loading ...
loading ...
ކުޓީނިއޯ ދިފާޢުކޮށް ވަލްވާޑޭ ވާހަކަ ދައްކައިފި

ކުޓީނިއޯ ދިފާޢުކޮށް ވަލްވާޑޭ ވާހަކަ ދައްކައިފި

0 comment

ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ބާސާ ކުޅުނު މެޗުގައި ކުޓީނިއޯ ޖަހައިދިން ލަނޑަށްފަހު އުފާފާޅުކުރި ގޮތުން އެކަމަށް އެކަމަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ބާސާގެ ކޯޗު ވަލްވާޑޭ ކުޓީނިއޯ ދިފާޢުކޮށް ވާހަކަ ދައްކައިފިއެވެ.

އުމުރުން 26 އަހަރުގެ ކުޓީނިއޯގެ އޭރިއާބޭރުން ޔުނައިޓެޑްގެ ގޯލް ތެރެއަށް އޮޅާލި މިހިތްގައިމު ލަނޑާއެކު ބާސާ ޔުނައިޓެޑް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ޗެމްޕިއަންސް ލީގުގެ ސެމީއަށް ބާސާ ދަތުރުކޮށްފައިވާއިރު ސެމީގައި ބައްދަލުކުރަންޖެހޭނީ ލިވަޕޫލްއާއެވެ.

ކުޓީނިއޯގެ މިލަނޑަށްފަހު އުފާފާޅުކުރުމުގެ ގޮތުންވަނީ ދެކަންފަތުގައި އިނގިލި ޖެއްސުމަށްފަހު ލޯމަރައިގެން ސަޕޯޓަރުންނާ ދިމާލަށް ކުޑަވަގުތުކޮޅަކަށް ހުއްޓިހުރެފައެވެ. ބޮޑަށް ލަފާކުރެވުނީ ލިވަޕޫލް ދޫކޮށް 146 މިލިއަން ޕައުންޑަށް ބާސާއަށްއައިފަހުން ކުޓީނިއޯއަށް ލިބެން އަންނަ ފާޑުކިއުންތައް ދިން ރައްދެއްގެ ގޮތުގައެވެ. ކުޓީނިއޯގެ މި އުފާފާޅުކުރުމަށް ގިނަ ބަޔަކުވަނީ ފާޑުކިޔާފައެވެ.

ފުޓުބޯޅަ ކުޅުންތެރިންނަށް ފާޑުކިއުމަކީ މިހާރު އާންމުކަމަކަށްވެފައި ވާއިރު ކުޓީނިއޯގެ ހިތްގައިމު ލަނޑަށް ނުލިބުނު ޝައުގުވެރިކަން ކުޓީނިއޯގެ އުފާފާޅުކުރުމަށް ލިބުމުން ހިތާމާކުރާކަމަށް ވަލްވޭޑޭ ބުނެފައިވެއެވެ.

ޔުނއަިޓެޑް މެޗުގައި ފިލިޕޭ ކުޓީނިއޯ ޖެހި ހިތްގައިމު ލަނޑު - ފޮޓޯ: މަރްކާ

ނިމިގެންމިދާ މުޅި ސީޒަންގައިވެސް ކުޓީނިއޯ ދައްކަމުންދާ ކުޅުމަށް އަންނަނީ ގިނަ ބަޔަކު ފާޑުކިޔަމުންނެވެ. އެހެންނަމަވެސް އަންގާރަ ދުވަހުގެ ރޭ ވަލްވާޑޭ ހިތްހަމަޖެހޭފަދަ ކުޅުމެއް ކުޓީނިއޯގެ ފަރާތުން ފެނިފައިވާތީ އެކާމާ ވަރަށް ހިތްހަމަޖެހޭކަމަށް ވަލްވާޑޭ ބުނެފައިވެއެވެ.

ބާސާ މިރޭ 11:45 ގައި ރެއަލް ސޮސޮޑޭޑްއާ ދެކޮޅަށް ނިކުންނައިރު ލަލީގާ ތަށި ހޯދުމަށް ބޭނުންވަނީ މަދު ޕޮއިންޓްކޮޅެކެވެ. ތާވާލުގެ އެއްވަނާގައި ބާސާއޮތްއިރު ދެވަނާގައި އޮތް އެތުލެޓިކޯއަށްވުރެ އިތުރަށް 9 ޕޮއިންޓް ލިބިފައިވެއެވެ. ލަލީގާގައި ބާކީ ދެންއޮތީ އެންމެ ހަމެޗެވެ. ބާސާއިން އަންނަނީ ލަލީގާއަށާއި ކޮޕަޑެލްރޭ އަދި ޗެމްޕިއަންސް ލީގަށް ވާދަކުރަމުންނެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު