loading ...
loading ...
އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

0 comment

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް އެސްޓީއޯއިން ވިއްކަމުންދާނީ 11 ރުފިޔާ 39 ލާރިއަށް ކަމަށާއި ޑީސަލް ލީޓާރެއް ވިއްކަމުންދާނީ 11 ރުފިޔާ 97 ލާރި އަށްކަމަށެވެ.

އެންފަހުން ތެލަށް ގެނައި ބަދަލާއި އެކު ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 11 ރުފިޔާ 49 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 12 ރުފިޔާ 11 ލާރިއަށެވެ. އެސްޓީއޯއިން ޕެޓްރޯލް އަދި ޑީސަލް ވިއްކުމުގެ އަގުތަކައް ގެނައި ބަދަލާއެކު، ޕެޓްރޯލްގެ އަގު ހެޔު ވެފައިވަނީ 10 ލާރިއަށެވެ. އަދި ޑީސަލްގެ އަގު ހެޔޮ ވެފައިވަނީ 14 ލާރިއަށެވެ.

ދުނިޔޭގެ ބާޒާރުގައި އިއްޔެވަނީ ތެލުގެ އަގު ފަސް އިންސައްތަ ދަށަށް ގޮސްފައެވެ. މިއީ މި އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ތެލުގެ އަގު ވެއްޓުނު ފުރަތަމަ ފަހަރެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު