loading ...
loading ...
ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލު މަޖިލީހުން ބޭރުކޮށްލައިފި

ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލު މަޖިލީހުން ބޭރުކޮށްލައިފި

0 comment

ނާއިބު ރައީސްކަން ކުރައްވާފައި ތިއްބެވި ފަރާތްތަކަށް އިނާޔަތް ދިނުމުގެ ބިލާއި ފަނޑިޔާރުންނަށް އިނާޔަތް ދިނުމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ނައިބު ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމުގެ ބިލު ބޭރުކޮށްލީ 74 މެމްބަރުންގެ ވޯޓާއެކުއެވެ. އަދި އަނެއް ބިލު ބޭރުކޮށްލީ 77 މެމްބަރުންގެ ތާއީދާއެކުއެވެ.

މި ދެ ބިލަކީ ވެސް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދެ ބިލެވެ. ނަމަވެސް މި ދެ ބިލު ވެސް ތަސްދީގު ނުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލާފައެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުރީގެ ނައިބުންގެ އިނާޔަތް ދިނުމުގެ ބިލުގައިވާ ގޮތުން ނާއިބު ރައީސްކަން ކުށްވެރިނުވެ އަދާކުރައްވައިފި ކޮންމެ މީހަކަށް ދައުލަތުން 35000 ރުފިޔާ ދޭންޖެހޭނެ ކަމަށާއި އަދި އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ސަލާމަތީ ޚިދުމަތް ފޯރުކޮށްދޭންވާނެ ކަމަށް ބުނެފައިވެއެވެ.

ފަނޑިޔާރުންނަށް އިނާޔަތް ދިނުމާ ގުޅޭ ގޮތުން 18 ވަނަ މަޖިލިހުގައި ފާސްކުރި ބިލުގައިވާ ގޮތުން، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ކޮންމެ މީހަކަށާއި، އެ މަގާމުން ނިމުމަކަށް ގެނެވޭ ކޮންމެ މީހަކަށްވެސް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތަކެއް ދޭންޖެހޭނެއެވެ.

އެގޮތުން އާ ގާނޫނު އަސާސީގެ ދަށުން ފަނޑިޔާރުކަމުގެ މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަކީ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރުމުގައި ދެމި ހުރި ބޭފުޅެއް ކަމަށްވެސް އެ ބިލުގައި ބުނެފައިވެއެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު