loading ...
loading ...
ސިވިލް ކޯޓަށް ދެ ފަނޑިޔާރުން ހޯދަން އިއުލާނު ކޮށްފި

ސިވިލް ކޯޓަށް ދެ ފަނޑިޔާރުން ހޯދަން އިއުލާނު ކޮށްފި

0 comment

ސިވިލް ކޯޓަށް ދެ ފަނޑިޔާރަކު ހޯދަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) އިޢުލާނުކޮށްފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމު ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 13ވަނަ ދުވަހުގެ މެންދުރު 13:00ގެ ކުރިން އެކޮމިޝަނަށް ހުށަހެޅުން އެދޭ ކަމަށެވެ.

ޖޭއެސްސީގެ އިޢުލާނުގައިވާ ބުނެފައިވަނީ އެ މަޤާމަށް ކުރިމަތިލާ ފަރާތްތަތަކަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިގްރީއެއް އޮތުމާއި ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖްރިބާ ހުންނަން ޖެހޭނެ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ބުނީ ސިވިލް ކޯޓުގެ ފަނޑިޔާރަކަށް ކުރިމަތިލައްވާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ ފަރާތަކަށް ވާންޖެހެއެވެ.

އެ އިޢުލާނުގައި ވަނީ އެ މަޤާމަށް ކުރިމަތިލާ ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

ސިވިލް ކޯޓު ފަނޑިޔާރެއްގެ މުސާރައެއްގެ ގޮތުގައި އިޢުލާނުގައި ވަނީ 30،000 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސެއްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސެއްގެ ގޮތުގައި 1650 ރުފިޔާ ލިބޭނެ ކަމަށް މި އިޢުލާނުގައިވެއެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު