loading ...
loading ...
ފެވިފާ ތިނަންވޭ މިހިތުގާ...24

ފެވިފާ ތިނަންވޭ މިހިތުގާ...24

28 comments

އިވްޔާގެ ހަށިގަނޑުގެ ވަރު ދޫވިއެވެ. ދެފަރާތަށް ބޯހޫރާލެވުނީ އެހެން މީހެއްގެ ފަރާތުން އެވާހަކަ ރައިންގެ ކަންފަތާއި ހަމައަށް ފޯރަފާނެތީއެވެ. އެހެން އެކަން ވާކަށް އިވްޔާ ބޭނުމެއް ނުވިއެވެ. އޭނަ އަވަސްވެގަތީ އޮފީހުން ނުކުންނާށެވެ. ރައިންގެ ކަންފަތާއި ހަމައަށް އެޚަބަރު ފޯރުމުގެ ކުރިން އޭނަގެ ދުލުން އެވާހަކަ ކިޔައިދޭށެވެ. ނަމަވެސް އަޒުރާ އެފުރުޞަތެއް ނުދިނެވެ. އޮފީހުން ނުކުންނަށް ދޮރު ހުޅުވައިލިތަނައި އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. އިވްޔާ ފަހަތަށް ގޮސް އުއްޑުން ވާހެން މުށިތަކުގެ މައްޗަށް ވެއްޓުނެވެ. އެވަގުތު އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ހޭންފެށިއެވެ. އޮފީސްތެރެއަށް ރައިން އަށާއި ނަޝީދަށްވެސް ވަދެވުނީ އެވަގުތުއެވެ. ކެބިންގައި އިނދެފައި ނާއިކްވެސް ބޭރަށް ނުކުތީ އަޑުގަދަވެގެންނެވެ.

********

އިވްޔާގެ އަނގައިން ނުކުތް ވޭނީ ހަޅޭކުގެ އަޑު މުޅިތަނުގައި ގުގުމައިގެން ދިޔައެވެ. ދޮރުމަތީގައި ހުރި ރައިން ފެނުމާއިއެކު އިވްޔާގެ ހިތް ހީވީ ބޭރަށް ފުންމާލި ހެންނެވެ. އަވަސް އަވަހަށް ތެދުވަން މަސައްކަތްކުރިއެވެ. ނަމަވެސް އުނަގަނޑަށް އަރާފައިވާ ތަދުގެ ސަބަބުން އޭނައަށް ތެދުވެވޭ ގޮތެއް ނުވިއެވެ. އިވްޔާ ހާސްވީ ދެނެވެ. ހާސްވެގެން އޭނައަށް ރޮވޭގޮތްވީއެވެ. އަމިއްލަ ނިކަމެތިކަން އިޚްސާސްކުރެވުނު ވަރުންނެވެ.

ފެނުނު މަންޒަރުން ރައިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަތުގައި އޮތް ދަބަސް ދޫވެ، މުށިތަކުގެ މައްޗަށް ވެއްޓުނެވެ. އެންމެންގެ ނަޒަރު އެއްފަހަރާ ކަހަލަ ގޮތަކަށް ރައިންއަށް ހުއްޓުނީ އެވަގުތުއެވެ. ރައިން ފެނުމުން އެކި މީހުން އެކި ދިމާއަށް ދިޔަގޮތްވެސް ނޭނގުނެވެ. އަޒުރާގެ ހިތް އޮބި ނޯންނަވަރަށް ތެޅިގަތެވެ. އެކަންތައް މަތިޖަހައި އޮއްބައިލުމަށް ރައިންގެ ސަމާލުކަން ހޯދަން ބޭނުންވިއެވެ. އޭރު އޭނަ ހުރީ އިވްޔާގެ ހަޤީގަތް ރައިންއަށް ފަޅާ އަރުވައިލުމަށް އެލިބުނު ފުރުޞަތުގެ ބޭނުން ހިފުމަށް ތައްޔާރުވެގެންނެވެ.

ރައިން އުޅުނީ އިވްޔާގެ ކައިރިއަށް ދާށެވެ. ކައިރީގައި ނަޝީދު ހުރިކަންވެސް އޭނަގެ ހަނދާނުގައި ނެތެވެ. އެހެން ހުރިހާ ކަމަކަށްވުރެ، އޭނައަށް އިވްޔާ މުހިއްމުވިއެވެ. އިވްޔާ އެފަދަ ހާލެއްގައި ވާތަން ފެނުމުން ދުރުގައި ހުންނަން އެހިތަކަށް ކުޅަދާނައެއް ނުވިއެވެ. އެހިތުގައި އިވްޔާގެ ނަން ފެވިގެން ގޮސްފައި ވަނީ ދުވަހަކުވެސް ފަނޑުކަމެއް ނާންނާނޭ މިންވަރަށެވެ.

އިވްޔާއަށް ގޮވައިލަމުން އެދިމާއަށް ދާން އުޅުނު ރައިންއަށް ހުއްޓެން މަޖުބޫރުވީ ކުރިމައްޗަށް އެރި އަޒުރާ ފެނިފައެވެ. ދެބުމަ ގޮށްޖަހައިލަމުން އަޒުރާ އާއި ދިމާއަށް ރައިން ބަލައިލިއެވެ. ނަމަވެސް އަޒުރާ ހުރިތަނުން ގުޑިވެސް ނުލިއެވެ. ރައިންގެ ރުޅި އިތުރަށް ގަދަވާގޮތްވިއެވެ. އޭނަ ނާއިކްއަށް އަމުރުކުރީ އަތުންފައިން ގޯހެެއް ނުހެެދެނީސް އަޒުރާ އޭނަގެ ލޯމަތިން ދުރަށް ގެންދިޔުމަށެވެ.

"ރައިން..." ރައިންގެ އަތުގައި ހިފާލަމުން އަޒުރާ ގޮވާލީ އަޞަރުން ފުރިގެންވީ ރާގަކަށެވެ.

"އެ އަންހެނާ..." އިވްޔާއަށް އިޝާރާތްކޮށް، އަޒުރާ އެއްޗެއް ބުނަން އުޅުނެވެ.

"ހުއްޓާލާ... ހަމަ މިހާރު ތިކުރަން އުޅޭ ކަންތައް ހުއްޓާ..." ރައިން ހަޅޭއްލަވައިގަތެވެ. އަދި އަޒުރާގެ އަތް ފޮޅުވައިލަމުން ދުރަށްޖެހިލިއެވެ.

