loading ...
loading ...
ދީބާޖާ މައްސަލައިގެ ހުކުމް ތަންފީޒް ކުރުން ބާތިލްކޮށްދޭން އެދިއްޖެ

ދީބާޖާ މައްސަލައިގެ ހުކުމް ތަންފީޒް ކުރުން ބާތިލްކޮށްދޭން އެދިއްޖެ

0 comment

ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދިނުމަށް 348 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެ ކޯޓުގައި އެދިއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއެކު ސޮއިކުރި އެއްބަސްވުން ބާތިލް ކުރި މައްސަލައިގައި ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭނެކަމަށް ދަށު ކޯޓުން ކުރި ހުކުމް ދަމަހައްޓަން ސުޕްރީމް ކޯޓުންވަނީ ނިންމާފައެވެ.

އެޓާނީ ޖެނެރަލް އޮފީހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ އެކޯޓުން ހިންގަން ފަށާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު ދެވަނަ ދުވަހުން ފެށިގެން އަމަލު ކުރަމުން ގެންގޮސްފައިވާ "ކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒު ކުރުމުގައި އަމަލުކުރާނެ އުސޫލާއި" ހިލާފަށް ކަމަށެވެ.

އެ އޮފީހުން ބުނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ "ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ނިހާއީ ހުކުމެއްކަން އެނގެން އޮންނަ" ކަމަށް ބުނެފައިވާއިރު ސިވިލް ކޯޓުގެ އެ ހުކުމުގައި، ހުކުމްގައިވާ ގޮތަށް އަމަލުކުރުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 23 އޮކްޓޯބަރު 2014އިން ފެށިގެން ހަމަސް ދުވަހުގެ މުއްދަތު ކަމަށެވެ.

"ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ 26 ޖޫން 2018 ގައި ސިވިލް ކޯޓުން ބުނެވިދިޔަ ހުކުމް ބާތިލްކޮށްފައެވެ. ވީމާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމަށް ބަލައި ސިވިލް ކޯޓުގެ ހުކުމަށް އަމަލު ކުރުމުގައި މިހާރު މުއްދަތު ގުނަން ފަށާނެ ތާރީހެއް ކަމަށް ބަލަންޖެހޭނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމްކުރި ތާރީހުން ފެށިގެން ހަމަސް ދުވަހުގެ މުއްދަތެވެ،" އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްތަކުގެ ތެރެއިން މަހަކު ވަކި ވަރަކަށް ދައްކަމުން ގޮސް ފައިސާ ހަލާސްކުރާ ގޮތަށް ހުކުމް ކޮށްފައިވާ މައްސަލަތަކުގައި އެމަހަކަށް ދައްކަންޖެހޭވަރު އެމަހަކު ދައްކަމުން ނުގެންދާކަން ނުވަތަ ފައިސާ ދައްކާ ހަލާސްކޮށްފައިވާކަން އަރަނިވެރިޔާގެ ފަރާތުން އަންގާފައި ނުވާނަމަ އެ ހުކުމް ތަންފީޒުކުރުމަށް ކޯޓުން އިސްވެ ފަށާނީ ފައިސާ ދައްކާ ހަލާސްކުރަން ކަނޑައަޅާފައިވާ މުއްދަތަށް ފަހު ކަމަށެވެ. އޭޖީ އޮފީހުގެ ބަޔާނުގައި ދީބާޖާ މައްސަލަ ހިންގާފައިވަނީ އެ އުސޫލާ ހިލާފަށްކަން ވަނީ ފާހަގަކޮށްފައެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު