loading ...
loading ...
މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައިފި

މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައިފި

0 comment

މާދަމާ އަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

ހަނދާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން މިރޭ އިއްވި ބަޔާނުގައި ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށާއި ގިނަ އިސްލާމީ ގައުމުތަކަށް ޝައްވާލު މަހުގެ ހުޅަވި ހަނދު ފެންމަތިވެފައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ޔަގީންވާ ކަމަށެވެ.

އަދި އިސްލާމީ ބައެއް ގައުމުތަކަށް ޝައްވާލު މަހުގެ ހަނދު ސާބިތުވެފައިވާ ކަމުގެ ރަސްމީ ހަބަރު ލިބިފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

"ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގައި ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމާ މީލާދީ ސަނަތުން 2019 ވަނަ އަހަރުގެ ޖޫން މަހުގެ ހަތަރެއްވާ އަންގާރަ ދުވަހަކީ 1440 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމަށްވާއިރު ރާއްޖޭގެ ގިނަ ހިސާބުތަކުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ބޮޑު ޖަމާއަތުގައެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު