loading ...
loading ...
ހައިވޭގައި އެކްސިޑެންޓެއް ހިނގައި އެކަކު ޒަހަމްވެއްޖެ

ހައިވޭގައި އެކްސިޑެންޓެއް ހިނގައި އެކަކު ޒަހަމްވެއްޖެ

0 comment

ހުޅުމާލެ ހައިވޭގައި މިއަދު ވެސް އެކްސިޑެންޓެއް ހިނގައި އެކަކަށް އަނިޔާ ވެއްޖެއެވެ.

މިއެކްސިޑެންޓު ހިނގާފައިވަނީ ހައިވޭގައި ސައިކަލެއް އޯވަޓޭކް ކުރަން އުޅުނު ސައިކަލެއް، އަނެއް ލޭނުގައި އޮތް ކާރުގައި ޖެހިގެންނެވެ.  ކާރުގައި ޖެހި ސައިކަލް ވަނީ ކަހާލައިގެން 100 ވަރަށް ފޫޓު ދުރަށް ގޮސްފައެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގެ ރިޕޯޓު ލިބުނީ، މިއަދު ހެނދުނު 9:15 އެހާކަށްހާއިރު ކަމަށާއި އޯވާޓޭކް ކުރި ސައިކަލު ދުއްވަން އިން 20 އަހަރުގެ ދިވެހި ފިރިހެން މީހާގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސް، އެކި ވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އަދި އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ސައިކަލް ދުއްވަން އިން ޒުވާނާ އަތުގައި ދުއްވުމުގެ ލައިސެންސު ވެސް ނެތް ކަމަށް ފުލުހުން އެހެންކަމުން އޭނާ ދުއްވަން އިން ސައިކަލް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެ އެކްސިޑެންޓްގައި އެ ސައިކަލް ކަހަލައިގެން ގޮސް ޖެހުނު އިތުރު ސައިކަލުގައު ތިބި ދެ މީހުންނަށް އެކި ވަރުގެ ކުދި ކުދި އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު