loading ...
loading ...
ނެތި ގެއްލުނީ ޙަޔާތޭ

ނެތި ގެއްލުނީ ޙަޔާތޭ

23 comments

އެއީ ރީތި ހުވަފެނެކެވެ. އެހުވަފެނުން ހޭލާކަށް ބޭނުމެއް ނުވިއެވެ. އަމިއްލަ ނަފުޞު ހަފުސްވަންދެންވެސް އުޅެން ބޭނުންވީ އެހުވަފެނުގެ ތެރޭގައެވެ. ދުނިޔޭގައި ހޭދަކުރަން ލިބޭ މަދު ދުވަސްކޮޅު، އަރާމާއި އުފަލުގެ ތެރޭގައި ދުއްވައިލުމަށް އަހަރެން ހުރީ އަތުކުރި އޮޅާލައިފައެވެ.

ކޮންމެ ކަމަކަށްވެސް ނިމުމެއް އަންނާނެއެވެ. އަބަދު ތިމާ ބޭނުންވާ ގޮތަށް ކަންކަން ނުވާނެކަން ޤަބޫލުކުރަން އަހަރެންނަށް މަޖުބޫރު ކުރުވީ ވަގުތާއި ޙާލަތެވެ. ހުވަފެނުން ހޭލެވުނީ އަހަރެންގެ ރަނގަޅަކަށެވެ. އުޅުން އިސްލާޙުކޮށް ޙަޔާތް ބާއްޖަވެރި ކުރުމަށް ލިބުނު އެފުރުޞަތުގެ ބޭނުން ހިފުމަށް އަހަރެން އަވަސްވެގަތީމެވެ. ނަމަވެސް ކަޑައްތު ކުރަންޖެހޭ މަގުތައް ހަނިވެ ދޮރުތައް ބަންދުވާން ފެށިއެވެ. ހިނގަމުން ގޮސް ނުކުމެވުނީ ކުރިމަތިވާން އުޅޭ ތޫފާނުގެ ކޮޅިގަނޑުގެ ކުރިމައްޗަށެވެ. ދާނެ މިސްރާބެއް ނޭނގިފައި ހުރެވުނީ އަހަރެންގެ މޮޔަކަމުންނެވެ. ނުވަތަ ވިސްނުމުގައި ހުރި ކޮށިކަމަކުންނެވެ.

********

އަހަރެންނަށް އެންމެ ފުރަތަމަ މިޝްއަލް ފެނުނީ އެކުވެރިންތަކަކާއިއެކު ފަޅު ރަށަކަށް ކުރި ދަތުރެއްގެ ތެރެއިންނެވެ. ފުރަތަމަ ފެނިލުމުންވެސް އަހަރެންގެ ހިތް މިޝްއަލްއަށް ހިބައިން ދެވުނެވެ. ކަނދުރާ އާއި ހަމައަށް އަރާ މިޝްއަލްގެ ބުޅި އިސްތަށިގަނޑާއި، ދެލޮލުގެ ކަޅީގެ ކުލައިގެ އިތުރުން ހީލުމުން ކޮލަށް އެ އެޅޭ އަޑިކޮޅު އަހަރެންގެ ހިތް ފަތަޙަ ކުރިއެވެ.

އަހަރެންނެކޭ އެއްގޮތަށް މިޝްއަލްގެ ހިތުގައިވެސް އަހަރެންނަށްޓަކައި ވިންދެއް ޖަހައިލިކަން އެނގުނެވެ. އެކަތި ބެލުންތަކާއި، ހިތްއެދޭފަދަ ކުދިކުދި ގޯނާތަކުން އަހަރެންގެ ހިތް ފުރި ބަންޑުންވިއެވެ. ދަތުރު ނިންމާލިއިރު، ދެމީހުންނަށް ވަނީ އެކަކު އަނެކަކާއި ނުލައި ނޫޅެވޭނޭވަރު ވެފައެވެ.

މިޝްއަލްދެކެ ވެވުނު ކަނު ލޯބި، އަހަރެންގެ މުޅި ދިރިއުޅުން އެކީހެން ބަދަލުކޮށްލިއެވެ. އަޅުކަމާއި ދުރުވެ، ރުންކުރުވާން ފެށިއެވެ. ގޭގައި އުޅޭ ވަގުތަށްވުރެ ބޭރުގައި ހޭދަކުރެވޭ ވަގުތު ގިނަވިއެވެ. ފާފައަކަށްފަހު ފާފައަކަށް އަރައިގަންނަމުން ދިޔައީމެވެ. އިސްލާމްދީނުގެ ރިވެތި އުޞޫލުތަކާއި ޚިލާފުވެ، އާޚިރަތަކީ އޮތް އެއްޗެއްކަން ހަނދާން ނައްތައިލަމުންނެވެ. މާތްﷲ ނަހީކުރައްވާފައި އެތައް ގުޅުންތަކަކަށް އިޖާބަދީ، ޝައިތާނާގެ ނުބައި ވަސްވާސްތަކަށް ހެއްލި މަގު ފުރެދިގެން ދިޔައީ ދާދި އަވަހަށެވެ. އޭގެ ސަބަބުން ކުރިމަތިން ހުޅުވެމުން ދިޔައީ ނުބައި އެތައް ކަމަކަށް މަގުފަހިވާނޭ ދޮރުތަކެވެ.

