loading ...
loading ...
ޕީޕީއެމް ފިޔަވާ އެހެން ޕާޓީތަކަށް ފައިސާ ދެނީ

ޕީޕީއެމް ފިޔަވާ އެހެން ޕާޓީތަކަށް ފައިސާ ދެނީ

0 comment

މި އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބެން ޖެހޭ ހަތަރު ޕާޓީގެ ތެރެއިން ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކަށް މިއަހަރުގެ ބަޖެޓުން ފައިސާ ދޫކުރުމަށް ބެލިއިރު ޤާނޫނުގައި ބުނެފައިވާ ޢަދަދު ކަމަށްވާ 10،000 މެންބަރުން ހަމަވަނީ ހަތަރު ޕާޓީއެއްގައި ކަމަށެވެ. އެއީ އެމްޑީޕީއާ ޕީޕީއެމްއާ ޖޭޕީގެ އިތުރުން އެމްޑީއޭ ކަމަށް އިލެކްޝަނުން ބުނެއެވެ.

މި ހަތަރު ޕާޓީގެ ތެރެއިން ފައިސާ ދޫކުރަން ޕީޕީއެމްގެ ނަން ފިނޭންސަށް ފޮނުވާފައި ނުވަނީ އެޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އަހަރީ ރިޕޯޓުގައި ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ކޮށްފައި ނުވާތީ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އަހަރީ ރިޕޯޓުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް ޕީޕީއެމްއަށް ވަނީ ހަތް ދުވަހުގެ މުހުލަތެއް އިލެކްޝަނުން ދީފައެވެ. އިލެކްޝަނުން ބުނީ އަހަރީ ރިޕޯޓު އިސްލާހު ކުރުމަށްފަހު އެ ކޮމިޝަނަށް ހުށަހެޅިހާ އަވަހަށް ދަޢުލަތުގެ ބަޖެޓުން ޕީޕީއެމްއަށް ކަނޑައެޅިފައިވާ ފައިސާ ދޫކުރާނެ ކަމަށެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު