loading ...
loading ...
އުދަ އަރާނެ ކަމަށް ލަފާކޮށް މެދު ރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

އުދަ އަރާނެ ކަމަށް ލަފާކޮށް މެދު ރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

0 comment

އުދަ އަރާނެ ކަމަށް ލަފާކޮށް މެދު ރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު 19:45 އިން މިރޭ 23:00 އާ ދޭތެރޭ އުތުރާއި މެދު ރާއްޖެ ތެރޭގައި އަތޮޮޅުތަކަށް އުދައެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިރޭ 8:00 އިން މާދަމާ ރޭގެ 8:00 އާއި ހަމައަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، އުތުރުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށެވެ. އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް ބުނެފައި ވެއެވެ.

މެޓް އޮފީހުން ބުނީ، ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 03 މޭލާ 11 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަަމަށްވެސް ބުނެފައި ވެއެވެ.

އަދި ދެކުނުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވާނެލަފާކޮށްފައިވާއިރު، އެހެންހިސާބުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް ބުނެފައި ވެއެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު