loading ...
loading ...
ސީއެންއެމްއާ މެދު ފިޔަވަޅު އަޅަން ޑީޖޭއޭ އިން ހުށައަޅައިފި

ސީއެންއެމްއާ މެދު ފިޔަވަޅު އަޅަން ޑީޖޭއޭ އިން ހުށައަޅައިފި

0 comment

ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއް ކަމަށްވާ "ސީއެންއެމް" އާ މެދު ފިޔަވަޅު އަޅަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފިއެވެ.

ސީއެންއެމްއާ މެދު ފިޔަވަޅު އަޅަން ޑީޖޭއޭ އިން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅީ ސީއެންއެމްގައި މި މަހުގެ 12 ވަނަ ދުވަހު "ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން "ރިޝްވަތު" ނެންގެވިކަމުގެ ތުހުމަތު!" ގެ ނަމުގައި ޝާއިރު ކުރި ލިޔުމުގައި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ބަޔާން ކޮށްފައި ހުރުމުންނެވެ.

ޑީޖީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސީއެންއެމްގައި ޝާއިރުކުރ ލިޔުމަކީ ފަނޑިޔާރުންނާއި ކޯޓުތަކުގެ އަގު ވައްްޓާލައި، ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ކުރާ މަސައްކަތަށް ހުރަސް އެޅުމަށްޓަކައި ލިޔެފައިވާ ލިޔުމެއް ކަމަށާއި އެހެންވެ، އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް ޑީޖޭއޭގެ ބަޔާނުގައި ވެ އެވެ.

"އެކަމާއި ގުޅިގެން ކުރާންޖެހޭ ތަހުގީގުތައްކޮށް، އަޅާންޖެހޭ ގާނޫނީ އަދި އިދާރީ ފިޔަވަޅުތައް އެޅުމަށް ޕްރޮސިކިޔުޓާ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް މީޑިޔާ ކައުންސިލަށް މި ޑިޕާޓްމަންޓުގެ ފަރާތުން 15 މެއި 2019 ވީ ބުދަ ދުވަހު ހުށައަޅައިފައިވާ ވާހަކަ ދަންނަވަމެވެ" ޑީޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ދީބާޖާގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ނިންމުން ވެބްސައިޓްގައި އާންމު ކޮށްފައިވާނެ ކަމަށާއި އަދި އެ ހުކުމާ ގުޅިގެން ފަނޑިޔާރުން ރިޝްވަތު ނެންގެވި ކަމަށް ކުރަމުންދާ ތުހުމަތުތަކަކީ އަދި އެ ތުހުމަތުތައް ޕްރޮމޯޓް ކުރުމަށް ނޫސްވެރިކަމުގެ ނަމުގައި މަދު ބަޔަކު ލިޔެ ޝާއިރުކޮށްފައިވާ ލިޔުންތަކުގައި ވަނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށްވެސް ޑީޖޭއޭ އިން ބުންޏެވެ.

ޑީޖޭއޭގެ މި ބަޔާނުގައި ވަނީ ނަފްރަތާއި ފިތުނަ ފަސާދަ އުފައްދަން އެފަދަ އަމަލުތައް ނުހިންގުމަށާއި އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކުން އަޅަމުން ގެންދިއުމަށް ވެސް ގޮވާލާފައެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު