loading ...
loading ...
މަގުމަތިން އަންހެނަކާއި ފޮށުނު މީހާ ޝަރީއަތް ނިމެންދެން ބަންދަށް

މަގުމަތިން އަންހެނަކާއި ފޮށުނު މީހާ ޝަރީއަތް ނިމެންދެން ބަންދަށް

0 comment

މާލޭގައި ޒުވާން އަންހެނަކާއި ފޮށުނު މައްސަލައިގައި ހައްޔަރުކުރި ފިރިހެންމީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުަމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 56 އަހަރުގެ ފިރިހެނެކެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާއިރު މި ފިރިހެން މީހާ ބެހުނު އިތުރު ބަޔަކު އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެގޮތުން މި މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 9790163 ނުވަތަ ހޮޓްލައިން 3000600 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ފިރިހެންމީހާގެ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި އާންމުވެފައިވާއިރު، އެ ވީޑިޔޯގެ ކެޕްޝަންގައި ވާގޮތުގައި އެ މުސްކުޅި ފިރިހެންމީހާ ވަނީ އޭޑީކޭއިން ފެށިގެން ސްކޫޕް ރެސްޓޯރެންޓާއި ހަމައަށް އެ އަންހެންކުއްޖާއާއި ފޮށެމުން ސައިކަލުން އައިސްފައެވެ. އަދި އެ އަންހެންކުއްޖާއާއި ބޭއަދަބީ ބަހުން ވަނީ މުޚާތަބުކޮށްފައެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު