loading ...
loading ...
ރާއްޖެ އަލުން ކޮމަންވެލްތާ ގުޅެން ބޭނުންވާ ލިއުންތައް ހުށައަޅައިފި

ރާއްޖެ އަލުން ކޮމަންވެލްތާ ގުޅެން ބޭނުންވާ ލިއުންތައް ހުށައަޅައިފި

0 comment

ރާއްޖެ ކޮމަންވެލްތާ އަލުން ގުޅެން ބޭނުންވާ ލިއުންތައް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލޭންޑާ މިއަދު ހަވާލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ އެކު ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖެއިން އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

2016 ވަނަ އަހަރުގެ އޮކްޓޫބަރު 13 ވަނަދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމަންވެލްތުން ރާއްޖެވަކިވެފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމާއި ޙަވާލުވެވަޑައިގެން ފުރަތަމަ 100 ދުވަހުގެތެރޭގައި ކުރައްވާނެކަމެއްގެ ގޮތުގައި ހިމަނުއްވައިގެން ކޮމަންވެލްތުގައި ދިވެހިރާއްޖެއިން އަލުން ބައިވެރިވުމަށް ސަރުކާރުން ނިންމެވީ 19 ނޮވެންބަރު 2018 ގައެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނިގެން، ކެބިނެޓްގެ ނިންމުމާއި އެއްގޮތަށް ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އެޖަމްއިއްޔާއަށް މީގެ ކުރިން ހުށަހަޅުއްވާފައެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު