loading ...
loading ...
ސީރީއާ ތައްޓާއެކު ރޮނާލްޑޯއަށް ރެކޯޑެއް

ސީރީއާ ތައްޓާއެކު ރޮނާލްޑޯއަށް ރެކޯޑެއް

0 comment

ސީރީއާ ތައްޓާއެކު ރޮނާލްޑޯ އައު ރެކޯޑެއް ޤާއިމުކޮށްފިއެވެ. އިންގްލެެންޑް، ސްޕެއިން އަދި އިޓަލީ މިތިން ޤައުމުގެ ލީގު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިއަކަށް ރޮނާލްޑޯމިވަނީ ވެފައެވެ.

ރޮނާލްޑޯ އިގްލިޝް ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑްއާއެކުގައެވެ، ލަލީގާ ރެއާލްމެޑްރިޑާއެކު ކާމިޔާބުކޮށްފައިވާއިރު ސީރީއާ މި ކާމިޔާބުކުރީ ޔުވެންޓަސްއާއެކުގައެވެ.

ލީގު ކާމިޔާބުކުރުމުގެ ފުރުޞަތު މިދިޔަ ހަފްތާގައިވެސް ޔުވެންޓަސްއަށްވަނީ ލިބިފައެވެ. ނަމަވެސް އެފުރުޞަތުގެ ބޭނުން ޔުވެންޓަސްއަށްވަނީ ހިފޭގޮތްނުވެފައެވެ.

ރޭ ފިއޮރެންޓީނާ އާއި ބައްދަލުކޮށް 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރުމާއި ގުޅިގެން ޔުވެންޓަސްއަށް ލީގު ޔަޤީންވީ ކުޅުނު 33 މެޗުން ލިބުނު 87 ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް ނަޕޯލީ 32 މެޗު ކުޅެފައިވާއިރު ލިބިފައިވަނީ 67 ޕޮއިންޓެވެ. ދެޓީމުގެ ފަރަގުގައި 20 ޕޮއިންޓް އޮތްއިރު ނަޕޯލީއަށް ބާކީ އޮތް 6 މެޗުންވެސް އެންމެ ގިނަވެގެން ހޯދޭނީ 18 ޕޮއިންޓެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖެހީ ފިއޮރެންޓީނާއިންނެވެ. މިއީ މެޗުގެ 6 ވަނަ މިނަޓްގައި މިލެންކޮވިޗް ކާމިޔާބުކޮށްދިން ލަނޑެކެވެ. ޔުވެންޓަސްއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 37 ވަނަ މިނަޓްގައި ލޯބޯ ސިލްވާގެ ލަނޑަކާއެކުގައެވެ. އަދި ޔުވެންޓަސްއަށް ރޭގެ މެޗު ކާމިޔާބުކުރެވުނީ 53 ވަނަ މިނަޓްގައި ފިއޮރެންޓީނާގެ ޕެޒެލާ އަތުން ބައިކޮޅަށްވަތް ލަނޑަކާއެކުގައެވެ.

މިއީ ޔުވެންޓަސްއިން ސީރީއާ ޖައްސަ ޖައްސައިގެން ނެގި 8 ވަނަ ފަހަރެވެ. އަދި ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގައި ޔުވެންޓަސްއިން ހެދި އައު ރެކޯޑެކެވެ. ޔުވެންޓަސްއިން ސީރީއާ 35 ފަހަރު ކާމިޔާބު ކޮށްފައިވެއެވެ.

މިކާމިޔާބީއަށްފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނެފައިވަނީ ކުޅުނު ފުރަތަމަ ސީޒންގައި ލީގު ކާމިޔާބުކުރެވުމުން ވަރަށް އުފާވާކަމަށެވެ. އަދި ޗެމްޕިއަންސް ލީގުން ޓީމަށް ރަނގަޅު ނަތީޖާއެއް ނުނެރެވުނުނަމަވެސް އަބަދުވެސް އަންނަ ސީޒަން އޮންނާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

99.2 މިލިއަން ޕައުންޑަށް މިދިޔަ ހޫނު މޫސުމުގައި ރެއަލްމެޑްރިޑް ދޫކޮށް ޔުވެންޓަސްއާއި ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯވަނީ ޔުވެންޓަސްގައި މަޑުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަށް ދީފައެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު