loading ...
loading ...
އެމްޕާބޭގެ ހެޓްރިކާއެކު ޕީއެސްޖީއަށް ލީގު 1 ގެ ޗެމްޕިއަންކަން

އެމްޕާބޭގެ ހެޓްރިކާއެކު ޕީއެސްޖީއަށް ލީގު 1 ގެ ޗެމްޕިއަންކަން

0 comment

ފްރެންޗް ލީގުގައި ރޭ މޮނާކޯއަތުން މޮޅުވެ ޕީއެސްޖީއިން ލީގު ޗެމްޕިއަންކަން ހޯދާފިއެވެ.

3-1 ގެ ނަތީޖާއަކުން މޮޅުވި މިމެޗުގައި ޕީއެސްޖީއިން ޖެހި ތިންލަނޑުވެސް ޖަހާދީފައިވަނީ ކިލިއަން އެމްބާޕޭއެވެ. މިހެޓްރިކާއެކު އެމްބާޕޭ މިސީޒަންގެ ލީގުގައި ޕީއެސްޖީއަށް 30 ލަނޑު ޖަހާދީފައިވެއެވެ.

ރޭ ކުޅުނު މެޗުގެ ކުރިން ކުޅުނު ތިން މެޗުންވެސް ޕީއެސްޖީއަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުޞަތު އޮތްއިރު އެތިން މެޗުންވެސް ޕީއެސްޖީއަށްވަނީ އެއިން އެއްމެޗުވެސް ކާމިޔާބުވާގޮތްނުވެފައެވެ. އެއް މެޗުން އެއްވަރުވިއިރު އަނެއް ދެމެޗުން ޕީއެސްޖީވަނީ ބަލިވެފައެވެ.

ވޭތުވެދިޔަ ހަތް ސީޒަންގައި ޕީއެސްޖީއިން 6 ލީގު 1 ކާމިޔާބުކޮށްފައިވާއިރު ޕީއެސްޖީ މިމުބާރާތް ޖުމްލަ 7 ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވެއެވެ.

އެމްބާޕޭގެ ލަނޑުތައް މެޗުގެ 15 ވަނަ މިނަޓް، 38 ވަނަ މިނަޓް އަދި 55 ވަނަ މިނަޓްގައި ފެނިގެންދިޔައިރު މޮނާކޯއިންޖެހި ހަމައެކަނި ލަނޑު މެޗުގެ 80 ވަނަ މިނަޓްގައި ފެނިގެންދިޔައީ ގޮލޮވިންގެ ފަރާތުންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން އިންޖަރީގައި ހުރި ނޭމާވަނީ ރޭގެ މެޗުން ފެނިގެން ގޮސްފައެވެ.

ރޭގެ މޮޅާއެކު ޕީއެސްޖީއަށް ލީގު 1 ކަށަވަރުވެގެންދިޔައީ ކުޅުނު 33 މެޗުން ލިބުނު 84 ޕޮއިންޓާއެކުގައެވެ. ލީގުގައި ބާކީ 5 މެޗު އޮތްއިރު ދެވަނަގައިއޮތް ލޮސްކްއަށް ލިބިފައިވަނީ 65 ޕޮއިންޓެވެ.

ޕީއެސްޖީ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: މަރްކާ

ލީގު ކާމިޔާބުކުރެވުނު ނަމަވެސް އުފާފާޅުކުރުމުގެ މާބޮޑު ޙަރަކާތްތަކެއް ދަނޑުމަތިން ފެނިފައެއް ނުވެއެވެ. މިކާމިޔާބީއަށްފަހު ޕީއެސްޖީ ކުޅުންތެރިން ބޭނުންކުރި ޖާޒީގެ ކުޅުންތެރިންގެ ނަމުގައި ބަދަލުގައި ބޭނުންކޮށްފައިވަނީ މިހަފްތާގައި ޕެރިސްގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދައިގެންދިޔަ ބިނާގެ ނަމެވެ. ނޮޓްރޭ ޑޭމްއެވެ. އަދި ކުރިމަތީގައި ނޯޓްރެ ޑޭމްގެ ކުރެހުމެއްވަނީ ބޭނުންކޮށްފައެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު