loading ...
loading ...
ފެވިފާ ތިނަންވޭ މިހިތުގާ...28

ފެވިފާ ތިނަންވޭ މިހިތުގާ...28

22 comments

ޝިރުވާއަށް ދެކޮޅު ބަލައިލެވުނީ އެއްވެސް މީހަކު އެހިސާބުގައި ފެންނަން ހުރިތޯއެވެ. އެވަރުގެ އަނިޔާއެއް އަންހެންކުއްޖަކަށް ދިން މީހަކާއިމެދު، އެހިތުގައި ނަފުރަތު އުފެދުނެވެ. ޝިރުވާ ކުޑަކަކޫ މައްޗަށްވާހެން އެކުއްޖާގެ ކައިރީގައި އިށީނދެލިއެވެ. ކޮނޑުގައި އަޅުވާފައިވާ ދަބަހުގެ ތެރެއިން ނެގި ނަރުހުންގެ ޔުނީފޯމު އެކުއްޖާގެ ގައިމަތީގައި އަޅައި އަވަސްއަވަހަށް އެހަށިގަނޑު ނިވާކޮށްލަދިނެވެ. ޝިރުވާގެ އަތް ޖެހުމާއިއެކު އެކުއްޖާ ތެޅިފޮޅިގަތެވެ. ހަޅޭއްލަވަންފެށީ ބިރެއް ފެނިގެން އުޅޭހެންނެވެ. އެންމެފަހުން ޚަބަރު ހުސްވެގެން އެހަށިގަނޑު ދެމުނީއެވެ.

********

ހަދަންވީގޮތެއް ނޭނގިފައި، ޝިރުވާއަށް ކޮޅަށް ތެދުވެވުނެވެ. އޭރު މުޅި ހަށިގަނޑުވެސް ތުރުތުރުއަޅަމުން ދިޔައެވެ. ހާސްވެފައި ހުރެ އަނެއްކާވެސް ދެކޮޅު ހޯދައި ބަލައިލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދަބަހުގައި އޮތް ފޯނު ނަގައި، އެންބިއުލާންސްއަށް ގުޅިއިރު ޝިރުވާގެ ދެއަތްވެސް ތުރުތުރުއަޅަމުން ދިޔައެވެ. ވާހަކަ ދެއްކުނީވެސް އެހާ އުނދަގުލުންނެވެ. ނަރުހަކަށްވިޔަސް އެފަދަ ނާޒުކު ޙާލަތެއްގައި ކުއްޖަކު އޮތްތަން ފެނުމުން އެހިތަށް މާބޮޑަށް ޢަޞަރުކުރީއެވެ. އެފިނި ރޭގައިވެސް، މުޅި މީހާ ދާހިއްލާ ފޯވީ ދާދި އަވަހަށެވެ.

ޝިރުވާ ދެން ގުޅީ އޭނަގެ މަންމަ ފަރީދާއަށެވެ. ކަންތައް ވީގޮތް އޮޅުންފިލުވައިދިނުމަށްފަހު، އަވަހަށް ހޮސްޕިޓަލަށް އައިސްދިނުމަށް އެދުނެވެ. ފުލުފުލުގައި އެތައް ނޭވާއެއް ދޫކޮށްލެވުމުން ޝިރުވާ ހަމައަކަށް އެޅޭގޮތްވިއެވެ. ޚަބަރު ހުސްވެފައި އޮތް އެކުއްޖާގެ ކައިރީގައި އިށީނދެ، ވިންދު ހުރިތޯ ބަލައިލިއެވެ. ވިންދު ހުއްޓެވެ. އެހެނަސް ދިރުމެއް ނެތެވެ. މުޅި ހަށިގަނޑުގައި އެފާޚިޝް އަމަލުން ލިބިފައިވާ އަނިޔާތަކުގެ ނިޝާންތަކެވެ. ދުވަހަކުވެސް އެހިތުން ފިލުވައިނުލެވޭނޭ ލައްގަނޑުތައް އެހަށިގަނޑުގައި ވިއެވެ. އުފާވެރި ޙަޔާތަކަށް އެޅިގެންދާ ހުރަކަށް މެނުވީ އެހަނދާންތައް ނުވެ ނުދާނެއެވެ.

ޝިރުވާ ދެރަވިއެވެ. ހިތުގައި އެކުއްޖާ އާއިމެދު އުފެދުނު ހަމްދަރުދީގައި، ދެލޯ ކަރުނުން ފުރުނެވެ. އެކުއްޖާގެ ބޯ ނަގައި، އުނގުމަތީގައި ބާއްވާލަމުން އެއިސްތަށިގަނޑުގައި ޝިރުވާއަށް ފިރުމާލެވުނެވެ. ކާކުކަމެއް ނޭނގުނަސް ހިތުން ޚާއްސަ ޤަދަރެއް އެކުއްޖާއަށް ދެވުމުންނެވެ. އެވަގުތު ދެލޯ ފޫއަޅުވާލާފައި އައި ކަރުނަތަކުން އެކޯތާފަތް ތެންމާލިއެވެ. އެފަދަ ނުބައިކަމެއް ކުރި މީހަކާއިމެދު އެހިތުގައި ނަފުރަތު އުފެދުނެވެ. ހިތުގެ އަޑިން ދުޢާ ކުރެވުނީ، އެމީހަކަށް ދުވަހަކުވެސް އުފަލެއް މިންވަރު ނުކުރެއްވުމަށެވެ. އެމީހަކު އެކުރިކަމެއްގެ ބަދަލު މިދުނިޔެމަތީގައިވެސް ދެއްކެވުން އެދިއެވެ.

އެންބިއުލާންސް އައުމުގެ ކުރިން އެހަށިގަނޑު ރީތިކޮށް ނިވާކޮށްލަން ޝިރުވާ އަވަސްވެގަތެވެ. ދެއަތުގައި ހިފައި ކުޑަކޮށް ހިއްލައިލިވަގުތު، ގައިދަށުގައި އޮތް ދަބަހެއް އެލޮލުގައި އަޅައިގަތެވެ. ތެމިފޯވެފައި އޮތް އެދަބަސްނަގައި އޭގެ އެތެރެ، ޝިރުވާއަށް ބަލައިލެވުނެވެ. ކެތްތެރިކަން ކުޑަވެފައިވާ މީހަކު ފަދައިންނެވެ. ޝިރުވާގެ ނޭވާ އަވަސްވިއެވެ. ދަބަހުގެ ތެރޭގައި ހުރި އެއްޗެހި އަވަސްއަވަހަށް ބިންމައްޗަށް އޮއްސާލިއެވެ. މާގިނަ އެއްޗެއް ނެތެވެ. އޮތީ ފޯނަކާއި، ހެޑްސެޓެއްގެ އިތުރުން ފައިސާ އަޅާފައި އޮތް ކުޑަ ދަބަހެކެވެ. އެދަބަހުގެ ތެރޭގައި ގިނަ އަދަދަކަށް ފައިސާ އާއި އައިޑީކާޑެއްގެ އިތުރުން މެދު އުމުރުގެ އަންހެނަކާއި ފިރެހެނެއްގެ ތަސްވީރެއް އޮތެވެ.

"އިވްޔާ..." އައިޑީކާޑަށް ބަލަހައްޓައިގެން އިން ޝިރުވާ، އޭގައިވާ ނަން ކިޔައިލިއެވެ.

ހޮސްޕިޓަލަށް ގެންގޮސް އިވްޔާއަށް ފަރުވާކުރަންފެށީ ޝިރުވާގެ ޚާއްސަ ބެލުމުގެ ދަށުންނެވެ. ފުލުހުންނަށް މައްސަލަ ހުށަހެޅުނެވެ. ތަޙުޤީގުކުރުމުގެ ގޮތުން އެކިމީހުންގެ ބަޔާންތައްވެސް ނެގުނެވެ. ވީކަމެއް ނެތެވެ. އެއްވެސް މަޢުލޫމާތެއް ހޯދުނުކަމަކަށް ނުވިއެވެ. އެންމެފަހުން އެއްވެސް ހެއްކެތް ނެތްކަމަށް ބުނެ އެމައްސަލަ އޮބިގެން ދިޔައީއެވެ. ޝިރުވާގެ އުއްމީދުތައް ވިއްސި ވިހާލިކޮށްލަމުންނެވެ. އިވްޔާއަށް އިންސާފު ހޯދައިދިނުމަށް ފެށި ދަތުރުގައި އެއްވެސް އަލިމަގެއް ނުފެނިއެވެ. ކުރި ހުރިހާ މަސައްކަތެއްވީ ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. އެންމެފަހުން އެމަސައްކަތް ހުއްޓައިލަން ޝިރުވާއަށް މަޖުބޫރުވިއެވެ. ބޭކާރު ކަމަކަށް ވަގުތު ހުސްކުރުމަށްވުރެ، އޭނައަށް މުހިއްމުވީ އިވްޔާއެވެ. އެފުރާނަ ސަލާމަތްކުރުމެވެ. ޒުވާން އުމުރުގައި ނަފުޞުގައި ޖެހުނު ކަޅު ލައްގަނޑުގެ ހަނދާންތައް އެހިތުން ފިލުވައިލުމަށް އެހީތެރިވެދިނުމެވެ. ކޮންމެވެސް ދުވަހަކުން އިވްޔާއަށް އިންސާފު ހޯދައިދެވޭނެކަމުގެ އުއްމީދު އެހިތުގައި އޮތެވެ.

ހޭއެރިނަމަވެސް އިވްޔާއެކޭ ފުރާނަނެތް މަސްގަނޑެކޭ އެއްވަރުވިއެވެ. އެއްވެސް މީހަކާއި އަނގައިން ބުނާކަށް ބޭނުމެއް ނުވެއެވެ. އަބަދު ކަމަކީ ރޮއެ ހިތާމަކުރުމެވެ. ކިރިޔާ އަޑެއް އިވިލިޔަސް ދަނީ ސިއްސައިގެންނެވެ. ނިދީގައި ރޮއެ ހަޅޭއްނުލަވާ އެންމެ ރެއެއްވެސް ނުދެއެވެ. އެއްވެސް މީހެއްގެ އެހީތެރިކަންވެސް ބޭނުމެއް ނުވެއެވެ. މީހަކު ކައިރިވެލިޔަސް ބިރެއް ފެންނަހެން ތެޅިފޮނިގަނެއެވެ.

2އަހަރު ފަސް

ކާރު ގޮސް މަޑުކޮށްލީ އުސް އިމާރާތެއްގެ ކުރިމައްޗަށެވެ. ކާރޫބާރޫ ބޮޑު މަގެކެވެ. ދުއްވާ އެއްޗެހިން މުޅިމަގު އޮތީ ތޮއްޖެހިފައެވެ.

ދުއްވާ އެއްޗަކަށްވެސް ބެލުމެއްނެތި، ދޮރު ހުޅުވާލާފައި އިވީޝާ ކާރުން ފޭބިއެވެ. އެމޫނުމަތި ވަނީ ބަނަވެފައެވެ. ރައިންއަށް އިންތިޒާރުކުރާކަށް އިވީޝާ މަޑެއް ނުކުރިއެވެ. ބާރުބާރަށް ހިނގާލާފައި ގޮސް ގޭގެ ދޮރުކައިރީގައި މަޑުކޮށްލިއެވެ. ކޮނޑުގައި އަޅުވާފައިވާ ދަބަސްނަގައި ހޯދަން ފެށީ ތަޅުދަނޑިއެވެ. އަވަސްކުރަން ހަދައިގެން އާދެވުނީ ތަޅުދަނޑި ނުލައިކަން ހަނދާންވެ، އިވީޝާއަށް ދަތްތަކަށް ބާރުކޮށްލެވުނެވެ. ފޯނު ނެގީ އޭނަގެ މަންމައަށް ގުޅަން ކަމަށެވެ. ނަމަވެސް އެވެސް އޮތީ ނިވިފައެވެ. ކޮންމެ ގޮތަކުންވެސް ދެންޖެހޭނީ ރައިން އަންނަންދެން މަޑުކުރަންކަން އެނގުމުން އިވީޝާގެ ރުޅި އިތުރަށް ގަދަވާގޮތްވިއެވެ.

ފަހަތުން އިވެންފެށި ބަރުގޮނުގެ އަޑުން ރައިން އަވަސްއަވަހަށް ކާރުން ފޭބިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި އައިސް އިވްޔާ އިން ދިމާއިން ކާރުގެ ދޮރު ހުޅުވައިލަދިނެވެ. ދެފިކުރެއްގައި އިނދެފައި، އިވްޔާ ކާރުން ފޭބީ ރައިންގެ އަތުގައި ހިފާލައިގެންނެވެ. ކުރިމަތިން ފެންނަން ހުރި އުސް އިމާރާތާއި ދިމާއަށް ބަލައިލުމާއިއެކު އިވްޔާއަށް އިސްޖަހައިލަން މަޖުބޫރުވިއެވެ. ފުރަތަމަ ފަހަރަށް ރައިން އާއި އޭނަ އާއި ދެމެދު ހުރި ފަރަޤު އިޚްސާސްކުރެވުމުންނެވެ.

"އާދޭ..." އިވްޔާގެ އަތުގައި ހިފައިގެން ގެއާއި ދިމާއަށް ރައިން ހިނގައިގަތެވެ. ހިތްކަތިލާފަދަ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުންނެވެ.

ރައިންގެ އެއަމަލުން އިވްޔާގެ ނުތަނަވަސްވެފައިވާ ހިތަށް ފިނިކަން ލިބުނެވެ. ރައިންގެ ހިތުން އޭނައަށް ދެވިފައިވާ މަތިވެރި މަޤާމް ހާމަވެގެން ދިޔައެވެ. ރައިން އާއިއެކު ނުދާން ހިތް ބުނި ނަމަވެސް، އެއަޑަކަށް ކިޔަމަނެއް ނުވެވުނެވެ.

ރައިންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ އިވީޝާއަށް ގެއަށް ނުވަދެވިފައި ހުރިތަން ފެނުމުންނެވެ. އެކަމާއި ގުޅުވައިގެން އެއްޗެކޭ ބުނެނުލައި ރައިންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.

"އެންމެ ކުރިން އައީމަ ހީކުރީ ގޭތެރެއިން ފުރަތަމަ މަރުޚަބާ ކިޔާ މީހަކަށްވާނީ އިވީޝާކަމަށް..." ރައިންއަށް ހެވުނެވެ. ހިނިގަނޑު އެތެރެއަށް ހިންދާލަން އުޅުނަސް އެކަމެއް ނުކުރެވުނެވެ.

ރައިން އެއްލި ގާގަނޑު އިވީޝާގެ ގައިގައި ހަމަ ރަނގަޅަށްވެސް ޖެހުނެވެ. ރުޅި އައިސް ތުންދަމާލިގޮތުން ރައިންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ރައިންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެނަޒަރު ހޯދަމުން ދިޔައީ އެންމެ ސޫރައެކެވެ. ސަލްމާއެވެ. ސަލްމާ ފެންނާކަށް ނެތެވެ. ހާމަފެންޑާގެ ތެރޭގައި ތިބީ އިވީޝާގެ މަންމަ އާއި ބައްޕަގެ އިތުރުން ބޭބެއެވެ. އެންމެންވެސް ތިބީ ފުރަގަސްދީގެންނެވެ.

އިވްޔާއަށް އެކިފަރާތްފަރާތް ބަލައިލެވުނެވެ. ތަނަވަސް ހާމަފެންޑާގެ ރީތިކަން އިތުރުކޮށްދީފައިވަނީ ވަށައިގެން ފެންނަމުންދިޔަ ހުދުކުލައިގެ ސަބަބުންނެވެ. ހުދުކުލަ ރަމްޒުކޮށްދެނީ ސާފުތާހިރުކަމެވެ. ފާރުގެ އިތުރުން ފަރުނީޗަރުވެސް ހުރީ އެކުލައިންނެވެ. ތަޅުމުގައި މަޑު މުށިކުލައެއްގެ ތަށިމުށި ޖަހާފައި ހުރުމުން ވަކީން ފުރިހަމަކަމަށް ދައްކައެވެ. ހާމަފެންޑާގެ މެދުގައި ސޯފާ ބަހައްޓާފައިވާއިރު، މަޑު ކެހެރިކޮޅެއްފަދަ ހުދުކުލައިގެ ދޫލައެއް އަޅާފައި އޮތެވެ. ގޭތެރޭގެ ތަރުތީބުކަމާއި ފުރިހަމަކަމުން އިވްޔާ ހުރީ އާޝޯހުވެފައެވެ.

އިވީޝާ ދުވެފައި ގޮސް އޭނަގެ މަންމަ ލުބުނާގެ ކައިރީގައި އިށީނެވެ. ކޮނޑުގައި ބޯއަޅާލިގޮތަށް ފެށީ ރޯށެވެ. އިވީޝާގެ ބައްޕަ ހުޒާމް، ކޮޅަށް ތެދުވިއެވެ. އިވީޝާގެ ބޮލުގައި ފިރުމަމުން ވީކީއްތޯ ސުވާލުކުރަން ފެށިއެވެ. އެވަގުތު އިވީޝާ ބުނި އެއްޗެއް އަޑުއިވިފައި، ހުޒާމް ފަސް އެނބުރި ބަލައިލިއެވެ.

ރައިންގެ ގައިން ހީބިހި ނަގައިގެން ދިޔައީ ހުޒާމް ބަލައިލި ގޮތުންނެވެ. އޭނައަށް އިވްޔާގެ އަތްތިލައިގައި ބާރަށް ހިފައިލެވުނެވެ. ޖެހިލުންވި ނަމަވެސް އެކަން މޫނުމަތިން ނުދައްކައިވޭތޯ ރައިން ދިޔައީ މަސައްކަތް ކުރަމުންނެވެ. ހުޒާމްގެ ނަޒަރު ރައިންއިން ވަކިކޮށްލުމަށްފަހު ހުއްޓައިލީ އިވްޔާގެ މޫނަށެވެ. އޭގެ ފަހުގައި އެދެމީހުންގެ ގުޅި ލާމެހިފައިވާ އަތަށެވެ. ގޮށްޖެހިގެންދިޔަ ހުޒާމްގެ ދެބުމަ ފެނި އިވްޔާގެ ހިތް ހީވީ ބޭރަށް ފުންމައިލިހެންނެވެ. ނޭވާ ހުއްޓުނުހެންވެސް ހީވިއެވެ. އިވްޔާ އޭނާގެ އަތް، ރައިންގެ އަތުގެ ތެރެއިން ދަމައިގަންނަން އުޅުނެވެ. ނަމަވެސް ރައިން ހިފަހައްޓާފައި ހުރިލެއް ބާރުކަމުން އެއަތުން ދޫނުކުރާނެކަން އޭނައަށް އެނގުނެވެ.

ހުޒާމް އެގޮތަށް ބަލަހައްޓައިގެން ހުއްޓައި ރައިން ގޮސް ވަނީ ކާގެއަށެވެ. ކާގެއަށް ވަދެވެންދެންވެސް ހުޒާމް އެހުރި ގޮތަށް ހުއްޓެވެ. އެއްޗެއް ނުބުނިކަމުގައި ވީނަމަވެސް ކަންތައް ވަރަށް ގޯސްވާނެކަން އެމޫނުމަތީގެ ކުލަވަރުން ހެކިދިނެވެ. ރައިން ހީކުރިގޮތަށް ސަލްމާ ހުރީ ބަދިގެތެރޭގައެވެ. ފުރަގަސްދީގެންނެވެ. ރައިންއަށް ބަލައިލެވުނީ ހާސްވެފައި ހުރި އިވްޔާއަށެވެ. ފިނިވަމުންދިޔަ އެއަތްތިލައިގެ މަތީގައި އަނެއް އަތް ބާއްވައިލަމުން ދެލޯ މަރާލީ ހިތްވަރުދޭ ފަދައިންނެވެ.

ކޮފީ ޖޯޑުތައް ތަބަކަށް ލައިގެން ސަލްމާ އެނބުރުނުއިރު، އެތުންފަތް މަތީގައިވީ ލުއި ހިނިތުންވުމެކެވެ. ރައިން ފެނުމާއިއެކު ސިހުން ލިބުނު ސަލްމާގެ އަތުން ތަބަށް ދޫވެ، މުށިތަކުގެ މަތީގައި ޖެހުނެވެ. އެއާއިއެކު ތަށިތައް ތަޅައިގެން ގޮސް މުށިކޮޅުތައް އެކި ހިސާބުތަކަށް ބުރައިގެން ދިޔައެވެ. މުޅި ކާގެ ތެރޭގައި އެއަޑު ގުގުމައިލިއެވެ. ސަލްމާ ދެލޯމަރައި ބާރުކޮށްލަމުން ދެކަންފަތްމަތީގައި އަތް އެޅިއެވެ. ލޯ ހުޅުވައިލީ ރައިން އައިސް ކޮނޑުމަތީގައި އަތް ބާއްވައިލުމުންނެވެ. އޭރު މުށިކޮޅުތައް ނަގައި ތަން ސާފުކުރުމުގައި އިވްޔާ އުޅުނެވެ.

"މަންމާ... އަހަރެން..." ރައިން އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އަތުގެ އިޝާރާތުން އެވާހަކަ ހުއްޓައިލުމަށް ސަލްމާ ބުނެލިއެވެ.

"އެއަންހެނާގެ ވާހަކަ މަންމަ ކައިރީ ނުދައްކާތި..." ސަލްމާ ރުޅި އައިސް އިވްޔާ އާއި ދިމާއަށް އިނގިލި ދިއްކޮށްލިއެވެ.

ރައިންއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އިވްޔާ އާއި ދިމާއަށް ބަލައިލެވުނީ ހާސްވެފައި ހުރެއެވެ. އިސްޖެހިފައި އިވްޔާ އިންއިރު މުށިކޮޅެއްގައި ހިފަހައްޓައިގެން އިންގޮތުން ރައިންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އަވަސްއަވަހަށް އިވްޔާގެ ކައިރިއަށް ދެވުނެވެ. އޭރު މުށިކޮޅުން ކަފައިގެން ގޮސް އިވްޔާގެ އަތުން ލޭއަންނަނީއެވެ. ރައިން ގޮސް އިވްޔާގެ އިނގިލީގައި ހިފަހައްޓައި ލޭމަނާކޮށްލިއެވެ. ބަލައިގެން ނޫޅޭތީ އެތައް ޝަކުވާއެއް ކުރިއެވެ. އެއަށްފަހު، ގެންގޮސް ބޭންދީ ގޮނޑިއެއްގައެވެ. ދެން އައީ ބޭސްއަޅަން ބޭނުންކުރާނޭ ތަކެތި ހިފައިގެންނެވެ.

އެހުރިހާއިރު ވީއިރުވެސް ޖެހި ބުދެއްހެން ސަލްމާ ހުރީ ރައިންގެ ހަރަކާތްތަކަށް ބަލާށެވެ. ނަފުރަތުގެ އަލިފާނަކުން އިވްޔާ ފިއްސައިލެވޭނެނަމަ އެކަން އެވަގުތު އޭނަ ކުރީހެވެ. އެކަމާއިހުރެ، ކުރިއަށްވުރެ ބޮޑަށް އިވްޔާދެކެ ރުޅި އަންނަ ގޮތްވިއެވެ.

"ރައިން މަންމަ..." އިވްޔާ ފެންކަޅިވާގޮތްވިއެވެ.

ސަލްމާ އޭނައަށް ނަފުރަތުކުރާކަން އިވްޔާއަށް މާކުރިންވެސް އޮތީ އެނގިފައެވެ. ނަމަވެސް ދެންމެ އެނގުނު ކަމެއްހެން އެކަމުން ހިތަށް ތަދުވަނީއެވެ. ސަލްމާގެ ކުރިމަތީގައި ރައިން އޭނަ އާއި އެހާ ގާތްކޮށް ކަންތައް ކުރަން ފެށުމުން އިވްޔާ މާބޮޑަށް ހާސްވާގޮތްވިއެވެ. އެކަމުން ސަލްމާގެ ހިތް، އޭނަ އާއިމެދު އިތުރަށް ގޯސްވާނޭކަން އެނގޭތީއެވެ.

"ޓްރަސްޓް މީ..." އިވްޔާގެ އަތަށް ފިތައިލަމުން ރައިން ބުންޏެވެ. ހާސްވެފައި ހުރުމުން، އިތުރު އެއްޗެއް ބުނެވޭގޮތެއް ނުވިއެވެ. ދޫކޮށްލެވުނީ ފުންނޭވާއެކެވެ.

އިވްޔާ ހަމައަކަށް އަޅުވަން އެހެން ބުނިނަމަވެސް ސަލްމާގެ މިޒާޖުގެ ސަބަބުން ރައިންގެ ހިތްވެސް ވަނީ ނުތަނަވަސް ކަމެއްގެ ތެރެއަށް ވެއްޓިފައެވެ. މައިމީހާގެ ކުރިމަތީގައި އެނޫނީ ދުވަހަކުވެސް އޭނަ އެފަދަ ގޮތަކަށް އުޅެފައެއް ނުވެއެވެ. އަންހެން ކުއްޖެއްގެ ވާހަކަ ދައްކަން ހިތުވެސް ނުލައެވެ. ނަމަވެސް އެވަގުތާއި ޙާލަތު ބަދަލުވެއްޖެއެވެ. ދިރިއުޅުމުގައި އަމިއްލަ އިޚްތިޔާރުތަކެއްވެސް އޮންނަން ޖެހޭނެއެވެ. ކަންކަމާއި ކުރިމަތިލާން އޭނަ ނިންމީ އެހެންވެއެވެ. އެހިތްވަރު އޭނަ ހޯދީ ލޯތްބަށްޓަކައެވެ. ފަހަތަށް ފިޔަވަޅު ނެގުމުގެ ބަދަލުގައި، ކުރިޔަށް ފިޔަވަޅު އަޅަން އޭނައަށް ދަސްވެއްޖެއެވެ. ފަހަރެއްގައިވެސް މަންމަގެ ލޯތްބާއި ނުލައި ދިރިއުޅުމެއް ފެށުމުގެ މަޤުޞަދުގައެއް ނޫނެވެ. އޭނަ އިވްޔާ ބޭނުންވަނީ މަންމަގެވެސް ރުހުމާއި އެކުގައެވެ. މައިންބަފައިންގެ ނުރުހުމުގައި ކުރެވޭ އެއްވެސް ކަމެއްގައި ބަރަކާތް ނުލައްވާނޭކަން އެނގޭތީއެވެ.

"ރައިން..." ސަލްމާގެ އަޑަށް ރައިން ފަސްއެނބުރި ބަލައިލިއެވެ.

"ބުނީމަ ބުނާ އެއްޗެއް ނޭނގޭވަރުގެ ކުޑަކުއްޖެއް ނޫނޭ ތީ... " ސަލްމާގެ މޫނުމަތިން ފެނުނީ ރުޅިވެރިކަމެވެ.

އިވްޔާ އާއި ދިމާއަށް ކަޅި އަޅައިލިގޮތުން، ދުވަހަކުވެސް އެހިތް އިވްޔާ އާއިމެދު ސާފުނުވާނޭކަން ރައިންއަށް އެނގުނެވެ. އެމަންޒަރު އިވްޔާއަށް ފެންނާކަށް ރައިން ބޭނުމެއް ނުވިއެވެ. އޭނަ އެރީ އިވްޔާގެ ކުރިމައްޗަށެވެ. ސަލްމާ އާއި ކުރިމަތިލީއިރު، އެދެލޯ ފެންކަޅިވަމުން ދިޔައެވެ.

"މަންމާ... އަހަރެން ލޯބިވަނީ އިވީޝާ ދެކެއެއް ނޫނޭ..." ހިތްވަރުކޮށްފައި ރައިން ބުންޏެވެ.

"އޭން... ދެން ކީއްވެ އިވީޝާއަށް އެވަރުގެ ކެއްސެއް ތިދިނީ؟... ލޯބިނުވާއިރު ގުޅާ، ލޯބީގެ މެސެޖުތައް ފޮނުވާހެދީ ކީއްކުރަންހޭ؟..." ސަލްމާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އޭރު އިވީޝާގެ އިތުރުން ލުބުނާ އާއި ހުޒާމްވެސް އައިސް ދޮރުމަތީގައި ހުއްޓިއްޖެއެވެ.

"އެއީ އަހަންނަށް ހެދުނު ވަރަށް ބޮޑު ގޯހެއްކަން ޤަބޫލުކުރަން... ދެނަންބަރުގަވެސް އެއްނަމެއް ޖަހާފަ ސޭވްކުރެވުނީ.... އިވީގެ ނަންބަރުކަމަށް ހީކޮށް އަހަންނަށް އެކަން ކުރެވުނީ... މަންމާ... އަހަރެން... އަހަރެން ލޯބިވަނީ އިވީދެކެ... ދެން ދުވަހަކުވެސް އެހެން މީހެއްދެކެ ލޯތްބެއް ނުވެވޭނެ..." ރައިންއަށް ސަލްމާގެ ފައިދަށަށް ތިރިވެވުނެވެ. ދެލޮލުން ފައިބަންފެށި ކަރުނަތަށް ސަލްމާގެ ފައިގައި ބީހޭކަން ގިނައިރެއް ނުނެގިއެވެ.

ރައިންގެ އެއަމަލުން ސިހިފައި، ސަލްމާއަށް ދުރަށް ޖެހިލެވުނެވެ. އަންހެނަކާއިހެދި، އޭނަގެ ދަރިއަކު އެފަދަ ދަރަޖައަކަށް ވެއްޓުމުން އެހިތުގައި ރިއްސާލިއެވެ. އޭނައަށް ދެވުނު ތަރުބިއްޔަތުގައި އުނިކަމެއް ހުރިކަން އިޚްސާސް ކުރެވުމުންނެވެ. ސަލްމާ ދެކޭ ގޮތުގައި އޭނަ ނިންމާ ހުރިހާ ނިންމުމަކީވެސް އެންމެނާއި ދޭތެރޭގައި ވިސްނާފައި ނިންމާ ނިންމުންތަކެކެވެ. އެންމެންނަށްވެސް ފައިދާވާނީ އޭނަގެ ނިންމުމަށް ތަބާވެގެންނެވެ. އިތުރު މީހަކު އެނިންމުންތަކަށް ބަސްކިޔައި، ފާޑުކިޔަން އޭނަ ނުރުހެއެވެ.

"ނުބައި އަންހެނެއްގެ އަވައިގަ ޖެހުނީމަ ތިކަހަލަ ހުރިހާ ގޮތެއްވެސްވާނެ... ރައިން ތީ ކުރިން ތިގޮތަށް އުޅުނު ކުއްޖެއް ނޫން..." ސަލްމާގެ ރުޅި ފިނިވާގޮތެއް ނުވިއެވެ. ދެލޯ ހަނިކޮށްލަމުން އޭނަ ބަލައިލީ އިވްޔާއަށެވެ. ރައިންގެ ޙަޔާތުން ނުކުމެގެން ދުރަށްދާށޭ ބުނާ ފަދައިންނެވެ.

"ނޫން މަންމާ... މިކައިވެނި ފިޔަވާ އިތުރު މަޖުބޫރުކަމެއް އަހަރެންގެ ނެތް... އާދޭސްކުރަން... މަންމަ ބުނި ކޮންމެ ގޮތެއް ހަދައިގެން އުޅެފާނަން... އެކަމަކު މިކައިވެނިކުރަން މަޖުބޫރު ނުކުރޭ މަންމާ..." ރައިން އާދޭސްކުރަމުންދިޔައީ ސަލްމާގެ ނިންމުން ބަދަލުކުރާނޭ ކަމުގެ އުއްމީދު ހިތުގައި އޮތުމުންނެވެ.

ރައިން ހީކުރިގޮތަށް ސަލްމާގެ ހަރުހިލަގަނޑެއްފަދަ ހިތް، މަޑު ކަފަކޮޅަކަށް ވެގެން ނުދިޔައެވެ. ރައިން ނަގައި، ދުރުކޮށްލުމަށްފަހު މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ. ހިތްހަމަނުޖެހުމާއި އެއްވަރަށް މާޔޫސްކަންވެސް އެމޫނުމަތިން ފެންނަމުން ދިޔައެވެ.

ދޮރުމަތީގައި ހުރި ހުޒާމްއަށް ކުރިޔަށް ޖެހިލެވުނެވެ. ރުޅި އައިސްގެން ގޮސް އޭނައަށް ވާނުވާވެސް ނޭނގެއެވެ. ސިނގު ރުޅިއެއް ގެންގުޅޭ ހުޒާމްއަކީ ލޭ މައްޗަށްދާ މީހެއްކަމުން، މާބޮޑަށް ރުޅި އައިސްފިނަމަ، އެރުޅި މައިތިރިކުރުން ވަނީ އުނދަގޫ ކަމަކަށެވެ.

"ކޮންމެގޮތެއް ވިޔަސް ހެޔޮ، ކަލޭ ޖެހޭނީ އަހަރެންގެ ދަރިފުޅާ ކައިވެނި ކުރަން..." ހުޒާމް އައިސް ރައިންގެ ގަމީހުގައި ހިފައި ދަމައިގަތެވެ.

"ކައިވެނީގެ ވާހަކަ އެންމެނަށް އިޢުލާންކޮށް ނިމިއްޖެ... ކަންމިހެންވީމަ ލަދުގަންނަންޖެހޭނީ އަހަރެމެން... ކަލެޔަށް އަރާ އެއްފަރާތުގަ ހުރެވިދާނެ... އެކަމަކު މީހުންގެ ދޫތަކުގަ ހިފަހައްޓާނެހާ ބާރެއް އަހަރެމެންގެ ގަޔަކު ނެތޭ..." ރައިން ގެންގޮސް ފާރުގައި ތަތްކޮށްލަމުން ހުޒާމް ހަޅޭއްލަވައިގަތެވެ. ރުޅި އައިސްފައި ހުރިގޮތުން ދެލޮލުންވެސް ހީވަނީ އަލިފާންކަނި ބުރާހެންނެވެ.

ހުޒާމް ދެދަތްޕިލަ ޖައްސައި ބާރުކޮށްލިގޮތުން ކަތުރުކަށިގަނޑަށް ވާންވެގެން ދިޔަތަން ފެނި ރައިން ޖެހިލުންވިއެވެ. ހުޒާމްގެ ހަމަލާއެއް އެމޫނަށް އަރާފާނެތީ، މޫނު އަނބުރައިލެވުނީ އަނެއް ފަރާތަށެވެ.

އިވީޝާ ދުވެފައި އައިސް ހުޒާމް ދުރުކުރަން އުޅުނެވެ. އިވްޔާއަށްވެސް ފުންމައިގެން ތެދުވެވުނެވެ. އަނގަމަތީގައި އަތްއަޅާލިއިރު، ހިތް ހީވަނީ ބޭރަށް ފުންމައިލަފާނޭ ހެންނެވެ. ދޮރުމަތީގައި ލުބުނާ ދެލޯ ބޮޑުކޮށްލައިގެން ބަލަން ހުރިއިރު، ސަލްމާގެ ހާލަކީވެސް އެޔެވެ. ހުޒާމްގެ އެކުލަ އޭގެ ކުރިން އޭނައަށް ފެނިފައެއް ނުވެއެވެ. ކޮންމެވެސް ވަރަކަށް ހިތުގައި ބިރުވެރިކަމެއްވެސް އުފެދުނެވެ. ހަދާނޭގޮތް ހުސްވިއެވެ. ގޭތެރެއަށް ވަދެގެން އައި ރިޒްވީން އާއި ނަޝީދުވެސް ކާގެއަށް އައީ ދުވެފައެވެ. އޭރުވެސް ހުޒާމްގެ ބާރު އަޑު މުޅި ގޭތެރޭގައި ގުގުމާލާފައި ހުއްޓެވެ. ކަންތައް ގޯހުން ގޯހަށް ދިޔުމުގެ ކުރިން ރިޒްވީން އައިސް ދެމީހުން ދުރުކުރުވިއެވެ.

ހުޒާމް ހަމައަކަށް އެޅުނީ އިވީޝާ އާއި ކައިވެނިކުރަން ރިޒްވީން އެއްބަސްވުމުންނެވެ. ހިތާއި ދެކޮޅަށް ރިޒްވީން އެނިންމުން ނިންމީ ރައިންގެ ލޯބީގެ ޙައްޤުގައެވެ. ހުރި ހަމައެކަނި ކޮއްކޮއަށް އަލަތު ލޯބި ހޯދައިދިނުމުގެ މަޤުޞަދުގައެވެ. ކޮންމެގޮތަކުންވިޔަސް އިވްޔާ އާއި ކައިލަންއަކީވެސް އޭނައަށް މުހިއްމު ދެމީހުންނެވެ. އެދެމީހުންގެ ޙައްޤުގައިވެސް ތެދުވަން އޭނައަށް މަޖުބޫރުވެއްޖެއެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

22 ޚިޔާލު

  1. Sheen

    Maasha Allah vaahaka vvvv furihama. Vvv reethi. Jumulathahves v fadhuvu vefa dialogue thah ves v interesting..💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜❤️❤️❤️❤️❤️❤️❤️❤️❤️ Mulhi part ekkohves v interesting.. V salhi koh nimmaalaafaves inee. Hama superb. Mie mihaaru vaahakaige emme unthixaaru kuri hisaabu. Kanthahthah hamayakah elhen ulheyhen heevanee. 😍😍😍😍😍😍😍😍😍😍😍😍 Waiting for the next part. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • އޭޝް

      thank u so much dear. V ufaavehje story kamudhiyaeema 😊❤❤ keep waiting fr the next part 😊❤

  2. 💙🌹❤️

    Vvv reethi vvv furihama

    3
    1
    • އޭޝް

      thank u so much dear. V ufaavehje story kamudhiyaeema 😊❤❤

  3. 💕💜 besty 💙💕

    Wiw. V reethi. Hurihaa paragraph thah ves ehaa shauguveri. Komme paragraph eh kiyaalaaurah aneh paragraph kiyan keiy madhuvey. Ehaaves molhukoh genes dheefa huree. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕 Mulhi part ves vv interesting. Kuriah oiy bayah maa bodah ves eba inthizaaru kureven fashaifi. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 Waiting. Keep it up. 💜💙💜💙💜💙💜💙💜💙💙💜💙💜💙💜💙💜💙

    • އޭޝް

      thank u so much dear. V ufaavehje story kamudhiyaeema 😊❤❤ keep waiting 😊

  4. ލަމް

    މާޝާﷲ. ވާހަކަ ވަރަށް ވަރަށް ފުރިހަމަވެފައި ރީއްޗެވެ. ވަރަށް ޝައުގުވެރި ކަމާއެކު ކިޔާހިތުން ކިޔާލެވިއްޖެއެވެ. ޖުމުލަކޮށް ބުނާނަމަ ބުނަންޖެހޭނީ ވާހަކައިގެ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައެވެ. ވަރަށް ހިތްގައިމެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން ވަކިވެލަމެވެ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️

    2
    1
    • އޭޝް

      thank u so much dear. V ufaavehje story kamudhiyaeema 😊❤❤ keep waiting 😊

  5. ކާކުކަން އިނގޭނެ

    އެންމެ ފޭވަރިޓް މީހާގެ އެންމެ ސަޅި ވާހަކަ. 😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘

    • އޭޝް

      thank u so much dear. V ufaavehje story kamudhiyaeema 😊❤❤

  6. jiji

    Vv salhi..vv interest..whn next😘😘😘😘🤪🤭🤭🤭💜💜💜💜💙

    • އޭޝް

      Thank u so much dear 😊❤ v ufavehje kamudhiyaeema 😊 new part today

  7. Naju

    Just wow ey hama buneveyny 😘😘😘😘😍😍😍

    • އޭޝް

      Thank u so much dear 😊❤ v ufaavehje story kamudhiyaeema 😊

  8. Kujjeh

    Wow vrh rythi mi part vx when nxt part 😍😍😍😍Curiously waiting .. Great job eysh dear .. May god bless u ❤❤❤

    • އޭޝް

      Thank u so much dear 😊❤ v ufaavehje story kamudhiyaeema 😊❤ next part today

  9. malkko

    Varah reethi.😊

    • އޭޝް

      Thank u so much dear 😊❤ v ufaavehje story kamudhiyaeema 😊

  10. ފޭން

    ވަރަށް ރީތި ، އެދެމީހުން ދުރު ނުކުރައްޗޭ ލިޔުންތެރިޔާ

    • އޭޝް

      Thank u so much dear 😊❤ v ufaavehje story kamudhiyaeema 😊

  11. Anonymous

    ވ ސަޅި

    • އޭޝް

      Thank u so much dear 😊❤ v ufaavehje story kamudhiyaeema 😊