިން ހިއްލައިލި ދާތިކިތައް އެމޫނުގެ ދެފަރާތުން ފައިބަމުން ދިޔައެވެ. ނޭވާލުމަށް ދަތިވާހެން ހީވެ، އިވްޔާ އޭނާގެ ދެލޯ މަރާލިއެވެ. އޭރުވެސް ހުއްޓުމެއްނެތި އެދެލޮލުން ކަރުނަ އޮހެމުން ދިޔައެވެ.

ރައިން އެއްޗެއް ބުނަން އުޅެފައި، އިވްޔާ އާއި ދިމާއަށް ބަލައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން އެހިތް ނުހުއްޓުނީ ކިރިޔާއެވެ. މޭގައި އަތް ޖައްސާލައިގެން އިވްޔާ އިންއިރު، ދެކޯތާފަތް ތެންމާލާފައިވަނީ ތާޒާ ކަރުނައިންނެވެ. ޔުމާންގެ ގިރުވާނުން ދޫކޮށްލާފައި، އިވްޔާ އާއި ދިމާއަށް ދެވުނު ގޮތްވެސް ރައިންއަކަށް ނޭނގުނެވެ. އިވްޔާގެ ޙާލަތު ފެނި ޔުމާން އެތަނުގައި ހުރިކަންވެސް އޭނަގެ ހަނދާނުން ކައްސައިލިއެވެ.

ރައިން ގޮސް އިވްޔާގެ ކައިރީގައި އިށީނދެލިއެވެ. އިވްޔާގެ މޫނުގައި ދެއަތުން ހިފަހައްޓައި، އޭނަ އާއި ސީދާވާނޭހެން ކުޑަކޮށް ހިއްލައިލިއެވެ. އަދި ދެއަތުގެ ބޮޑުވައި އިނގިލިން ކަރުނަތައް ފޮހެދޭން ފެށިއެވެ. އޭރުވެސް އިވްޔާ އިނީ ދެލޯ މަރާލައިގެންނެވެ. އެ އެސްފިޔަތައް ފޫދުއްވާލާފައި އަންނަމުންދިޔަ ކަރުނަތަކަށް ހުއްޓުމެއް ނެތްކަހަލައެވެ.

"ކިހިނެތްވީ؟... މައި ޕްރިންސަސް... ތަނަކަށް ތަދުވަނީތަ؟..." ރައިން ސުވާލުކޮށްލީ ލޯބިން ފުރިގެންވީ ރާގަކަށެވެ.

އިވްޔާ ދެފަރާތަށް ބޯހޫރާލިއެވެ. އެއާއިއެކު އިވިގެން ދިޔައީ މަޑު ގިސްލުމުގެ އަޑެވެ. ޔުމާން ކަންތައް ކުރިގޮތުން އެހިތަށް ވަނީ ފުން ޒަޚަމެއް ލިބިފައެވެ. ނަމަވެސް ރައިންގެ ކުރިމަތީގައި ހިތް ހުޅުވައިލާނޭހައި ހިތްވަރެއް އިވްޔާއަކަށް ނުލިބުނެވެ. ހިތްކުދިކުދިވަމުން ދިޔައިރުވެސް ދުލާއި ހަމައަށް އެންމެ ލަފުޒެއްވެސް ނައެވެ. އަމިއްލަ ބަލިކަށިކަން އިޚްސާސްވީވަރަކަށް އިވްޔާގެ ގިސްލުމުގެ އަޑު ގަދަވަމުން ދިޔައެވެ. ރައިންގެ އޯގާތެރިކަން ލިބުމުން އޭނަގެ ކެތްތެރިކަން ވަނީ ކޮޅުންލާފައެވެ.

"އިވީ ޕްލީޒް... ހުއްޓާލަބަލަ..." ރައިން ފެންކަޅިވާގޮތްވިއެވެ.

އިވްޔާގެ ގިސްލުމުގެ އަޑު އިވޭ ކޮންމެ ފަހަރަކު ރައިންގެ ހިތް އިތުރަށް ޒަޚަމްވަމުން ދިޔައެވެ. ކެތްކުރަން އުނދަގޫވިއެވެ. މެޔާއި ދިމާއިން ބާރުކުރަން ފެށުމުން ދުރުގައި އިންނަން ރައިންއަށް ވީ އުނދަގޫ ކަމަކަށެވެ. އިވްޔާގެ ބޮލުގެ ފުއްކިބައިގައި ހިފައި، މަޑުމަޑުން ގެނެސް މޭގައި ލައްކޮށްލިއެވެ. އިވްޔާވެސް ގަދަ ހަދާކަން ނޫޅުނެވެ. ރައިންގެ ހިމާޔަތަށް ފެންބޮވައިގަނެފައިވާ މީހަކު ފަދައިން އެމޭގެ ތެރޭގައި ބޮނޑިވެލީ ދާދި އަވަހަށެވެ.

އިވްޔާގެ ހިތުގެ ހިނގުން އަވަސްވެފައިވާ މިންވަރު ރައިންއަށް އިޚްސާސްކުރެވުނެވެ. ބާރުބާރަށް ތެޅެމުންދިޔަ އެހިތުގެ އަޑު އޭނަގެ ކަންފަތާއި ހަމައަށް ފޯރާކަށް ގިނައިރެއް ނުނެގިއެވެ. ރައިން ހީކުރީ ވެދިޔަ ކަންތަކާއި އިވްޔާ މާބޮޑަށް ހާސްވެ، ބިރުގަތީ ކަމަށެވެ.

"އިވީ... މަ މީނީ އިވީ ކައިރީގައޭ... އިންޝާﷲ އެއްވެސް ކަމެއް ނުވާނެ..." ރައިންގެ އަޑުގައި މަޑު ތުރުތުރެއް އުފެދުނެވެ. އަރު ބެދޭވަރުން ވާހަކަ ދައްކަން އުނދަގޫވިއެވެ. ހިތުގައި އޮތް ހުރިހާ ވާހަކައެއް ދުލާއި ހަމައަށް ގެންނަން އޭނަ ނުކުޅެދުނެވެ.

އެސްފިޔަ ޖަހައިލަންވެސް ހަނދާން ނެތިފައި ޔުމާންއަށް ހުރެވުނެވެ. ފެންނަމުންދިޔައީ ހަޤީގަތެއްކަން ޤަބޫލުކުރަންވެސް ދަތިވެފައެވެ. އިވްޔާ އާއި ރައިންގެ އެގާތްކަން ފެނި އޭނަގެ ހިތް ފޮތިފޮތިވަމުން ދިޔައެވެ. އެގާތްކަމުގެ މާނަ ނަގާނެ ގޮތެއް ޔުމާންގެ ސިކުނޑިއަކަށް ނައެވެ. ކޮންމެ ގޮތެއްވިޔަސް ދެހަތުރުން އެވަނީ މިތުރުންނަށް ބަދަލުވެފައެވެ. ރައިންގެ ވާހަކަ ދެއްކުމުގެ ރާގުން އެކަނިވެސް އެކަން ހާމަވެގެން ދިޔައެވެ.

ޔުމާންއަށް ގޮތް ހުސްވިއެވެ. އެއްކޮޅުން އެކުވެރިކަމެވެ. އަނެއްކޮޅުން އޭނަގެ ލޯތްބެވެ. ތެޔޮނާށި ކާޅު ޖަހައިގަތީއެވެ. އިވްޔާދެކެ ވެވުނު މަތިވެރި ލޯބީގެ ބަދަލުގައި ކުރެވުނު ކަމަކުން އަރުތެރޭގައި ލީ ހިތިރަހައިގެ އަޞަރު ނުކެނޑެނީސް، ޔުމާންއަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. ރައިންއަށްވުރެ ކުރިން އިވްޔާގެ ހަޔާތަށް އައީ އޭނައެވެ. އޭނަގެ އަލަތު ލޯތްބަކީވެސް އިވްޔާއެވެ. ވީއިރު އިވްޔާގެ ހަޔާތުން ދުރައްދާންޖެހޭނެ މީހަކަށް އޭނަ ވާންވީ ކީއްވެ ހެއްޔެވެ؟

ވިސްނި ވަރަކަށް ޔުމާންގެ ބޮލުގައި ގަދަޔަށް ރިއްސަން ފެށިއެވެ. އޭނައަށް އިސްޖައިލެވުނީ އެމަންޒަރު ބަލަން ހިތަށް ކުޅަދާނަ ނުވުމުންނެވެ. ދެލޯ ފެންކަޅިވާން ފެށުމުން ޔުމާން އެނބުރުނީ އަނެއް ފަރާތަށެވެ. އެވަގުތު އޭނަގެ ހަނދާނަށް އައީ ކައިލަންގެ ސޫރައެވެ. އެކީ ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅުތަކެވެ. ޔުމާންއަށް ހިންދިރުވައި ލެވުނެވެ. އެތުއްތު ހަށިގަނޑުގައި ދައުރުކުރަނީ ހަމަ އޭނަގެ ލޭ ހެއްޔެވެ؟ ރިޔާޒު ބުނިހެން އެއީ ހަމަ އޭނަގެ ދަރިއަކަށް ވެދާނޭ ހެއްޔެވެ؟ އޭނަ ދުވަހަކުވެސް އަންހެނަކާއިއެކު އެފަދަ ފާޚިޝް ގުޅުމެއް ހިންގާފައި ނުވާއިރު، ކައިލަންއަކީ އޭނަގެ ދަރިއަކަށް ވާންވީ ކީއްވެ ހެއްޔެވެ؟ ޔުމާންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ބޭކާރު ވިސްނުންތައް ވިސްނައި ސިކުނޑިއަށް ބާރު ބޮޑުކުރާކަށް އޭނަ ބޭނުމެއް ނުވިއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ޔުމާން ބޭނުންވީ ކައިލަން އަކީ އޭނަގެ ދަރިއެއް ކަމުގައި ޤަބޫލުކުރާށެވެ.

ޔުމާންއަށް އެއްކަމެއް ޔަޤީންވިއެވެ. އޭނަ އިވްޔާދެކެ ލޯބިވާކަމެވެ. ފުރަތަމަ ފެނިލުމުން އެކަނިވެސް އޭނައަށް އިވްޔާ ޚާއްސަވިއެވެ. އިވްޔާއެކޭ އެއްވަރަށް ކައިލަންވެސް އޭނައަށް ޚާއްސަވެއްޖެއެވެ. އޭނަގެ ދިރިއުޅުން ފުރިހަމަވާނީ އެދެމީހުންނާއި އެކުގައެވެ. ވީއެންމެ އަވަހަކަށް އިވްޔާ އާއި ކައިވެނިކުރަން ޔުމާން ބޭނުންވިއެވެ. ނަމަވެސް ހިތުގެ ކަނަކުން ޖަހައިލީ ބިރުވެރިކަމުގެ ރަނގަބީލެކެވެ. އޭނަގެ އުއްމީދުތައް ވިއްސިވިހާލި ވެދާނޭކަމުގެ ކޮޅުމަތި ފެނުމުންނެވެ. އޭނަ އެއުއްމީދުކުރާ ކަހަލަ ފުރުޞަތެއް އިވްޔާ އޭނައަށް ދީފާނެ ހެއްޔެވެ؟

ޔުމާން ފަސްއެނބުރި ބަލައިލީ އިވްޔާގެ ގިސްލުމުގެ އަޑު ކެނޑި، ހިމޭން ވުމުންނެވެ. އޭރު ރައިންގެ މޭގައި ލައްވެލިގޮތަށް އިވްޔާއަށް އިނީ ނިދިފައެވެ. ރައިން އުޅުނީ އިވްޔާ ބާލީހުގައި ބާއްވައިލާށެވެ.

ޔުމާންއަށް އިސްޖަހައިލަން މަޖުބޫރުވިއެވެ. އެމަންޒަރު ފެނުމުން ހިތުގައި ޙަސަދަވެރިކަން އުފެދުނެވެ. ދެއަތް މުށްކެވިގެން ދިޔައެވެ. އިވްޔާގެ ހަށިގަނޑުގައި އެހެން މީހަކު އިނގިލިކުރި ޖައްސައިލުންވެސް އެއީ އޭނަ ރުހޭ ކަމެއް ނޫނެވެ. ރައިންގެ މަޤާމު ޙައްޤުވަނީ ހަމައެކަނި އޭނައަށެވެ. އިވްޔާގެ ހަށިގަނޑުގެ މިލްކުވެރިއަކީވެސް އޭނައެވެ.

ރައިންގެ ކުށެއް ނެތްކަން އެނގުނު ނަމަވެސް، ރައިން އާއިމެދު ޔުމާންގެ ހިތުގައި އުފެދުނީ ޝަކުވާއެވެ. ހިތް ބުނަމުން ދިޔައީ ރައިން ގަސްތުގައި އޭނަގެ ހިތަށް ތަދުކުރަނީ ކަމަށެވެ. ކެތްތެރިކަން ކޮޅުންލުމުން ޔުމާން އުޅުނީ އެތަނުން ދާށެވެ. ދޮރާއި ހަމައަށް ދިޔަތަނައި ރައިން ގޮވާލި އަޑު އިވުނެވެ. ޔުމާންގެ ފިޔަވަޅުތައް މަޑުޖެހުނުއިރު، މުށްކަވާލެވިފައިވާ ދެއަތް އަވަސްއަވަހަށް ޖީބަށް ކޮށްޕައިލިއެވެ. އެމަންޒަރު ރައިންއަށް ފެންނަން އޭނަ ބޭނުން ނުވީއެވެ.

"އެހާ ފަސޭހައިން ނުފިލޭނެ..." ޔުމާން އާއި ދިމާއަށް ހިނގައިގަންނަމުން ރައިން ބުންޏެވެ.

"ކަމްއޯން... ޔުމާން ކަލޭވެސްދޯ... ހީވަނީ ބޮޑު ކުށެއްކޮށްގެން ޝަރީއަތަށް ހާޞިރުކޮށްފައި ހުރި ކުށްވެރިއެއްހެން..."

ރައިން ހިފަހައްޓައިގެން ހުރި ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޔުމާންގެ ކައިރިއަށް ގޮސް، ބުރަކަށީގައި ބޮނޑިއެއް އަޅައިލިއެވެ. ހެވޭވަރުން އޭނައަށް އިތުރު އެއްޗެއް ބުނެވޭ ވަރެއް ނުވިއެވެ.

ވާނުވާ ނޭނގިފައި ހުރި ޔުމާންއަށް ވީގޮތް އޮޅުމެއް ނުފިލިއެވެ. އިސްއުފުލައި ރައިން އާއި ދިމާއަށް އޭނައަށް ބަލައިލެވުނެވެ. އޭރުވެސް ރައިން ހެމުން ދިޔައެވެ. ރައިން ކޮށްލީ ސަމާސާއެއްކަން އެނގުނު ނަމަވެސް، ޔުމާންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނައަށް ބަލައިލެވުނީ ލޯބިކޮށް ނިދާލާފައި އޮތް އިވްޔާ އާއި ދިމާއަށެވެ. އޭނައަށް ހަމަޖެހުމެއް ލިބޭނީ އިވްޔާގެ ހިތް އޭނައަށް ސާފުވި ދުވަހަކުންނެވެ.

"އެއޮތީނު ބަސްއަހައިގެން ނިދާލާފަ..." ޔުމާންގެ ނަޒަރު އިވްޔާއަށް ހުއްޓުނު ތަން ފެނި ރައިންވެސް އިވްޔާ އާއި ދިމާއަށް ބަލައިލިއެވެ.

"އިވީ ވަރަށް ބިރުން އުޅެނީ... ޑޮކްޓަރ ބުނި ނަފުސާނީ މައްސަލަވެސް އެބަހުއްޓޭ... އެނުބައި އިންސާނާ މަގޭ އަތުޖެހިއްޖެއްޔާ ދުވަސް ދުއްވާލާނަން..." ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުން ރައިން ބުންޏެވެ.

އޭރުވެސް ރައިންގެ ނަޒަރު އަމާޒުވެފައިވަނީ އިވްޔާއަށެވެ. އޭނަގެ ފަހު ޖުމްލަ އާއިއެކު ޔުމާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

"ހޫމް... ތިއެއް ނޫނޭ... ކީއްކުރަންތަ ހަރުގަނޑަށް އެރީ؟... ރިޔާޒުބޭ ބުނި ވެއްޓި ބޮލަށްވެސް ވަރަށް އަނިޔާވި ވާހަކަ..." ރައިންގެ ނަޒަރު ޔުމާންއަށް ހުއްޓައިލިއެވެ. އޭރު އޭނަ ހުރީ ހަމަޖެހިލާފައެވެ.

"ކީކޭ؟..." ޔުމާންއަށް ލިބުނީ ސިހުމެކެވެ. ރިޔާޒު އެވަރުގެ ބޮޑު ދޮގެއް ހެދުމުން އޭނަ އިތުރަށް ރުޅިއަންނަ ގޮތްވިއެވެ. އެއީ އެހެން މީހުންގެ ލޮލުގައި ރިޔާޒު އަޅުވާލި އަނދުނެކެވެ.

"ޔާން... ކަލޭ ނުވާނެ ރަނގަޅެއް..." ރައިން އަނެއްކާވެސް ފެށީ ހޭށެވެ.

ޔުމާން ހިނިތުންވުމަކުން ފުއްދައިލީއެވެ. ފޯނެއް އަންނަކަމަށްބުނެ އޭނަ އަވަސްއަވަހަށް ނުކުތީ ބޭރަށެވެ. އެތަނުގައި ހުންނަންވެއްޖެނަމަ އޭނަގެ ނޭވާލުމަށް ދަތިވެދާނެތީއެވެ. ރައިންގެ ކުރިމަތީގައި ބޭޒާރުވާކަށް ޔުމާން ބޭނުމެއް ނުވިއެވެ.

ބާރުބާރަށް ހިނގާލާފައި ގޮސް ޔުމާން އޭނާގެ ސައިކަލަށް އަރައި ދުއްވާލިއެވެ. އޭރު އޭނަގެ ވިސްނުމުގައިވީ އިވްޔާ އާއި ރައިންގެ ގައިގޯޅިކަމެވެ. ރައިން، އިވްޔާ އާއި ދިމާއަށް އެބަލައިލާ ލޯބި ގޮތެވެ. އެގާތްކަމުން އެހިތަށް އުނދަގޫވަނީއެވެ. ދާނެ ވަކި މަންޒިލެއް ނެތި ޔުމާން ސައިކަލު ދުއްވަމުން ދިޔައެވެ. ގެޔަށް ދިޔަސް އޭނައަކަށް އުފަލެއް ނެތެވެ. އެއްކޮޅުން ރިޔާޒު އެހުރީ އޭނަގެ އުފާތަކަށް ހުރަސްއެޅުމަށް އަތުކުރި އޮޅާލައިގެންނެވެ. އަނެއްކޮޅުން އިވްޔާގެ ނަފުރަތެވެ. ހުރިހާ ދިމާއަކުން ފިތެމުންދިޔަކަމުގެ އިޚްސާސާއިއެކު ޔުމާން އޭނާގެ ސައިކަލުގެ ސްޕީޑް އިތުރަށް ބާރުކޮށްލިއެވެ.

********

އިވްޔާ ގެއަށް ދޫކޮށްލީ ދެދުވަސް ފަހުންނެވެ. އިވްޔާ ދިޔުމުން ހޮސްޕިޓަލުގައި އޮންނާކަށް ރައިންވެސް ބޭނުމެއް ނުވިއެވެ. އޭނަ ގެއަށް ދެވޭނެގޮތް ހަމަޖެއްސީ ނަޝީދުގެ ކައިރީގައި އެތައް ވާހަކައެއް ދައްކައިގެންނެވެ.

ގެއަށްދެވުމާއިއެކު ރައިން ފުރަތަމަވެސް ގުޅީ އިވްޔާއަށެވެ. ފޯނު އޮތީ ނިއްވާލާފައެވެ. ގަޑިއެއްހާއިރު ފަހުން ގުޅިއިރުވެސް ލިބުނީ އެއް ޖަވާބެކެވެ. ރައިން ހާސްވީ އިރު އޮއްސުނުއިރުވެސް އިވްޔާގެ ޚަބަރެއް ނުވުމުންނެވެ. އޭނަ ކުރި އެއްވެސް މެސެޖަކަށް އިވްޔާގެ ޖަވާބެއްވެސް ލިބިފައި ނުވާތީއެވެ. އެންމެފަހުން ނާއިކްއަށް ގުޅައިގެން އިވްޔާގެ ގެ ހުންނަ ތަނެއް އޭނަ އޮޅުންފިލުވިއެވެ.

އިވްޔާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ކައިރީގައި ކައިލަން އޮތެވެ. ލޯބިކޮށް ނިދާލާފައެވެ. އެމަޢުސޫމް މޫނަށް ބަލަހައްޓައިގެން އިވްޔާއަށް އެތައް އިރަކު އޮވެނުނެވެ. އެހެން އޮވެ، އޭނައަށް ވިސްނެމުންދިޔައީ ރައިންއަށް ހަޤީގަތް އެނގުމުން ވާނެ ގޮތަކާއި މެދުގައެވެ. ކައިލަންއަކީ އޭނަގެ ދަރިއެއްކަމާއި ބައްޕަ ކަށަވަރުނުވާ ކުއްޖެއްކަން އެނގެމުން ވާނީ ކިހިނެތް ހެއްޔެވެ؟

އިވްޔާއަށް ދެލޯ މަރާލެވުނެވެ. އޭނަގެ ހިތުންވެސް ރައިންއަށް ޙާއްސަކަމެއް ދެވިއްޖެއެވެ. ލޯބީގެ ވިންދެއް އެހިތުގައިވެސް ޖަހާލައިފިއެވެ. ނަމަވެސް އޮޅުވާލުމެއްގެ ތެރެއިން އެގުޅުން ކުރިޔަށް ގެންދާކަށް އިވްޔާ ބޭނުމެއް ނުވިއެވެ. އޭނަ ރައިންއަށް ވަކި ޖަވާބެއް ނުދިނީވެސް އެސަބަބަށްޓަކައެވެ. ރައިންގެ ހުށަހެޅުން އޭނަ ޤަބޫލުކުރާނީ ކައިލަން ބަލައިގަންނަން ތައްޔާރަށް ހުރިނަމައެވެ. އޭނަގެ ފުރާނައިގެ ދިރުމަކީ އެދަރިފުޅެވެ. ވީއިރު ކައިލަންއަށް ދެރަވާގޮތަކަށް އެއްވެސް ނިންމުމެއް ނިންމާކަށް އިވްޔާ ބޭނުމެއް ނުވިއެވެ.

އިވްޔާ އޭނާގެ ފޯނު ނެގީ ރައިންއަށް ގުޅާށެވެ. އެގުޅުން އިތުރު ހަރުފަތަކަށް ދިޔުމުގެ ކުރިން ހަޤީގަތް ހާމަކުރުމުގެ މަޤުސަދުގައެވެ. ގުޅަން އުޅެފައިވެސް އިވްޔާގެ ޚިޔާލު ބަދަލުވިއެވެ. ގުޅައިގެން އެވާހަކަ ދައްކަން އޭނައަކަށް ފަސޭހައެއް ނުވާނެއެވެ. އެންމެ ރަނގަޅުވާނީ މެސެޖެއްކޮށްލުން ކަމުގައި އިވްޔާ ނިންމިއެވެ. ފޯނު ނަގައި ރައިންގެ ނަންބަރު ހޯދައިލިތަނައި، ކައިލަން ހޭލައިގެން ރޯން ފެށިއެވެ. އިވްޔާއަށް މަޖުބޫރުވީ ކުރަން އުޅުނު ކަންތައް ފަސްކޮށްލާށެވެ. ފޯނު ބޭއްވުމަށްފަހު ކައިލަން މަސަލަސްކުރެވޭތޯ އޭނަ މަސައްކަތްކުރަން ފެށިއެވެ.

********

ރައިން އޭނާގެ ކޮޓަރިން ނުކުތީ ފެންވަރައި، ތާޒާވެލައިގެންނެވެ. މީހަކަށް ފެނުމުގެ ކުރިން އޭނަ އުޅުނީ ގެއިން ނުކުންނާށެވެ. އިވްޔާގެ ކައިރިއަށް ދާހިތުން އޭނަ ހުރީ ކެތްމަދުވެފައެވެ.

ސަލްމާ ހީވީ ރައިންއަށް ފާރައަށް ހުރި ހެންނެވެ. ގެއިން ނުކުމެނުކުމެ ހުއްޓައި، ގޮވައި ގެނެސް ސޯފާގައި ބޭންދިއެވެ. އަދި ބާރުބާރަށް ހިނގާލާފައި ގޮސް ކާގެއަށް ވަނެވެ. މިނެޓެއްފަހުން އެނބުރި އައީ ޖޫސްތައްޓަކާއި ދޮންކެޔޮވަކެއް ހިފައިގެންނެވެ. ދޮންކެޔޮވަށް ފެނުމާއިއެކު، ރައިންގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ.

"ދަރިފުޅާ... އަދި ބޭރުތެރެއަށް ނުކުމެ އުޅޭވަރެއް ނުވެއޭ... ގެއަށް ދޫކޮށްލީވެސް އަރާމުކުރަން އެއްބަސްވެގެންދޯ... " ސަލްމާ ވާހަކަ ދެއްކީ ވިސްނައިދޭ ކަހަލަ ރާގެއްގައެވެ.

އިވްޔާގެ ކައިރިއަށް ނުދެވޭނެކަން އެނގުމުން ރައިން ކުރި ހުރިހާ އުއްމީދެއް ފެނަށްވެގެން ދިޔައެވެ. މާޔޫސްވެފައި އިނދެ އޭނަ ބޯޖަހާލީ ސަލްމާގެ ނިންމުމަށް ދެކޮޅު ހަދާނޭހައި ހިތްވަރު ނެތުމުންނެވެ.

ސަލްމާ ދިއްކޮށްލި ޖޫސްތަށީގައި ހިފިއިރު، ރައިން އިނީ އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ. އެއްނޭވާއިން ޖޫސްތަށި ބޯލުމަށްފަހު، ދޮންކެޔޮވަށް ކައި ހުސްކޮށްލިއެވެ. އޭރު ސަލްމާ އިނީ ރައިންގެ ހަރަކާތްތަކަށް ބަލާށެވެ. ހިނިތުންވެލައިގެން އިނީ ރައިން އޭނަ ބުނާގޮތް ހަދާތީ ނިކަން އުފަލުންނެވެ.

"ދަރިފުޅާ... އަދި ގެނެސްދެންތަ ދޮންކެޔޮވަކެއް؟..." ރައިންގެ ބޮލުގައި ފިރުމާލަމުން ސަލްމާ ސުވާލުކޮށްލިއެވެ.

ރައިން އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލިއެވެ. ސަލްމާ ލޯބިން އުޅެންފެށިގޮތުން އޭނަ އިނީ ލަދުގަންނަގޮތްވެފައެވެ. އެހާ ދުވަހު ދުރުކޮށްލާފައި ކުއްލިއަކަށް ކައިރިކޮށްލުމުން ބުނެދޭން ނޭނގޭ ގޮތްތަކެއް ވެގެން ދިޔައެވެ. އުޅެވެނީ ހުވަފެނެއްގެ ތެރޭގައި ހެންވެސް ހީވިއެވެ.

"ދަރިފުޅު މަންމައަށް ސިއްރުން ހާދަ ކަންތަކެއް ކޮށްލައޭ ދޯ؟..." ލާނެތް ރާގަކަށް ސަލްމާ ބުނެލިއެވެ.

"ކޮންކަމެއް މަންމާ؟..." ރައިން ކުޑަކޮށް ސިހޭގޮތްވިއެވެ.

ރައިން ހީކުރީ އޭނަ އާއި އިވްޔާ އާއި އޮތް ގުޅުން ސަލްމާއަށް ފަޅާއެރީ ކަމަށެވެ. އޭނަ ސިއްރުން އިވްޔާގެ ކައިރިއަށް ދާން އުޅޭކަން ސަލްމާއަށް އެނގުނީ ކަމުގައި އޭނަ ހީކުރިއެވެ. އެކަމަކު އިވްޔާދެކެ ސަލްމާ އެހާ ރުޅި އަންނައިރު، އެކަން އެނގުމުން އެހާ ހަމަޖެހިފައި އިނދެދާނެބާއޭ ރައިންގެ ހިތަށް އެރިއެވެ.

"އިވީ ބުނި ދަރިފުޅު ގުޅި ވާހަކަ... އެއީ ތެދެއްތަ؟..." ސަލްމާ އަޑުގައި ސަމާސާގެ އެއްވެސް އަޞަރެއް ނެތެވެ.

ރައިންއަށް ލިބުނު ސިހުމުގައި އަތުގައި އޮތް ރިމޯޓު ދޫވެ، މުށިތަކުގެ މައްޗަށް ވެއްޓުނެވެ. އިވުނު އަޑު ގަބޫލުކުރަންވެސް އޭނައަށް ދަތިވިއެވެ. ސަލްމާ އިވްޔާދެކެ އައި ރުޅި އެހާ ފަސޭހައިން ފިނިވީ ކިހިނެތްބާއޭ ރައިންގެ ހިތަށް އެރިއެވެ. ހިތުގައި އުފެދުނު ސުވާލުތަކާއިއެކު ރައިންގެ ސިކުނޑިއަށް ބާރުކުރަން ފެށިއެވެ. ވަދެވެމުން ދިޔަ ބޯޖަންގަލީގެ ތެރެއިން ނުކުންނާނޭ މަގެއް ނުފެނުނެވެ. އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބުނު ތަނުގައި، ވިސްނުން އެހެން ދިމާއަކަށް އަނބުރައިލެވޭގޮތެއްވެސް ނުވިއެވެ.

"ދަރިފުޅާ... ކިހިނެތް ތިވަނީ..." ރައިންގެ ބުރަކަށީގައި މަޑުމަޑުން ޖަހާލަމުން ސަލްމާ ބުންޏެވެ.

ބިރެއް ފެނުމުން ބަލާހެން ރައިންއަށް ސަލްމާ އާއި ދިމާއަށް ބަލައިލެވުނެވެ. އޭނަ ބަލައިލުމާއިއެކު ސަލްމާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ދެއްކުންތެރި ކަމުގެ އެއްވެސް އަޞަރެއް އެހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައެއް ނެތެވެ. ލޯތްބާއި އަޅާލުން ފިޔަވައި އިތުރު އެއްޗެއް އެމޫނުމަތިން ރައިންއަކަށް ނުފެނުނެވެ.

"މަންމަ ބުނެފީމޭ ދަރިފުޅާ ބައްދަލުކޮށްލަން ބޭނުމިއްޔާ މިގެއަށް އަންނާށޭ... މާދަމާ އަންނާނަމޭ ބުނީ... އަދި މިއުޅެނީ ބައްޕަ ކައިރީވެސް އެވާހަކަ ނުބުނެ... ދަރިފުޅު ވާނެ އިވީއަށް ރަނގަޅު ސަޕްރައިޒްއެއް ދޭން އިނގޭ..." ސަލްމާ އިނީ ފުޅާކޮށް ހިނިތުންވެލައިގެންނެވެ.

ރައިން ކޮށިއަރާގޮތްވިއެވެ. ދެލޯ ބޮޑުކޮށްގެން އޭނަ ސަލްމާއަށް ބަލަމުން ދިޔައީ އެވާހަކަ ގަބޫލުކުރަން ދަތިވީ ވަރުންނެވެ. އޭނަ ދަންނަ ސަލްމާއަކީ ގޮތުގައި ހިފަހައްޓާ މީހެކެވެ. އެހެން މީހުންގެ އިޚްސާސްތަކަށް އެއްވެސް ވަރަކަށް ވިސްނާ މީހެއް ނޫނެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

28 ޚިޔާލު

  1. Sheen

    Miothee mikanves vefa.
    .. 1st libumuhe ufaa haasil vefa. 💕💕💕💕

    • އޭޝް

      First libihje 😊❤

  2. Neeha

    Wht wht wht..?? Kihineh mi vany 😲

    4
    1
    • އޭޝް

      Next part ga ingeyne 🙂❤

  3. Kujjeh

    Alheyyy hrdha rychey hrdha rychey ❤❤❤❤Wow wow wow 😍😍😍😍Vvv rythi mi part vx .. Ma sha allah eysh .. Eysh ge molhukan .. Alhe eysh dear yumaan ah khnh tha mivany yumaan ah vx happy lyf eh libeyne kamah ummeeedhu kuran .. 💜💜Yumaan ge bappa hrdha goahey alhe dhw .. 😠😠😠😠Rain nd ivy gulhen beynumy ekm yumaan ah vx vrh happy lyf eh liben beynun kihinh baa vaany alhe dhw vvvvvvv curious .. ☺☺☺☺Mi part vx vvv rythi ibaaraaiythakaa basskoshaaraa huriha echeh vx ma sha allah 😊😊😊Grt wrk dear eysh 💛💛💛💛Keep up going lyk ths .. May god bless you ❤❤❤❤❤Waiting for the next part when nxt part ? 😘😘😘

    • އޭޝް

      Aww 💕 thank u so much dear 😊💕💕❤ vv happy vehje story kamudhiyaeema. Cmnt kiyaalaafa ves 😊 hingaa dho balamaa vaagotheh. Next part In Sha Allaah Tuesday ga. Keep waiting 💕💕❤

  4. Thiki.sis

    Varah varah reethi vaahaka. Neh bunaane eccheh. Fight thah manzaraaeku dhakkaalaafa 💜💜💜

    • Lam

      Wow thiki ves haadha fakkaley dhw.. Manxaruthahbes hama fenna kahala o. Asluves dhw vvv salhi ey eysh ge sifa kohdhinun.. Dhw thiki. ❤️❤️❤️❤️❤️❤️❤️

    • އޭޝް

      Thank u so much thiki sis 😊💕💕 v ufaavehje story kamudhiyaeema 💕💕

  5. Sheen

    Maasha Allah.. Vvvv varah furihama.. Hama bunaane ehchehves neyngifa mi innanee.. 💚💚💚💚💚💚💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❤️💜💜💜💜💜💜💜💚💚💚💚💚💙💙💙💙💙💝💝💝💝💝💝💛💛 💛💛💟💟💟💟💟💟💟Hlyhama ekee dheefin eysh ah. Kiyamun dhiyairu maahauluge serious kamaa naazukukan. Adhi e haalaiy hama loakurimathee fenna kahala.. Dialogue thahves ehaa emotional. 😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍 Mihaaru mi aadhevunee vaahakaige emme foarigadha hisaabah.. Rangalhu meehunnaa goasmeehun vaki kuran undhagoo vaa hisaabu. Ihulaastherinnaa makaruverin vakikuran dhathivaa hisaabu. Anehen bunaanama vaahaikaige emme neyvaa hifaahtaalan jehey hisaabu. Faharehga baeh. Meehunah. Olhum bolhun ves vedhaane. Ekam quality molhu vaahaka liyuntheringe hunaruverikan ae kiyuntheringe hithuga mivarah suvaalu ufahdhaalun. Hurihaakameh falhaa erumuge kurin liyuntjerinnah eki Angle thakun visnan furusathu hulhuvaalun ae hama emme salhi goiy. 😍😍😍😍😍😍😍😘😘😘😘😘😘😘😘💕💕💕💕💕💕💕💕💕💕💕💕💕💕 U r rhe best my dear. Hama v fahuruverikamaaekee bunelanan ufalun u r my one and only favorite story writer ey. Keep it up. Lysm 💜💜💜💜💜💜💕💕💕💕❤️❤️❤️❤️💯💯💯💯💯💯💯💯💯💯🌷🌷🌷🌷🌷🌷🌷🌷🌷🌻🌻🌻🌻🌻🌻🌻🌻🌻

    • އޭޝް

      Aww 💕 thank u so much dear 😊💕💕❤ vvv happy vehje story kamudhiyaeema. Cmnt kiyaalaafa ves vvv ufaaveje v sweeet 💕💕 😊 hingaa dho story ga vaagotheh balamaa. Next part In Sha Allaah Tuesday ga. Keep waiting 💕💕❤

  6. jiji

    Alhey haadha curious kohlaafa ey thi nimmaaly..mi part vec v v obi💖💖💕💕😘😘❤😍😍😍…alhe sifakohlaafa hunnanleh v furihama..I think salma e ulheny riyaaz aadheba deal eh hadhain kanne..Rain nd ivy avahah gulhuvaba nd yumaan ah vec happy life eh hoadha dhehche..😘😘🐤🐤😻😻😻😙😙🌈🌈🍺🍺😉💡💡..swry nge kury part ah comment nukurevunyma..bxy vegen aee..ly loadsss will miss ya bodukoh eysh dhahthy😍😍😘😘😚😜😎😎💗💗💘

    • އޭޝް

      Aww 💕 thank u so much jiji 💕💕 vv happy vehje story kamudhiyaeema and cmnt kiyaalaafa 😊💕 hingaa dho story ga vaagotheh balamaa. Next part In Sha Allaah Tuesday ga keep waiting dear 😊💕💕

  7. ލަމް

    ތަޢުރީފު ކޮށްކޮށް ކޮޅުންލާކަށް ނެތެވެ. ވަރަށް ފުރިހަމައެވެ. ވަރަށް ހިތްގައިމެވެ. އޭޝްގެ ހުނަރުވެރިކަން މިހިތަށް އުފާވެރިކަން ގެނެސްދީފިއެވެ. ހަޤީޤަތުގަވެސް އޭޝްގެ ވާހަކަތައް ކިޔާލުމުން ހިތަށް އެލިބޭ ހިތްހަމަޖެހުން ދުލަކުން ގަލަމަކުން ބަޔާންކޮށް ނުދެވޭނެއެވެ. ޖުމުލަތަކުގެ ފަށުވިކަމުންނެވެ. ބަސްތައް އަތުރާލާފައި ހުންނަލެއް ހިތްގައިމު ކަމުންނެވެ. ހާދިސާތައް ގެނެސްދީފައި ހުންންލެއް މޮޅުކަމުންނެވެ. ސިފަކޮށްދީފައި ހުންނަލެއް ފުރިހަމަކަމުންނެވެ. ޑައިލޮގުތައް ފައްކާކަމުންނެވެ. ހިޔާލު މުއްސަނދިކަމުންނެވެ. ވިސްނުން އުފެއްދުންތެރި ކަމުންނެވެ. ލިޔެލާފައި ހުންނަލެއް ޝައުގުވެރިކަމުންނެވެ. ހިތުގައި އުފައްދާ ސުވާލުތައް ގިނަކަމުންނެވެ. ހުރިހާގޮތަކުންވެސް އޭޝް ވަރެއް ހަމަނެތުމުންނެވެ. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕 މި ވަގުތަށް ވަކިވެލާނަމެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމެވެ. 😘😘😘😘😘😘😘😘😍😍😍😍😍😍😍😍

    • އޭޝް

      Aww 💕 thank u so much dear 😊💕💕❤ vvv happy vehje story kamudhiyaeema. Cmnt kiyaalaafa ves vv ufaaveje v sweeet 💕💕 😊 hingaa dho story ga vaagotheh balamaa. Next part In Sha Allaah Tuesday ga. Keep waiting 💕💕❤

  8. besty

    Wow. Wow. Wow. Wow wow wow wow wow wow kiyaa kiyaa nimeykah neiy… ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍 Vvvvvv salhi ingey. E yumaan heekuranee keekwy. Haadha avahalah eulhenee ivy amilla. Kuran. Thimaage amilla hahgakah hadhaalaigen. No no no yumaam no. Thihenakun nuvaane. Yumaan akah ivy eh nulibeyne. Ivy vaanee hama rain ge hahgakah. Dhw eysh. Alhe rain ah ingey ivy dhenee. 😍😍😍😍😍😍😍😍😍💜💜💜💜💜💜💜💜💜💜💜💕💕💕💕💕💕💕💕💕 Salma aa riyaax ge kanthah ves vaane avahah nimmaalan. Emeehunge makaruverikamuge dhaa fathuraigen maaka gina dhuvahu thibiya dheegen nuvaane. Rangalhu filaavalheh dheefa huttaalan vaanee. Mikan furihama ah kuran eysh ge eheetjerilan v bodah beynum. Eysh besty aa ekee huriyyaa mie. Kollan evves kameh noon. Kaigen vaehlunhaa faseyha kameh. Vaahaka genes dhwefa inleh vvvv molhu. Waiting for the next. ❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😘😘❤️❤️❤️❤️💚💚💚💚💝💝💝💝💝💝

    • އޭޝް

      Aww 💕 thank u so much dear 😊💕💕❤ vvv happy vehje story kamudhiyaeema. Cmnt kiyaalaafa ves vvv ufaaveje 💕💕 😊 hingaa dho story ga vaagotheh balamaa. Next part In Sha Allaah Tuesday ga. Keep waiting 💕💕❤

  9. 💙🌷💜

    Maasha Allah vvvv reethi vaahaka. V furihama. Thee hama emme best. 💗💗💗💗💗💗💕💕💕💕💕💕💕💕💕💕💖💖💖💖💖💚💖

    5
    1
    • އޭޝް

      Thank u so much dear 😊💕💕 vv ufaavehje story kamudhiyaeema 💕💕 nd cmnt kiyaalaafa 😊💕

  10. Nivy

    2 އިވީ އުޅޭހެން ހާދަ އެބަހީވެޔޭ. ރާއިން ކޯލް ކުރަނީ އިވީ ކަމަށް އެހެން އިވީ އަކަށް ދޯ. ނެކްސްޓް ޕާޓްގަ ނިއު އިވީއެއް ވާހަކަ އިން ފެންނާނެހެން ވަރަށް ހީވޭ.

    • jiji

      ނިވީ ތިހެން ބުނީމަ ޖިޖީއަށްވެސް ހީވެއްޖެ ދެ އިވީ އުޅޭހެން…ޓުވިންސްއަކަށް ކަންނޭނގެ ވާނީ އެހެންވެއްޖިއްޔާމު…ދެން ރައިން އަށް މި އިވީ (ކައިލަންގެ މޮމް) ދީފަ ޔުމާންއަށް ދީފާނެ ޔޯލަ އަނެއް އިވީވެސް..ވެރީ ކިއުރިއަސް އައި އޭމް މިހާރު..އަންގާރައިގަ އަޕްވާނެ ދޯ؟؟♥😘💖😍

      • އޭޝް

        Jiji. In Sha Allaah Tuesday ga next part 😊💕💕 keep waiting 😊

    • އޭޝް

      Thank u Nivy 😊 Hingaa dho balamaa vaagotheh. Thee ves hama vedhaane gotheh. Keep waiting dear 😊💕💕

  11. ޔުމާން

    އަހަރެން އިވްޔާ ބޭނުން. މިހާ ލޯބިވާކަން ކުރިން އެނގުނުނަމަ ތެޔޮނާށި ކާޅު ޖަހާގަތަކަ ނުދިނީމުސް. ދެރަވޭ އިވްޔާ އެހެން ހަދާތީ. އަދިވެސް މިހުރީ އިންތިޒާރުގަ

    4
    2
    • އޭޝް

      Keep waiting 💕💕

  12. ރައިން

    ހަމަހިލާ ތިހެން ވިޔަކަށް އަހަރެން ނުދޭނަން. އިވީ ހާސިލްކުރަން ފުރާނައިންވެސް ޤުރުބާންވާން މިހުރީ ތައްޔާރަށް. ޕްލީޒް އޭޝް ޔުމާންގެ އަތްދަށުން އިވީ ސަލާމަތް ކުރަން އެހީތެރިކަން ބޭނުން.

  13. Naju

    Alhey eysh dhooni haadha curious kohlaafa ey dhw thininmaalyvx 😊😊😊😍😍😍 curiously can’t wait for the next 😀😀😀😘😘😘 As usual mi partvx hama v loabi ingey ❤❤❤🌹🌹🌹 sifakurun thahvx hama v obi n hyvany hama manzaru tha loa kurimathin fennahen ehaavx furihama 🌸🌸🌸💙💙💙 lysm eysh dhooniii 😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘

  14. Naju

    Alhey eysh dhooni haadha curious kohlaafa ey dhw thi ninmaalyvx 😍😍😍🌹🌹🌹 can’t wait for the next 😊😊😊💛💛💛 As usual mi partvx hama v v v loabi ingey 😘😘😘🌼🌼🌼 And I really appreciate your hard work dear 🌻🌻🌻💙💙💙 lysm eysh dhooniiiii 😍😍😍😍😍😍😘😘😘😘😘😘😘😍😍😍😘😘😘😘😘😍😍😍😍