-
-
މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުނަށް ދައުވާކުރަން ޕީޖީ އަށް

މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުނަށް ދައުވާކުރަން ޕީޖީ އަށް

މާލީ ބަޔާން ހުށަހަޅާފައި ނުވާ ކެންޑިޑޭޓުންނަށް ދައުވާކޮށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

ADS BY FENVARU

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި ޓްވީޓެއްގައި ބުނީ މިިދިޔަ މަހުގެ ހަ ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާއި އެމީހުންގެ އިންތިޚާބީ އެޖެންޓާ މެދު ފިޔަވަޅު އަޅަން ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

އީސީން ކުރި ޓްވީޓު--

އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ބުނާގޮތުން އިންތިހާބު ބާއްވާތާ، 21 ދުވަސް ތެރޭ ކެންޑިޑޭޓުން، ކެމްޕޭނަށް ހޭދަކުރި ގޮތުގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. މިދިޔަ ހޮނިހިރު ދުވަހު އެ މުއްދަތު ވަނީ ހަމަވެފައެވެ.

ޖުމުލަ 386 ކެންޑިޑޭޓުން އިންތިޚާބީ 87 ދާއިރާއަށް ވާދަކޮށްފައިވާއިރު ގާނޫނާ އެއްގޮތަށް 347 ކެންޑިޑޭޓުން ވަނީ މާލީ ބަޔާން ހުށައަޅާފައެވެ. އޭގެ ތެރޭގައި އިންތިޚާބުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދި އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން ހިމެނެއެވެ.

މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ ތެރޭގައި 31 ކެންޑިޑޭޓުންނަކީ އަމިއްލަ ގޮތުން އިންތިޚާބަށް ވާދަކުރި ކެންޑިޑޭޓުންނެވެ. އަދާލަތާއި ޕީއެންސީގެ ކެންޑިޑޭޓަކު ވެސް މާލީ ބަޔާން ހުށައަޅާފައިނުވާއިރު އެމްޓީޑީގެ ދެ ކެންޑިޑޭޓޫންނާއި ލޭބާ ޕާޓީގެ ދެ ކެންޑިޑޭޓުން ވެސް މި ލިސްޓުގައި ހިމެނެއެވެ.