އަހަރެން އިނީ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. އަތުގައި އޮތް ސަމުސަލުން ތަށިތެރޭގައި ހުރި ބަތްފުށްތައް ޙާވާލަޙާވާލައި އަހަރެން އިނީ ކާހިތް ނުވުމުންނެވެ. މަންމަ އައިސް ކާގެއަށް ވަނީ އަހަރެން އެހެން އިންދައެވެ. އަހަރެން ފެނުމާއިއެކު ގޮވާލިގޮތުންވެސް ވީ ފޫއްސެވެ. ތުން އަނބުރައިލުމަށްފަހު، ތަށި ދުރުކޮށްލީމެވެ. އެއަށްފަހު ކުއްލިއަކަށް ތެދުވީއެވެ. ކޮންމެވެސް ނަޞޭހަތަކުން މަންމަގެ ވާހަކަ ފަށާނެކަން އަހަރެންނަށް އެނގުނެވެ. އެހެންވެ، އެފުރުޞަތު ދޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަބަދު އެދޭ ނަޞޭހަތްތަކުން އަހަރެންގެ ބޮލަށް ވަނީ ފާޑެއްގެ އުނދަގުލެކެވެ.

"ދަރިފުޅާ ރިފާ... މަޑުކޮށްބަލަ..." މަންމަ ހިފެހެއްޓީ އަހަރެންގެ އަތުގެ މުލައްދަނޑީގައެވެ. "މަންމައަށް މި އަޑުއިވެނީ ރަނގަޅު ވާހަކައެއްތަ؟..."

މަންމަގެ އެޖުމްލަ އާއިއެކު އަހަރެން އެމޫނަށް ބަލައިލީމެވެ. ހިތާމައާއި އެއްވަރަށް ނުރުހުމުގެ އަޞަރުވެސް އެމޫނުމަތިން ފެންނަމުން ދިޔައެވެ.

"ދެވޭނީ އަހަރެން ކުރި ސުވާލަށް ޖަވާބުދިނީމަ؟..." އަހަރެންގެ އަތަށް އޮބައިގަންނަމުން މަންމަ ބުނީ ހަރުކަށި ރާގެއްގައެވެ. "އެއުޅޭ ޕާޓޭ މިޝްއަލްގެ ދަރިއަކަށް ބަލިވެދޯ ތީނީ؟..."

އަހަރެންގެ ދެބުމަ ގޮށްޖެހުނެވެ. މަންމަ މިޝްއަލްއޭ ކިޔައިގެން އެގޮތަށް ވާހަކަ ދެއްކުމުން ރުޅިގަނޑު ފަޅައިގެން ދިޔައެވެ. މަންމަގެ ނަމަށް ބާރަށް ގޮވައިލަމުން، އެއަތް ފޮޅުވައިލެވުނެވެ. އެނޫނީ ދުވަހަކުވެސް މަންމަގެ ކުރިމަތީގައި ޗުއްޕުވެސް އަހަރެން ބުނެނުލަމެވެ.

"މަންމައަށް ކޮންކަމެއްތަ؟... މީގެ ފަހުން މިޝްއަލްއޭ ކިޔައިގެން ތިފާޑަށް ވާހަކަ ނުދައްކާތި..." ރުޅި އައިސްފައި ހުރެ އަހަރެން ނުކުމެގެން ދިޔައީއެވެ.

ކޮޓަރިއަށް ވަދެވުމާއިއެކު، ބަންލާފައި ދޮރުޖެހީމެވެ. ދޮރު އެތެރެއިން ތަޅުލުމަށްފަހު، ގޮސް އެނދުމައްޗަށް ވެއްޓިގަތީއެވެ. އަހަރެން ފުރަތަމަވެސް ހޯދައިލީ ފޯނެވެ. ވީކަންތައް ދެތިންގުނަ އިތުރުކޮށްލައިގެން މިޝްއަލްގެ ކަންފަތާއި ހަމައަށް ނުގެންދެވެނީސް ހިތެއް ހަމައެއް ނުޖެހުނެވެ. ވީގޮތް ކިޔައިދިނުމާއިއެކު މިޝްއަލް ފެށީ ހޭށެވެ. ހީވީ އެކަމަކީ މަޖާކަމެއް ހެންނެވެ.

"ދެން އެނގުނިއްޔާ ކީއްތަ ކުރެވޭނީ؟.... ހާސްކަނޑާލާ... ތިއެއްނޫނޭ... އަދިވެސް ވައްޓާނުލަން؟..." ހުނުމުގެ ތެރެއިން މިޝްއަލް ބުނެލި އަޑު އިވުނެވެ.

އަހަރެން މަޑުމަޑުން ހުރެ އާއެކޭ ބުނެލީމެވެ.

"ރިފޫ މިހާރު ހާދަ ބުނާގޮތް ނުހަދައޭ... ކޮބާ ކުރިން ދުވަހު ދިން ބޭސްތައް؟... އެ ކޭންތަ؟..." މިޝްއަލްއަށް ގޯސްވީ އަހަންނެވެ.

"ތިއެއް ނޫނޭ... އަހަރެން ބަނޑުބޮޑުކަން މަންމައަށް އެނގުނީ ކީއްވެހޭ؟..." ހިތުގައި އޮތް ބޮޑު ސުވާލު އަހަރެން ކުރީމެވެ.

މިޝްއަލްގެ ދަރިއަކަށް އަހަރެން ބަނޑުބޮޑުވިކަން އެނގޭނީ ހަމައެކަނި މިޝްއަލްއަށާއި މިޝްއަލްގެ އެކުވެރިންނަށެވެ. މަންމަ އާއި ހަމައަށް އެޚަބަރު ދިޔުމުން އަހަރެން ރުންކުރުވާގޮތްވިއެވެ. މިޝްއަލްގެ ސުވާލުތަކަށް ޖަވާބުދިނުމެއްނެތި، ފޯނު ކަނޑާލީމެވެ. އޭރު ސިކުނޑި އެކީ ވަނީ ޝައިތާނާގެ ނުބައި ވަސްވާސްތަކަށް ހެއްލި ނިމިފައެވެ.

އިތުރު މީހަކަށް އެނގުމުގެ ކުރިން މިޝްއަލް ދިން ބޭސްކާޑުން ދެގުޅަ ބޭސް އެއްފަހަރާ ދިރުވާލީމެވެ. ނަމަވެސް އަހަރެންގެ ނަޞީބު އަތަކު ނުހިފިއެވެ. ކެއި ބޭސްތަކުން ވީކަމެއް ނެތެވެ. ބަނޑުގައި އަށަގަނެފައިވާ ތުއްތު ފުރާނަ އަހަރެންގެ ހަށިގަނޑާއި ވަތްކެއް ނުވިއެވެ. އެކަންތައް މަތިޖަހައި ފޮރުވަން އަހަރެންނަށް ދެވަނަ މަޅިއަކަށް ފެތެން ޖެހުނެވެ. ކައިވެނިކުރަން ޒަމީރު އެއްބަސް ނުވިނަމަވެސް އެކަންވެސް ކުރަން އަހަރެން ތައްޔާރުވީމެވެ. މަންމަ ދެކޮޅު ހަދަހަދައި ހުއްޓައެވެ.

އަހަރެން މިޝްއަލް އާއި ކައިވެނިކުރީ މަންމައަށް ފިލައިގެން ގޮހެވެ. ކައިވެނި ޙަލާލުނުވާނޭކަން އެނގުނު ނަމަވެސް އަހަރެން މިޝްއަލް އާއި ކައިވެނީގެ ގޮށުން ގޮށްޖަހައިލީ ދުނިޔޭގެ ދެއްކުންތެރި ކަމަށެވެ. އެހެން މީހުންގެ ލޮލުގައި އަޅުވާލި އަނދުނެއްގެ ގޮތުގައެވެ.  މައިންބަފައިންގެ ނުރުހުމުގައި ކުރެވޭ އެއްވެސް ކަމެއްގައި ބަރަކާތް ނުލައްވާނެއޭ ބުނާ އަޑު އަހަރެންވެސް އަހަމެވެ. ނަމަވެސް އެކަމަށް ބީރު ކަންފަތެއް ދެމުން، އެހިތުގައި ލައްވައި ލެވުނީ ނުފިލާނޭ ވަރުގެ ލައްގަނޑެކެވެ. އެއްމެ ލައްގަނޑެއް ނޫނެވެ. އެތައް ލައްގަނޑެކެވެ. އެތައް ފަހަރެއްގެ މަތިން އެހިތް އެކީ ކުދިކުދިކޮށްލީ އަހަރެންގެ މިދެއަތުންނެވެ. ހުރިހަމައެކަނި ދަރިފުޅަށްޓަކައި އެހިތުގައިވާ ފޮނި އުއްމީދުތައް ވިއްސިވިހާލި ކޮށްލަމުން، ހިތުގެ މުހުދާތު ފުރިހަމަ ކުރުމަށް އަހަރެން ފެށި ދަތުރު ވެގެން ދިޔައީ އަމިއްލަ ޙަޔާތް އަމިއްލަ އަތުން ބަރުބާދުކޮށްލުން ކަހަލަ ކަމަކަށެވެ.

ކައިވެންޏަށްފަހު، މިޝްއަލްގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. އަހަރެންގެ ކުރިމަތީގައި އިތުރު އަންހެނުންނާއިއެކު، ލޯބީގެ ގުޅުންތައް ހިންގަން ފެށިއެވެ. ހިތްކުދިކުދިވި ނަމަވެސް އަހަރެންނަށް ޖެހުނީ ކުޅި ބަލަން ހުންނާށެވެ. ވެވުނު ކަނު ލޯބީގެ ހިތިރަހަ އަރުބުޑުގައި ލާންފެށީ މާއަވަހަށެވެ. މިޝްއަލް އާއި ކައިވެނި ކުރިތާ ގިނަދުވަސްތަކެއްނުވެ، ބަނޑުގައިވާ ދަރިފުޅު ބައިގެން ދިޔައެވެ. އެކަން ވެގެން ދިޔައީ ފާފަތަކަށް އަރައިގަތުމަށް އަހަރެންނަށް ލިބުނު އިތުރު ހިތްވަރަކަށެވެ. މިޝްއަލްގެ ފަރާތުން ނުލިބޭ ލޯތްބާއި އަޅާލުން ހޯދުމަށް އަހަރެން ނުކުތީ ބޭރުތެރެއަށެވެ. ހިލޭ ފިރެހެނުންގެ ދާންމަތިތައް ފަޅުފިލުވާލަދޭ ބައިވެރިއަކަށް އަހަރެން ވެނިމުނެވެ.

ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އަހަރެންގެ ފުރިހަމަ ރީތި ބައްޓަމާއި ސޫރައަށް ބަދަލު އަންނަން ފެށިއެވެ. ރީތި ދޮންކަމެއް ލިބިފައިވާ ހަންގަނޑު އަނދައިގެން ދިޔައީ ކުއްލިއަކަށެވެ. ހަށިގަނޑުގެ ބައްޓަން ގެއްލި ހިކި އަނަރޫފަވެގެން ދިޔައެވެ. މުޅި މޫނުގައި ބިހިތަކެއް ނަގައި އެތަންތަން ފާރުވާން ފެށިއެވެ. މުޅި ހަށިގަނޑުގެ ވަރުދޫވެ، ބަލިވެ އެނދުގައި އޮންނަން ޖެހުނެވެ. ތެދުވެ އުޅުންވެސް ވީ ދަތިކަމަކަށެވެ. ކެއްސާލާ ކޮންމެ ފަހަރަކު އަނގައިން ލޭ އައުން އާއްމު ކަމަކަށް ވިއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި މިޝްއަލް ޖަލަށްލުން ވެގެންދިޔައީ އަހަރެންގެ ދިރިއުޅުމަށް ބަދަލުތަކެއް ގެނުވިކަމަކަށެވެ. ގެއިން ނުކުތުން މަދުވުމާއި ދުނިޔެ އާއި ދޭތެރޭ ފުރަތަމަ ފަހަރަށް ވިސްނެން ފެށުނެވެ. ފައިސާ ލިބޭނޭ ދޮރުތައް ބަންދުވެ، އެކުވެރީންތައް ގެއްލެން ފެށިއެވެ. އަޅާލާނެ ޔާރެއްއިޔާރެއްނެތި ބިކަވިއެވެ.

********

އަހަރެން އިނީ ދެވަނަ ދަރިއަކަށް ބަލިވެއެވެ. ބަނޑުގައި އޮތީ ކާކުގެ ދަރިއެއްކަން ހުދު އަހަރެންނަކަށްވެސް ނޭނގެއެވެ. ނަމަވެސް އެއްކަމެއް ޔަޤީންވިއެވެ. އަހަރެން އެދަރިފުޅު ބޭނުންވާ ކަމެވެ. ލޯބިން އުރާލައި، ބޮސްދީ ހަދަން ބޭނުންވިއެވެ. ދަރިއެއްގެ އުފާވެރިކަން އަހަރެންނަށް އިޚްސާސްކުރެވުނީ ޓީވީއިން ފެންނަންފެށި މަންޒަރުތަކުންނެވެ. ބަލި އެނދުގައި އޮންނަންޖެހުމުން އަހަރެން ގިނަ ވަގުތު ހޭދަކުރަނީ ޓީވީ ބެލުމުގައެވެ. ޚިޔާލުތަކާއި ފިކުރުތަކުން ދުރުވެ، ހިތަށް ހަމަޖެހުން ހޯދަން ޓީވީ ބަލަންފެށި ނަމަވެސް، އެކަން ބަދަލުވެގެން ދިޔައެވެ.

ދީނީ ޕްރޮގްރާމްތަކާއި ދަރުސްތައް ބަލާހިތްވާން ފެށިއެވެ. ކަންކަން އެނގެންފެށި ވަރަކަށް ހިތުގައި އޮތް ޝައުޤުވެރިކަން އިތުރުވިއެވެ. އަބަދުމެ ކަހަލަގޮތަކަށް ހުރެވެނީ އެވިސްނުމުގެ ތެރެއަށް ގޮސް ހުސްވެފައެވެ. ހިތަށް ބިރުވެރިކަން ވަންނަންފެށުމުން ޝެއިޚްއެއްގެ ނަންބަރު ހޯދައިގެން ގުޅީމެވެ. އަހަރެންގެ ޙަޔާތް ކުރުގޮތަކަށް ކިޔައިދިނީމެވެ. ތަޢުބާވާން ބޭނުންކަމުގައި ބުނީ ރޮމުން ގިސްލަމުންނެވެ. ޝެއިޚްގެ ފަރާތުން ލިބުނީ ހިތަށް ފިނިކަން ގެނުވިފަދަ ޖަވާބެކެވެ.

"ތަޢުބާގެ ދޮރުކޮޅު އަބަދުވެސް ވަނީ ހުޅުވިފައެވެ."

ލިބުނު އުފަލުން އަހަރެންގެ ހިތްވަރު އާލާވިއެވެ. ދަރުސްތައް އަޑުއެހުމާއި ދުޢާކުރުމުގައި އެތައް ވަގުތެއް ހޭދަކުރަން ފެށީމެވެ. ކުރެވުނު ފާފަތަކުގެ މަތީން ހަނދާންވެ، އަހަރެންގެ ދެލޯ ހިކޭ އެންމެ ވަގުތުކޮޅެއްވެސް ނުދެއެވެ. ކަރުނަތަކުން ކޯތާފަތް ތެންމަމުން ދިޔައެވެ. ނަމަވެސް އެކަރުނައިން މިއަދު ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ރޮއި ހިތާމަކޮށްގެން އަހަރެންގެ ދިރިއުޅުމުން ބޭކާރުވެފައިވާ ދުވަސްތައް އަނބުރައި އިޢާދައެއް ނުކުރެވޭނެއެވެ. އެހެނެއްކަމަކު، އަހަރެންގެ ހިތުގައިވާ ޢަޒުމެއް ދެނެއް ނުގުޑާނެއެވެ. އަހަރެން ހަމައެކަނި ބިރުވެތިވާ ފަރާތަކީ ޢާލަމްތަކުގެވެރި މާތްﷲ އެވެ. އަހަރެންގެ ހަޔާތުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރާނީވެސް ތަޢުބާވެ މާތް ﷲގެ މަގުގައި އަޅުކަން ކުރުން މަތީ ދެމިހުރުމުގައެވެ.

ހިތްވަރުކޮށްފައި އަހަރެން ދެވަނަ ދަތުރަކަށް ތައްޔާރުވީމެވެ. މަންމަގެ މަޢާފު ހޯދުމަށެވެ. ދުނިޔެއިން އަހަރެން މަޢާފަށް އެދުން އެންމެ އަޢުލާކަން ބޮޑުވެގެންވާ ފަރާތަކީ އެއީ ކަމަށްވީތީއެވެ. ނަމަވެސް ކަޑައްތުކުރަންޖެހޭނީ ކިހާވަރެއްގެ ކަނޑެއްކަން ދަތުރަށް އެރިއިރު އަހަރެންނަށް އިޚްސާސްވެސް ނުކުރެވުނެވެ.

މިޝްއަލް އާއި ކައިވެނިކޮށްގެން އަހަރެން އެރަށަށް ބަދަލުވީފަހުން، އެވީ ހަތަރު އަހަރުގެ ތެރޭގައި އަހަރެން މަންމަގެ ޙާލެއް ނުބަލަމެވެ. އުޅޭތަނެއް ބެލުންވެސް މުޙިއްމުކަމަކަށް ނުވިއެވެ. އެކަމާއި ލަދުވެތިވީވަރުން މަންމަގެ ކުރިމައްޗަށް ދާނޭހައި ހިތްވަރުވެސް ނުލިބުނެވެ. އެދުވަހު އެމަންމަގެ ހިތުގައި ޖައްސާ ރޮއްވާލިއިރު ހިތަށް ކުރާނޭ އަޞަރު އިޚްސާސްވުމުން އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.

ރަށުގެ ފަސްގަނޑުގައި ފައި ޖެހުމާއިއެކު، އަހަރެންގެ ދެލޯ ކަރުނުން ފުރުނެވެ. މޫނު ނިވާކޮށްލެވިފައިވާ ކަޅު ފޮތިކޮޅުން ކަރުނަތައް ފޮހެލަމުން އަހަރެން ކުރިޔަށް ހިނގަމުން ދިޔައީމެވެ.

މަންމަގެ މަޢާފަށް އެދެން ބޭނުންވީ ދެފައިގައި ބޮސްދީފައެވެ. މުޅި އުމުރުދުވަހު އަޅެއްގެ ގޮތުގައި ހުރުމަށް އަޒުމު ކަނޑައެޅީމެވެ. ނަމަވެސް އަހަރެންގެ ތަޤްދީރުގައި އެފުރުޞަތެއް ނުލިބުނެވެ. އެނބުރި އައިއިރު ވަގުތު ވަނީ ފާއިތުވެފައެވެ. އަހަރެންނަށް މަޢާފުކުރާކަށް އެމަންމައެއް މިއަދު ދުނިޔެއަކު ނެތެވެ.

މަންމަގެ މަހާނަމަތީގައި ބޯއަޅައިގެން އެތައް އިރަކު އޮވެވުނެވެ. ކަރުނަ ހުސްވަންދެން ރުއީމެވެ. އަބަދުމެ ހަނދާނަށް އަންނަމުންދިޔައީ އެމަންމަގެ ނަޞޭހަތްތަކެވެ. ފާފަތަކުން ދުރުވެ ތަޢުބާވުމަށް އެދި އެމަންމަ ކުރި އާދޭހެވެ. ކަންފަތުގައި އެއަޑު ހަރުލައިގެން ދިޔައެވެ. މަންމަގެ ޖުމްލަތައް ތަކުރާރުވާން ފެށިއެވެ.

"ތިފާފަތަކުން ދުރުވެ، އަވަހަށް ތަޢުބާވޭ... ތަޢުބާގެ ދޮރުކޮޅުތައް އަބަދުވެސް ވަނީ ހުޅުވިފައި... މަރުވުމުގެކުރިން އިސްލާޙުވޭ..."

އަހަރެން ދެލޯ މަރާލީމެވެ. ކަރުނަ ފޮހެލަމުން ތެދުވިވަގުތު ފަހަތުން މީހަކު ގޮވާލި އަޑު އިވުނެވެ. ކައިރީގައި ހުރީ ޔަޒްދާންއެވެ. އެއްއިރެއްގައި އަހަރެންގެ ލޯތްބަށް އެދި ސަލާންޖެހި މީހެކެވެ. އަހަރެން ބަލައިލުމާއިއެކު ޔަޒްދާން ހިނިތުންވެލިއެވެ. މޫނުއަޅައިގެން ހުރިނަމަވެސް އަހަރެންވެސް ހިނިތުންވެލީމެވެ.

މަންމަގެ މަރުދުވަހާއި ޖެހެންދެން އެމަންމަގެ ހުރިހާ ޒިންމާއެއް ޔަޒްދާން ވަރަށް ފުރިހަމައަށް އަދާކޮށްދިނެވެ. ދަރިއެއްގެ ހުރިހާ ޒިންމާއެއް ނަގައި، ބެލެހެއްޓިކަން އެނގުމުން ޝުކުރުން ހިތް ފުރިގެން އައެވެ.

ޔަޒްދާންގެ ފަރާތުން މަންމަގެ ފަހުގެ ވަޞިއްޔަތަކީ ކޮބައިކަން އެނގުނު ވަގުތު އަހަރެންގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. މަރުމަތީގައިވެސް އެމަންމަ އެދުނީ އަހަރެން ރައްކާތެރިކޮށްދިނުމަށެވެ. ދުޢާކުރީ އަހަރެންނަށް ހެޔޮވިސްނުން ދެއްވުން އެދިއެވެ. އެމަންމަ ނެތް ދުނިޔެއެއްގައި އަހަރެން ބިކަވިޔަ ނުދީ ބަލަހައްޓައިދިނުމަށެވެ.

ބަނޑަށް އަށްމަސް ފުރުނުއިރު އަހަރެންގެ ހާލަތު ގޯސްވެ، ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނެވެ. އޭރު އަހަރެންވަނީ އެތައް ބައްޔެއްގެ ޝިކާރައަކަށްވެފައެވެ. ޑޮކްޓަރުން އުއްމީދު ކަނޑާލިއެވެ. ފުރާނަ ހުއްޓަސް އަހަރެންގެ ހަށިގަނޑުގައި ދިރުމެއް ނެތެވެ.

ޔަޒްދާން އާއި އޭނާގެ އަންހެނުން ކުލްސޫމްގެ އެހީތެރިކަން އަހަރެންނަށް އެންމެ ފުރިހަމައަށް ލިބެމުން ދިޔައެވެ. ކޮންމެ ކަމެއްގައި އެހީތެރިވެދީ ހަދައެވެ. ކުލްސޫމްއަކީ ދަރިން ލިބުމުން މަޙްރޫމްވެފައިވާ މީހެކެވެ. އަހަރެންގެ ބަނޑުގައިވާ ދަރިފުޅު ބަލައިގަތުމަށް ކުލްސޫމް އާއި ޔަޒްދާން ތިބީ ތައްޔާރަށެވެ. އުފަން ދަރިއަކުދެކެވާނޭ ވަރަށް އެދަރިފުޅުދެކެ އެމީހުން ލޯބިވާނޭކަމަށް އަހަރެންނަށް ޔަޤީންކުރެވުނެވެ. ކުލްސޫމްގެ ހެޔޮ އަޚްލާގާއި، އޯގާތެރިކަން އެކަމުގެ ހެއްކަކަށް ފުދުނެވެ. އެހެޔޮކަމުގެ ބަދަލުގައި އެތައް ކަމެއް ކޮށްދޭން އަހަރެންވެސް ބޭނުންވިއެވެ. ނަމަވެސް އިތުރަށް އަހަރެންނަށް ކޮށްދެވެން އޮތީ ޙެޔޮ ދުޢާއެވެ.

އަހަރެން ހިނިތުންވެލީމެވެ. މަރުދެކެ މިއަދު އަހަރެން ޖެހިލުމެއްނުވެއެވެ. ފާފަތަކެއްގެ މަތީގައި ދެމިހުރުމަށްވުރެ ހެޔޮޢަމަލެއްގެ މަތީގައި އޮވެ މަރުވެދިޔުން އަހަރެންނަށް މާ ރަގަޅެވެ. ހޮސްޕިޓަލުގައި ހޭދަކުރެވުނު ދުވަސްތަކުގައިވެސް ހޭވެރިކަން ވެއްޖެނަމަ، އަހަރެންގެ އަނގައިން ހެޔޮ ބަހެއް ނޫނީ ބުނެ ނުލަމެވެ.

އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމުގެ ކުރިން އަހަރެން ބަނޑުގައި ފިރުމާލީމެވެ. އަތުގެ ތެރޭގައި ފަތްޖަހާލާފައި އޮތް ކަރުދާސްކޮޅު ނަރުސްކުއްޖާގެ އަތަށް ދިއްކޮށްލީމެވެ. އަދި އަހަރެންގެ އެއަމާނާތް އެތުއްތު ދަރިފުޅަށް ރައްދުކޮށްދޭން އެދުނީމެވެ.

ތިންގަޑިއިރަށް ދެމިގެންދިޔަ އޮޕަރޭޝަންއަށްފަހު އަހަރެންގެ ހާލަތު ގޯސްވަމުންދިޔައެވެ. ދެލޯ ހުޅުވާލުމުގެ ނަޞީބު ނުލިބުނު ނަމަވެސް ދަރިފުޅު ރޯލި އަޑު ކަންފަތުގައި ޖެހުނެވެ. ހެއްދެވި ފަރާތަށް ޝުކުރުދެންނެވުނީ ފުރާނަ ހަށިގަނޑާއި ވަކިވުމުގެ ކުރިން އެނަޞީބު އަހަރެންނަށް މިންވަރު ކުރެއްވުމުންނެވެ.

މިދުނިޔެއަށް އަހަރެން ފަހުނޭވާ ދޫކުރީ، އަހަރެންނަށް ހެޔޮދުޢާކޮށްދޭނޭ ދަރިޔަކު އުފަންކުރެވުނުކަމުގެ އުއްމީދުގައެވެ. އެދަރިފުޅަށް ހެޔޮލަފާ މަންމަ އަކާއި ބައްޕައެއްގެ ލޯބި ހޯދައިދެވުނީތީ އުފާކުރަމުންނެވެ. ހަމައެފަދައިން ސުވަރުގެ މިންވަރު ކުރައްވާނޭ ކަމުގެ ފޮނި އުއްމީދުތަކާއި އެކުގައެވެ.

(ނިމުނީ)

 •  
 •  
 •  

ކިޔުންތެރިންގެ ޚިޔާލު

23 ޚިޔާލު

 1. އޭޝް

  Ramazaan mubaarik 💕💕

  11
 2. ފަޒީ

  ރަމަޟާން މުބާރަކް. މި ރޯދަ މަސް ނިމެންދެން ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސް ދީބަ

  • އޭޝް

   Thank u so much dear 😊❤

 3. އަޒޫ

  އޭޝްގެ ވާހަކަތައް ވަރަށް ސަޅި. ތޭންކްސް އޭޝް

  • އޭޝް

   Thank u so much dear 😊❤

 4. Ninni

  Wow varah iburaihtheri vaahaka eh.. Gina ginain mikahala vaahaka kiyan libeyne kamah mi balany 😘😘❤❤

  • އޭޝް

   Thank u so much dear 😊❤

 5. Sheen

  Alhey hama. Aslahves rovijje.. Vvvvv reethi ehaame iburaiytheri.. Vaahakaigai hurihaa rahaeh ebahuru. Dheenee gothunnaa ijuthimaaee gothun meehun jeyluntherikuruvumqh baarakah mi vaahaka vaanekan yageen. Roadha mahuge furatha dhuvahu kiyuntherinnah thi dhinee hama emme salhi hadhiyaa.. V furihama. Feshunves v reethi genessa inleh. V thafaathu aammukoh vaahakathah fadhaafa hunna gothaa.. Ae reethi huvafenekeve. E huvafenun heylaakaj beynumeh nuvieve. Ehisaabah liyaaleemaves dhauguverikan inthihaa ah dhiya. 💕💕💕💕💕💕💕💕💕💕💕💕💕💕 Jumulathahves ehaa fashuvi. Muhuthaadhu. Iyaadhavun. Kahala dhivehi bas beynun koffa hurikamee eysh ge baskodhaaru mussandhi kamuge hekkakah fudhey kameh. 💜💜💜💜💜💜💙💙💙💙💙💙💙💚💚💚💚💚💚💚💚💕💕💕💕💕💕💕 Mivaahaka kiyaifi bayakah iburathun furigenvaa ethah msg eh libeynekan kashavaru. Main bafainah kuranvaa ihuthiraam aa. Haraan gilhunthakah magufaivaane kankamun dhuruuvanshaa. Vaguthu faaithuvumuge kurin heyo magah rujooa vumuge muhimmu kamaa.. Kithamme gina faafaeh jurevifa huttas thaubaage dhoruvanee abadhuves hulhuvifakamaa. Naaummeedhu nuvumah.. Amilla hayaaiy amillanathun gellidhiya dhiya nudhinumqh. Masahkaiy kuranvaanekan. 💕😍😍😍😍😍😍😍😍😍😍😍 My dear eysh. U r the best and amazing writer. I really appreciate ur hard works. Love you so much. 💕💕💕💕💕😊😊😊😊😊😊😊😊😊😊😊😘😘😘😘😘😘😘😘😘 Keep it up darling.. 🌹🌹🌹🌹🌹🌹🌹🌹🌹🌹💕💕💕💕💕💕💕💕💕💕💙💙💙💙💙💙💙💙💜♥️♥️♥️💜💜💜💜💜

  • އޭޝް

   Thank u so much dear 😊❤

 6. Thiki.sis

  V reethi vaahakaeh 💜💜💜

  • އޭޝް

   Thank u so much dear 😊❤

 7. Story

  Vvvvv furihama☺

  • އޭޝް

   Thank u so much dear 😊❤

 8. Ramadhaan

  Thank u so much☺

  • އޭޝް

   Wc dear 😊❤

 9. Kujjeh

  Hello eysh .. Ramazaan mubaarak .. Vvvv happy vejje mikahala iburaiytheri rythi rythi story eh genessdhinyma .. Vvvv rythi mi vaahaka nd mihaaruge mujathama ah hama vrh iburaiytheri rngalhu vaahakaeh ❤❤❤❤❤❤Welldone eysh dear .. Keep goin lyk this.. May god bless you 💜💜💜💜

 10. މާއި

  މާޝާﷲ ވަރަށްވެސް ފުރިހަމަ ރީތި ވާހަކައެއް. އުއްމީދު ކުރަން މިކަހަލަ އިބްރަތްތެރި އިތުރު ވާހަކަތައްވެސް ކުރިޔަށް އޮތްތާގަ ކިޔާލަން ލިބޭނެކަމަށް

 11. ލަމް

  ހުރިހާ ރަހަތައް ހެޔޮވަރެވެ. ދީނީ،،އާއިލީ،ލޯބި ،އިޖްތިމާޢީ، މިހުރިހާ ދިމާއަށް ވިސްނާ އިބްރަތްތެރި އެތައް މެސެޖުތަކެއް ދީފައި ހުރިކަން ފާހަގަ ކުރަނީ އުފަލާއިއެކުގައެވެ. ވާހަކަ ވަރަށް ފުރިހަމައެވެ. ބުނާނެ އެއްޗެއް ވެސް ނެތެވެ. މިކަހަލަ އިބުރަތްތެރި ރީތި އެހެން ވާހަކައެއް ގެނެސްދޭނެ ދުވަހަކަށް ެިއިންތިޒާ ކުރަމުން ވަކިވެލަމެވެ. ،💜💜💜💜💜💙💙💙💙💙😍😍😍😍😍😍😍😘😘😘😘😘😘😘

 12. 💕💜 besty 💙💕

  Wow haadha haadha reehchey.. Bunaane ehchejves hama neiy. SPEECHLESS 😍😍😍😍😍😍😍😍😍😍😍😍😍 Mi vaahaka in iburaiytheri haafha gina message tjakeh eba libeyey. Anekka dheemee naxarakun mujuthamau ah message thakeh dheefai hurikamee nuhanu ufalaa ekee faahaga kuraa kameh. 😘😘😘😘😘😘😘😘😘 Vaahaka feshigen nimendhen ves vvvvv interesting 💕💕💕💕💕💕💕💕💕💕💕💕💕💕 Sifakohfheefa hurilehves hama v molhu., 💙💙💙💙💙💙💙💙💙💙💙💙 Feshunves haadha nala eve. 💜💜💜💜💜💜💜💜💜💜💜💜💜💜💜💜 Nimunves v hiygaimeve. Eysh eve. Thee hama best eve. Eydh ge mikahala salhi vaahakatbah ginain kiyaalan libumah edheve eve. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

 13. 💙🌹💜

  Maasha Allah haaadha haadha reethu vaahaka ekeve. V asarugadha iburaiytheri vaahaka ekeve. Eysh vareh hama netheve.

 14. Stranger

  Hama asluves haadha reehcheve. Nikan furihama vefai iburaiytheri eve. Vaahakqigai hirihaa dhaairaa akah ali alhuvaalaa v furihama message thakeh dheefai hurumun eysh ge hunaruverikamaa mi famnnuhai kuri araafai huri minvaraa dheytjerey suvaaleh ufedheyne jaagaeh netheve. Eysh akee hama number 1. 😘😍😘😍😘😍😘😍

 15. jiji

  Ramadan kareem eysh💕💕💙💙💙😍😍❤❤💚☝☝😇😊😊😁😁…mi story kiyaalyma kiriyaa gain hybihi nagaigen hama kiriyaa nugos hury..vvv iburahtheri…thy v talented kuhjeh..Masha allah 😇😇⭐💜💜💜💜😎😎😎😎😉😉❤❤💘💘💚💚💐💐Lysm

 16. Naju

  Wow eysh dhonniii 😍😍😍 v v v ibraih theri rythi vaahaka eh mee ❤❤❤❤ I love it 🌹🌹🌹🌹🌹🌹🌹