ސިއްސައިގެން ދިޔަ ނަމަވެސް އިވްޔާގެ ކައިރިއަށް ދިޔުމުގެ ފުރުޞަތު ރައިންއަށް ދޭކަށް އަޒުރާ ބޭނުމެއް ނުވިއެވެ. ރައިން ދުރަށް ޖެހިލައިފިއްޔާ އެއަށްވުރެ ކައިރިއަށް ޖެހިލައެވެ. ކުރިބައްދައި އިވްޔާގެ ކައިރިއަށް ދިޔުމަށް ހުރަސްއަޅަމުން ދިޔައެވެ. އެންމެފަހުން ރައިންގެ ކެތްތެރިކަން ކޮޅުންލިއެވެ. އަތުގައި ހުރި ބާރެއްލައިފައި، އަޒުރާ ދުރަށް ކޮއްޕައިލިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރުމުން އަޒުރާގެ ދެފައި އޮޅި، ބަންޑުންވާހެން މުށިތަކުގެ މައްޗަށް ވެއްޓުނެވެ. އެވަގުތު އަޒުރާ ބާރަށް ރޯން ފެށިއެވެ.

ރައިންގެ ހިތަކަށް އެއްވެސް އަޞަރެއް ނުކުރިއެވެ. އޭނަ އަޒުރާ އާއި ދިމާއަށް ބަލައިވެސް ނުލިއެވެ. އޭނައަށް މުހިއްމުވީ އިވްޔާގެ ކައިރިއަށް ދިޔުމެވެ. ޒަޚަމްވެފައިވާ އެހިތަށް ފަރުވާކޮށްދިނުމެވެ. އެދަނޑިވަޅުގައި އިވްޔާ އާއި އެންމެ ގާތުގައި ވާ މީހަކީ އޭނަ ކަމުގައި ވުމެވެ.

ރައިން ގޮސް ކުޑަކަކޫ މައްޗަށްވާހެން އިވްޔާގެ ކައިރީގައި އިށީނެވެ. އަދި އިވްޔާގެ ދެކޮނޑުގައި ހިފައި ގެނެސް މޭގައި ޖައްސައިލިއެވެ.

"އިވީ... އައިމް ހިއަރ... އެއްވެސް މީހަކަށް އެއްކަމެއްވެސް ދެން ނުކުރެވޭނެ..." ރައިންގެ އަޑުގައި މަޑު ތުރުތުރެއް އުފެދިގެން ދިޔައެވެ.

"އިވީއަށް ތިހެން ހެދި އެންމެންނަށް އޭގެ އަދަބު ދޭނަން... ޕްލީޒް ހުއްޓާލަބަލަ..." ކުޑަކުއްޖަކު މަސަލަސްކުރަން އުޅޭހެން ރައިން ވާހަކަ ދައްކަމުން ދިޔައެވެ.

ރައިންގެ އަޑު އިވުމުން އިވްޔާގެ ގިސްލުމުގެ އަޑު ވަކީން ގަދަވިއެވެ. އަޒުރާގެ އަޑެކޭ އެއްވަރަށް އެއަޑުވެސް މުޅި ތަނުގައި ގުގުމައިގެން ދިޔައެވެ. ބޮލުގައި އަތްއަޅައިގެން އިނދެ، އިވްޔާ ރޮމުން ދިޔައީ ވޭނުން ފުރިގެންވީ ގޮތަކަށެވެ. ދެލޯ މަރައި ބާރުކޮށްލައިގެން އިންއިރު، ރައިންގެ އަޑު އިވުމުން ދެލޯ ހުޅުވައިލާކަށްވެސް ނޫޅުނެވެ. ކަންތައްވީގޮތުން އޭނަ އިނީ ލަދުން އިސްއުފުލައިލަންވެސް ނުކެރިފައެވެ. އެއްވެސް މީހެއްގެ އޯގާތެރިކަންވެސް އެވަގުތަކު އޭނަ ބޭނުމެއް ނުވިއެވެ. ވަކިން ޚާއްސަކޮށް ރައިން އެތަނަށް އައުން ވެގެން ދިޔައީ އެހިތް އިތުރަށް ނުތަނަވަސްކުރުވި ކަމަކަށެވެ.

ރައިން އިވްޔާގެ ބޯ މޮޑެލަދިނެވެ. ބޮލުގެ އިސްތަށިގަނޑު ރީތިކޮށްދިނުމަށްފަހު، އޭނަ އުޅުނީ އިވްޔާ ގޮވައިގެން ކެބިންއަށް ދާށެވެ. އިވްޔާ ގަދަހަދަމުން ދިޔައީ ރައިންގެ އަތްދަށުން ސަލާމަތްވާށެވެ. އޭރު އެސިކުނޑި ވަނީ ރަނގަޅަށް މަސައްކަތް ކުރުން ހުއްޓާލާފައެވެ. ނުވިސްނަން އުޅުނަސް މާޒީ އައިސް ކުރިމަތީގައި އިޔާދަވާހެން އިވްޔާއަށް ހީވަނީއެވެ. އެރަޙުމެއް ނެތް މުޑުދާރު ބީހުންތައް ހަނދާންވެ މުޅި މީހާ ތުރުތުރު އަޅަން ފެށިއެވެ.

ރައިންގެ ގާތްކަމެއްވެސް އެވަގުތު އިވްޔާ ބޭނުމެއް ނުވިއެވެ. އޭނައަށް ހީވީ ރައިންވެސް އުޅެނީ އޭނަގެ ފަރާތުން ނާޖާއިޒް ފައިދާއެއް ނަގަން ކަމަށެވެ. ރައިންގެ މޭގައި އަތްއަޅައި ދުރުކުރަން އިވްޔާ މަސައްކަތް ކުރަމުން ދިޔައެވެ. އެކަން ކާމިޔާބު ނުވުމުން ރައިންގެ އަތް ފޮޅުވައިލާފައި ދުރަށްދާން އުޅުނެވެ. ނަމަވެސް އެފުރުޞަތު ދޭކަށް ރައިން ބޭނުމެއް ނުވިއެވެ. އޭނަ އިވްޔާގެ ގައިގައި ހިފަހައްޓައިގެން އިނީ ގުޑިވެސް ނުލެވޭނެހައި ބާރަށެވެ.

"ދޫކުރޭ... ކަލޭމެން އެންމެން ތިއުޅެނީ އެހެން ބޭނުމަކު... ތިއުޅެނީ އަހަރެންގެ އުފާތައް ނިގުޅައިގަންނަން... ހަމަ މިހާރު ދޫކުރާށޭ..." އިވްޔާ ހީވަނީ މޮޔަވެފައިވާ މީހެއް ހެންނެވެ. ތެޅިފޮޅެން ފެށިގޮތުން ހިފަހައްޓައިގެން އިނުން ރައިންއަށް ވީ ދަތިކަމަކަށެވެ.

"އިވީ..." ރައިންގެ ދެލޯ ފެންކަޅިވާކަށް ގިނައިރެއް ނުނެގިއެވެ.

"ނާއިކް... ދޮންބެއަށް ގުޅާބަލަ... ބުނެބަލަ ވަރަށް އަވަހަށް އައިސްދޭށޭ..." އެއްޗެއް ހަނދާންވާ ފަދައިން ރައިން ބުންޏެވެ.

ނަޝީދަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ހަރަކާތެއް ކޮށްލަންވެސް ނޭނގުނެވެ. ފެންނަ މަންޒަރު ގަބޫލުކުރަންވެސް ދަތިވެފައި ހުރެވުނީއެވެ. އިވްޔާދެކެ ރައިން އެވަނީ ތެދުވެރި ސާފު ލޯތްބެއްކަން އޭނައަށް އެނގުނެވެ. އަމިއްލަ ދަރިފުޅާއިމެދު ޔަޤީންކަން އޮތްނަމަވެސް، އޭނަ ޖެހިލުންވީ އުމުރުގެ ހަގުކަމާއިއެކު ރައިން ކަތި ފިޔަވަޅެއް އަޅާފާނެކަމުގެ ބިރު ހިތުގައި އުފެދުމުންނެވެ.

އިވްޔާ ހަމައަކަށް އެޅުނީ ރައިން އެތައް ވާހަކައެއް ދައްކައިގެންނެވެ. ނަމަވެސް ރައިން އާއިއެކު ދާކަށް އިވްޔާ ބޭނުމެއް ނުވިއެވެ. އެންމެފަހުން ރައިންއަށް މަޖުބޫރުވީ ގަދަކަމުން އިވްޔާ ގެންގޮސް ކެބިންއަށް ވައްދާށެވެ.

އިވްޔާ ނަގައި ކޮނޑުމައްޗަށް ލައިގެން ކެބިން އާއި ދިމާއަށް ރައިން ހިނގައިގަތެވެ. ޙާލަތުގެ ގޮތުން އޭނައަށް މުހިއްމުވީ އެހެންމީހުންގެ ނަޒަރުން އިވްޔާ ސަލާމަތް ކުރުމެވެ. އަޒުރާދެކެ އެހާ ވަރަށް ރުޅި އައިސްފައި ހުރިއިރުވެސް ރައިން ކެތްތެރިވިއެވެ. އިވްޔާއަށްޓަކައެވެ. އެހިތުގައި އިވްޔާއަށްވާ މަތިވެރި ލޯތްބެއްގެ ސަބަބުންނެވެ. ކެބިން އާއި ދިމާއަށް ދިޔަ ރައިންގެ ފިޔަވަޅުތައް މަޑުޖެހުނީ އަޒުރާ ބުނި އެއްޗެއް އަޑު އިވުމުންނެވެ.

*******

ހޮސްޕިޓަލުގެ ދޮރުމައްޗަށް ކާރު ހުއްޓައިލުމާއިއެކު ޔުމާން އަވަސްއަވަހަށް ކާރުން ފޭބިއެވެ. ބާރުބާރަށް ހިނގާލާފައި އޭނަ ދިޔައީ ލެބޯޓްރީ އާއި ދިމާއަށެވެ. ނަންބަރެއް ނަގައިގެން ގޮނޑިބަރީގައި އިށީންއިރު، ޔުމާންގެ ހިތުގެ ތެޅުން އިތުރުވެއްޖެއެވެ. ކައިލަންގެ "ޑީއެންއޭ" ރިޕޯޓް އޭނަގެ އަތްމައްޗަށް އަރަން ގިނައިރެއް ނެތްކަން އެނގުމުންނެވެ. އެއިން ދައްކާ ނަތީޖާ ވެގެން ދާނީ އޭނަގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ އެއްޗަކަށެވެ.

ކައިލަން އާއިމެދު ހިތުގައި އުފެދުނު ޝައްކުތައް ޔަޤީންކުރުމަށް "ޑީއެންއޭ" ޓެސްޓެއް ހެދުން ނޫން އިތުރު ގޮތެއް އޭނައަށް ނުފެނުނީއެވެ. އިވްޔާއަށްވެސް އެދަރިފުޅުގެ ބައްޕައަކީ ކާކުކަން ޔަޤީންނުވާއިރު، އެއީ އެންމެ ރަނގަޅު ގޮތްކަމުގައި އޭނަ ނިންމިއެވެ. އެޓެސްޓް ހެދުމަށް އޭނަ ބޭނުންކުރީ ކައިލަންގެ ބޮލުގެ އިސްތައްޓެކެވެ. އޭނަ އެކަން ކުރީ އިވްޔާ ހޮސްޕިޓަލުގައި އޮތް ދަނޑިވަޅު ބަލައި، އެގެއަށް ގޮހެވެ. އިވްޔާއަށް އެނގިގެން އެފަދަ ކަމެއް ކުރުމަށް ދުވަހަކުވެސް ހުއްދަ ނުދޭނެކަން އެނގޭތީއެވެ.

ނަންބަރު ޖެހުމާއިއެކު ޔުމާން ގޮނޑިން ތެދުވިއެވެ. ފުންކޮށް ދެތިން ނޭވާ ފުލުފުލުގައި ބޭރުކޮށްލުމަށްފަހު ކައުންޓަރާއި ދިމާއަށް ހިނގައިގަތެވެ. ހިތްތެޅޭވަރުން ދެފައިވެސް ގަނޑުވެފައިވާ ކަހަލައެވެ. އެންމެ ފިޔަވަޅެއްވެސް ނެގެނީ އެތައް ހިތްވަރެއް ކޮށްގެންނެވެ.

"ރިޕޯޓު..." ޔުމާން ސިހުނީ ކައުންޓަރުގައި އިން އަންހެންކުއްޖާ ކަރުކެހިލި އަޑު އިވުމުންނެވެ.

ޔުމާން ބަލައިލުމާއިއެކު އެކުއްޖާ ހިނިތުންވެލިއެވެ. އަދި ރިޕޯޓް ދިއްކޮށްލިއެވެ. ރިޕޯޓް ހިފައިގެން ޔުމާން އަވަސްވެގަތީ ގެއަށް ދިޔުމަށެވެ. އޭގައި އޮތް އެއްޗެއް ބަލަން އޭނަ ބޭނުންވީ އެއްވެސް މީހެއްގެ އުނދަގުލެއް ނުފޯރާ ހިސާބުގައި ހުރެގެންނެވެ.

ގެއަށް އާދެވުމާއިއެކު، ޔުމާން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެތެރެއިން ދޮރު ތަޅުލުމަށްފަހު، ދޮރުގައި ލެނގިލިއެވެ. އަތުގައި އޮތް ރިޕޯޓް މޭގައި ޖައްސައިލައިގެން އޭނައަށް އިރުކޮޅަކު ހުރެވުނީ ހަދަންވީ ގޮތެއް ނޭނގިފައެވެ. އޭރު މުޅިމީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ސިޓީއުރަ ކަނޑައިލަން އުޅެއުޅެ އެހިތްވަރެއްވެސް ނުލިބުނެވެ. ދެއަތް ތުރުތުރުއަޅަން ފެށީ މާބޮޑަށެވެ.

ޔުމާންއަށް ކުޑަކަކޫ މައްޗަށް ތިރިވެވުނެވެ. މައްޗަށް މޫނު އުފުލައިލަމުން ދެލޯ މަރާލިއެވެ. އެވަގުތު އެސްފިޔަތައް ފޫދުއްވާލާފައި އައީ ތާޒާ ކަރުނައެވެ. އެރިޕޯޓުގެ ނަތީޖާ ދައްކާ ގޮތަކުން މުޅި އުމުރަށް އިވްޔާ އާއި ވަކިވާން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެދަރިފުޅުގެ ބައްޕައަކީ އޭނަގެ ބައްޕައަށް ވެއްޖެނަމަ، އޭނައަށް އިވްޔާ އާއި ކައިވެންޏެއް ނުކުރެވޭނެއެވެ. ހިތް ނޭދުނަސް، އޭނަ ޖެހޭނީ އެހިތި ހަޤީގަތް ޤަބޫލުކުރާށެވެ. އިވްޔާގެ ޚިޔާލުތައް އޭނަގެ ސިކުނޑިން ނެރެ އެއްލައިލާށެވެ.

ޔުމާން ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. ރިޕޯޓް ހިފައިގެން އޭނަ ހިނގައިތީ ބެލްކަންޏާއި ދިމާއަށެވެ. ބެލްކަނީގެ ދޮރު ހުޅުވައިލުމާއިއެކު ޖެހިލީ ފިނިފިނި ވައިރޯޅިއެކެވެ. މުޅި ޖިސްމުވެސް ތުރުތުރު އަޅައިގެންދާވަރުގެ ފިނިކަމެއް އޭނައަށް އެވަގުތު އިޚްސާސްކުރެވުނެވެ.

ތުރުތުރުލަމުންދިޔަ އަތަކުން ޔުމާން ސިޓީއުރަ ކަނޑައިލިއެވެ. އެތެރޭގައި އޮތް ކަރުދާސްގަނޑު ނެގިއެވެ. އޭގައި އޮތް އެއްޗެއް ކިޔައިލުމާއިއެކު ޔުމާންގެ ދެފައިގެ ވަރު ދޫވިއެވެ. ފަހަތަށް އެއްލިގެން ދިޔަގޮތުން އެކަރުދާސްގަނޑު އަތުން ދޫނުވީ ކިރިޔާއެވެ. ޔުމާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނޭވާ ހުއްޓުނުހެންވެސް ހީވިއެވެ. ތަކުރާރުކޮށް އޭގައިވާ އެއްޗެއް ކިޔާލެވުނީ ޤަބޫލުކުރަން ދަތިވީ ވަރުންނެވެ.

ގަބުވެފައި ޔުމާންއަށް އެތައް އިރަކު ހުރެވުނެވެ. އޭނަގެ ސިކުނޑިވަނީ ސުމަކަށް ގޮސްފައެވެ. ހިތް ޒަޚަމުވުން ނޫންކަމެއް ނުވިއެވެ. ރޮއެރޮއެ ދެލޯ ދުޅަވީއިރުވެސް ހުއްޓައެއް ނުލެވުނެވެ. ހަދަންވީ ގޮތެއް އެސިކުނޑިއަކަށް ނައެވެ.

އެންމެފަހުން ޔުމާންއަށް ވިސްނުނީ އެކަމާއި ހިތާމަކޮށްގެން ވާނެ އެއްވެސް ފައިދާއެއް ނެތްކަމެވެ. ހިތްވަރާއިއެކު އެކަމާއި ކުރިމަތިލުން ނޫން އިތުރު ގޮތެއް އޭނައަކަށް ނެތެވެ. ކަރުނަތައް ފޮހެލަމުން، ޔުމާން ތެދުވީ ހިތުގައި އައު އަޒުމެއް ކަނޑައަޅައިގެންނެވެ.

ރިޕޯޓު ފަތްޖަހައިލުމަށްފަހު، ޖީބަށްލަމުން ޔުމާން ހިނގައިގަތީ ގަރާޖުން ސައިކަލު ނެރޭށެވެ. އޭގެ ކުރިން ފޯނު ނަގައި ފުލުހުންގެ އިދާރާއަށް ގުޅިއެވެ. ބުނަން ބޭނުންވި ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުން ޔުމާން އަވަސްވެގަތީ ގެއިން ނުކުންނާށެވެ. ރިޔާޒު ގެއަށް އައުމުގެ ކުރިން ގެއިން ނުކުންނަށް އޭނަ ކޮންމެހެންވެސް ބޭނުންވިއެވެ.

ޔުމާން އޭނާގެ ސައިކަލު ނެރެގެން ދުއްވައިލިތަނައި ތަންކޮޅެއް ދުރުން ރިޔާޒުގެ ކާރު އަންނަތަން ފެނުނެވެ. އެކާރު ފެނުމުންވެސް ޔުމާންގެ ތަބީޢަތު ބަދަލުވިއެވެ. ދެބުމަށް ގޮށްޖެހިގެން ދިޔައެވެ. ހިތުގައި އޮތް ނަފުރަތާއި ރުޅިވެރިކަމުގެ ތެރޭގައި ކޮންމެފަދަ ފިޔަވަޅެއް ނަގަންވެސް ދެން އޭނަ ފަސްނުޖެހޭނެއެވެ.

ޔުމާން އޭނާގެ ސައިކަލުގެ ސްޕީޑް އިތުރަށް ބާރުކޮށްލިއެވެ. އޭނަ މިސްރާބުޖެހީ އިވްޔާގެ ގެއާއި ދިމާއަށެވެ. އިވްޔާއަށް ހުރިހާ ހަޤީގަތެއް ހާމަކުރަންޖެހޭ ވަގުތު އައިސް ޖެހުނީއެވެ. އެއްވެސް އިންސާނަކަށް ދެން އޭނަ ނުހުއްޓުވޭނެއެވެ. އަމިއްލަ ފުރާނަ ޤުރުބާންކޮށްގެން ވިޔަސް އޭނަ އެހުރީ އިވްޔާއަށް އިންސާފު ހޯދައިދިނުމަށް ފުރިހަމައަށް ތައްޔާރު ވެގެންނެވެ.

ގޭގެ ބެލް އަޅާލި އަޑު އިވުމުން ފަރީދާ އައިސް ދޮރު ހުޅުވާލިއެވެ. ކައިލަން ހުރީ ފުރުޞަތަކަށް ބަލަބަލައެވެ. ފަރީދާ ދޮރު ހުޅުވާލުމާއިއެކު ދޮރުން ބޭރަށް ދެމިގަނެގެން ދުއްވައިގަތެވެ.

ދޮރުމަތީގައި ހުރި ޔުމާންއަށްވެސް ލިބުނީ ސިހުމެކެވެ. ކައިލަންގެ ފަހަތުން ފުރަތަމަ ދުއްވައިގަނެވުނީ އޭނައަށެވެ. ކައިލަން ހަލުވިކަމާއިއެކު ސިޑިން ފައިބައިގެން ގޮސް ދޮރާށި ހުޅުވާލާފައި މަގުމައްޗަށް ނުކުތެވެ. ފަހަތް ބަލަމުން ދުވަމުން ދިޔައީ އޭނަގެ ފަހަތުން ޔުމާން އަންނާތީ މަޖާވެފައި ހުރެއެވެ.

ޔުމާންއަށް ކައިލަން ހިފެހެއްޓުނީ ވަރަށް ދުރަށް ދިޔަ ފަހުންނެވެ. އޭރު އޭނަ ހުރީ މާނޭވާ ލެވިފައެވެ. ކައިލަން އުރާލައިގެން ކޮނޑުމައްޗަށްލަމުން ޔުމާން ހިނގައިގަތީ ކައިރީގައި ހުރި ފިހާރަ އާއި ދިމާއަށެވެ. ކަރުހިއްކުން ފިލުވައިލުމަށް ފެންފުޅިއެއް ގަތުމުގެ މަޤުޞަދުގައެވެ. ކައިލަން ފެށީ ހޭށެވެ. ޔުމާން ހެދިގޮތުން އޭނައަށް މާބޮޑަށް މަޖާވީއެވެ. ކައިލަންގެ މޫނާއި މޫނު ކައިރިކޮށްލުމަށްފަހު އެލޯބި މޫނުކޮޅުގައި ޔުމާންއަށް ބޮސްދެވުނެވެ.

"ބޭބެ އުއްމަ ދިނީމަ މަންމި ރުޅިއަންނާނެ..." މަޢުސޫމް އަޑަކުން ކައިލަން އެހެން ބުނީ ތުންކޮޅު ދިގުކޮށްލާފައެވެ. ޔުމާން ތުންފަތް ޖައްސައިލި ތަން، އެކުޑަކުޑަ އަތްތިލައިން ފޮހެން ފެށިއެވެ.

"އެކީއްވެ؟... ބޭބެ ހަޑިވީމަތަ؟..." ޔުމާން ހީލިއެވެ. އެއާއިއެކު ކައިލަން ދެފަރާތަށް ބޯހޫރާލިއެވެ.

"ޖާމް ހުންނާނެ... ކައިއްކޮ ބަލިވާނެ..." ދެކޮލުގައި އަތުން ޖަހައިލަމުން ކައިލަން ބުންޏެވެ. އެއާއިއެކު ޔުމާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

ފަރީދާއަށް އާދެވުނީ ކައިލަން އެހެން ބުނި ވަގުތަށެވެ. ފަރީދާއަށްވެސް ހެވުނެވެ. އެންމެން ހޭންފެށުމުން ކައިލަންއަށްވެސް މަޖާވިއެވެ. ފިހާރައަށްވަދެ، ފެންފުޅިއަކާއި ކައިލަންއަށް ކުޅޭ އެއްޗެއް ގަނެގެން ޔުމާން ނުކުތްއިރުވެސް ފަރީދާ ހުރީ އެތަނުގައެވެ.

"އިވީ ގޭގަ އުޅޭތަ؟..." ފެންފޮދެއް ބޯލުމަށްފަހު، ޔުމާން ސުވާލުކޮށްލިއެވެ.

"އޮފީހަށް ނުދާށޭ ބުނީމަވެސް ގޮއްސަވީ..." ޝަކުވާގެ ރާގެއްގައި ފަރީދާ ބުންޏެވެ.

"ހިނގާދޯ އަވަހަށް ގެއަށްދަމާ... މަންމި އަންނަންވާއިރަށް ގެއަށްދާންވާނެ އެއްނު..." ކައިލަންގެ އަތުގައި ހިފާލަމުން ފަރީދާ ބުންޏެވެ.

ގެއަށްދާން ކައިލަން ދެކޮޅު ހެދިއެވެ. ބޭނުންވީ ޔުމާން އާއިއެކު ސައިކަލު ދުއްވާލަން ދާށެވެ. ފަރީދާ އެތައް އެއްޗެއް ކިޔައިގެންވެސް ގެއަށްދާކަށް ކައިލަން އެއްބަހެއް ނުވިއެވެ. އެންމެފަހުން ފަރީދާއަށް މަޖުބޫރުވީ ޔުމާން އާއިއެކު ކައިލަން ފޮނުވައިލާށެވެ.

"މަންމި ކައިރިއަށް ދާނަންތަ؟..." ކައިލަންގެ ކޮލުގައި ހިފައިލަމުން ޔުމާން ސުވާލުކޮށްލިއެވެ. އެއާއިއެކު ކައިލަން އަވަސްއަވަހަށް ބޯޖަހައިލިއެވެ.

ފަރީދާ އެދުނީ މާލަސްނުކޮށް ކައިލަން ގެއަށް ގެނެސްދިނުމަށެވެ. އޭނަ ގެއާއި ދިމާއަށް ހިނގައިގަތީ، ކައިލަން ގޮވައިގެން ޔުމާން ސައިކަލު ދުއްވައިލިތަން ބަލަން ހުރުމަށް ފަހުގައެވެ.

********

"އިވްޔާ އަކީ އިއްފަތްތެރި އަންހެނެއް ނޫން... ރަންމެދަށް ދަރިއަކު ނުވިހަންތޯ އޭނައާ ނިކަން ސުވާލުކޮށްލަބަލަ..." އަޒުރާ ހަޅޭއްލަވައިގަތެވެ.

ރައިންއަށް ބަލައިލެވުނީ އިވްޔާ އާއި ދިމާއަށެވެ. ދެލޯ މަރައި ބާރުކޮށްލައިގެން އިވްޔާ އޮތްގޮތުން ރައިންގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. އަޒުރާ އެދައްކާ ވާހަކަ އާއި އިވްޔާ އާއި ގުޅުމެއް އޮތްކަމަށް ހިތް ބުންޏެވެ. ރައިންއެކޭ އެއްގޮތަށް ނާއިކް އަށާއި ނަޝީދަށްވެސް ލިބުނީ ސިހުމެކެވެ. ހައިރާންވެފައި އިވްޔާ އާއި ދިމާއަށް އެދެމީހުންނަށްވެސް ބަލައިލެވުނެވެ.

"އަހަރެން މިހަދަނީ ދޮގެއް ނޫނޭ... އަޅެ އެއްފަހަރުވެސް އޭނަ އާ ސުވާލުކޮށްބަލަ..." އަޒުރާ ތެދުވެގެން އައިސް ރައިންގެ ކުރިމަތީގައި ހުއްޓުނެވެ. އޭރު އެދެލޮލުގައި ކަރުނައިގެ މުތީތައް ވިދަމުން ދިޔައެވެ. އަޒުރާއަކީ މަކަރުވެރިއަކަށްވިޔަސް، އެބަހުގެ ތެދުކަން އެމޫނުމަތިން ހާމަވަމުން ދިޔައެވެ.

ޖަވާބު ބޭނުމޭ ބުނާ ފަދައިން އިވްޔާ އާއި ދިމާއަށް ރައިންއަށް ބަލައިލެވުނެވެ. ދެލޯ މަރާލައިގެން އޮތް އިވްޔާގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތަކުން ރައިންގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. ހިތް ބިރުގަންނަން ފެށިއެވެ. އޭނަގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް އެކަރުނަތައް ޖަވާބުދޭ ފަދައެވެ. އަޒުރާގެ އެއިލްޒާމްތަކަށް އިވްޔާ އެއްބަސްވާ ކަހަލައެވެ. ރައިންއަށް ހިންދިރުވައިލެވުނެވެ. ހިތް އެދުނީ އެއީ ދޮގެއްކަމަށް އިވްޔާގެ ދުލުން ބުނެލާ އަޑު އަހާލާށެވެ. ނަމަވެސް އިވްޔާ އެއްވެސް އެއްޗެއް ނުބުންޏެވެ. ދިފާޢުވާކަށްވެސް ނޫޅުނެވެ. ރައިންގެ ކެތްތެރިކަން ކޮޅުންލިއެވެ.

"އިވީ... އެއްޗެކޭ ބުނެބަލަ..." އިވްޔާ ތިރީގައި ބަހައްޓާލަމުން ރައިންއަށް ބުނެވުނެވެ. އޭރު އޭނަ ހުރީ ފެންކަޅިވާގޮތްވެފައެވެ.

"ނުކެރުނުދޯ އެއްޗެއް ބުނާކަށް... ބުނޭ ބުނޭ... ކީއްވެތަ ބުނަން ނުކެރިގެން ތިއުޅެނީ... ކަލޭތީ ނިކަން ކެރޭ އަންހެނެއްނު... އޮޅުވާލައިގެން ފިރެހެނުން ވާވައްދަން ކަލޭހާ މޮޅު މީހަކު ނުހުންނާނެ... ބުނެބަލަ ކަލޭގެ ރަންމެދު ދަރި..." އިވްޔާގެ މޭގައި އަތްއަޅައި މަޑުމަޑުން ކޮއްޕައިލަމުން އަޒުރާ އެއްޗެއް ބުނަން އުޅުނެވެ. އެވަގުތު މޫނުމައްޗަށް އަރައިގެން ދިޔައީ އިވްޔާގެ އަތުގެ ހޫނު ހަމަލާއެކެވެ.

ރޮވޭވަރުން އިވްޔާއަށް އެއްވެސް އެއްޗެއް ބުނެވޭގޮތެއް ނުވިއެވެ. ކައިލަންއަށް ނިސްބަތްކޮށް މީހަކު އެފަދަގޮތަކަށް ވާހަކަ ދައްކާ އަޑު އަހާކަށް އޭނައަކަށް ކެތެއް ނުކުރެވުނެވެ.

"ކަލޭ ރޯންވީ މިއަދުތަ... އެކަހަލަ ނުބައިކަމެއް ކުރިއިރު ރޯކަށް ނޭނގުނުދޯ... ކޮންމެހެން ރައިންއަށް ތިއްތިދެއްކެން އާޓު ޖައްސާނެކަމެއް ނެތް... ކިތަންމެ ފޮރުވަން އުޅުނަސް ރަންމެދު ދަރިއެއް ނުހުރެއެކޭ ނުބުނެވޭނެ... އެކަން ރައިންއަށްވެސް މިހާރު އެނގޭނެ... ރަނގަޅަށްވިއްޔާ ކަލެއަށް ނޭނގޭނެ އެނަހަލާލު ދަރި ކަލެއަށް ދިނީ ކާކުކަމެއްވެސް..." އަޒުރާ އައިސް އިވްޔާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައިގަތެވެ.

"އަޒުރާ..." ދެމީހުން ދުރުކުރަން ރައިން އަވަސްވެގަތެވެ.

އިވްޔާ ދިފާޢުކޮށް އެއްޗެއް ބުނަން ބޭނުންވިޔަސް ރައިންއަކަށް އެކަމެއް ނުކުރެވުނެވެ. އިވްޔާ އޭނާގެ ދިފާޢުގައި އެއްވެސް އެއްޗެއް ނުބުނުމުން އެހިތް ނުތަނަވަސްވެފައިވީ މާވަރަކަށެވެ.

"އަޒުރާ... ހަމަމިހާރު އިވީގެ ގައިން ދޫކޮށްލާ... މިތުއްތު ކުއްޖާގެ ބައްޕައަކީ ކާކުކަން އަހަރެން ބުނެދީފާނަން..." ދޮރުމަތިން އިވުނީ ޔުމާންގެ އަޑެވެ. އެއަޑުގައިވީ ހަރުކަށިކަމެވެ. އަމުރުވެރިގޮތެއްވެސް ހުއްޓެވެ.

އެންމެންނަށް އެއްފަހަރައި ކަހަލަ ގޮތަކަށް ދޮރާއި ދިމާއަށް ބަލައިލެވުނެވެ. ކައިލަންގެ އަތުގައި ހިފާލައިގެން ހުރި ޔުމާން ފެނި އިވްޔާއަށް ލިބުނީ ސިހުމެކެވެ. ހަމައެއާއި އެއްވަރަށް އެދަރިފުޅުގެ ބައްޕައަކީ ކާކުކަން ޔުމާންއަށް އެނގުނުގޮތަކާއި މެދުވެސް އެހިތުގައި ސުވާލު އުފެދުނެވެ.

އަޒުރާގެ ތުންފަތުގައި ދުވެލީ ވިހަ ހިނިތުންވުމެކެވެ. އޭނަ ރައިންއަށް ބަލައިލީ އެމޫނުމަތީގެ ކުލަވަރު ތަރުޖަމާކޮށްލާ ފަދައިންނެވެ. އެމޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަން ފެނި އަޒުރާގެ ހިތަށް ހަމަޖެހުން ލިބުނެވެ. އިވްޔާގެ ނަން ރައިންގެ ހިތުން ފޮހެވިގެން ދާކަށް ގިނައިރެއް ނެތްކަމަށް ހިތް ބުންޏެވެ. އެވަގުތު އެހިތް އުފަލުން ނަށައިގަތެވެ.

އިވްޔާގެ ދެލޯ ފެންކަޅިވަމުން ދިޔައެވެ. ޔުމާން އެއުޅެނީ އޭނަގެ ދިރިއުޅުން ހަލާކުކޮށްލާނޭ ގޮތެއް ނުފެނިގެން ބާއޭ ހިތަށް އެރިއެވެ. އޭނަގެ ފުރާނައިން އަތްދޮވެލަން އުޅެފައި، މިހާރު އެދިމާކުރީ އޭނަގެ ދެލޮލުގެ ކޮއި ފަދައިން ލޯބިވާ ދަރިފުޅާއި ހެއްޔެވެ؟ ޔުމާންއަށް އެފުރުޞަތު ދޭކަށް އިވްޔާ ބޭނުމެއް ނުވިއެވެ. ކައިލަން އާއި ދިމާއަށް އޭނަ ހިނގައިގަތެވެ. އެވަގުތު ޔުމާންގެ އަތްދަށުން ދެމިގަނެގެން ކައިލަން އޭނަ އާއި ދިމާއަށް ދުއްވައިގަތެވެ.

"މަންމީ..." ކައިލަން އައިސް އިވްޔާގެ ގައިގައި ބައްދާލިއެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

28 ޚިޔާލު

  1. jiji

    Am I first 😊💜

    • އޭޝް

      Yes jiji first 😊💕 congratulations dear 💕💕

  2. jiji

    Eysh dear😊😊😊😁😁💜💜❤❤💕💕🌺miadhu part vec v v v rythi nge..sifakohlaafa hurileh v kamudhey..dhn Alhe mi azuraa gandeh dhw..huh..v fuuhi vey eyna dheke😠😠..eysh dear kon irakun next part up kohlaany..curiously waiting for the next part..ly sooo much dear

    • އޭޝް

      Thank u so much dear 😊❤
      Keep waiting 😊

  3. Sheen

    Ohhhhhhhhhhh shittttttttt.., kihineh mivee 💔💔💔💔💔💔💔💔💔 kihinehbaa vaan miulhenee? Rain e axura ehge vaahaka gaboolu kohfaanebaa? Kailange bappa akee kaakubaa? Mihuruhaa kamakaj fahuves rain ivy balai gannaanebaa? Yumaan aa ivy ge kanthah dhaanee kihinehbaa? Suvaaluthakun furifa 👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️Rain ge reaction balaalaahithun keiy nuvey.. Komme gotheh viyas alhe emeehun dhuru nukuruvaathi please eysh.., 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💜💜💜💜💜💜💜💜💜 E axura heekohgen eulhenee ivy nikamethikollaafa rain ge dhiriulhumun beyrukollaafa eyna ah rain dhiriulhumahdheveyne kamah. Hama hilaa eyna ah e furusathu nudheythi 😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠 Eyna ah dhakkamvaane rsin and ivy loabin ekee ulheythan. 👨‍❤️‍👨👨‍❤️‍👨👨‍❤️‍👨👨‍❤️‍👨👨‍❤️‍👨👨‍❤️‍👨👨‍❤️‍👨👨‍❤️‍👨👨‍❤️‍👨👨‍❤️‍👨👨‍❤️‍👨👨‍❤️‍👨👨‍❤️‍👨👪👪👪👪👪👪👪👪👪👪👪 Hmmnm dhen vaahaka aa dheytherey buneveynee hama perfect ey.. Thivareh hama nethey.. 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙 Ibaaraaiykurunthsjves hama obi noavey. Sifakurunthahves ehaa molhu. Komme jumulaeh kiyaalaauru liakurimathin manxwru fenna kahala. 😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Fudheyvarakah dhigukoh genes dheefa ineemaves haadha ufaaviey…, 💚💚💚💚💚💖💖💖💖💖💖💖💖💕💕💕 Ehenveema hama buneveyne ennu eysh akee hama emme perfect emme best writer ey… Seriously u r the bestest.. Lysm 😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘 Waiting for the next part. 🌺🌺🌺🌺🌺🌺🌺🌺🌺💕💕💕💕💕💕💕💚💚💚💖🌷🌷🌷🌷🌷🌷🌷🌷🌷🌷💎💎💎💎💎💎💎💎💎💎💎💎💎

    • އޭޝް

      Thank u so much dear 😊❤
      Keep waiting 😊

  4. Aniya

    Dhuvaskolhakah fahu anekkaa ves mi vaahakamikiyaaly sifakurun rangalhu adhives varah fashuvi ibaaraathun sifakolladheveyne thanthan
    mibaiga athuvejje misaalakah kailan dhuvefa magumahchah nikumegen hingaa dhiya kanthah bayaan kulhaumuga magumathyga nurakkaatherikamai karubaaru bodukan genas dheyn jeheykamah 100% qabool kuran kudakujjeh egothah magah nukume dhuvvaigathyma kommeves kameh dhimaavenudhaaneyhaa nurakkaatheri maqu hingaa bingaave ulheymeehunves ekamah samaalve thibeyne
    Ebai bai univefa hutteh kamakuves vaahaka varah furihama kuriah vadaigannavaa

    • އޭޝް

      Thank u so much dear 😊❤ In Sha Allaah masakkaiy kuraanan ragalhu kohlan😊

  5. Kujjeh

    Alhe hrdha rychey mi part vx 😍😍😍😍😍😍So so curious vaa hamaegga nw story miulheny .. Alhe ivy vx yumaan dheke rulhi annani dhw yumaan ah huriha nikamethi kmh milibeny yumaan bappa aaigen .. Vrh fuuhi vey huh 😡😡😡😡Alhe eysh dear yumaan ah vx happy lyf eh hoadha dhehche nge .. Btw ths story is hama amazingg ❤❤❤❤❤❤❤Vvvvvvvv rythi eysh hama molhiyye ma sha allah 💜💜💜💜💜💜💜 When nxt part vvvvv curious .. Waitings hama .. Keep it up eysh dear 💚💚💚💚💚💚May god bless u

    • އޭޝް

      Thank u so much dear 😊❤
      Keep waiting 😊

    • އޭޝް

      In sha Allaah soon

  6. ލަމް

    މާޝާﷲ ވާހަކައިގެ ފުރިހަމަ ކަމާއިއެވެ. އޭޝްގެ ވާހަކަތައް ކިޔާލުމުން ހިތަށް އެލިބޭ ހިތްހަމަޖެހުން ދުލަކުން ގަލަމަކުން ބަޔާންކޮށް ދޭނީ ކިހިނަކުން ހެއްޔެވެ. ޖުމުލަތައް ސާދާ ވެފައި ކިޔާލަން ފަސޭހައެވެ. ޢިބާރާތް ކުރުން ރީތިވެފައި ފަށުވިއެވެ. ހިޔާލު ތަނަވަސްވެފައި އުފެއްދުންތެރިއެވެ. ހިތުގައި އުފެދުނު އެތައް ބައިވަރު ސުވާލުތަކާއިއެކު ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން ވަކިވެލަމެވެ.

    • އޭޝް

      Thank u so much dear 😊❤
      Keep waiting 😊

  7. 💕💜 besty 💙💕

    Omg alhey kihineh thi nimmaalee.. Kiriyaanu heart attack eh nujehunee.. Alje dhen rain hadhaanee kihinehbaa? E axura ganduge vaahaka gaboolu kuraaneetha hama. Eysh ves thi nimmaalee emme hiy thelhey gothah viyyaa.. Dhen kuraane kameh neiythaa.. Bunan jeheynee nimmunthah hama v molhey.. Vaahaka genes dheefa in goiyves hiyawluves hama perfect. Eysh thee mihaaru hama emme best ah ve nimijje. 😍😍😍😍😘😘😘😘😘😘😘💕💕💕💕💕💕💕💕💕

    • އޭޝް

      Thank u so much dear 😊❤
      Keep waiting 😊

  8. 💙🌷💜

    Wow wow vvv salhi. Vaahaka reethivefa hama 100 dheyhaavey molhukamaai hunaruverikamun ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • އޭޝް

      Thank u so much dear 😊❤

  9. Faz

    Wow. This part is so emotional. And varah interesting hisaabakun mi nimuny mi part ves. Hope u’ll upload next part sooner. Love u❤❤

    • އޭޝް

      Thank u so much dear 😊❤
      Keep waiting 😊

  10. Naju

    Just wow 😘😘😘 Alhey haadha curious kohlaafa ey dhw thi ninmaalyvx 😍😍😍🌹🌹🌹 As usual mi partvx v v v furihama vefa rythi ingey eysh dhooniii 🌸🌸🌸💙💙💙 I just love it 💐💐💐💚💚💚 lysm eysh dhooooniiiii ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • އޭޝް

      Thank u so much dear 😊❤
      Keep waiting 😊

  11. thiki.sis

    Vaahaka varah varah reethi.aslu kanthahthah tha mee💜💜💜💜

    1
    1
    • Lam

      Saabas neyngeytha aslukameh kiyaairu 😜😜😜😜 alhr dhw miee mujuthamaugai hingaa kankamah riaayaiykoh eysh liyaa hiyaalee vaahaka eh. Ekam eysh ge sifakohdhinun molhu kamun hageegatheh hem heevanee hama. Lolah fenna kahala rnnu. 💓💕💕💕 Eysh akee best ey thiki💜💙💜💙💜💙💚💙💜💚💙💜💚💙💜💚💙💜

    • އޭޝް

      Thank u so much dear 😊❤
      Keep waiting 😊

  12. މާއި

    މާޝާﷲ ވަރަށް ރީތި. ކުރިޔަށް އޮތް ބަޔަށް އިންތިޒާރުކުރަން

    • އޭޝް

      Thank u so much dear 😊❤

  13. Kim Seokjin 💜

    Kon Irakun tha story ge next part genesdheynii🤗🤗🤔🤔😧😦😧😦

    • އޭޝް

      In Sha Allaah tmrw nyt 😊❤