-
-
މާދަމާ ފިތުރު ޒަކާތް ދޫކުރަން ފަށާނީ

މާދަމާ ފިތުރު ޒަކާތް ދޫކުރަން ފަށާނީ

މާދަމާއިން ފެށިގެން ފިޠުރު ޒަކާތް ދޫކުރަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ADS BY FENVARU

އިސްލާމިކް މިނިސްޓްރީން ބުނީ ފިޠުރު ޒަކާތް ދޫކުރުމަށް ހަމަޖެހިފައިވަނި މިއަހަރު އަލަށް އެކުލަވާލި ފަގީރުންގެ ދަފްތަރުގައިވާ ފަރާތްތަކަށާއި ޒަކާތް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ އިސްލާމީ މަރުކަޒާއި އަރަބިއްޔާ ސްކޫލްގައި ކަމަށެވެ. އަދި ރަށްރަށުގައިނަމަ އެރަށެއްގެ ކައުންސިލުންނެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައި މާދަމާ ހެނދުނު 9:30އިން މެންދުރު 12:00އަށް، މެންދުރު 12:45އިން ހަވީރު 15:30އަށް، ރޭގަނޑޫ 12:00އިން 23:00އަށެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުގެ ބާވަތުން ޒަކާތް ދޫކުރުމަށް ހަމަޖެހިފައިވަނީ ޢަރަބިއްޔާ ސްކޫލް ހޯލުގައެވެ. އެގޮތުން ގޮވާމުގެ ބާވަތްތަކުންވެސް ޒަކާތް ދޫކުރުމަށް ހަމަޖެހިފައިވަނީ މިގަޑިތަކުގައެވެ.