loading ...
loading ...
ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިންގް ދަމަހައްޓައިފި

ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިންގް ދަމަހައްޓައިފި

0 comment

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ހޮންކޮންގްގެ ފިޗް އިން ރާއްޖެއަށްދީފައިވާ ކްރެޑިޓް ރޭޓިންގް ދަމަހައްޓައިފި އެވެ.

ދައުލަތުގެ 200 މިލިއަން ޑޮލަރުގެ ބޮންޑު ބޭރަށް ވިއްކުމަށްޓަކައި، 2017 ވަނަ އަހަރު ރާއްޖެ ރޭޓް ކުރުމުގެ މަސައްކަތް ފިޗާ ހަވާލުކުރުމުން އެ ކުންފުނިން އޭރު ރާއްޖެއަށް ދީފައިވާ "ބީ ޕްލަސް" ރޭޓިންގް މިއަހަރު ވެސް ވަނީ ދަމަހައްޓައިފަ އެވެ.

ފިޗް އިން ބުނީ ރާޢްޖެއަށް ދީފައިވާ ބީ ޕްލަސް ރޭޓިން ދަމަހައްޓާފައިވަނީ ރާއްޖޭގެ އިތުރުވެފައިވާ ދަރަންޏާއި، ރާއްޖެއިން ކުރަމުންދާ ޚަރަދުގެ ނިސްބަތުން ބަލާއިރު ބޭރު ފައިސާގެ ރިޒާވް މަދުވުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް، އެކަށޭނަ ވަޞީލަތްތައް ރާއްޖޭގައި ހުރިކަމުގައި ފާހަގަކުރެވޭތީއެވެ.

މިގޮތުން ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން (ޖީޑީޕީ) އިތުރުވަމުންދާ މިންވަރާއި، ކުރިއަރަމުންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ލިބެމުންދާ އާމްދަނީ އިތުރުވާނެ ކަމަށް ކުރެވޭ އަންދާޒާއާއި ރާއްޖޭގެ ސްޓްރަކްޗަރަލް އިންޑިކޭޓަރުތަކުގެ ދުޅަހެޔޮކަން ފެންނަމުންދާކަމަށް ފިޗްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފިޗްގެ ރޭޓިންގައި ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުމުގެ ގޮތުގައި ހިމަނާފައިވަނީ ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވުމުގެ ސަބަބުން އެ ސިނާއަތަށް އަންނަ ލޮޅުމަކުން ދަރަނި އިތުރުވެދާނެކަމުގެ ބިރެވެ.

ރާއްޖޭގެ ތާރީހުގައި ހެދި ފުރަތަމަ ކްރެޑިޓް ރޭޓިން ހަދާފައިވަނީ 2016 ވަނަ އަހަރު ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިންނެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު