loading ...
loading ...
ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަނީ

ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަނީ

0 comment

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، މިއަދު ބޭއްވި ޖުޑިސިއަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)ގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން ވިދާޅުވީ، މިއީ ޖޭއެސްސީގެ ތާރީހުގައި ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖިލީހަށް ހުށަހަޅަން ނިންމި ފުރަތަމަ ފަހަރު ކަމަށެވެ.

ޒަހީން ވިދާޅުވީ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅަން ނިންމީ، އެ ކޮމިޝަނުގެ ގާނޫނުގައި ބުނާ ހުރިހާ ޕްރޮސީޖާއެއް ނިންމުމަށް ފަހު މިއަދު ބޭއްވި ބައްދަލުވުމުގައި އެކަމަށް ބަހުސްކޮށް، މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ފާސްކޮށްގެން ކަމަށެވެ.

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ނިންމީ ބަދުއަހުލާގީ މައްސަލައެއްގައި ކަމަށް ވެސް ޒަހީން ވިދާޅުވި އެވެ. އަދި ޖޭއެސްސީން މިއަދު އެގޮތަށް ފާސްކުރުމުގެ ކުރިން، އެ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ދޭންޖެހޭ ހުރިހާ މުއްދަތެއް ދީފައިވާނެ ކަމަށް ވެސް ޒަހީން ވިދާޅުވި އެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު