loading ...
loading ...
މެސީއަށް މިހާރުވެސް ހަވަނަ ބެލެންޑޯ ޙައްޤު – ރިވާލްޑޯ

މެސީއަށް މިހާރުވެސް ހަވަނަ ބެލެންޑޯ ޙައްޤު – ރިވާލްޑޯ

0 comment

ބާސެލޯނާގެ ކެޕްޓަން މިހާރު ދައްކަމުންދާ މޮޅުކުޅުމުގެ ސަބަބުން މިފަހަރުގެ ބެލެންޑޯ މިހާރުވެސް މެސީއަށް ޙައްޤުކަމަށް ބްރެޒިލްއަށް ކުރިން ކުޅުނު ރިވާލްޑޯ ބުނެފިއެވެ.

ރިވާލްޑޯ ދެކޭގޮތުގައި މިސީޒަންގެ ޗެމްޕިއަންސް ލީގު ބާސެލޯނާއަށް ކާމިޔާބު ނުކުރެވުނުނަމަވެސް މިއަހަރުގެ ބެލެންޑޯގެ ޙައްޤުވެރިއަކީ މެސީއެވެ. މެސީ ބެލެންޑޯ ފަސް ފަހަރެއްގެ މަތިން ބެލެންޑޯ ހޯދާފައިވާއިރު ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯވެސް ބެލެންޑޯ ފަސް ފަހަރެއްގެ މަތިން ހޯދާފައިވެއެވެ. 10 އަހަރުވަންދެން މިދެކުޅުންތެރިންގެ މެދުގައި މިއެވޯޑް އޮތުމަށްފަހު މިދިޔަ އަހަރު މިއެވޯޑް ލޫކާ މޮޑްރިޗް ހޯދާފައިވަނީ ރެއަލްމެޑްރިޑަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައާއި 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލަށް ކޮރޭޝިއާ ގެންދިއުމުގައި ގިނަ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރުމަށްފަހުގައެވެ.

ގިނަ އެސިސްޓް ހަދައި ގިނަ ގޯލްތަކެއް މިސީޒަންގައި ކާމިޔާބުކޮށްފައިވާ މެސީ ލަލީގާގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއެއްގެ ގޮތުގައި ހުންނަތާ ގިނަ ދުވަސްތަކެއްވެފައިވާއިރު މިސީޒަންގެ ޗެމްޕިއަންސް ލީގުގައި މެސީގެ ފަރާތުން ފެންނަ މޮޅު ކުޅުން ކޮންމެހެންވެސް ފާހަގަ ކުރަންޖެހޭނެކަމަށް ރިވާލްޑޯ ބުނެފައިވެއެވެ.

"މެސީއަށް މިސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުނުނަމަވެސް، މެސީއަށް ބެލެންޑޯ ޙައްޤު" 1999ގައި މިއެވޯޑު ހޯދި ރިވާލްޑޯ ބުންޏެވެ.

ބްރެޒިލް އާއި އާޖެންޓީނާއަކީ ފުޓްބޯޅައިގައި ވާދަވެރިކަން ބޮޑު ދެޤައުމަކަށްވާއިރު ބްރެޒިލްގެ ކުޅުންތެރިއެއްގެ ފަރާތުން އާޖެންޓީނާގެ ކުޅުންތެރިއަކަށް ތަޢުރީފުގެ ބަސްތަކެއް ބުނާނީ ހަމަގައިމުވެސް ގިނަ ހަޤީގަތްތަކެއް އެކުލެވިގެންވާނަމައެވެ.

މެސީ މިސީޒަންގެ ލަލީގާގައި ބާސާއަށް 33 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު 12 އެސިސްޓް ހަދާފައިވެއެވެ.  ޗެމްޕިއަންސް ލީގުގައި 10 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު 3 އެސިސްޓް ހަދާފައިވެއެވެ. މެސީގެ ކެޕްޓަން ކަމުގެ ދަށުން ކުޅޭ ބާސެލޯނާ މިސީޒަންގައި އަންނަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. ބާސެލޯނާވަނީ ޗެމްޕިއަންސް ލީގުގެ ސެމީއަށް ދަތުރުކޮށްފައިވާއިރު 74 ޕޮއިންޓާއެކު އޮތީ ލަލީގާ ތާވަލުގެ އެއްވަނާގައެވެ. އަދި ބާސެލޯނާވަނީ ކޮޕަޑެލްރޭ ފައިނަލަށްވެސް ދަތުރުކޮށްފައެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު