loading ...
loading ...
ދިއްފުށީގައި ރޭ ހިންގި މާރާމާރީގައި މީހަކު ހައްޔަރުކޮށްފި

ދިއްފުށީގައި ރޭ ހިންގި މާރާމާރީގައި މީހަކު ހައްޔަރުކޮށްފި

0 comment

ކ. ދިއްފުށީގައި ރޭވެސް މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ރޭ 11:30 ހާއިރު ދިއްފުށީގައި މާރާމާރީ ހިންގައި އެކަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި ރޭގެ ހަމަނުޖެހުމަކީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ އެރަށުގައި ހިނގި ހަމަނުޖެހުމާއި ގުޅުން ހުރި ހާދިސާއެއް ކަމަށެވެ.

ރޭގެ ހަމަނުޖެހުމުގައި ޒަހަމްވި މީހާއަށް އިތުރު ފަރުވާ ދިނުމަށް ވަނީ އައިޖީއެމްއެޗަށް ގެނެސްފައެވެ.

ފުލުހުން ވިދާޅުވީ ދިއްފުށީފައި ފާއިތުވި ދެ ރޭ ހިންގި ހަމަނުޖެހުމާއި ގުޅިގެން ކޯޓު އަމުރެއްްގެ ދަށުން 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

ދިއްފުށީން ވާހަކަ ދެއްކި މީހަކު ބުނީ ރަށުގައި ހަމަނުޖެހުން ހިންގާފައިވަނީ އެރަށުގައި ވައްކަން ގިނަވެ ރައްޔިތުން ނިކުމެ ވައްކަން ކުރާ މީހުންނާއި ކުރިމަތިލުމުން ކަމަށެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު