-
-
ސްޕޯޓްސް ކޮމިޝަނަރަކަށް ސަލީމް ހަމަޖައްސައިފި

ސްޕޯޓްސް ކޮމިޝަނަރަކަށް ސަލީމް ހަމަޖައްސައިފި

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް އަޙްމަދު ސަލީމް(ހީނާ) ޢައްޔަނު ކުރައްވައިފިއެވެ.

ADS BY FENVARU

ރައީސް އޮފީހުން ބުނިގޮތުގައި ސަލީމް މި މަޤާމަށް ޢައްޔަން ކުރައްވައިފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.

ސަލީމަކީ ކުޅިވަރުގެ ދާއިރާގައި ވަރަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން 2018 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ހިންގުމާއި އަދި މީހުން ތަމްރީންކުރުމުގެ ރޮނގުން ސަލީމް ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާޞިލްކުރައްވާފައެވެ.

ސަލީމް ވަނީ ކުޅިވަރުގެ ދާއިރާއިން އެކި ފެންވަރުގެ ތަމްރީންތައް ވެސް ހާޞިލްކުރައްވާފައެވެ.