loading ...
loading ...
ތަފާތު ދައްކާނަން - މާޒިޔާގެ ކޯޗު ސެކުލޮސްކީ

ތަފާތު ދައްކާނަން - މާޒިޔާގެ ކޯޗު ސެކުލޮސްކީ

0 comment

މާޒީޔާއިން ކުރިއަށް އޮތް ސީޒަނަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނައިރު ގިނަ ކާމިޔާބީތަކެއް ހޯދުމުގެ ވިސްނުމުގައި އޮތް މާޒިޔާއިން އަންނަ ސީޒަންގައި ތަފާތު ދައްކާނެކަމަށް މާޒިޔާގެ ކޯޗުކަމާއި ޙަވާލުވި ސެކުލޮސްކީ ބުނެފިއެވެ.

ސެކުލޮސްކީއަކީ މާޒިޔާއިން އެޓީމުގެ ތާރީޚުގައި ގެނައި ފުރަތަމަ ބިދޭސީ ކޯޗެވެ. މާޒީޔާއިން ސެކުލޮސްކީ ފުރަތަމަ ގެނައީ 2017 ވަނައަހަރުއެވެ. މެސެޑޯނިއާއަށް އުަފަން ސެކުލޮސްކީވަނީ އަމިއްލަ ސަބަބަކާހުރެ އެއްބަސްވުމުގެ މުއްދަތު ހަމަވާން ކައިރިވެފައިވަނިކޮށް އެފަހަރުވަނީ މާޒީޔާއިން ވަކިވެފައެވެ. ސެކުލޮސްކީ އެސީޒންގައި މާޒިޔާއަށް އެފްއޭ ޗެރިޓީ ޝީލްޑާއި އެސްޓީއޯ މާލޭ ލީގު ކާމިޔާބުކޮށްދީފައެވެ.

އިއްޔެ މާޒިޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަޅުގަނޑުމެންނަށް މަސައްކަތްކުރަން ލިބުނު އެންމެ ރަނގަޅު އަދި ޒުވާން ކުޅުންތެރިންނަށް ވެސް އެންމެ ކަމުދާ ކޯޗު މިއީ. ބޭރު ކޯޗެއް ގެންނަން ނިންމިއިރު އެންމެ ބޮޑު އިސްކަމެއް ދިނީ މިތަން ދަންނަ މި އޭޝިއާ ސަރަހައްދު ވެސް އެނގޭ ކޯޗެއް ގެންނަން. މި ހުރިހާ ކަމަކަށް ބަލާއިރު މި ކޯޗު (ސެކުލޮސްކީ) ރަނގަޅު،" މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ ޢަބްދުލް ވައްޙާބު ވިދާޅުވި އެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީވެސް ބައިވެރިވެފައިވާއިރު "މާޒިޔާގައި އެބައޮތް ރަނގަޅު މެނޭޖްމަންޓެއް. ފުޓްބޯޅަ އަށް ހިދުމަތްކޮށްދޭ ޗެއާމަނެއް. މި ކްލަބްގެ ވިސްނުމަކީ ފުޓްބޯޅަ އަށް ހިދުމަތްކުރުން. އަހަރެން ބޭނުންވަނީ މި ކަހަލަ ފުޓްބޯޅައިގެ އުއްމީދައިގެން ކުރިއަށްދާ މީހުންނާ އެކު މަސައްކަތްކުރަން. އަހަރެން ކާމިޔާބު ކޯޗަކަށް ވާން ބޭނުން. މާޒިޔާ އަލުން ކާމިޔާބު ހޯދާއިރު އެންމެ މުހިއްމު ރޯލެއް ކުޅޭނީ މި އެންމެންގެ އިތުބާރު." އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ޗެއާމަން މުހައްމަދު ސާޖިދަށް އިޝާރާތްކޮށް ސެކުލޮސްކީ ބުންޏެވެ.

"މި އިތުބާރު މި ޓީމަށް ކާމިޔާބު ހޯދައިދޭނެ. އެ މަސައްކަތް އޮތީ އަހަރެންނަށް."

ކުރިއަށް އޮތް ސީޒަނަށް މާޒިޔާއިން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާއިރު ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައި އެޓީމުވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ. އަދި މާޒިޔާއިން މިގެނައި ކުޅުންތެރިންނަކީ ފެންވަރު ރަނގަޅު ހިތްހަމަޖެހޭ އިތުރަށް ސުވާލު އުފެއްދޭނެ ޖާގައެއް ނެތްފަދަ ކުޅުންތެރިންކަމަށް ސުކުލޮސްކީވަނީ ބުނެފައެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަނަށް އެފްއޭއެމުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެހެން އަހަރުތަކެކޭ ހިލާފަށް މި އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ ޖޫން މަހު އެވެ. ނިމޭނީ އަންނަ އަހަރު އެވެ. ސެކުލޮސްކީ ބުނީ ޝެޑިއުލްތައް ރޭވިފައި އޮތް ގޮތާ މެދު އޭނާ ދައްކާނެ ވާހަކަތަކެއް ނެތް ކަމަށާއި މިހާރު އޮތްގޮތުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން އެކަށީގެންވާ ވަރަށް ވަގުތު އެބައޮތް ކަމަށާއި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ.

މާޒިޔާއިން ކުރިއަށް އޮތް ސީޒަނަށް އިއްޔެ ޕްރެކްޓިސް ފަށާފައިވާއިރު، އެ ޓީމުން ގެންނަ ބިދޭސީ ކުޅުންތެރިން އަންނަ މަސް ތެރޭގައި އެ ޓީމާ ގުޅޭނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު