loading ...
loading ...
ޕީޕީއެމް ޕީޖީ ލީޑަރަކަށް ސަލީމް

ޕީޕީއެމް ޕީޖީ ލީޑަރަކަށް ސަލީމް

0 comment

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކަށް، އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް އައްޔަނުކުރައްވައިފިއެވެ.

ސަލީމް އެ މަގާމަށް އިންތިހާބުކޮށްފައިވަނީ އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެމްބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގައި ޕީޕީއެމް އަށް ނިސްބަތްވެ ވަޑައިގެންނަވާ މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ފަސް މެމްބަރުންނެވެ. އެ މެމްބަރުންގެ ތެރެއިން އެންމެ ގިނަ ދުވަސްވަންދެން މަޖިލީހުގައި އިންނެވީ ސަލީމްއެވެ.

18 ވަނަ މަޖިލީހުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވީ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާންއެވެ. ނަމަވެސް މިފަހަރުގެ މަޖިލީހަށް ނިހާން އިންތިހާބުވެ ވަޑައިގެންފައެއް ނުވެއެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު