loading ...
loading ...
ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެ

0 comment

ސިނަމާލެ ބުރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކާއި އެއް އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓު ހިނގަން މެދުވެރިވީ މާލެއިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ހައިވޭގެ ފެންސްގައި ޖެހިގެން ކަމަށެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓުގައި އެ ކުއްޖާގެ ބޮލުން ގާތްގަނޑަކަށް ތިން އިންޗި ވަނީ ކަފައިގެން ގޮސްފަ އެވެ. އެ ކުއްޖާ އަށް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި ބޮލަށް ލިބުނު އަނިޔާތައް ބަލަން އެ ކުއްޖާގެ ސީޓީ ސްކޭނެއް މިރޭ ހަދާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ހައިވޭގެ ރާޑަރު ކައިރިން ފެންސްގައި ޖެހި މި އެކްސިޑެންޓް ހިނގި އިރު، ސައިކަލް ދުއްވި ފިރިހެންމީހާ އާއި ކުޑަ ކުއްޖާ ވެސް އިނީ ހެލްމެޓް އަޅައިގެންނެވެ. ކުޑަކުއްޖާ އިނީ ބެލްޓު ވެސް އަޅުވާފައި ކަަމަށް ފުލުހުން ވިދާޅުވިއެވެ.

ސައިކަލު ދުއްވި 46 އަހަރުގެ މީހާއަކީ ލައިސަންސް އޮތް މީހެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު