loading ...
loading ...
މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަނީ

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަނީ

0 comment

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

މާލޭ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ނިންމީ މިރޭ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި އަށް މެމްބަރުންގެ އިއްތިފާގުންނެވެ.

މާލޭ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން އެ ކައުންސިލްގެ މިރޭގެ ބައްދަލުވުމަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ހުސައިން ޝަރީފެވެ. އޭނާ ވިދާޅުވީ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން ނިންމި ނިންމުން ތަންފީޒު ކުރާނީ ހަމަސް ފަހުން ކަމަށެވެ. އެއީ ހެލްތް މިނިސްޓްރީ އާއި ފުލުހުންނާ މަޝްވަރާ ކުރުމަށްފަހު އުސޫލުތަކެއް ކަނޑައަޅުމަށްފަހު ކަމަށެވެ.

މިހާރު ވެސް އާއްމުން އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ޤާނޫނުގައި މަނާ ކޮށްފައިވާ ކަމެކެވެ. އެހެންކަމުން މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ މިހާރު ވެސް ޖޫރިމަނާ ކުރަން ޤާނޫނީ ހުރަހެއް ނެތެެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ 500ރ ޖޫރިމައިނާ ކުރެވޭ ގޮތަށް މިހާރުވެސް ގާނޫނު އެބަ އޮތެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު ފާސްކުރީ 2010 ވަނަ އަހަރު އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ހަރުކަށި ޤަވައިދެއް މީގެ ފަސް މަސް ކުރިން ވަނީ ގެޒެޓް ކޮށްފައެވެ. އެޤަވައިދުގެ ދަށުން މިހާރު ވަކިން ސިނގިރޭޓް ވިއްކުން ވެސް ވަނީ މަނާކޮށްފައެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު