loading ...
loading ...
ފެވިފާ ތިނަންވޭ މިހިތުގާ...31

ފެވިފާ ތިނަންވޭ މިހިތުގާ...31

19 comments

ޝިރުވާ ފަހަރަކު ލިޔުމެއް ކިޔަމުންދިޔައެވެ. އެންމެ އަކުރެއް ފިއްޔެއްވެސް ދޫކޮށްލުމެއް ނެތިއެވެ. އެމައްސަލާގައި ފުލުހުން ނަގާފައިވާ ބަޔާން ކިޔަމުންދިޔަ ވަރަކަށް ޝިރުވާގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ. އޭނަ އަވަސްއަވަހަށް ބަލައިލީ ނާއިކް އާއި ޔުމާންގެ ނަޒަރު އޭނައަށް ހުއްޓިފައި ހުރިތޯއެވެ. ކަންދިމާކުރިގޮތުން ނާއިކް ހުރީ ޔުމާން އާއި ވާހަކައެއް ދައްކާށެވެ. ފުރުޞަތުގެ ބޭނުންހިފައި، ޝިރުވާ އެގަނޑު ފައިލުން ވަކިކޮށްލިއެވެ. އަވަސްއަވަހަށް ބޮނޑިކޮށްލުމަށްފަހު، ލީ އަޅުވައިގެން ހުރި ދަބަހުގެ ތެރެއަށެވެ. އޭރު އެމޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ.

********

މެދުގޭތެރޭގައި ހުރި ސޯފާގައި އިވްޔާ އިނީ އިސްޖެހިފައެވެ. އެއްއަތުން އަނެއް އަތުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. ހުއްޓުމެއްނެތި ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ދެކޯތާފަތް ތެންމާލާފައިވިއެވެ.

އިވްޔާގެ ކައިރީގައި ރައިން ހުރީ ކޮޅަށެވެ. އެނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އިވްޔާ އާއި ވަކިނުވެއެވެ. އިވްޔާގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަ ތިއްކެއްގެ ބަދަލުގައި އެހިތްވެސް ކަރުނައަޅައި ރޮމުން ދިޔައެވެ. ހިތްއެދި ގޮވަމުން ދިޔައީ އިވްޔާގެ ކައިރިއަށް ގޮސް މޭގެ ތެރޭގައި ފޮރުވާލުމަށެވެ. އެހެނަސް ޙާލަތުގެ ނާޒުކުކަމުން އެފަދަ ހިތްވަރެއް ނުލިބުނެވެ. ރައިން މާޔޫސްވިއެވެ.

ގޮތް ހުސްވެފައި ރައިންއަށް ބަލައިލެވުނީ އިވްޔާގެ ކައިރީގައި އިން ސާދުނާއަށެވެ. މޫނުމަތީގައި އަތްއެޅިގޮތަށް ނަގަންވެސް ނޭނގިފައި ސާދުނާ އިންއިރު، މުޅި ތަނުގައި ގުގުމާލާފައިވަނީ ސާދުނާގެ ރުއިމުގެ އަޑެވެ. ވޭނީ އަޑަކުން ރޮމުން ދިޔަ ސާދުނާ، ދޭތެރެއަކުން މޭގައި ދެއަތުން ތަޅައިގަނެއެވެ. އަމިއްލަ ނަފުޞު ކުށްވެރިކުރާ ފަދައަކުންނެވެ. މޮޔަވެފައިވާ މީހަކު ފަދައިން އަޑުން އަޑު ނަގައި ސާދުނާ ރޮމުން ދިޔައެވެ. އުފަން ދަރިއަކަށް އެފަދަ އަނިޔާއެއް ލިބުމުން ދެރަނުވާނީ ވަކި ކާކު ހެއްޔެވެ؟ އިއްފަތްތެރިކަން ގެއްލުމަކީ ދުނިޔޭގެ ހުރިހާ އުފަލެއް ގެއްލުންފަދަ ކަމެކެވެ. އެއީ ހަށިގަނޑުގައި ޖެހޭ ލައްގަނޑު ދުވަހަކު ފިލައިގެން ނުދާވަރުގެ އަނިޔާއެކެވެ. ކަރުނަ އަޅައި ރުޔަސް ފާއިތުވެގެން ގޮސްފައިވާ ދުވަހެއް އަނބުރައި އިޢާދައެއް ނުކުރެވޭނެއެވެ. ވީކަމެއް ނުވާކަމަކަށް ނުހެދޭނެއެވެ.

މައިގެތެރޭގައި ދެކޮޅަށް ހިނގަހިނގައި ހުރެފައި ޙުސައިން ހުއްޓުނެވެ. އެހަށިގަނޑުގެ ވަރު ދޫވެ، މުށިތަކުގެ މައްޗަށް ތިރިވިއެވެ. ދަރިފުޅަށް ލިބުނު އަނިޔާގެ ޒިންމާ ނަގަންޖެހޭނެ މީހަކީ އޭނައެވެ. ފުރާފުރިހަމަވެފައި ހުރި އަންހެން ދަރިފުޅު އެކަނި ޙާލަށް ދޫކޮށްލިއިރު، އެފަދަ ކަމަކަށް ވިސްނައި ނުލެވުނީއެވެ. ދުޝްމަނުންގެ އަތްދަށަށް ދަރިފުޅު ދިޔުމަށް މަގުކޮށައިދިނީ އޭނަގެ ދެއަތުންނެވެ. ކަރުނައިން ދެލޯ ފުރިފައިވާ ޙާލު ޙުސައިން އޭނާގެ ދެއަތް މޫނާއި ހަމައަށް އުފުލައިލިއެވެ. ދުޢާއަށް އަތް ނަގާ ފަދައިންނެވެ. އަތަށް ބަލަން އިރުކޮޅަކު އިނުމަށްފަހު ދެއަތް މުށްކަވައިލިއެވެ. އެއަށްފަހު އަތުގައި ހުރި ބާރެއްލާފައި މުށިތަކުގެ މަތީގައި ތަޅަން ފެށިއެވެ.

އިވްޔާ ސިހިފައި ކޮޅަށް ތެދުވިއެވެ. ދެލޯ ބޮޑުކޮށްގެން ޙުސައިންއަށް ބަލަން ހުރިއިރު، ބިރުން މުޅި ހަށިގަނޑުވެސް ތުރުތުރުއަޅަމުން ދިޔައެވެ. އެއްފަހަރު ޙުސައިންއަށް އަނެއްފަހަރު ސާދުނާއަށް ބަލަމުން ދިޔަ އިވްޔާ ފަހަތަށް ޖެހެން ފެށިއެވެ. އެފަދަ ހިތާމައެއްގައި އޭނަގެ މައިންބަފައިން އެވަނީ އޭނަގެ ސަބަބުން ކަމުގައި ޤަބޫލުކުރެވުމުން ހިތް ކުދިކުދިވިއެވެ. ފަހަތަށް ދަމުން ގޮސް ފާރުގައި ޖެހިފައި މަތަވިއެވެ. ދެން ފެނުނީ ފާރުގައި ކޭއްތެމުން ހުރިތަނަށް ތިރިވިތަނެވެ. ތަޅުންމަތީގައި އިށީނދެވުމާއިއެކު، އިވްޔާ އޭނާގެ ކަކުލުގައި ބޯއަޅައިލިއެވެ.

ރައިން ދުވެފައި ގޮސް ޙުސައިން ކޮޅަށް ނެގިއެވެ. ގަދަ ހަދައިލާފައިވެސް ޙުސައިން މައިތިރިވިއެވެ. އޭރު ޙުސައިން ދިޔައީ ސާދުނާއެކޭ އެއްވަރަށް ރޮމުންނެވެ.

ޙުސައިން ގެންގޮސް ސޯފާގައި ބައިންދާފައި ރައިން ގުޅީ ރިޒްވީންއަށެވެ. އެކަނިމާއެކަނި ހުރިހާކަމެއް ޙައްލުކުރާވަރަށްވުރެ އޭނަގެ ސިކުނޑި ޅައެވެ. އިވްޔާ އާއި ދޭތެރޭގައި ވިސްނާފައިވެސް އޭނައަށް އެހެން ކަމަކަށް ވިސްނޭ ގޮތެއް ނުވިއެވެ. އިވްޔާގެ މައިންބަފައިން ކުރިމަތީގައި ހަދާނޭ އެއްވެސް ގޮތެއް އެސިކުނޑިއަކަށް ނައެވެ.

ގަބުވެފައި އިން އިވްޔާގެ ބަޑި ފަޅައިގެން ދިޔައީ ރައިން އައިސް އޭނަގެ ކުރިމަތީގައި އިށީނދެ ދެއަތުގައި ހިފައިލުމުންނެވެ. ވޭނީ އަޑަކުން އިވްޔާ ރޮމުންދިޔަ އަޑު އަހަން ރައިންއަކަށް ފަސޭހައެއް ނުވިއެވެ. އިވްޔާ ގެނެސް މޭގައި ޖައްސައިލަމުން ބޮލުގައި ފިރުމަން ފެށިއެވެ.

އިވްޔާގެ ހިތް ހީވަނީ ތޮރުފަމުން ދާހެންނެވެ. އޭނަގެ ސަބަބުން މަންމަމެންނަށް އެވަރުގެ ހިތާމައެއް ލިބުމަކީ އޭނަ ދުވަހަކުވެސް ބޭނުންވި ގޮތެއް ނޫނެވެ. އެއީ އޭނަ ބިރުން އުޅުނު ކަންތަކެވެ. އެންމެފަހުން އެދުވަހާއި ކުރިމަތިލާންޖެހުނީއެވެ. އަމިއްލަ ނަފުޞަށް އަޑުލަމުންދިޔަ، އިވްޔާގެ ލަގޮނޑި ހީވަނީ ފަޅައިގެން ހިނގައިދާނޭހެންނެވެ.

********

ގެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ރިޔާޒުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކޮޓަރި އާއި ދިމާއަށް ރިޔާޒު ދިޔައީ ދުވެފައެވެ. ދޮރު ހުޅުވާލުމާއިއެކު ފެނުނު މަންޒަރުން ރިޔާޒުގެ ހާސްކަން ދެގުނައަށް އިތުރުވިއެވެ. އަލަމާރީގެ ވަތްގަނޑު އެފުށްމިފުށަށް ޖަހައި ބެލިއިރުވެސް ހޯދަން އުޅުނު އެއްޗެއް ފެންނަގޮތެއް ނުވިއެވެ. އިސާހިތަކު ރިޔާޒުގެ މުޅި ހަށިގަނޑުން އޮއްދާ ހިއްލައިލިއެވެ. ހަދާނޭ ގޮތް ހުސްވެ، ހާސްވެގެން ދެކޮޅަށް ހިނގަން ފެށިއެވެ.

"ޔުމާން..." ރިޔާޒުގެ ދަތްތަކަށް ބާރުވެގެން އައެވެ.

ރުޅި އައިސްގެން ގޮސް ރިޔާޒުގެ މުޅި ހަށިގަނޑުވެސް ތުރުތުރުއަޅަމުން ދިޔައެވެ. އެފަދަކަމެއް ކުރުމުގެ ހިތްވަރު ހުންނާނީ ހަމައެކަނި ޔުމާންގެއެވެ. އިތުރު މީހަކަށް އެފަދަ ނިޔަތެއްގައި އޭނަގެ އެއްޗަކާއި ދިމާއަށް ބަލައިލަންވެސް ނުކެރޭނެއެވެ. އެފައިލަކީ އޭގައި އެތައް ސިއްރުތަކެއް ހިމެނޭ ފައިލެކެވެ. އޭނަ އެފޮރުވައިގެން ގެންގުޅެނީ އެސަބަބަށްޓަކައެވެ. ދެއަތް ތުރުތުރުލާ ހާލު، ރިޔާޒު އޭނާގެ ޖީބުގައި އޮތް ފޯނު ނަގައި، ނަންބަރަކަށް ގުޅާލިއެވެ.

"ގޭގެ ހުރިހާތަނެއްގަ ހަރުކޮށްފަ ހުރި ސީސީޓީވީ ފުޓޭޖްތައް އަހަރެން ބޭނުން... ބަރާބަރު އެއްގަޑިއިރު ތެރޭ މިއަދު މިގެއަށް ވަދެ ނުކުތް އެންމެންގެ ތަފްޞީލްވެސް އަހަރެންގެ އަތަށް އަރަންވާނެ... ހަނދާންކުރާތި... އެއްގަޑިއިރު..." އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލުމަށްފަހު ރިޔާޒު ފޯނު ކަނޑައިލިއެވެ.

ޔުމާން އެކަން ކުރީ އިތުރު ބައެއްގެ އެހީތެރިކަމާއިއެކު ކަމަށް ރިޔާޒުގެ ހިތް ބުނަން ފެށިއެވެ. އެފައިލު އޭގައި އޮތްކަން ޔުމާންއަށް އެނގުނު ގޮތަކާއިމެދު ރިޔާޒުގެ ހިތުގައި ސުވާލު އުފެދުނެވެ. ވިސްނާ ވިސްނައިވެސް ޔުމާންއަށް އެކަން އެނގޭނެ އެއްވެސް ގޮތެއް ރިޔާޒުގެ ސިކުނޑިއަކަށް ނައެވެ. އެފަދަ ކަމެއް ޔުމާން ކުރާނީ އެކަމުގައި އިތުރު މީހަކުވެސް އެހީތެރިވެގެންނެވެ. އެކަމަކު އެއީ ކާކު ހެއްޔެވެ؟ އެމީހަކު އޭނަ އާއިމެދުގައި އޮތީ ކޮން ނަފުރަތު ކަމެއް ހެއްޔެވެ؟ ރިޔާޒުގެ ސިކުނޑި ސުމަކަށް ދިޔައެވެ. ވިސްނާވިސްނައިވެސް އެފަދަ މީހެއްގެ ނަން އޭނަގެ ސިކުނޑިއަށް އަންނަގޮތެއް ނުވިއެވެ.

ދެބުމަ ގޮށްޖަހާލައިގެން ހުރެ ކޮޓަރިން ނުކުތުމަށް ރިޔާޒު ހިނގައިގަތެވެ. އެސުވާލު އޭނަ ކުރާނީ ޔުމާން އަށެވެ. ޖަވާބު ނުދީފިނަމަ، އޮތްގޮތަކީ ޔުމާންގެ ވަސް މިދުނިޔެއިން ފޮހެލުމެވެ. އެކަމަކު އެއީ އޭނަގެ އެންމެ ފަހުގެ ނިންމުމެވެ. ޔުމާންއަށް ގެއްލުމެއް ނުދީ ބަހައްޓާފައި ހުރީ އޭނަގެ އަންހެނުން ސަކީލާއަށްޓަކައެވެ. އެކަމަކު އެހެން މީހަކަށްޓަކައި އޭނަގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލެވޭފަދަ ކަމަކަށް މަގުފަހިކުރާކަށް ރިޔާޒު ބޭނުމެއް ނުވިއެވެ.

ބާރުބާރަށް ހިނގާލާފައި ރިޔާޒު ގޮސް ހުއްޓުނީ ޔުމާންގެ ކޮޓަރި ދޮރުމަތީގައެވެ. ތަޅުގައި ހިފައި އަނބުރައިލި ބާރުމިނުގައި ދޮރު ހުޅުވިގެން ދިޔައެވެ. ފަޅުކަން ފިޔަވައި އިތުރު އެއްޗެއް އެކޮޓަރީގައި ނުވެއެވެ.

"ޝިޓް..." އަތުގައި ހުރި ބާރެއްލާފައި ދޮރު ޖަހާފައި ރިޔާޒު ގޮސް ޖައްސައިލީ މައިގެ ތެރޭގައި ހުރި ސޯފާގައެވެ. އޭނަ އައުމުގެ ކުރިން ޔުމާން ދިޔައީ ކަން އެނގުމުން ރިޔާޒުގެ ރުޅި ގަދަވިއެވެ. އޭނައަށްވުރެ ޔުމާން މާ ހުށިޔާރެވެ. ބޯ ބޮޑެވެ. ވެން މަސް ވެނައް ކާންދީފައި ޔުމާން ފިލީއެވެ. އޭނައަށް ރޭކައިލީ ކަންވެ ނިމުމުންނެވެ.

ޔުމާންގެ ގެއިން ބޭރަށް ނުކުމެވުމާއިއެކު ޝިރުވާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ހިތުގެ ތެޅުން ހަމައަކަށް އެޅެން ވަގުތުކޮޅެއް ނެގިއެވެ. ރިޔާޒަށް ނުފެނި އެގެއިން ނުކުމެވޭނެ ކަމަކަށް އޭނަ ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ.

ހަމަޖެހިލުމަށް މަސައްކަތް ކުރަމުން ޝިރުވާ ބަލައިލީ ކައިރީގައި ތިބި ޔުމާން އާއި ނާއިކް އަށެވެ. ޔުމާން ހުރިގޮތް ފެނި ޝިރުވާ ދެރަވިއެވެ. ހިތާމައިގެ ސާލެއް އޮޅާލައިގެން ހުރި މީހެކޭ ޔުމާންއެކޭ އެއްވެސް ތަފާތެއް ނެތެވެ. ހަށިގަނޑުގައި އެއްވެސް ވަރެއް ނެތް ކަހަލައެވެ. މޫނުމަތީގެ ދިރުން ވަނީ ގެއްލިފައެވެ. ވަށައިގެން ހިނގަމުންދިޔަ އެއްވެސް ކަމެއްގެ އިޚްސާސްއެއް ޔުމާންއަށް ވާހެންވެސް ހީނުވެއެވެ.

"އަހަރެން މިދަނީ ހޮސްޕިޓަލަށް..." ނާއިކް ފަހަތުން އަންނަން ފެށުމުން ޔުމާން ބޭނުންވީ ފޮނުވައިލާށެވެ. އެކަނިވެލަން އޭނަ ހުރީ ނުހަނު ބޭނުންވެފައެވެ.

"ހިނގާ... އަހަރެން ޑްރޮޕްކޮށްލަދޭނަން... ޝިރޫ ދާންވީނު ކާރެއްގަ ދޯ..." ޔުމާންގެ ޙާލު ފެނި އެކަނިކޮށްލަން ނާއިކް ބޭނުމެއް ނުވިއެވެ. އޭރު އޭނަ ހުރީ ތަންކޮޅެއް ދުރުން އައި ހުސްކާރަކަށް އަތް ނަގައިގެންނެވެ.

ކާރު އައިސް ހުއްޓުމާއިއެކު، ޔުމާން ގޮސް ކާރަށް އެރިއެވެ. އޭނަ ނާއިކްގެ ކައިރީގައި އެދުނީ ޝިރުވާ އެކަނިކޮށްނުލައި، ގެއަށް ގެންދިޔުމަށެވެ.

ކާރު ގޮސް ލޮލުގެ ކޮޅަށް އޮބައިލަންދެން ބަލަން ހުރެފައި، ނާއިކް ހިނގައިގަތީ ޕާކު ކޮށްފައިވާ ސައިކަލާއި ދިމާއަށެވެ. ނާއިކް ގޮސް ޕާކިން އޭރިޔާއިން ސައިކަލު ނެރެގެން އައިއިރު، ޝިރުވާ ހުރީ ތުން ދަމާލައިގެންނެވެ. ނާއިކް ބަލައިލުމާއިއެކު ރުޅި އައިސް މޫނު އަނެއް ފަރާތަށް އަނބުރައިލިއެވެ.

"މަގޭ ޕްރިންސަސްއަށް ކިހިނެތް މިވީ މިހާރު..." ސައިކަލުން ފައިބައިގެން އައިސް ޝިރުވާގެ ދަތްދޮޅީގައި ހިފައި އުފުލައިލަމުން ނާއިކް ސުވާލުކޮށްލިއެވެ.

"އަހަރެން ހިނގައިދާނަން ކާރެއްގަ..." ޝިރުވާ ޖެހިލީ ނާއިކް އާއި ދުރަށެވެ.

ވީގޮތް އިނގުމުން ނާއިކްއަށް ހެވުނެވެ. އެކަނި ފޮނުވައިލަން އުޅުމުން ޝިރުވާ ހިތްހަމަނުޖެހުނީއެވެ. ޝިރުވާ ބޭނުންވަނީ އޭނަ އާއިއެކުގައި ގެއަށްދާންކަން އެނގުމުން ނާއިކްގެ ހިތް އުފަލުން ފޮޅުނެވެ. ޝިރުވާ އުރާލުމަށްފަހު ވައިގެ ތެރޭގައި އަނބުރައިލަން ބޭނުންވިއެވެ.

ކުދިކިޔަމުން ޝިރުވާ ކުރިޔަށް ހިނގައިގަތެވެ. ނާއިކް އާއިއެކުގައި ދެން ގެއަށްދާން ބޭނުން ނުވާކަމަށް ބުނަމުންނެވެ. އެވަގުތު ސައިކަލު ޕާކު ކުރުމަށްފަހު ނާއިކް ދުވެފައި އައިސް ޝިރުވާ އާއި އަރައި ހަމަކުރިއެވެ. އޭނަވެސް ދާނީ ޝިރުވާ އާއިއެކުގައި ހިނގާފައި ކަމަށް ބުންޏެވެ. ނާއިކްގެ އެއަމަލުން ޝިރުވާއަށް ހެވުނެވެ. ނާއިކްއަށް ބަލައިލުމަށްފަހު ދޫ ނެރެ، ވައްތަރެއް ޖައްސައިލިއެވެ. އެއާއިއެކު ނާއިކް ޝިރުވާގެ ފަހަތުން ދުއްވައިގަތެވެ.

ގެއާއި ހަމައަށް ދެވުނުއިރު، ޝިރުވާ ހުރީ ވަރުބަލިވެގެން ވާހަކަވެސް ނުދެއްކޭވަރު ވެފައެވެ. ފަހަތުން އައިސް ނާއިކް އަރައި ހަމަކުރުމުން އަތުގެ އިޝާރާތުން މަޑުކުރުމަށް ޝިރުވާ އެދުނެވެ.

"ދެން ނުވާނެ... އިކް ކީއްކުރަންތަ ދުވީ..." ޝަކުވާގެ ރާގެއްގައި ޝިރުވާ ބުނެލިއެވެ.

ނާއިކްގެ ހިތް ހީވީ އުފަލުން އުދުއްސައިލި ހެންނެވެ. ޝިރުވާ އެހާ ގާތްކޮށް ވާހަކަ ދެއްކުމުން ދެފައި އޮޅުނުހެންވެސް ހީވިއެވެ. ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލަމުން ޝިރުވާ އާއި ގާތަށް ޖެހިލިއެވެ. އޭރު އެނަޒަރު އަމާޒުވެފައި ވަނީ ޝިރުވާގެ ދެލޮލަށެވެ. ޝިރުވާ ލަދުން އިސްޖަހައިލިއެވެ. ނޭނގި ހުއްޓައި އޭނަގެ ހިތް ނާއިކްއަށް ލެނބެމުން ދަނީއެވެ. އެކީގައި ވަގުތު ހޭދަކުރުމުން އެ ހިތަށް އުފާވެރިކަން ލިބެއެވެ. ޝިރުވާ ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ. ދޮރު ލައްޕާފައި، އަނެއްކާވެސް ހުޅުވައިލިއެވެ.

"ބާއި..." ނާއިކް ބުނާނެ އެއްޗަކަށް މަޑުކުރުމެއްނެތި ޝިރުވާ ދޮރު ލައްޕައި ތަޅުލިއެވެ.

ޝިރުވާ ހުރީ ގޭތެރެއަށް ވަދެވޭލެއް ލަސްވެފައެވެ. އޭނަ ފުރަތަމަވެސް ހޯދީ އިވްޔާއެވެ. އިވްޔާ ގޭގައި ނެތްކަން އެނގުމުން އަންނާނެ ވަގުތަކަށް އިންތިޒާރުކުރާކަށް ޝިރުވާ ބޭނުމެއް ނުވިއެވެ. އަވަސްއަވަހަށް އިވްޔާއަށް ގުޅިއެވެ.

ފޯނު ނެގިގޮތަށް އިވްޔާ ދިން ޚަބަރަކުން ޝިރުވާ ހައިރާންވިއެވެ. އިވްޔާ ބުނީ އޭނަގެ މަންމަމެންނާއި ބައްދަލުވި ވާހަކައެވެ. ކައިލަން ގޮވައިގެން އޭނަ ބުނާ ގެއަކަށް އައިސްދިނުމަށެވެ. ދައްކަން އުޅުނު ވާހަކަ ފަސްކޮށްލަން ޝިރުވާއަށް މަޖުބޫރުވިއެވެ. އިވްޔާގެ އުފާވެރިކަން އޭނައަށް މާ މުހިއްމެވެ. ޝިރުވާ އަވަސްއަވަހަށް ގޮސް ފަރީދާގެ ކައިރީގައި އެދުނީ ކައިލަން ތައްޔާރުކޮށްލަދިނުމަށެވެ.

ޝިރުވާ ތައްޔާރުވެލައިގެން ނުކުތްއިރު، ކައިލަން ހުރީ ފަރީދާގެ އަތުގައި ހިފާލައިގެން ދޮރު މައްޗަށް ނުކުމެއެވެ. ޝިރުވާ ފެނުމާއިއެކު ދުވެލާފައި އައިސް ބައްދައިލިއެވެ. ލޯބިވާ މީހުން ފެނުމުން ކައިލަން އަބަދުވެސް ކަންތައް ކުރަނީ އެހެންނެވެ. ކިތަންމެ އަވަހަށް ދިމާވިޔަސް ބައްދާލައެވެ.

"ކައިއްކޮ މިއުޅެނީ ޕާކަށް ދާންތަ؟..." ތުއްތު އަޑަކުން ކައިލަން ސުވާލުކޮށްލީ ޝިރުވާ އެ އަތުގައި ހިފާލައިގެން މަގުމައްޗަށް ނުކުތުމުންނެވެ.

"ޝިރޫ ދައްތަ މިއުޅެނީ ކައިއްކޮއަށް ސަޕްރައިޒެއް ދޭން... އޯކޭތަ؟..." ކައިލަންގެ ކޮލުގައި ހިފާލަމުން ޝިރުވާ ހިނިތުންވެލިއެވެ.

ކުދިކުދި އަންނާރު އޮށްތަކެއްފަދަ ދަތްތައް ދައްކައިލަމުން ކައިލަން ހީލިއެވެ. އެވަގުތު ދެކޮލަށް އެޅިގެން ދިޔަ އަޑިކޮޅު ފެނި ޝިރުވާގެ ހިތް ލޯބިން ފުރުނެވެ.

ސައިކަލަށް އެރީއްސުރެ ކައިލަން ދިޔައީ އެކި ސުވާލުތައް ކުރަމުންނެވެ. ދާތަނަކާއި ބެހޭގޮތުންވެސް އެތައް ސުވާލެއް ކުރިއެވެ. ޝިރުވާ އިނީ މަޖާވެފައެވެ. ބައެއްފަހަރު ކައިލަން އެކޮށްލާ ސުވާލުތައް އަޑުއިވުމުން ހިނިގަނޑު ފަޅައިގެން ދެއެވެ.

ޝިރުވާ ގޮސް ގެއަށް ވަތްއިރު އެންމެން ތިބީ މައިގެތެރޭގައެވެ. ރައިން އާއި ރިޒްވީން ކޮޅަށް ތިބިއިރު، އިވްޔާ އިނީ ސޯފާގައެވެ. އިވްޔާގެ ގައިގައި ހިފަހައްޓާލައިގެން ސާދުނާ އިނެވެ. ޙުސައިން އިނީ އިވްޔާގެ ކުރިމަތީގައި ހުރި ސޯފާގައެވެ.

"މަންމީ..." ޝިރުވާގެ އަތްދަށުން ދެމިގަނެގެން ކައިލަން ގޮސް އެރީ އިވްޔާގެ އުނގަށެވެ.

"މާމަގެ ދަރިފުޅު... ދަރިފުޅާ ދޫންޏާ... މާމަގެ ރަންކޮޅާ..." ކައިލަންގެ މޫނުގައި ބޮސްދެމުން ދިޔަ ސާދުނާ ހީވަނީ މޮޔަވެފައިވާ މީހެއް ހެންނެވެ.

އެމަޢުޞޫމް ތުއްތު ދަރިފުޅު ފެނި ސާދުނާގެ ހިތް ލޯބިން ފުރިގެން ދިޔައެވެ. ޙުސައިންވެސް އައިސް ކައިލަންގެ ގައިގައި ފިރުމަމުން ދިޔައެވެ. ވާނުވާ ނޭނގިފައި ކައިލަން ބަލައިލީ އިވްޔާއަށެވެ. އެއީ ކޮންބައެއްކަން އިވްޔާ ބުނެދިނީ ކައިލަންގެ ޅަ ސިކުނޑިއަށް ވިސްނޭނޭހެން ލަސްލަހުންނެވެ. ފަހަރަކު މީހަކު ދައްކަމުން އެމީހަކާއި ބެހޭގޮތުން އިވްޔާ އެކި ވާހަކަތައް ކިޔައިދިނެވެ.

"މާމާ... ކައިއްކޮ މޫނުގަ އުއްމަ ނުދެއްޗޭ ޖާމް އަންނާނެ..." މޫނު ފުހެމުން ކައިލަން ބުނެލީ ފުންކޮށް ނޭވާލަމުންނެވެ. އެންމެން އޭނަ ވަށާލައިގެން އުޅޭތީ، ނޭވާ ހާސްވާގޮތްވީއެވެ.

"އާދެބަލަ ކާފަ އުރާލާނަން..." ޙުސައިން އަތް ދިއްކޮށްލުމާއިއެކު ކައިލަން ހުރީ އެ އަތުގެ ތެރޭގައެވެ.

އިވްޔާ އިނީ ފެންކަޅިވެފައެވެ. ޝިރުވާއަށްވެސް ވީ އެވަރެވެ. ލޯބިން ފުރިގެންވީ މަންޒަރެކެވެ. ބަލާބަލައި ފޫހިނުވެއެވެ. ޝުކުރުވެރިކަމުން ފުރިގެންވީ ޙާލު އިވްޔާއަށް ބަލައިލެވުނީ ރިޒްވީންއަށެވެ. ރިޒްވީން އައިސް އެންމެން ހަމައަކަށް އަޅުވައިލީ ދާދި ފަސޭހައިންނެވެ. ނޭނގި ނަމަވެސް އެތައް ގޮތަކުން ރިޒްވީން ވަނީ އޭނަގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ސާދުނާ ބަލިވެގެން މާލެ ގެނައުމުން، ކޮން ބަޔެއްކަން ނޭނގޭ ޙާލު ބޭސްފަރުވާގެ ހުރިހާ ކަމެއް ހަމަޖައްސައިދިނީ ރިޒްވީންގެ ޚާއްސަ ބެލުމުގެ ދަށުންނެވެ.

ރިޒްވީން މަޑުމަޑުން ބޯޖަހައިލިއެވެ. ހުރިހާ ކަމެއް ރަނގަޅުވާނެކަމަށް ބުނަމުންނެވެ. އިވްޔާ އެންމެ ފުރަތަމަ އޭނައަށް ފެނިފައިވަނީ، ނަފުޞާނީ ބައްޔަށް ފަރުވާކުރަން މާލެ އައިސް ސާދުނާ ދެއްކި ފޮޓޯއަކުންނެވެ. އޭގެ ފަހުން އިވްޔާ އާއި ބައްދަލުވުމުން ކޮންމެވެސް ތާކުން ދުށް ހަނދާން ވީއެވެ. ކޮންމެ ކަމެއް ގުޅިފައިވީ އިވްޔާއަށެވެ. އެންމެފަހުން އޭނަގެ ކޮއްކޮގެ ހިތުގެ މަލަކާއަށްވެސް ވީ އިވްޔާއެވެ. އެހުރިހާ ކަމަކާއިހުރެ އޭނައަށް އިވްޔާ ވަކީން ބޮޑަށް ޚާއްސަވިއެވެ. ދެކެވެން ފެށުނީ އަމިއްލަ ކޮއްކޮއެއްގެ ގޮތުގައެވެ.

"އަހަންނަކަށް ނޭނގެ ޝުކުރު އަދާކުރާނެ ގޮތެއްވެސް..." އިވްޔާ ގޮސް ހުއްޓުނީ ރިޒްވީންގެ ކުރިމަތީގައެވެ. އޭރު ޝިރުވާ އައިސް އިވްޔާގެ ކޮނޑުމަތީގައި އަތް ބާއްވާލައިފިއެވެ. އެކުވެރިޔާގެ ކޮންމެ އުފަލަކާއި ހިތާމައެއްގައި އެންމެ ގާތުގައި ވާން ޝިރުވާ ބޭނުންވިއެވެ. އެހުރިހާ ދުވަހުވެސް އޭނަ ވަނީ އެކަން ސާބިތުކޮށްދީފައެވެ.

"އަހަރެން އިވްޔާގެ ފަރާތުން ބޭނުންވަނީ އެންމެ ކަމެއް..." އިވްޔާ އާއި ދިމާއަށް ފުންކޮށް ބަލައިލަމުން ރިޒްވީން ބުނެލިއެވެ.

އެއްވެސް ވަރަކަށް ވިސްނައިލުމެއްނެތި އިވްޔާ ބޯޖަހައިލިއެވެ. އެއާއިއެކު ރިޒްވީން މަޑުމަޑުން ހީލިއަޑު އިވުނެވެ. އަދި ރައިން އާއި ދިމާއަށް ބަލައިލަމުން ބުރަކަށީގައި ޖަހައިލިއެވެ.

"ކަމްއޯން... ރައިން ތީ ކުޑަކުއްޖެއް ނޫނޭ... ލޯބިވާ ވާހަކަ ބުނެބަލަ..." ރައިންގެ އަތުގައި ހިފައި ގެނެސް އިވްޔާގެ ކުރިމަތީގައި ބަހައްޓަމުން ރިޒްވީން ބުންޏެވެ.

އިވްޔާ ލަދުން މޮޔަނުވީ ކިރިޔާއެވެ. މަލެއްހެން މޯޅިވެގެން ދިޔައެވެ. އޭނައަށް އަވަސްއަވަހަށް ބަލައިލެވުނީ ސާދުނާ އާއި ދިމާއަށެވެ. ސާދުނާ އާއި ޙުސައިންވެސް ހުރީ އެދިމާއަށް ބަލަހައްޓައިގެންނެވެ. އިވްޔާ ލަދުން އިސްޖަހައިލިއެވެ. ރައިންވެސް ބޯކަހާލާފައި އިސް ޖަހައިލިއެވެ. އެންމެންގެ ތެރޭގައި އެފަދަ ކަމެއް ކުރާނޭ ހިތްވަރެއް ރައިންއަކަށް ނުލިބުނެވެ.

"ހިނގާބަލަ މާމަ އާ އެކީ ބޭރުބަލާލަން ދޯ..." ކައިލަން ގޮވައިގެން ސާދުނާ އަވަސްވެގަތީ އެތަނުން ދާށެވެ. އެމީހުން ތިބެއްޖެނަމަ އިވްޔާ ލަދުގަންނާނެކަން އެނގޭތީއެވެ. އިވްޔާ ޒަވާޖީ ޙަޔާތެއް ފެށުމަކީ އޭނަ އެންމެ ދެކެން ބޭނުންވާ ދުވަހެވެ. ރައިންގެ ފުރަތަމަ ފެނިލުމުންވެސް އެއީ އިވްޔާ އާއި އެންމެ އެކަށީގެންވާ ކުއްޖާކަން ސާދުނާއަށް އެނގުނެވެ.

ސާދުނާގެ ފަހަތުން ޙުސައިންވެސް ހިނގައިގަތެވެ. ހިތުގެ އަޑިން އެ ދަރިފުޅު އުފަލުގައި ލެއްވުން އެދި ދުޢާކުރާ ޙާލުގައެވެ. އެގުޅުމަށް އޭނަ ރުހި ޤަބޫލެވެ. އިވްޔާ ކައިވެނިކޮށް އުފާވެރި ދިރިއުޅުމެއް އުޅޭތަން ދުށުމަށް އޭނަވެސް ހުރީ ކެތްމަދުވެފައެވެ.

ޝިރުވާ ހުރީ ސާދުނާ އާއި ޙުސައިން ގޮސް ގެއިން ނުކުންނަން ދެނެވެ. އިވްޔާ އާއި ދިމާކޮށްލާ ހިތުން ޝިރުވާގެ ކެތްތެރިކަން ކުޑަވިއެވެ. އިވްޔާގެ ބުރަކަށީގައި އަތްއަޅައި ރައިން އާއި ދިމާއަށް ކޮށްޕައިލިއެވެ.

އެފަދަ ކަމަކަށް ނުވިސްނައި ހުރި އިވްޔާ ގޮސް ތަތްވީ ރައިންގެ މޭގައެވެ. ރައިންއަށްވެސް ނޭނގި އެހަށިގަނޑުގައި ދެއަތުން ހިފަހައްޓައިލެވުނެވެ. އިވްޔާ އަވަސްއަވަހަށް ރައިންގެ އަތުގެ ތެރެއިން ނުކުތެވެ. ޝިރުވާ އާއި ދިމާއަށް ބަލައިލަމުން ދެލޯ ހަނިކޮށްލިއެވެ. އެވަގުތު ޝިރުވާ ޖަހައިލީ ލާނެތް ހިނިގަނޑެކެވެ. ރިޒްވީންވެސް ހީގަނެފައި ގެއިން ނުކުންނަން ހިނގައިގަތެވެ.

"ގުޑް ލަކް މައި ޗޯޓީޗޯޓީ ދުލްހަން..." އިވްޔާގެ ކަންފަތްދަށުގައި އެހެން ބުނުމަށްފަހު، ޝިރުވާ ދުއްވައިގަތީ ރިޒްވީން ބޭރަށް ނުކުތް ފަހުންނެވެ. ގެއިން ނުކުތް އިރުވެސް ޝިރުވާގެ ހުނުމުގެ އަޑު އިވެމުން ދިޔައެވެ.

އިވްޔާ އުޅުނީ ޝިރުވާގެ ފަހަތުން ދުއްވައިގަންނާށެވެ. އެވަގުތު އިވްޔާގެ އަތުގައި ރައިން ހިފެހެއްޓިއެވެ. ދެއަތް މުށްކަވައިލަމުން، އިވްޔާއަށް ދެލޯ މަރާލެވުނެވެ. ލަދުން މުޅި މޫނު ރަތްވެގެން ދިޔައެވެ. އިވްޔާގެ ހިތުގެ ތެޅުން އިތުރުވީ ރައިން އޭނަގެ އަތުގައި ހިފައި މަޑުމަޑުން ގާތަށް ދަމަން ފެށުމުންނެވެ. ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ. ތިރީ ތުންފަތުގައި ބާރަށް ދަތްއަޅާލެވުމާއިއެކު، ތުންފަތް އެކީ ރަތްވެގެން ދިޔައެވެ.

(ނުނިމޭ)

 •  
 •  
 •  

ކިޔުންތެރިންގެ ޚިޔާލު

19 ޚިޔާލު

 1. faxu

  Wow. It’s the best story ever. Keep it up eysh😘

  • އޭޝް

   Thank u so much dear 😊😊❤

 2. Anonymous

  މާޝާﷲ ވަރަށް ރީތި ދެން އިން ބައި ވަރަށް ކިޔާހިތްވާ ގޮތަކަށް ނިމުން އައިސްމީނީ

  • އޭޝް

   😊😊❤Thank u so much dear

 3. Doll

  Varah reethi… avahah next part up koaladeeba..so curious…love you…♥♥

  • އޭޝް

   😊 ❤Thank u so much dear
   Next part In Sha Allaah Saturday ga ❤😊

 4. ލަތީ

  ކޮންއިރަކު އާބަޔެއް ކިޔަން ލިބޭނީ؟

  • އޭޝް

   In Sha Allaah Saturday ga 😊❤

 5. Sheen

  Alhey vvvv salhu ingey.. Kiyaa nimunu iru inee hama rangalhah ves rovifa.. 😪😪😪😪😪😪💔💔💔💔💔💔💔💔💔 E riyaax mie adhi haadha nulafaa insaanekey dhw.. Thimaage amilla edhumah amilla leyves gurubaankohlanviyya e nimmee 😡😡😡😡😡😡 ekama mifaharu eyna kaamuyaabu nuvaane dhw eysh dhoonee. Alhe nikan e riyaax size kollaba. Eyrah huredhaanennu raakanimas kevifa 😄😄😄😄😄😄😄😄😄😄😄 Vaahakaiga v asaru ebahuri ungey. V interesting ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Maahauluge naazukukan v rangalhah engigen dhiya sifa kohdhinun molhukamun.. 💙💙💙💙💙💙💙💙💙💙💙💙💙 Dhen v fakkaley adhi beynunkollaafa huri basthahves. 😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘 Waiting for the next part 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹

  3
  1
  • އޭޝް

   😊😊❤❤Thank u so much dear

 6. 💙🌹💜

  Wow vvvv salhi ingey. 😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘

  • އޭޝް

   😊😊❤Thank u so much dear

 7. ލަމް

  މާޝާﷲ ވަރަށް ރީއްޗެވެ. ވާހަކައިގެ ގޭތެރެއަށް ވަދެވުނީ އިންތިހާއަށެވެ. ފުރިހަމަކަމުން ބުނާނެ އެއްޗެއް ނެތެވެ. ސިފަކޮށްދިނުން ހާދަ ފުރިހަމައެވެ. ޢިބާރާތް ކުރުމުގެ ފުރިހަމަ ކަމާއި ފަށުވިކަމުންނެވެ އިންތިޒާރު ކުރެވެނީ ދެން އިން ބަޔަށެވެ. 💕💕💕💕💕💕💕💕💕💚💚💚💚💚💚💚💚💚

  • އޭޝް

   😊😊❤Thank u so much dear

 8. Saana

  Maa Sha Allah varah teeth vaahakh Hama super👏👏👏👍👍

  • އޭޝް

   Thank u so much dear 😊❤❤

 9. Naju

  Masha Allah v v v v v v v v v furihama 😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘

  • އޭޝް

   Thank u so much dear 😊❤❤

 10. jiji

  Alheyy ..Story is really awsm ingey..mi oart vec vv lwbi..kiriyaa nurovi iny..Keep up the gud wrk ingey dear..miadhu next part upkohladheynan dhw..will be waiting ingey..lysm😘😘😘😘😘❤❤❤💓💓💛💛💗💗💗💔💔🖤🖤💕💝😙😙🙂🙂👏🏻👏🏻👏🏻👏🏻