-
-
އީދު ނަމާދުގެ ބޮޑު ޖަމާއަތް މިފަހަރުވެސް މާފަންނު ސްޓޭޑިއަމްގައި

އީދު ނަމާދުގެ ބޮޑު ޖަމާއަތް މިފަހަރުވެސް މާފަންނު ސްޓޭޑިއަމްގައި

މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނީ މާފަންނު ސްޓޭޑިއަމްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ADS BY FENVARU

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދުﷲ ޖަމީލް ވިދާޅުވީ، ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން މިފަހަރު ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސަމުން އަންނަ ކަމަށެވެ.

އެގޮތުން ހަމަޖައްސާފައިވާ އިންތިޒާމްތަކާ އެއްގޮތަށް މީހުން ތަރުތީބުކުރަން އޮފިޝަލުން ތިބޭ އިރު ބަންގްލަދޭޝް މީހުން ވެސް އޮފިޝަލުންގެ ގޮތުގައި ތިބޭނެ އެވެ. އެއީ އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން އީދު ނަމާދަށް ދާނެތީ އެމީހުންގެ ކަންތައް ހަމަޖެއްސުމަށެވެ.

އަހުމަދުﷲ ވިދާޅުވީ އީދު ނަމާދަށް ދާ މީހުން އެ ސަރަހައްދަށް ކުނިނޭޅުމަށް ބާރު އެޅުމުގެ ގޮތުން މިފަހަރު އެތަނުގައި ޑަސްބިންތައް ވެސް ބަހައްޓާނެ ކަަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ނިޔާޒް ވިދާޅުވީ، އޮފިޝަލުންގެ ގޮތުގައި ބިދޭސީން ބައިވެރިކުރަން ނިންމާފައިވަނީ، އީދު ނަމާދުކުރުމަށް ގިނަ އަދަދަކަށް ބިދޭސީން ވެސް ދާކަން ފާހަގަކުރެވޭތީ ކަމަށެވެ. އެމީހުންގެ ތެރެއިން ބަޔަކު އޮފިޝަލުންގެ ތެރޭގައި ހަރަކާތްތެރިވާނަމަ ކޮމިއުނިކޭޓު ކުރަން ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.