loading ...
loading ...
ނުކުޅެދޭ މީހާ އަށް އަނިޔާކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނަން: ޝިދާތާ

ނުކުޅެދޭ މީހާ އަށް އަނިޔާކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނަން: ޝިދާތާ

0 comment

ށ.ފޭދޫގައި ނުކުޅެދުންތެރިކަން ހުރި އަންހެނަކަށް އަނިޔާކުރި މީހުން ހޯދައި، އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުރި އެ އަންހެންމީހާގެ ބޮލަށް ގޯންޏެއް މަހައި ހޮޅިދަނޑިއެއްގައި އައްސާފައި ހުރި ފޮޓޯތައް ސޯޝަލް މީޑީޔާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.

މިނިސްޓަރު ޝިދާތާ ކުރެއްވި ޓްވީޓް--

މިކަމާއި ގުޅިގެން މިނިސްޓަރު ޝިދާތާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ށ.ފޭދޫގައި އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލައެއްގެ ރިޕޯޓު ލިބުމާއެކު އޭނާއަށް ބޭނުންވާ ރައްކައުތެރިކަން ދައުލަތުން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މި އަނިޔާވެރި ޢަމަލު ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ށ ފޭދޫ ކައުންސިލުން ބައެއް މީޑީޔާތަކަށް މައުލޫމާތުދެމުން ބުނެފައި ވަނީ މިހާދިސާ ހިނގުމުގެ ކުރިންވެސް އެ އަންހެން މީހާގެ ހާލަތު ބަޔާންކޮށް ދައުލަތުގެ އެކި މުއައްސަސާތަކަށް ސިޓީތައް ހުށައަޅާފައިވާ ކަމަށެވެ.

 

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު