loading ...
loading ...
ކޮރަޕްޝަންގެ 400 ވުރެ ގިނަ މައްސަލަ ހުށަހެޅި، 18 މައްސަލަ އޭސީސީއަށް ފޮނުވައިފިން: ހޫދު

ކޮރަޕްޝަންގެ 400 ވުރެ ގިނަ މައްސަލަ ހުށަހެޅި، 18 މައްސަލަ އޭސީސީއަށް ފޮނުވައިފިން: ހޫދު

0 comment

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ "ޒީރޯ ޓޮލަރަންސް ޓު ކޮރަޕްޝަން" ކެމްޕެއިންގެ ދަށުންން ކޮރަޕްޝަން މައްސަލަތައް ހުށަހެޅުމަށް އާއްމުކޮށް ހުޅުވައިލެއްވުމުން މިހާތަނަށް 400 އަށްވުރެ ގިނަ މައްސަލަ ހުށައެޅިފައިވާކަމަށާއި އޭގެ ތެރެއިން ސުވާލު އުފެދޭ 18 މައްސަލައެއް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާފަިއވާ ކަމަށް ރައީސް އޮފީޙުން ބުނެފިއެވެ.

މިހާތަނަށް ސަރުކާރުން ކޮށްފައިވާ ކަންތައްތައްކާބެހޭ މައުލޫމަތު، ނޫސްވެރިންނަށް ދިނުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިިއުސްކޮންފަރެންސެއްްގައި މައުލޫމާތު ދެއްވަމުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް ހޫދު ވިދާޅުވީ، ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ސަރުކާރުން ރައްޔިތުންނަށް ބަދަލުތަކެއް ގެނަސްދީފައިވާ ކަމަށާއި، ނަމަވެސް ސަރުކާރުުގެ ކަންތައްތައް ކުރިއަށް ގެންދިއުމުގެ ބާރުމިން ކަނޑައަޅާނީ ރައްޔިތުން ކަމަށްށެވެ.

"ޒީރޯ ޓޮލަރަންސް ޓު ކޮރަޕްޝަން" ކެމްޕެއިންގެ ދަށުން ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ރިޔާސީ ކޮމިޝަނެއްވެސް އުފައްދައިފައެވެ.

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ ނަމުގައި އުފައްދާފައިވާ މި ކޮމިޝަންގެ މަސައްކަތްތައް ވަރުގަދަ ކުރުމަށް މި ކޮމިޝަނަށް ގާނޫނުން ބާރުތައްދޭ ބިލެއްވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު