loading ...
loading ...
ފެވިފާ ތިނަންވޭ މިހިތުގާ...30

ފެވިފާ ތިނަންވޭ މިހިތުގާ...30

34 comments

ޙުސައިންއަށް ހިނިތުންވެލެވުނެވެ. އަވަސްއަވަހަށް ސިޑިން ފައިބައިގެން ނުކުތީ ބޭރަށެވެ. ހުރި ހަމައެކަނި ދަރިފުޅާއި ބައްދަލުވާތީ، ހިތް އަވަސްވެފައިވާ ޙާލުގައެވެ. ޙުސައިން މާޔޫސްވީ އެއްވެސް ހިސާބަކުން އިވްޔާ ފެންނަން ނެތުމުންނެވެ. ހާސްވެފައި، އޭނައަށް ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ. ދެކޮޅު ހޯދައި ބަލައިލި ޙުސައިންގެ ދެލޯ ބޮޑުވެގެން ދިޔައީ އޭނަގެ ކުރިމަތީގައި އައިސް ހުއްޓިލި މީހަކު ފެނުމުންނެވެ.

********

"ރިޔާޒް؟..." ޙުސައިންގެ ކަރުގައި ހީވީ އެއްޗެއް ތާށިވިހެންނެވެ. އަޑު ނުކުތީވެސް ކިރިޔާއެވެ.

"އާނ... ރަނގަޅަށް ތިބުނީ... މީ އެ ރިޔާޒު..." މޭގައި އަތުން ޖަހައިލަމުން ރިޔާޒު ކުރިޔަށް ޖެހިލިއެވެ.

ޙުސައިންގެ މޫނުމަތިން ފެނުނީ ޖެހިލުންވުމުގެ އަޞަރެވެ. އެހާ ދުވަސްކޮށްފައި ރިޔާޒު ފެނުނު ނަމަވެސް ދެންމެ ވީ ކަމެއްހެން މާޒީގެ ސަފުހާތައް ކުރިމަތީގައި ނިއުޅެން ފެށިއެވެ. އެއީ އޭނައަށް ހަނދާން ނައްތައިލަން އުނދަގޫ ދުވަސްތަކެކެވެ. އެހިތި މާޒީ އަނބުރައި އިޢާދަވާން އުޅޭހެން ހީވެ، ޙުސައިންގެ ގައިގައި ހުރި ލޯލިތައް ކޮޅަށް ޖެހުނެވެ.

"މިހާ ދުވަސްކޮށްފައި ފެނުނީމަވެސް އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟..." ޙުސައިންގެ ކޮނޑުގައި އަތް ބާއްވައިލަމުން ރިޔާޒު ބުނީ އެތައް މާނައެއް އެކުލެވޭފަދަ ރާގެއްގައެވެ.

ބިރެއް ފެނިގެން ބަލާހެން ރިޔާޒާއި ދިމާއަށް ބަލަހައްޓައިގެން ޙުސައިންއަށް ހުރެވުނީއެވެ. ބުނާނެ އެއްޗެއްވެސް އެ ދުލަކަށް ނައެވެ. މާޒީގައި ކަން ހިނގާފައިވާގޮތުން އޭނަ ރިޔާޒު ދެކެ ޖެހިލުންވެއެވެ. އެއްޗެއް ބުނަން ނުކެރިފައި ހުރީވެސް އެސަބަބަށްޓަކައެވެ. ޙުސައިންގެ މޫނުމަތީގެ ކުލަވަރު ފެނި ރިޔާޒަށް އިތުރު ހިތްވަރެއް ލިބުނެވެ. އެ ތުންފަތް މައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ރިޔާޒުގެ މަޤުސަދަކަށްވީ ޙުސައިން ރުޅި އަރުވައިލުމެވެ. އެކަން ކުރަން އެންމެ ފަސޭހަވާނީ ސާދުނާގެ ވާހަކަ ދައްކައިގެންކަން އެނގޭތީ ރިޔާޒު އޭނާގެ އަސްލު މަޢުޟޫޢު އާއިގެން ކުރިޔަށް ދިޔައެވެ.

"ކޮބާ ސާދުނާ؟... އެތެރޭގަ އެބަ އުޅޭތަ؟... ހާދަ ދުވަހެއް ވެއްޖެއޭ ނުފެންނަތާ..." ގޭތެރެއަށް ބަލައިލަމުން ރިޔާޒު ބުންޏެވެ.

ރިޔާޒުގެ ނަޞީބު އަތުގައި ހިފިއެވެ. އޭނަ ހީކުރިގޮތަށް ސާދުނާގެ ވާހަކަ ދެއްކުމާއިއެކު، ޙުސައިންގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ނޭވާ އަވަސްވިއެވެ. ދެއަތް މުށްކެވުނެވެ. ކެތްތެރިވެވޭނޭ އެންމެ މަތީ ދަރަޖައަށް ޙުސައިން ކެތްކުރިއެވެ. ރިޔާޒުގެ މަޤުޞަދަކީ ކޮބައިކަން ވިސްނުމުންނެވެ. ރިޔާޒު ބޭނުންވަނީ އޭނަގެ އަނގައިން އެއްޗެކޭ ބުނުވާށެވެ. ރުޅި އައިސްގެން ޒުވާބުކުރާށެވެ. ތަންގަނޑުގެ މީހުން އެއްވާއިރު، އޭނަ، ރިޔާޒުގެ ގައިގައި ހިފައިގަނެގެން އުޅޭ މަންޒަރު ދައްކާށެވެ.

ރުޅިގަނޑު ހިންދާލައިގެން ޙުސައިން ހުރިތަން ފެނި ރިޔާޒަކަށް މަޑަކުން ނުހުރެވުނެވެ. ކެތްތެރިކަން ކޮޅުންލިއެވެ. ރިޔާޒު އުޅުނީ ދޮރުން އެތެރެއަށް ދެމިގަންނާށެވެ. ޙުސައިން އެއަށްވުރެ ހުށިޔާރެވެ. ދޮރުމަތީގައި ހުއްޓި ރިޔާޒުގެ މޭގައި އަތްއަޅައި ދުރަށް ކޮށްޕައިލިއެވެ. މެޔަށް ތަދުވި ނަމަވެސް ގޮތް ދޫކުރާކަށް ރިޔާޒު ބޭނުމެއް ނުވިއެވެ. އަނެއްކާވެސް އެތެރެއަށް ވަނުމަށް ދިމާކޮށްލިއެވެ.

"ހަނދާންކުރާތި... އެންމެ ފިޔަވަޅެއް ކުރިޔަށް އެޅިޔަސް ފުލުހުންނަށް ގުޅާނަން..." ރުޅި އައިސްފައި ހުރިވަރުން ޙުސައިންގެ އަޑުވެސް ތުރުތުރު އަޅަމުން ދިޔައެވެ. ރުޅިގަނޑު އެތެރެއަށް ހިންދައިލަން އުޅުނަސް އެކަމެއް ނުކުރެވުނެވެ.

"ބުނަން ވާހަކައެއް... އަހަރެން ރުޅި އަރުވައިގެން ޙުސައިންއަށް ވާނެ ފައިދާއެއް ނޯންނާނެ... ދަރި ގެއްލިއްޖެ... ދެން ގެއްލޭނީ އަނބިމީހާ ނޫން ކަމެއް ނޭނގެ..." ރިޔާޒު ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ. އެމޫނުމަތިން ފެންނަމުންދިޔައީ ނުރުހުމުގެ އަޞަރެވެ.

"ކަލޭ..." ޙުސައިންގެ ނޭވާ އަވަސްވިއެވެ. ހިތް ތެޅިގަތްވަރުން އެއްޗެކޭ ބުނަން އުނދަގޫވިއެވެ.

"އަހަރެމެންނަށް ފާރަލައިގެން ކަލެޔަށް ލިބޭނެ މޮޅެއް ނޯންނާނެ..." ޙުސައިންގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. އާރާއި ބާރުގެ ގޮތުންވެސް ރިޔާޒާއި އަޅާ ބަލާއިރު އޭނައަކީ އެއްވެސް މީހެއް ނޫނެވެ. ޖެހިލުންވި ނަމަވެސް އެކަން ނުދައްކައި ވޭތޯ ޙުސައިން ދިޔައީ މަސައްކަތް ކުރަމުންނެވެ.

"އަހަރެން ފާރަލަނީ ކަލެޔަށް އެކަންޏެއް ނޫނޭ... ކަލޭގެ ދަރިޔަށްވެސް... އެހެންވީމަދޯ  ނަހަލާލު... އުހުނ... އެހާ އަވަހަށް ބުނެގެން ކަމަކު ނުދާނެދޯ... ނޭނގިހުއްޓާ ލިބޭ ޚަބަރުތައް މާ ޚާއްސަވާނެ..." ރިޔާޒު ހޭންފެށިއެވެ. އިވްޔާގެ ހަޤީގަތް އެނގުމުން ޙުސައިންއަށް ވާނެ ގޮތް ހިތަށް އަރާފައެވެ. ހަޤީގަތް އެނގުމުން ޙުސައިންގެ މޫނަށް ވެރިވާ ކުލަވަރު ބަލާހިތުން ރިޔާޒު ހުރީ ކެތްމަދުވެފައެވެ.

"އަހަރެންގެ ދަރިފުޅަށް ވައިއެޅެން ހިތުވެސް ނުލާތި..." އިވްޔާގެ ވާހަކަ ބުނުމުން ޙުސައިންއަށް މަޑަކުން ނުހުރެވުނެވެ. ރުޅިގަނޑު ފަޅައިގެން ގޮސް، ރިޔާޒުގެ ގަމީހުގައި ހިފައިގަތެވެ. ދަރިފުޅަށް ބޮޑުކަމެއް ވެއްޖެކަމުގައި ހިތް ބުނަން ފެށުމުން، ޙުސައިން މާބޮޑަށް ނުތަނަވަސްވާގޮތް ވިއެވެ. ވަކީން ޚާއްސަކޮށް އިވްޔާ ގެއްލުމުގައި ރިޔާޒުގެ އަތެއް ވާކަން އެނގުމުންނެވެ. ގައިގައި ހުރި ބާރެއް ލައިފައި ރިޔާޒު ދުރަށް ކޮށްޕައިލިއިރު، ޙުސައިން ހުރީ ދާހިއްލާ ފޯވެފައެވެ. އޭނަ އަވަހަށް ބެލީ ރިޔާޒުގެ ކުރިމަތިން ސަލާމަތްވެވޭތޯއެވެ. އަވަސްއަވަހަށް ދޮރާށި ތަޅުލުމަށްފަހު ތަޅުދަނޑި ޖީބަށް ކޮއްޕައިލިއެވެ.

"މޫނުމައްޗަށް ދޮރުޖެހިޔަސް ވީކަމެއް ނުވާކަމަކަށް ނުހެދޭނެ..." ޙުސައިންއަށް އަޑުއިވޭ ވަރަށް ރިޔާޒު ބުނެލިއެވެ. އެއަށްފަހު ޖަހައިލީ ނުރައްކާތެރި ހިނިގަނޑެކެވެ.

މައްޗަށް ބަލަހައްޓައިގެން ހުރެ ހެމުންދިޔައިރު، ރިޔާޒު ހީވަނީ މޮޔަވެފައިވާ މީހެއް ހެންނެވެ. ހަޤީގަތުގައި ޙުސައިންގެ އެ ޖެހިލުންކުޑަކަން ފެނި އެތެރެއިން އޭނަގެ ރުޅިގަނޑު ފަޅައިގެން ދިޔައީއެވެ. ރިޔާޒުގެ ހުނުން ހުއްޓުނީ ކުއްލިއަކަށެވެ. އެވަގުތު ދެލޮލުން ފެނުނީ ރުޅިވެރިކަމެވެ. އަވަސްއަވަހަށް ގަމީސް ރީތިކޮށްލަމުން ވަށައިގެންވި މާޙައުލަށް އަވަސް ނަޒަރެއް ދިނެވެ. ދޮރާށީގެ އެއްފަރާތުން ފާރުގައި ލެނގިލައިގެން ކަހަލަގޮތަކަށް ހުރި އިވްޔާ ފެނި، ރިޔާޒަށް ލިބުނީ ސިހުމެކެވެ. އިވްޔާގެ މޫނުމަތީގެ ކުލަވަރުން ހުރިހާ ކަމެއް އެނގިއްޖެކަން ރިޔާޒަށް ކަށަވަރުވިއެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން، ރިޔާޒު އަވަސްވެގަތީ އެތަނުން ދިޔުމަށެވެ. އަމިއްލަ ހިތަށް ވިސްނައިދޭން އުޅުނަސް ރިޔާޒުގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. އިވްޔާއަށް އެކަން އެނގުމުން ނުތަނަވަސް ވާންޖެހޭ އެއްވެސް ސަބަބެއް ހުދު ރިޔާޒަށްވެސް ނުވިސްނުނެވެ. އަބަދު ސިއްރު، ސިއްރެއްގެ ގޮތުގައި ނޯންނާނެއެވެ. ބައެއް ކަންތައް އެނގެނީ އަވަހަށެވެ. އަނެއްބައި ކަންތައް ލަހުންނެވެ. ކޮންމެ ކަމެއްވެސް އެކަމެއްގެ ވަގުތު އައިސް ޖެހުމުން ވެދެއެވެ.

ރިޔާޒު ގޮސް ލޯމަތިން އޮބާލަންދެން އިވްޔާއަށް ބަލަން ހުރެވުނެވެ. އެވަގުތު ހިތުގެ ކަނަކުން ޖަހައިލީ ބިރުވެރިކަމުގެ ރަނގަބީލެކެވެ. އޭނަގެ އާއިލާ އާއި ރިޔާޒާއި ދެމެދު އޮތީ ކޮން ދުޝްމަނު ކަމެއް ހެއްޔެވެ؟ އޭނަގެ ދިރިއުޅުމުގައި ޒަޚަރުލާން އުޅޭ މީހަކީ ރިޔާޒު ހެއްޔެވެ؟ ރިޔާޒު އެކަން ކުރަނީ އޭނަގެ ބައްޕަ އާއިމެދު އޮތް ރުޅިވެރިކަމެއްގައި ހެއްޔެވެ؟ ޔުމާން އަކީ މަޤުޞަދު ޙާޞިލްކުރުމަށް ރިޔާޒު ބޭނުންކޮށްލި ހަތިޔާރެއް ހެއްޔެވެ؟

އިވްޔާގެ ސިކުނޑި، އެކި ވަސްވާސްތަކުން ފުރެމުން ދިޔައެވެ. ކޮންމެ ދިމާއަކުން ބެލިޔަސް، ވިސްނެމުން ދިޔައީ އެންމެ ގޯސްކޮށެވެ. ވިސްނި ވަރަކަށް ރިޔާޒާއިމެދު އެހިތް ކިލަނބުވަމުން ދިޔައެވެ. ރިޔާޒުގެ އަމުރަށް ކިޔަމަންވެގެން ޔުމާން އޭނަގެ ދިރިއުޅުން ގަސްދުގައި ބަރުބާދުކޮށްލީ ކަމުގައި އިވްޔާއަށް ގަބޫލުކުރެވުނެވެ. އިވްޔާ ހުރިތަނަށް ތިރިވެވުނީ ދިރިއުޅުން ވެއްޓިފައިވާ އަނދަވަޅުގެ ޒިންމާ ނަގަންޖެހޭނީ އަމިއްލަ ނަފުޞު ކަމުގައި ހިތް ބުނުމުންނެވެ. ޔުމާންގެ މަޅީގައި އެހާ ފަސޭހައިން ޖެހެވުމުން އަމިއްލަ ނަފުޞު ކުށްވެރިކުރެވެން ފެށީ މާބޮޑަށެވެ. މަންމަމެންނަށް ހަޤީގަތް އެނގުމަށްފަހު ދެރަވާނޭވަރު އިޚްސާސްކުރެވުމުން އިވްޔާއަށް ގޮތް ހުސްވިއެވެ. އަނބުރާލާފައި ދާންވެސް ހިތަށް އެރިއެވެ.

ކަރުނަތައް ފޮހެމުން އިވްޔާ ތެދުވިއެވެ. އެނބުރި އައިކޮޅަށް ދާން އުޅެފައިވެސް އެ ޚިޔާލު ބަދަލުވިއެވެ. މަންމަމެންނާއި ނުލައި ދެނެއް އެ ހިތަކަށް ކެތެއް ނުވާނެއެވެ. އިވްޔާ ގޮސް ދޮރާށީގެ ތަޅުގައި ހިފިއިރު، ހުރީ އެތެރެއިން ތަޅުލާފައެވެ. ދެތިން ފަހަރު ޓަކި ޖެހުމުންވެސް އެތެރެއިން ޚަބަރެއް ނުވިއެވެ. އިވްޔާއަށް ރޮވެން ފެށުނީ ދުވަހަކުވެސް މަންމަމެންނާއި ބައްދަލުވުމުގެ ނަޞީބު އޭނައަށް ލިބޭކަށް ނެތޭ ހިތަށް އެރުމުންނެވެ. އިވްޔާ ރޮމުން ގިސްލަމުން ދޮރުގައި ޓަކިޖަހަން ފެށިއެވެ. ތަޅުގައި ހިފައި ހުޅުވޭތޯ މަސައްކަތް ކުރިއެވެ. ތަފާތު ފިކުރުތަކުން އިވްޔާގެ ސިކުނޑި ސުމަކަށް ދިޔައެވެ. ގޮށްމުށުން ދޮރުގައި ތަޅަން ފެށިއެވެ. މަންމަ އާއި ބައްޕައަށް ގޮވަމުންނެވެ. އޭރު ރޮއެރޮއެ އެ ދެލޯ ވަނީ ދުޅަވެފައެވެ.

އިވްޔާ ނެތްކަން އެނގުމާއިއެކު، ހޯދަން ދިޔުމަށް ރައިން އަވަސްވެގަތެވެ. ރިޒްވީން އާއިއެކު ސައިކަލުގައި ދެމީހުން މިސްރާބުޖެހީ އެގެއަށް ދިޔުމަށެވެ. ރައިންގެ ލޮލުގައި އިވްޔާ އަޅައިގަތީ ރިޒްވީންއަށް ފޯނެއް އައިސްގެން މަގުގެ އެއްފަރާތުގައި ސައިކަލު ހުއްޓައިލި ވަގުތުގައެވެ. ސައިކަލުން ފުންމާލައިގެން އިވްޔާ އާއި ދިމާއަށް ދެވުނު ގޮތްވެސް ރައިންއަކަށް ނޭނގުނެވެ. ދުވާރުމަތީގައި އެއްވެފައިވާ މީހުންތައް ދުރަށް ޖައްސަމުން އިވްޔާގެ ފުރަގަހުގައި ހުއްޓިލި ރައިންގެ ހިތް ފޮތިފޮތިވެގެން ދިޔައީ އިވްޔާގެ ގިސްލުމުގެ އަޑު އިވުމުންނެވެ.

"އިވީ؟..." ރައިންގެ އަޑު އިވުނު ނަމަވެސް އިވްޔާ އޭނާ ހުރިތަނުން ގުޑިވެސް ނުލިއެވެ. ގިސްލުމަކަށްވެސް ބަދަލެއް ނައެވެ.

ރައިން އެތައް އެއްޗެއް ކިޔައިގެންވެސް އިވްޔާ ހަމައަކަށް އެޅޭގޮތެއް ނުވިއެވެ. އެއްވެފައިވާ މީހުންގެ ތެރެއިން އެއްބަޔަކު ފޮޓޯ އާއި ވީޑިޔޯ ނެގުމުގައި އަވަދިނެތި އުޅުނެވެ. އަނެއް ބަޔަކު، އެބަޔަކަށް ހީވާ އެއްޗެއް ކިޔަމުން ދިޔައެވެ. މަންޒަރު ބަލަން ހުންނާކަށް ރައިންއަކަށް ފަސޭހައެއް ނުވިއެވެ. އިވްޔާގެ ކައިރިއަށް ޖެހިލައި، ދެކޮނޑުގައި ހިފައި އަނބުރައިލިއެވެ.

އިވްޔާ ގަދަ ހަދާލާފައިވެސް ރައިންގެ މޭގައި ބޮނޑިވެލިއެވެ. އެގާތްކަން ލިބޭ ކޮންމެ ފަހަރަކު އެހިތުގެ ހިތާމަތަކަށް ލުއިކަމެއް ލިބެއެވެ. ރައިން އުޅުނީ އިވްޔާ ގޮވައިގެން އެތަނުން ދާށެވެ. އެނބުރި ހިނގައިގަތް ވަގުތު ދޮރާށި ހުޅުވިގެން ދިޔަ އަޑު އިވުނެވެ. ރައިންގެ އަތުގެ ތެރެއިން ދެމިގަނެގެން އިވްޔާ ފަސް އެނބުރި ބަލައިލިއެވެ. ކުރިމަތީގައި ހުރި ސާދުނާ ފެނި އިވްޔާއަށް ބާރަށް ރޮއެގަނެވުނެވެ. ދުވެފައި ގޮސް މަންމަގެ ގައިގައި ބައްދައިގަތެވެ. މަޢާފަށް އެދެމުން އެމަންމަގެ ގައިގައި ފިރުމަން ފެށިއެވެ. މަންމަގެ މިލައިގެން ގޮސްފައިވާ މޫނާއި، ހިކިވެ އަނަރޫފަވެފައިވާ ހަށިގަނޑު ފެނި އިވްޔާއަށް އަމިއްލަ ނަފުޞު ކުށްވެރިކުރެވުނީ މާވަރަކަށެވެ.

ޖެހި ބުދެއްހެން ގަބުވެފައި ހުރި ސާދުނާގެ އަނގައިން ނުކުތީ އެންމެ ލަފުޒެކެވެ. "ދަރިފުޅާ" އޭ ބުނެވުނު ތަނައި އަނބުރައި ގަނެގެން އިވްޔާގެ އަތުގެ ތެރެއަށް އެހަށިގަނޑު ދެމުނެވެ.

********

ދެލޯ މަރައި، ބާރުކޮށްލައިގެން ހުރި ޔުމާން ސިހުނީ ދާދި ކައިރިން ނާއިކްގެ އަޑު އިވުމުންނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ޔުމާން އޭނާގެ ދެލޯ ހުޅުވައިލިއެވެ. ނާއިކް އާއިއެކު ޝިރުވާ ހުއްޓައި ފެނުމުން ޔުމާންއަށް ހައިރާންކަމެއް ލިބުނެވެ. އަވަސްއަވަހަށް ވެއްޓިފައިވާ ފައިލު ނަގައިގެން ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.

ޔުމާން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ފަހަތުން ނާއިކްވެސް އެތެރެއަށް ވަނެވެ. ޝިރުވާ ބޭރުގައި މަޑުކުރީއެވެ. ނާއިކް ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ. ޔުމާންއަށް ނާންގައި އެފަދަ ކަމެއް ކުރަން އުޅެވުނީތީއެވެ. ނާއިކް ހީކުރީ ޔުމާން ހިތްހަމަނުޖެހިގެން އެއްޗެއް ބުނާނޭ ކަމަށެވެ. އެފަދަ ގޮތަކަށް އެގެއަށް ވަންނަންޖެހޭ ސަބަބެއް އޮޅުންފިލުވާނޭ ކަމުގައި ހީކުރެވުނެވެ. ޔުމާންގެ ކުރިމަތީގައި ރިޔާޒަށް ތުހުމަތުގެ އިނގިލި ދިއްކުރާކަށް ނާއިކް ބޭނުމެއް ނުވިއެވެ. އެކޮޓަރިއަށްވަނީ ރިޔާޒު އޭނާގެ ފޯނުން މީހަކާއި ދެއްކި ވާހަކައެއް އަޑު އަހައިގެން ކަމުގައި ބުނާކަށް ނުކެރުނެވެ. ހަޤީގަތް ޔުމާންގެ ކުރިމަތީގައި ފެންނަން އޮތަސް އެކަމުން ޔުމާންގެ ހިތަށް ކޮށްފާނޭ އަޞަރަކަށް ވިސްނާފައި ނާއިކް ހުރީ ހަދަންވީގޮތެއް ނޭނގިފައެވެ.

ނާއިކް ހީކުރިގޮތާއި ޚިލާފަށް ޔުމާން އެއްވެސް ސުވާލެއް ނުކުރެއެވެ. އެހެންކަމަކަށް ވިސްނޭ ވަރަށްވުރެ އެސިކުނޑިއަށްވަނީ ބާރު ބޮޑުވެފައެވެ. ޔުމާން ކިޔައިދިނީ އޭނަ އެކޮޓަރިއަށް ވަންނަންޖެހުނު ސަބަބެވެ. ރިއްފަތުގެ ފަރާތުން ރިޔާޒުގެ ބޮޑު ސިއްރު ފަޅާއެރިގޮތެވެ. އެފައިލުން ރިޔާޒުގެ އަސްލު ސޫރަ ފެންނާނޭކަމަށް ރިއްފަތު ބުންޏެވެ. ރިޔާޒު ކުރި ކުށުގެ ޙައްޤު އަދަބު ދެވޭނީ ހެކި ހޯދައިގެން ކަމުގައި ވާތީ، ޔުމާން އެކަމާއި ކުރިމަތިލީއެވެ.

"އަހަންނަށް އެނގޭ ރިއްފަތުގެ އެހެން ބޭނުމެއްވެސް އޮވެގެން ކަން އަހަންނަށް މިކަމުގައި އެހީވަނީ... އެކަމަކުވެސް ހެޔޮ... އިންސާފު ލިބެންޖެހޭ ފަރާތްތަކަށް ހޯދައިދޭން އަހަރެން ކޮންމެކަމެއްވެސް ކޮށްފާނަން..." ފައިލު ނާއިކްއަށް ދައްކައިލަމުން ޔުމާން ބުންޏެވެ.

ޔުމާން އަވަސްއަވަހަށް ފައިލު ހުޅުވައިލިއެވެ. ހިތް އަވަސްވެފައިވާ ޙާލު ނާއިކްވެސް ހުރީ ޔުމާންގެ މޫނު މައްޗަށް އަންނަމުންދިޔަ ބަދަލުތަކަށް ބަލާށެވެ. ޔުމާންގެ ދެލޯ ބޮޑުވެގެން ދިޔަތަން ފެނި ނާއިކްގެ ހިތް އަވަސްވިއެވެ.

އެތެރޭގައި ހުރީ ތަސްވީރު ތަކެކެވެ. އެކިވަރުގެ އަނިޔާތައް ލިބިފައިވާ އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ވަކިވަކިން ފެންނާނޭހެން ނަގާފައިވާ ތަސްވީރުތަކެކެވެ. ފަހަރަކު ތަސްވީރެއް ބަލަމުން ގޮސް ޔުމާން ހުއްޓުން އެރީ އެންމެ ފަހަށް އޮތް ދެ ތަސްވީރު ފެނުމުންނެވެ. އެއް ތަސްވީރުން ފެންނަނީ ޔުމާންގެ މަންމަ އާއި ރިޔާޒު ބެލްކަނީގައި ވާހަކައެއް ދައްކަން ތިއްބައެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަން ހުރީ ނުތަނަވަސްކަމެވެ. ދެވަނަ ތަސްވީރު ފެނިފައި ޔުމާންގެ ދެއަތް ތުރުތުރު އަޅައިގެން ދިޔައެވެ. އަތުގައި އޮތް ތަސްވީރު ދޫވިއެވެ. ކުޑަކަކޫ މައްޗަށް ހުރިތަނަށް ތިރިވިއެވެ. އެއާއިއެކު ޔުމާންގެ އަނގައިން ނުކުތީ މަޑު އާޚްއެއްގެ އަޑެވެ.

ވެއްޓިފައި އޮތް ތަސްވީރު ނަގައި، އޭގައި ވާއެއްޗެއް ނާއިކް ބަލައިލިއެވެ. ނާއިކްއަށްވެސް ވީ ޔުމާންއަށް ވީވަރެވެ. ފަހަތަށް އެއްލިގެން ދިޔަ ގޮތުން އަތުން އެ ތަސްވީރު ދޫވިއެވެ. އެއިން ފެންނަނީ ޔުމާންގެ މަންމަ ވެއްޓިފައި އޮތް ތަނެވެ. ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތެވެ. ކައިރީގައި ބެލްޓެއް ހިފައިގެން ރިޔާޒު ހުއްޓެވެ. ދެއަތް މުށްކަވާލާފައި ހުރިއިރު، މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ބާކީ ހުރި ތަސްވީރުތަކަކީ ޔުމާންގެ މަންމައަށް ލިބިފައިވާ އަނިޔާތަކުގެ ނިޝާންތަކެއް ކަން ނާއިކްއަށް އެނގޭކަށް ގިނައިރެއް ނުނެގިއެވެ.

"ސުބްހާނަﷲ... ކޮންފަދަ ނުބައި އިންސާނެއް..." ނާއިކްއަށް ހުރެވުނީ އަނގަމަތީގައި އަތްއަޅާލައިގެންނެވެ.

"އެއީ އިންސާނެއް ނޫން... އިންސާނަކު އެހާ ރަޙުމުކުޑަ ވެދާނެތަ؟... އަހަރެން ހީވެސް ނުކުރަން މަންމައަށް އެހެންވީ އެ ރިޔާޒުގެ ސަބަބުންކަމަކަށް... މަންމަގެ ކޮން ކުށެއް އޮތީ... އެހާލުގަ އެއޮތީ އެ ރިޔާޒުގެ ފަރާތުން ލިބުނު އަނިޔާއަށް ކެތް ނުވެގެންނޭ..." ޔުމާންގެ އަޑު ކުރެހިގެން ދިޔައެވެ. އަޑުން އަޑު ނަގައި ރޯން ފެށިއެވެ. ހިތްވަރު ދިނުމުގެ ގޮތުން ނާއިކް އެތައް ވާހަކައެއް ދެއްކިފަހުން ޔުމާން ހަމައަކަށް އެޅޭގޮތްވިއެވެ.

"މަންމައަށް އިންސާފު ހޯދައިދޭނީ އަހަރެން... އެ ރިޔާޒުގެ ދިރިއުޅުން ބަރުބާދުކޮށްލާނަން..." ހަރުކަށި ރާގަކަށް އެހެން ބުނިއިރު، ޔުމާންގެ މޫނުމަތިން ފެނުނީ ތަފާތު ޝުޢޫރެކެވެ. ބަދަލު ހިފުމުގެ ރޫޙެވެ. ރުޅި އައިސްގެން ގޮސް ދެލޮލުންވެސް ހީވަނީ އަލިފާންކަނި ބުރާހެންނެވެ. ހަށިގަނޑުގައިވެސް އާދަޔާ ޚިލާފު ބާރެއް ލިބިފައި ހުރިހެން ހީވިއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ނާއިކް ސިހުނެވެ. އަތުގައި އޮތް ފައިލު ފުރަގަހަށްލައި ފޮރުވިއެވެ. ކޮޓަރިއަށް ވަނީ ޝިރުވާއެވެ. އެތެރެއިން ދޮރު ތަޅުލުމަށްފަހު ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސައި ވާހަކަ ނުދެއްކުމަށް ޝިރުވާ ބުންޏެވެ. ރިޔާޒު ގެއަށް އައިކަން އެނގުމުން ޔުމާންގެ ލޭ ކެކިގަތެވެ. ނާއިކްގެ އަތުން ފައިލު ޖަހައިގަނެގެން އޭނަ އުޅުނީ ރިޔާޒާއި ދިމާއަށް ދާށެވެ. އޭނައަށް ހުރިހާ ހަޤީގަތެއް އެނގިއްޖެކަން އަންގާށެވެ. އެކަމަށް ހުރަސްއެޅީ ނާއިކްއެވެ. ޔުމާންއަށް ވިސްނައިދީގެން އަޑިއަޑިން އެކަން އިތުރަށް ހޯދުމަށް ނާއިކް ޚިޔާލު ދިނެވެ. ތެޅިގަންނަން ވެއްޖެނަމަ ކުރި ހުރިހާ މަސައްކަތް ބޭކާރުވެދާނޭ ކަމަށް ބުނަމުންނެވެ. ނާއިކްގެ ވާހަކަ ޔުމާން ޤަބޫލުކުރިއެވެ. އެހެނަސް އެ ރުޅި ފިނިވާގޮތެއް ނުވިއެވެ.

ފޮޓޯތަކާއިއެކު ފައިލުގައި އިތުރު ލިޔުންތަކެއް ހުއްޓެވެ. އެމައްސަލަ އާއި ގުޅިގެން ރިޔާޒަށް ކޯޓަށް ކިޔާފައިވާ ލިޔުންތަކުގެ އިތުރުން ފުލުހުންގެ ބަޔާނެކެވެ. އޭގައިވާ އެއްޗެއް މުޅީން ސާފުކޮށް ކިޔާކަށް ނޭނގެއެވެ. ގިނަދުވަސްވުމުގެ ސަބަބުން ބައެއް ތަންކޮޅުކޮޅުން ދެލި ފަނޑުވެފައި ވާތީއެވެ.

ޝިރުވާ ފަހަރަކު ލިޔުމެއް ކިޔަމުންދިޔައެވެ. އެންމެ އަކުރެއް ފިއްޔެއްވެސް ދޫކޮށްލުމެއް ނެތިއެވެ. އެމައްސަލާގައި ފުލުހުން ނަގާފައިވާ ބަޔާން ކިޔަމުންދިޔަ ވަރަކަށް ޝިރުވާގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ. އޭނަ އަވަސްއަވަހަށް ބަލައިލީ ނާއިކް އާއި ޔުމާންގެ ނަޒަރު އޭނައަށް ހުއްޓިފައި ހުރިތޯއެވެ. ކަންދިމާކުރިގޮތުން ނާއިކް ހުރީ ޔުމާން އާއި ވާހަކައެއް ދައްކާށެވެ. ފުރުޞަތުގެ ބޭނުންހިފައި، ޝިރުވާ އެގަނޑު ފައިލުން ވަކިކޮށްލިއެވެ. އަވަސްއަވަހަށް ބޮނޑިކޮށްލުމަށްފަހު، އަޅުވައިގެން ހުރި ދަބަހުގެ ޖީބަށް ލިއެވެ. އޭރު އެމޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

34 ޚިޔާލު

  1. Aniya

    kithah vana ah mi kiuny

    • އޭޝް

      Kiunu vana eh neynge ekam first cmnt mi part ga 🙂

    • Kujjeh

      Hello eysh dear .. EID MUBARAK .. Sorry inge maa lahun comment kohlevunyma vrh bsy koh ulheythyve lass vany ham 💜💜💜💜Ehen part thakeke eh gothah mi part vx vrh salhi ❤❤❤❤❤ Alhe yumaan ge bappa ge aslu hagygaiy kiriya dhw mi ingeny haadha goahey alhe dhw 😡😡😡😡😡😡😡 Vrh vrh curious kuriah huri part thah vx kiyaalan ❤❤❤❤❤❤Waitings .. Ma sha allah eysh dear .. U are the best 😘😘😘😘😘 Keep it up 💜💜💜💜

      • އޭޝް

        Thank u so much dear 😊❤ vv happy story kamudhiyaeema 😊😊 also cmnt kiyaalaafa ❤❤ keep waiting fr the next 😘

  2. Sheen

    Ohhh kihineh mi vanee…?? Kihinehbaa dhen. Vaanee.. ؟ v gina suvaalu thakun hiy furijje. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Ekamves vvvvv reethi. Hithah eri kurinves e room ah vannaanee naaik ey. Hama heekuri gothah veeves. 💜💜💜💜💜💜💜💜💜💜💜💜 Mihaaru anekka ithuru kanthah gandeh ulheykan ingunaama maa bodah interesting. 💙💙💙💙💙💙💙💙💙💙💙💙💙💙💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚 Mi part v dhiguhenves heevey.. 💕💕💕💕💕💕💕💕💕💕💕💕💕💕💕 Bodu kanthah gandeh ehaa interesting gothakah v molhah gulhuvaalaafa inkan faahaga kollan 😍😍😍😍😍😍😍😍😍😍😍😍 Kuriah inbayah v bodah inthixaaru kureven fashaifi. 💕💕💕💕💕💕💕💚💚💚💚💚💙💙💙💙💙💙💜💜💜💜💜❤️❤️❤️❤️❤️😍😍😍😍😍😍😘😘😘😘😘😘😘

    5
    1
    • އޭޝް

      Thank u so much dear 😊❤ v happy vehje story kamudhiyaeema😊😊 cmnt kiyaalaafaves 😊❤ hingaa dho vaagotheh balamaa 😊❤ keep waiting

  3. 💙🌹💜

    Vaahaka vvvv reethi.. V furihama. Maasha allaah 💙💙💙💙💙💙💙💙💙

    6
    1
    • އޭޝް

      Thank u so much dear 😊❤ v ufaavehje 😊❤

  4. maryam

    އޭޝް މެއި 19 މަ ބާތު ޑޭ ވީ މަ 18 ގަ އަޕް ކޮށްފަ އަޕް ކުރ ީ
    ވާހަކަ ވަރަށް ރީތ ި ޖުމްލަ ތަް ވަރަށް ސާދާއެވެ. އޭޝް ހުނަރު ވެރި ކަމުން މި ހިތް އަތުލާފިއެވެ.ކިޔާއިރު މީހަކު ގޮވިއަސް ނޭނގެއވެ

    • އޭޝް

      May 19 Mariyam ge birthday tha 😊❤ happy belated birthday dear 😊❤ v ufaavehje story kamudhiyaeema thank u so much dear 😊❤❤

  5. މަރީީީީީީީީީީީީީީީ

    ވ ރީތި

    • އޭޝް

      Thank u so much dear 😊❤ v ufaavehje 😊😊

  6. maryam

    ރީތި

    • އޭޝް

      Thank u so much dear 😊❤ v ufaavehje 😊😊

  7. mary

    ވ،ރިތި

    • އޭޝް

      Thank u so much dear 😊❤ v ufaavehje 😊😊

  8. jiji

    Eysh vec haadha molhey dhw🙂🙂🙂🌷🌷🌷.Ma Sha Allah..mi part vec salhi ingey…Alhe riyaaz haadha nulafayey dhw…Eysh I’m so curious to knw wats gonna be happen next..luw yuh eysh darlinn🙂🙂🙂🙂❤❤❤

    • އޭޝް

      Thank u so much Jiji 😊❤ v ufaavehje story kamudhiyaeema and cmnt kiyaalaafa 😊❤❤ hingaa dho vaagotheh balamaa 😊 keep waiting

  9. doll

    Wow.. mi vaahakaah adhi alah dhw comment eh mi koalevenee..mi part reethi kamun hama comment koalaa hiyy vee hehe….varah reethi..eysh hama doll speehless koalaafi..hehe..next part avahah up koaladehcy..so curious♥♥♥

    • އޭޝް

      So happy to c a cmnt frm u doll 😊❤ thank u so much dear 😊❤ v ufaavejje story kamudhiyaeema nd cmnt kiyaalaafaves 😊❤ keep waiting fr the next

  10. Naju

    Masha Allah v v v v v nice mi story 😍😍😍😘😘😘

    • އޭޝް

      Thank u so much dear 😊❤ v ufaavehje😊😊

  11. ލަމް

    މާޝާﷲ ވާހަކައިގެ ތެރެއިން ނުކުންނަން ބޭނުމެއް ނޫނެވެ. އެހާވެސް އަސަރު އެބަހުއްޓެވެ. ހަޤީޤަތުގަވެސް ވަރަށް ފުރިހަމައެވެ. ޝައުޤުވެރިކަން އިންތިހާއެވެ. ކޮންމެ ޖުމުލައެއްވެސް އެހާ ނަލައެވެ. އޭޝްގެ ހުނަރުވެރިކަން ފެނުމުން ވަރަށް އުފާވެއެވެ. އިތުރު ކުރިއެރުމަށް އެދި އަބަދުވެސް ދުޢާ ކުރަމެވެ ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން ވަކިވެލަމެވެ 🌸🌸🌸💮💮🏵️🏵️🏵️🌺🌺🥀🥀🌹🌹🌼🌼🌼🌻🌻🌻💐💐💐🦋🦋🦋🦋🦋🦋🦋🦋🦋

    • އޭޝް

      Thank u so much dear 😊❤ v ufaavehje 😊😊

  12. Sidu

    Varah reethi mi bee vess Dhen up vaanee konirakun baa

    • އޭޝް

      Thank u so much dear 😊❤ v ufaavehje😊😊 In Sha Allaah mirey 😊

  13. 💖💖💖

    ކޮން އިރަކުން ވާހަކަ ގެ އަނެއް ބައި ނެރެނީ

    • އޭޝް

      In Sha Allaah mireyge vaguthehga 😊

  14. Anonymous

    މާޝާﷲ ވަރަށް ރީތި މިބައިވެސް
    ކޮންމެ ޕާޓްއަކަށް ކޮމެންޓް ނުކުރެވުނަސް މިވާހަކަ ވަރަށް ޤަވައިދުން ކިޔަން. ނެރޭއިރަށް ނުވެސް ނިދޭނެ ނުކިޔާ

    • އޭޝް

      Thank u so much dear 😊❤ v ufaavehje😊😊

  15. ކުއްޖާ

    އޭޝް މިވާހަކަ ދެން އަޕްނުކުރަނީތަ؟

    • އޭޝް

      Mireyge vaguthehga new part eh kiyaalan libeyne 🙂

    • އޭޝް

      In Sha Allaah ehves vaahaka eh incomplete koh dhookoh nulaanan.. nuliyevey fadha haalatheh dhimaaviyas In
      Sha Allaah ekan kiyuntherinnah angaanan 🙂

  16. Support

    2weeks vaa iru vaahaka update nukurey vey